15 ސެޕްޓެމްބަރ

September 15, 2019 52
ކުރާ މަސައްކަތަކީ ހިއުމަން ޓްރެފިކިން!

"ކޯޓާ އެބަހުރިތަ؟ އަހަންނަށް މީހުން ގެނެވިދާނެ،" މީގެ 10 ވަރަކަށް އަހަރު ކުރިން ފުރަތަމަ ރާއްޖެއަށް އައި އިރުއްސުރެ ދެކެފަރިތަ ބަންގްލަދޭޝް މީހަކު ބުންޏެވެ.

14 ސެޕްޓެމްބަރ

September 14, 2019 42
ވަޒީފާ އަދާނުކުރާ އަންހެނުންގެ ވާހަކަ!

ފަތިހު ހަތަރެއް ޖަހާއިރު ހޭލައިގެން، ދަރިން ނިދިން ތެދުކޮށް ނަމާދަށާއި ސްކޫލަށް ފޮނުވައި ހެނދުނުގެ ސައި ތައްޔާރުކުރެ އެވެ. ހެދުންތައް ދޮވެ، ގޭތެރެ ފޮޅާ ސާފުކޮށް މެންދުރަށް ކައްކަ އެވެ. ސްކޫލާއި ޓިއުޝަން ގޭދޮށަށް ހިނގައި، ގޭގައި ދެން އުޅޭ މީހުންގެ ކަންކަން ބަލަހައްޓަ އެވެ. ރޭގަނޑު ނިދަން ވަންދެން އުޅެން ޖެހެނީ ކޮންމެވެސް...

13 ސެޕްޓެމްބަރ

September 13, 2019 15
ފެނާ އެކު ފަޅަށް ކިސަޑު! އެތައް މައްސަލައެއް!

ފަލަ ހޮޅިތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ޕޭވްމަންޓްތަކުން ހިނގައި ބިނގާވެ އުޅެން ދަތިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން...

September 13, 2019 7
އަވަސް ކުރެވޭނީ ކިތައް ސިކުންތު؟

ކުރިން ނަމަ ދުވެފައި މާލެ ވަށައި ބުރެއް ޖަހާލުމަކީ "ވަރަށް ހިތްވަރު ގަދަ" ބަޔަކަށް ކުރެވޭ ކަމެކެވެ. އޭރުގެ ބައެއް މީހުންނަށް އެ ބުރު 30 މިނިޓުން ނިންމާލެވުމަކީ އަދި މާ އުފާވެރި...

12 ސެޕްޓެމްބަރ

September 12, 2019 35
ގަރާރަކަށް ފަހު، ގަރާރެއް! ނަތީޖާއަކީ ކޮބާ؟

ރައްޔިތުންގެ މަޖިލިހުގެ މިދިޔަ ދައުރުގައި އެކަނި ވެސް 21 ގަރާރެވެ! މަޖިލިހަށް މެމްބަރުން ހުށަހެޅުއްވި ބިލްތައް ނަގާފައި އެންމެ ގިނަ އަދަދަކަށް މައްސަލަ ވެއްދީ ވެސް ގަރާރުގެ ގޮތުގަ އެވެ. އެއް ބައެއްގެ ނަޒަރުގައި ރައްޔިތުންނަށް އުންމީދު ގެނުވާނެ ގަރާރުތަކެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ރައްޔިތުންނަށް ދެއްކި ހުވަފެންތަކެކެވެ....

11 ސެޕްޓެމްބަރ

September 11, 2019 33
ރިލްވާންގެ މައްސަލާގައި އެދެވޭ ނަތީޖާއެއް ނެރެވިދާނެތަ؟

ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލިތާ" ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު، އެންމެ ފަހުން ކުރިން ނޭނގޭ މައުލޫމާތުތަކެއް، ރިޔާސީ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އެއް ބައެއްގެ ނަޒަރުގައި އެ މައުލޫމާތުތަކުން ކަށަވަރުވަނީ އޭނާ މަރާލާފައިވާ ކަމެވެ. އެކަމަކު ރާއްޖޭގައި ހިންގި މީހަކު "ފޮރުވުމު"ގެ އެންމެ ނުރައްކާތެރި...

09 ސެޕްޓެމްބަރ

September 09, 2019 50
ކައުންސިލް އިންތިހާބު: މުހިންމީ ގާބިލް މީހާ!

އަނެއްކާ ވެސް އާ އިންތިޚާބެއް ބޯމަތިވަނީ އެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އިއުލާން ކުރުމާއެކުހެން، އެކި ގޮތްގޮތުން މީހުން މިހާރު އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ. އިންތިޚާބާ ދިމާކޮށް، އިދިކޮޅު ޕީޕީއެމުން ރަށްރަށަށް ދަތުރުތައް ފަށާފައިވާއިރު،...

