12 އޮކްޓޯބަރ

October 12, 2016 8
ކަފާލާތުގެ އުސޫލުގެ ބޭނުން ހިފަން ޖެހިފައި

މީހުން ބަންދުކުރުމާ ގުޅޭ ގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަންނަނީ އާދައިގެ ކުދިކުދި ކުށްކުށުގައި ވެސް އެތައް ދުވަހެއް ވަންދެން ބަންދުގައި ބޭތިއްބުމެވެ. އެންމެ ޓްވީޓެއް...

October 12, 2016 26
ރެމިޓެންސް ޓެކްސް: ޝަކުވާ، ތައްޔާރުނުވެވުމުގެ ނުރައްކާ

ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުންޏަށް މިހާރު ކުރިމަތިވެފައި ވަނީ މިއިން ޒަމާނަކު ދިމާ ނުވާ ވަރުގެ ބޮޑު މައްސަލައެކެވެ. ބިދޭސީ މަސައްކަތު މީހުން ޝަކުވާ ކުރަނީ އެވެ....

11 އޮކްޓޯބަރ

October 11, 2016 126
އިސްތިރި، ރޭޑިއޯ، ރައިސް ކުކަރު... ފަގީރެއް ނޫން!

ކާޑުގެ ސަބްސިޑީ ފޯމު ފެނުމާ އެކު މުހައްމަދު ސަމީރު، 41، ގެ ރުޅި ކޮންޓްރޯލުން ނެއްޓީ އެވެ. ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ގިނަކަމުންނެވެ. އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ރުޅި އައުން ހައްގެވެ؛

10 އޮކްޓޯބަރ

October 10, 2016 13
ނާޝިދު: ވަކިނުވެވޭވަރުގެ ހަނދާންތަކެއް ދޫކުރެއްވި

ހުރިހާ މިއުޒީޝަނުން ވެސް އިއްތިފާގުވާ ކަމެއް އޮވެ އެވެ؛ ފުލޫ ނާޝިދު (އަހުމަދު ނާޝިދު) ވަރުގެ ހުނަރުވެރި މިއުޒީޝަނަނަކު މި ފަސްގަނޑަކުން އަދި އުފަނެއް ނުވެ އެވެ. އެ އިއްތިފާގުވުން އެ...

October 10, 2016 10
ދެ ވަނަ ދައުރު ނިމެނީ، މާޒީގެ ތަޖުރިބާ ކުރިމަގަށް

ލޯކަލް ކައުންސިލްހެ އާ އިންތިހާބު ބާއްވައި، ރަށްރަށަށް އާ ވެރިންތަކެއް ހޮވާކަށް ދެން މާކަ ގިނަ ދުވަހެއް ނެތެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ...

09 އޮކްޓޯބަރ

October 09, 2016 45
ކައުންސިލް އިންތިހާބު ގާތްވާ ވަރަކަށް ގޮތް ހުސްވަނީބާ؟

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރެވޭނީ ކޮން ގޮތަކަށްތޯ އަހާލައިފި ނަމަ، ކޮންމެ މެމްބަރަކު ވެސް ދެނީ އެއް ޖަވާބެކެވެ؛ އެއީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެ ބޭފުޅުން ބައްދަލު ކުރައްވާފައި، ދެ ބޭފުޅުން އެއްބަސްވާ ގޮތަކަށް...

06 އޮކްޓޯބަރ

October 06, 2016 48
ހިރާ ފަރުބަދައިގެ ހޮހޮޅަ ކައިރިން ކުރެވުނު އިހުސާސްތައް

ހައްޖަށް ދާ މީހުން މައްކާ އިން ޒިޔާރަތް ކުރާ އެއް ތަނަކީ މަޝްހޫރު ހިރާ ފަރުބަދަ އެވެ. އެއީ ދިވެހިންގެ މެދުގައި އެ ފަރުބަދަ މަޝްހޫރުވެފައިވާ ނަމެވެ. އެއީ އެ ފަރުބަދައިގައި "ޙިރާ" ހޮހޮޅަ ހުންނާތީ އެވެ. އަސްލު ނަމަކީ ނޫރް ފަރުބަދަ އެވެ. އެއީ މުޅި އިންސާނިއްޔަތަށް އަލިކޮށްދިން ނޫރު ކަމުގައިވާ ކީރިތި ޤުރްއާން ބާވައިލައްވަން ފެއްޓެވީ އެ...

05 އޮކްޓޯބަރ

October 05, 2016 9
ހައްގުތަކެއް ގެއްލޭ އުސޫލެއް، ބަދަލުކުރަން ޖެހޭ!

މަރުގެ ބޮޑު މައްސަލައެއްގައި ދައުވާ ލިބޭ މީހުންގެެ ތެރެއިން މީހަކު ބަންދުން ދޫކޮށްލަން ކުއްލި ގޮތަކަށް މި އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. އެއީ ގޭންގަކުން ކުޑަކުއްޖަކަށް ހަމަލާދީ މަރާލީ މައްސަލައެއްގައި ދައުވާ ލިބުނު މީހެކެވެ. އާންމުކޮށް މަރުގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންނަކީ ޝަރީއަތް ނިމެންދެން...

04 އޮކްޓޯބަރ

October 04, 2016 75
ބްރިޖާ ގުޅޭ ވާހަކަތަކާއި ފެނުނު މަންޒަރުތައް!

