09 ޖުލައި

July 09, 2017 32
ކުރީގެ ނިންމުން: ޕާޓީ ބަދަލުކުރިޔަސް ގޮނޑި ނުގެއްލޭނެ

އިތުބާރު ނެތްކަމުގެ މައްސަލަ އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ސަލާމަތްކުރަން ސަރުކާރުން މިހާރު ކުރަން އުޅޭ ކަމަކީ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ވިޕް ލައިނާ ހިލާފުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށް، ސުޕްރީމް ކޯޓު މެދުވެރިކޮށް ކަނޑައެޅުމެވެ. އެކަހަލަ ނިންމުމެއް ހޯދަން އެޓާނީ ޖެނެރަލް،...

02 ޖުލައި

July 02, 2017 63
އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނުގެ ހުރިހާ ހަގީގަތެއް އެނގިވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވުމާ އެކު، ނާޒިމަށް އިންސާފު ހޯދުމުގެ އަޑުތައް އަނެއްކާވެސް މިވަނީ ގަދަވެފަ އެވެ. އެ ހާދިސާ ފެށިގެން ގޮސް...

25 މެއި

May 25, 2017 19
ދުސްތޫރީ މައްސަލާގައި ގާނޫނީ މާހިރުން ހިމޭނުން؟!

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނާ އެއްޗެއް ކިތަންމެ ސާފު ކަމަށް ވިޔަސް، އެ މާއްދާ މާނަކޮށްދީ، އެ މާއްދާ އިން ޚުލާސާ ގޮތުގައި ދެނެގަނެވޭ ދުސްތޫރީ ހުކުމްތައް ކަނޑައަޅައިދިނުމަށް އެދި ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ.

11 މެއި

May 11, 2017 41
ވާހަކަ ނުދެއްކޭ ވަރަށް ޒާތީ މިނިވަންކަން ހިފެހެއްޓޭތަ؟

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަކީ މިހާރު ކުށެއްގެ ތުހުމަތުގައި ޝަރީއަތަށް ހާޒިރުކުރާ ބޭފުޅެކެވެ. މި ވެއަތުވެ ދިޔަ ވިއްސަކަށް ދުވަހު ގާސިމް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށް ބަންދުކޮށްފަ އެވެ. އެހެންކަމުން އޭނާ މިނިވަންކޮށް ދޫކޮށްލާ ނަމަ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އަށް...

20 އެޕްރީލް

April 20, 2017 15
ގާނޫނަށް އިހުމާލުވުން، މުޅި ގައުމަށް ފެތުރިފައިވާ ބައްޔެއް

ގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި ސިޔާދަތީ ބާރު ލިބިގެންވަނީ ދުސްތޫރަށެވެ. މާނައަކީ އާންމު ރައްޔިތުންނެކޭ އެއް ފަދައިން، ދައުލަތުގެ ތިން ބާރު ވެސް ބޯލަނބައި ކިޔަމަންވާން ޖެހޭނީ ގާނޫނުއަސާސީއަށެވެ. ގާނޫނުގެ ވެރިކަން ދެމެހެއްޓޭނީ އެ ގޮތުގެ މަތިން ކަމަށްވާތީ އެވެ.

06 އެޕްރީލް

April 06, 2017 44
މިދާ ވަރުން 2018 ގައި އިންތިޚާބު އޮންނާނެތަ؟

ރާއްޖޭގެ ސިޔާސީ އޮއިވަރު ހުރި ގޮތުންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަންތައް ވަމުން އަންނަ ގޮތަށް ބަލާއިރު، 2018 ވަނަ އަހަރުގެ ސިޔާސީ ޗާޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ އަމާޒު މިހާރު ވެސް ހުއްޓިފައި ވަނީ، އަންނަ އަހަރުގެ ރިއާސީ އިންތިޚާބަށެވެ.

23 ފެބުރުއަރީ

February 23, 2017 54
ދައުލަތުގެ އެއްވެސް ބާރަކަށް އިތުބާރު ކުރެވޭތަ؟

ސިޔާސީ ތަފާތު ވިސްނުންތަކާ އެކު އުޅެން ޖެހިފައިވާ ނަމަ، އަބަދު ވެސް އިވޭނީ ފާޑުކިޔުމެވެ. އެއް ބަޔަކު ކުރާ ކަމަކާ މެދު އަނެއް ބަޔަކު ހިތްހަމަނުޖެހި އެ ކަމުގެ ޝަކުވާ ކުރާ އަޑެވެ. ކިތަންމެ ރަނގަޅު ނިޔަތެއްގައި ކަމެއް ކުރިޔަސް، ވާދަވެރި ސިޔާސީ ބޭފުޅުން ރައްޔިތުންނަށް އެކަމެއް ވިސްނައިދޭނީ ނުރަނގަޅު ގޮތެއްގަ އެވެ. ނަމަވެސް ސިޔާސީ...

16 ފެބުރުއަރީ

February 16, 2017 154
ނަޝީދަށް ކުޑަ ވެސް ފުރުސަތެއް އެބަ އޮތްތަ؟

އަންނަ އަހަރުގެ ރިއާސީ އިންތިޚާބާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޓިކެޓްގައި އެމަނިކުފާނަށް ވާދަނުކުރެއްވޭ ނަމަ، އެ ޕާޓީގެ ފަރާތުން އެހެން މީހަކު ވާދަ ނުކުރާނެ ކަމަށެވެ.