08 ސެޕްޓެމްބަރ

September 08, 2019 47
ހަމައެކަނި ޕާޓީގެ މީހުންނަށް މޮޅު ގޮތް!

"ދެން މި މީހުން ވެސް ވާނީ ހަމަ ހުދު ފޮއްްޗަށް. ދެން އަވަހަށް މަގާމު ދިނީމާ ނިމުނީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޖުމްހޫރީ ޕާޓީއަށް ބަދަލުވުމުން ނުރުހި ހުރި އެމްޑީޕީގެ އެކްޓިވިސްޓަކު ބުންޏެވެ. އޭނާ ތުހުމަތުކުރި ގޮތުގައި އެފަދަ އެތައް ބަޔަކު މިހާރު ވެސް...

07 ސެޕްޓެމްބަރ

September 07, 2019 23
ފުވައްމުލަކުގެ މޭޔަރު އުއްމީދުން ފުރިފައި!

މީގެ ދެ އަހަރު ކުރިން ސިޓީއެއްގެ ދަރަޖަ ލިބުން ފިޔަވައި ފުވައްމުލަކަށް ލިބުނު ކުރިއެރުމެއް ނެތެވެ. ކުރީ ސަރުކާރުތަކުގެ މާ ބޮޑު އަޅާލުމެއް ނުލިބުމުން ރަށުގެ ރައްޔިތުން ތިބީ މާޔޫސްވެފަ އެވެ. ސިއްހަތާއި ތައުލީމާއި އިގުތިސޯދީ ގޮތުން ބެލިކަމަށް ވިއަސް އެހެން ރަށްރަށާ ފުވައްމުލަކާ މާ ބޮޑު ތަފާތެއް ނެތެވެ؛ ފެނާއި ނަރުދަމާ އަޅާދީފައި...

06 ސެޕްޓެމްބަރ

September 06, 2019 23
ދިރިއުޅުން ބަދަލުކޮށްލި ވަޒީފާ!

މީގެ ތިން އަހަރު ކުރިއަށް ބެލިކަމުގައި ވިޔަސް ވަޒީފާއެއް އަދާކުރުމުގެ އެއްވެސް ވިސްނުމެއް، އިސްމާއިލް ނާޒިފް ސައީދުގެ ނެތެވެ. ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ ވަޒީފާއެއް...

September 06, 2019 22
ބޯޓު ނައްޓާލުމާ އެކު ފެނުނީ ހުޅުގަނޑެއް

އެއާ އޭޝިއާގެ މަތިންދާ ބޯޓު އެފްޑީ178 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތައިލެންޑުގެ ބެންކޮކަށް މިރޭ ނައްޓާލި އިރު، އެ ބޯޓުގެ ފަހަތުގައި އިން އެކަކީ ހަސަން އައްފާނެވެ....

05 ސެޕްޓެމްބަރ

September 05, 2019 16
އުގައިލްގެ ކަރުދާހަށް އެތައް ބައެއްގެ ޝައުގުވެރިކަން

މިދިއަ މަހު އއ. އުކުޅަހުގައި ބޭއްވި ސައިންސްވެރިންގެ ކޮންފަރެންސަށް ހުށައެޅި ކަރުދާސްތަކުގެ ތެރެއިން ޕްރޮފެސަރު ހަސަން އުގައިލްގެ ޓީމުން މިހާރު ކުރަމުން އަންނަ މަސައްކަތާ ބެހޭ ކަރުދާހަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނެވެ.

04 ސެޕްޓެމްބަރ

September 04, 2019 8
ބޮޑު ބަދަލާ ދިމާލަށް، ޖޭއެސްސީ އަދިވެސް އޮތްގޮތަށް؟!

މިދުވަސްވަރު އެންމެންގެ ސަމާލުކަން ވެސް ހުއްޓިފައި އޮތް އެއް ކަމަކީ ޝަރުއީ ދާއިރާއަށް މިހާރު އަންނަ ބަދަލުތަކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކޮށް، އާ...

September 04, 2019 91
ސުއޫދު ހެއްދެވީ ގޯހެއް؟ ރިޕޯޓް އެގޮތަކަށް ނުދެވޭނެ!

އެއީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ކުރިން ނެރެފައި ނުވާ ފަދަ ބިރުވެރި ކަންކަން ހިމެނޭ ރިޕޯޓެކެވެ! އެއީ ވީނުވީއެއް ނޭނގި "ގެއްލުނު" މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީ...

03 ސެޕްޓެމްބަރ

September 03, 2019 105
ސުއޫދުގެ ޖެހިލުމެއް ނެތް! އާންމުންގެ ލޯ ހުޅުވާލަދީފި

ދީނީ ގޮތުން ހައްދުފަހަނައަޅައި ދާކަމާއި އެ ފިކުރު ފަތުރަމުން ދާކަން ނޭނގި އޮތީކީ ނޫނެވެ. އަޑުއިވޭ ކަމަށް ނުހަދައި ތިބީ އެވެ. ފެންނަ ކަމަށް ވެސް ނުހެދީ އެވެ. އެ ވަބާގެ ސަބަބުން އިގުތިސާދަށް އަސަރުކޮށްފާނެތީ އެވެ. ނުވަތަ އެހެން ގައުމުތަކަށް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނީވެ އެވެ. ނޫނީ އަމިއްލަ ފުރާނަ އަށް ނުރައްކަލެއް...

02 ސެޕްޓެމްބަރ

September 02, 2019 33
އެއް ލޯންޗުން އަނެއް ލޯންޗަށް ފުންމަމުން މާލެއަށް!

ދާދި އިހަކަށް ދުވަހު ތަޖުރިބާ ކުރި ކަމެކެވެ؛

September 02, 2019 59
އާމްދަނީގެ 5 ޕަސެންޓް ކައުންސިލަށް! ސަރުކާރަށް ސާބަސް

ރައްޔިތުންގެ އަތް މައްޗަށް ބާރުތައް ދޫކޮށްލީ ނަމެއްގަ އެވެ. ލާމަރުކަޒީ ނިޒާމަށް ރާއްޖެ ހިންގާތާ އަށް އަހަރު ވެފައިވީ ނަމަވެސް ހާލަތު ބަދަލެއް ނުވެ އެވެ. އަދިވެސް އޮތީ މައި...

01 ސެޕްޓެމްބަރ

September 01, 2019 13
ގިޔާސް އަށް ހިތްވަރުދީ، އެހީތެރިވާން އިއްބެ

އިންސާނުންގެ ހިތްވަރުގަދަކަން އެނގެނީ އެކަން ސާބިތުކޮށްދޭން ޖެހޭ ވަގުތުގަ އެވެ. ނޮޅިވަރަންފަރުގެ ޓީޗަރު ހުސެއިން އަބްދުﷲ ދުނިޔެ ދޫކުރީ އެންމެ ފަހު ވަގުތު ވެސް، އަންހެނުންނާއި...

September 01, 2019 9
ހުސެއިން: ނޮޅިވަރަންފަރުގެ ބިންގާ

ސައިކަލްގައި ތަނަކަށް ދާއިރު، ކޮންމެ މީހަކު ފެނުނަސް ގޮވާލަ އެވެ. ހިނގާފައި ދިޔަސް، އަނގައިން ބުނެލާފައި ނޫނީ އެހެން މީހެއްގެ ކުރިމަތިން ހުރަހެއް ނުކަނޑަ އެވެ. މީހުންނާ މަޖާކޮށް...

31 އޯގަސްޓް

August 31, 2019 40
ބަޔަކަށް ރޭކާލީ ވެސް ދަތުރުވެރިޔަކު ކުރި ކޯލަކުން!

އޭރު ގަޑިން ހެނދުނު 11:53 އެވެ. ހަނިމާދޫ ބޮޑު ފަޅުގެ ތަންކޮޅެއް މަޑު ދިމާއަކުން ވަނުމަށްޓަކައި ލޯންޗު އަނބުރާލައިގެން، ގަދާގައި މިސްރާބު ހިފާލަނީ އެވެ. ބިރުން ތިބި ދަތުރުވެރިންގެ ތެރެއިން އައިމިނަތު އާސިމާއަށް ކޯލެއް އަ އެވެ. ދަބަސް ތެރެއިން ފޯނު ނަގަން އޭނާ މަސައްކަތް ވެސް ކުރި އެވެ. އެކަމަކު އެހާ ހިސާބުން ލޯންޗު ބަންޑުން ޖަހާލި...

30 އޯގަސްޓް

August 30, 2019 12
ހިނދުކޮޅެއްތެރޭ މުޅި އާއިލާ ގެއްލި އެކަނިވެރިވެފައި!

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އެންމެ ބޮޑު ހިތާމަ އާއި މޮޅިވެރިކަމެއް ކުރިމަތިވީ މުހައްމަދު ގިޔާސް، 24، އަށެވެ. ގިޔާސްގެ މަންމަ އާއި ބައްޕަ އާއި ދައްތަ އާއި ދައްތަގެ ހުރި ހަމައެކަނި ދަރިފުޅު މި ދުނިޔެއާ ވަކިވެގެން ދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިންދާލި ބިޔަ...