09 ފެބުރުއަރީ

February 09, 2017 44
ހުއްދަ އޮތަސް ވަކީލުންތަކެއް "މަގުމަތިވެފައި"

ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްގެން ކޯޓުތަކުގައި ވަކާލާތު ކުރުމަށް ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައީ މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބި، ވަކީލުކަމުގެ ހުވާ ކުރުމުންނެވެ. އަހަރުތަކެއް ވަންދެން ކުރި އެ އިންތިޒާރަށް ނިމުން އައީ ކަމަށް އެ...

25 ޖެނުއަރީ

January 25, 2017 13
ޖޫރިމަނާ ބޮޑެތި އަދަދުތަކުން، މިވަނީ ކިހިނެއް؟

ދާދި ފަހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަމިއްލަ ކުންފުންޏަކަށް ޖޫރިމަނާގެ ގޮތުގައި 138 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ. ގާތްގަނޑަކަށް 21 މިލިއަން ރުފިޔާގެ މައްސަލައެއްގައި ސަރުކާރުގެ ކުންފުންޏަކުން އެހާ ބޮޑު އަދަދެއް ދައްކަން ޖެހުނީ...

27 އޮކްޓޯބަރ

October 27, 2016 42
ސުއޫދުގެ އަސްލު ނިޔަތަކީ ކޮބާ؟

ޝަރުއީ ނިޒާމަށް ފާޅުގައި ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވަފާނެ އެވެ. ދިފާއުގައި ނުކުންނަވާފާނެ ކަމަށް ހީވެސް ނުކުރެވޭ ކަހަލަ ބޭފުޅުންގެ ހައްގުގައި ބަސް ވިދާޅުވެދާނެ އެވެ. ސިޔާސީ ގޮތުން އެއް ފިކުރެއްގައި ތިބި ބަޔަކު ދޫކުރައްވައި، ކުއްލިއަކަށް ނުކުމެވަޑައިގެންފާނެ އެވެ. މިއީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ވަކީލް ހުސްނުއްސުއޫދުގެ...

19 އޮކްޓޯބަރ

October 19, 2016 12
އިސްތިއުނާފް މުއްދަތު ކުރު، ދަތުރުކުރަންޖެހޭ މަގު ދިގު

މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފް ކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިސްތިއުނާފަށް ހުށަހަޅަން ލިބޭ މުއްދަތު ކުރުކޮށްފަ އެވެ. އެއީ އިސްތިއުނާފްގެ މުއްދަތު ދިގުވުމުން، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްގު ކަށަވަރު ނުކުރެވި އޮތް އޮތުމަށް ނިމުމެއް ގެނައުމަށާއި އަވަހަށް އިންސާފު ލިބޭކަން...

07 ޖުލައި

July 07, 2016 41
މަރުގެ އަދަބު: ދެކޮޅު އަޑުތަކާއި ނޭނގޭ ކަންކަން

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މަރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން ކޯޓުތަކުގެ މަރުހަލާ މިހާރު އެވަނީ ނިމިފަ އެވެ. ދެން އޮތީ އެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތްތަކެވެ. ރާއްޖޭގައި 60 އަހަރަށް ފަހު އަލުން މަރުގެ އަދަބު ދޭން ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ....

26 ޖޫން

June 26, 2016 30
ހުމާމާ ހިސާބުން މައްސަލަ ނިމިގެން ނުވާނެ

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަކީ ސިޔާސީ ބޭފުޅެކެވެ. ދީނީ އުސްތާޒެކެވެ. އެކަމަކު އޮކްޓޫބަރު 2012 ގައި އޭނާ އަށް ހަމަލާދީ އަވަހާރަކޮށްލީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ހުސެއިން ހުމާމެވެ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމްގެ އިއުތިރާފުންނާއި އެހެނިހެން ހެކިތަކުން ސާބިތުވެ، އޭނާ...

24 ޖޫން

June 24, 2016 56
ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އާއިލާ

މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ މި އެވެ؛ ހުސެއިން ހުމާމަށް މަރުގެ އަދަބު ދީފިއްޔާ ޑރ. އަފްރާޝީމް އަލީގެ ގާތިލަށް ނުވަތަ ގާތިލުންްނަށް މަރުގެ އަދަބު ދެވުނީ ހެއްޔެވެ؟

20 ޖޫން

June 20, 2016 37
މަރުގެ އަދަބު ތަންފީޒުކުރުމުގެ ފަހު ބާރު ވާރިސުންނަށް

ރާއްޖޭގައި މަރަން މަރުހިފާނެ ކަމާއި އެކަން ތަންފީޒުކުރަން ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވަރަށް ގިނަ ފަހަރު ވިދާޅުވެފަ އެވެ. ތަކުރާރުކޮށް އެގޮތަށް ރައީސް ވިދާޅުވަމުން ގެންދަވާތީ ބައެއް މީހުންނަށް ހީވާނީ މަރުގެ އަދަބު ތަންޒީފުކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ހެންނެވެ....

19 ޖޫން

June 19, 2016 41
އާ ހެކިތަކެއް، ނާޒިމްގެ ޝަރީއަތް ޝައުގުވެރި ދިމާއަކަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިިހާރު ފަށާފައިވާއިރު، ފެންނަނީ ވަރަށް ޝައުގުވެރި އަދި ހައިރާންވާ ކަހަލަ ވާހަކަތަކެކެވެ. ކްރިމިނަލް ކޯޓުގަ އާއި ހައި ކޯޓުގައި އޮތް ޝަރީއަތްތަކުގައި ނުއިވޭ ކިތަންމެ ގިނަ...