August 30, 2019 8
ބިރުވެރި، ހިތްދަތި ވަގުތު ހަނިމާދޫން ދެއްކި ނަމޫނާ

ހދ. ހަނިމާދޫ ކައިރިއަށް، ނޮޅިވަރަންފަރުގެ ލޯންޗު ބަންޑުން ޖަހާލައި އޭގައި ތިބި މީހުން ކަނޑުވި ހަބަރު ލިބުމާ އެކު އެ ރަށު ރައްޔިތުން އަވަސްވީ އެހީތެރިވުމުގެ މަސައްކަތަށް...

August 30, 2019 48
ލޯންޗު ކައިރިއަށް ދިޔަ ސިފައިންގެ ޑިންގީ ވެސް ބަންޑުން

ހދ. ނޮޅިވަރަންފަރުން ފުރައިގެން 10 މީހުންނާ އެކު ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލުމުން، މީހުން ސަލާމަތްކުރަން ސިފައިން ފުރަތަމަ ދިޔައީ ޑިންގީއެއްގައި ކަމާއި އެ ޑިންގީ ވެސް ބަންޑުން...

29 އޯގަސްޓް

August 29, 2019 88
ދެ ކޮންޓޭނަރުން ކަސްޓަމްސްގައި އިތުރު ލައްގަނޑެއް!

"ކަސްޓަމް އޮފިސަރު ވަޖީހު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އެންމެ ދުވަހެއްގެ ތެރޭގައި ހިންގި ހިޔާނާތުގެ ދެ ޖަރީމާ އިން ދައުލަތުގެ އާމްދަނީއަށް ލިބެންވާ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ގެއްލުވާލާފައި."

28 އޯގަސްޓް

August 28, 2019 11
މަންމަގެ ނަސޭހަތުން ލީނާ އަށް އުފެދުނު ލޯބި!

އެއީ، މީގެ 23، އަހަރު ކުރި އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑު ޑިރެކްޓަރު، އަދި އެމްއެމްއޭގެ ސީނިއާ މެނޭޖަރު، ލީނާ ޒާހިރު ހުސެއިން، ސަރުކާރުގެ ވަޒީފާ އަށް 1996،...

August 28, 2019 1
ކުޑަކުދިންގެ އަދުލުގެ ނިޒާމް ބޮޑު ބަދަލަކާ ދިމާލަށް!

ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ކުރިންސުރެ ބަލަމުން ދިޔައީ ބޮޑެތި މީހުންނާ ވަކިން އަދި އަދުލުގެ ތަފާތު ނިޒާމެއްގެ ތެރެއިންނެވެ. ކުށްކުރާ ކުޑަކުދިންނަށް ދައުވާ ކުރުމުގެ...

27 އޯގަސްޓް

August 27, 2019 41
ޕީޕީއެމް، އިދިކޮޅު ޕާޓީއަކަށް ވެސް ނުވެ ނިކަމެތިވަނީ؟

ނާކާމިޔާބީން ފިލާވަޅު ހޯދައި، ޕީޕީއެމަށް ހިންދެމިއެއް ނުލެވުނެވެ!

August 27, 2019 15
ހޮޑު ކޮތަޅުން ކަނޑުގެ ދިރުންތައް ކޮށިއަރަނީ!

މާލެ އިން ރ. އަތޮޅަށް އެ ލޯންޗް ނައްޓާލިއިރު ވެސް އޭގައި ތިބި އެތައް ބަޔަކު ދިޔައީ ހޮޑުލަމުންނެވެ. އާދައިގެ ވަރަކަށް ކަނޑު ގަދަ ދުވަހެކެވެ. ލޯންޗްގައި ދަތުރުކުރާ މީހުން ހޮޑުލުމަށް...

26 އޯގަސްޓް

August 26, 2019 11
ޒަކަރިއްޔާ: އައިޔޫއެމްއާ މެދު ގިނަ އުއްމީދުތަކެއް

އެ ޔުނިވާސިޓީގައި ދިވެހިންނާ އެކު ތައުލީމް ހާސިލްކުރާނީ ދުނިޔޭގެ އެކި ގައުމުތަކުގެ ދަރިވަރުންނެވެ. ތަފާތު އެކި މައްސަލަތަކުގެ ހައްލު ހޯދުމަށް ދިރާސާކުރަން ހާއްސަ ތަނަކަށް ކުރިއަށް...

August 26, 2019 37
ގޭ ބުޑަށް ރާޅު! މޫލެކެޑެއަށް ހައްލެއް ނެތީތަ؟

ބައެއް ފަހަރަށް ގޭ ބުޑަށް ޖަހާލައި ރާޅާ އެކު ހަސަން އަބްދުﷲގެ ނިދި ހަރާބުވެ އެވެ. އޭނާ ބުނާ ގޮތުގައި، ގެ ވެއްޓިދާނެކަމުގެ ބިރު އޮތުމުން، ހަމަ ނިދި ނުލިބޭތާ އެތައް އަހަރެއް ވެއްޖެ...