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މަލަމަތީގެ ކޮންމެވެސް މަންޒަރުތަކެއް މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު ފެންނާނެ ކަމަށް ގިނަ ބަޔަކު އިންތިޒާރުކުރި އެވެ. އެއީ، ސެޕްޓެމްބަރުގެ ނިޔަލަށް ބްރިޖްގެ ގިނަ ހޮޅިތައް ޖަހައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ޔަގީންކަން ދީފައި އޮތުމުންނެވެ. އެކަމަކު ފެނުން މަތީގައި ތަނބުތައް...

03 އޮކްޓޯބަރ

October 03, 2016 7
ކުރުނބާއަށް 44 އަހަރު، އަބަދުވެސް ކާމިޔާބު

އެއީ ރާއްޖޭގެ ޓޫރިޒަމް ބިންގަލެވެ. މީގެ 44 އަހަރު ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ކ. ވިހަމަނާފުށީގައި ވަރަށް އާދައިގެ ގޮތަކަށް ހެދި އެ ރިސޯޓުން ރާއްޖެ އަށް ދައްކައިދިނީ، ގައުމުގެ...

October 03, 2016 36
މިފްކޯ؛ ދެން އޮތީ އެސްޓީއޯ ނޫން ބާ؟

މިފްކޯ، 1993 ގައި ކުންފުންޏެއްގެ ގޮތުގައި އުފަންވި މައިގަނޑު ސަބަބަކީ ވެސް އޭރު އެސްޓީއޯގެ ދަށުގައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އެސްޓީއޯގެ ދަށުގައި އެފްޕީއައިޑީގެ ގޮތުގައި އެ...

02 އޮކްޓޯބަރ

October 02, 2016 61
ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރާނެކަން މިދިޔަ ބުރާސްފަތިދުވަހު އިއުލާން ކުރުމާ އެކު، ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ކެކިގެން ހިނގައިދާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ޖޭޕީން 2018 ގެ ރިޔާސީ އިންތިހާބަށް ނުކުންނަށް، އެ ޕާޓީގެ ކައުންސިލުން ފާސްކުރިއިރު، ކެންޑިޑޭޓަކަށް ހަދަން ބޭނުންވާ، ޖޭޕީގެ...

01 އޮކްޓޯބަރ

October 01, 2016 20
އިންޑިއާ ބޮޑު ލީޑެއްގައި، ރާއްޖެ ކޮބާ؟

އިންޑިއާގެ ގޯއާގައި މިދިޔަ ހަފުތާގައި އޮތް އޭއެފްސީގެ ކޮންގްރެސްގައި އަހަރެމެންނަށް ފެނުނީ ދެ މަންޒަރެކެވެ؛ އިންޑިއާ އިން ފުޓްބޯޅައިގެ ބާރަކަށް ވުމަށް ކުރަމުން އަންނަ...

October 01, 2016 206
މިއަދު ކެއުމުގެ ހަރަދު 100 ޕަސެންޓް މައްޗަށް!

މިދިއަ ސާޅީހަކަށް އަހަރުގެ ތެރޭގައި ވެސް ކުއްލިއަކަށް ކާޑުގެ އަގު ބޮޑުނުވާ މިންވަރަށް ރެއިން ފެށިގެން ރާއްޖޭގައި ކާޑުގެ ބާވަތްތަކުގެ އަގު ރަސްމީކޮށް ވަނީ އުފުލައިފަ އެވެ. ކާޑުގެ...

28 ސެޕްޓެމްބަރ

September 28, 2016 32
ޑްރަގްގެ ބޮޑެތި މައްސަލަތައް ނާކާމިޔާބު!

ރާއްޖޭގައި މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އަދި އަތުލައި ގަނެވޭ އެއްޗެހީގެ އަދަދު ވެސް މައްޗެވެ. އެއީ ޔަގީނުން ވެސް ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކަމަކު ޝަރުއީ މަރުހަލާއިން އެފަދަ ބޮޑެތި މައްސަލަތައް ނިމިގެން މިދަނީ ނާކާމިޔާބުވެގެންނެވެ.

27 ސެޕްޓެމްބަރ

September 27, 2016 18
މާރިޔާ: ޓޫރިޒަމްގައި މިހާރު މިވަރެއް ނެތް!

ޓޫރިޒަަމް ދާއިރާގެ މަސައްކަތްތައް އޭނާ ފެށީ ރިސޯޓެއްގެ ބަދިގެ ތެރެއިންނެވެ. ފުރަތަމަ ވަޒީފާ އަކީ ޕޭސްޓްރީ ތައްޔާރުކުރުމެވެ. އޭނާގެ ރަހަތަކުން ޓޫރިސްޓުން ހިތްހަމަ ޖައްސައިދިނުމަށް ފަހު އެތަނުން ނިކުތީ ވެއިޓަރަކަށެވެ. އޭގެ ފަހުން ބަދަލުވީ ރިސެޕްޝަނިސްޓަކަށެވެ. ދެން ގެސްޓް ރިލޭޝަން އޮފިސަރަކަށެވެ. ފަހަރަކު ކަމެއް ކުރަމުން ގޮސް...

26 ސެޕްޓެމްބަރ

September 26, 2016 9
ރަށްރަށުގެ ސިއްހީ ހާލަތު: ރަނގަޅު ފަރުވާއެއް ބޭނުން!

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެންމެ ބޮޑު އެއް ހަބަރަކަށް ވެފައި އޮތީ ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކަށް އެ ހޮސްޕިޓަލުން ފަރުވާ ދިން ގޮތުގެ ވާހަކަ އެވެ.

25 ސެޕްޓެމްބަރ

September 25, 2016 26
އާންމުންނާ އެކު ދިވެހި ސަފީރުގެ ތަފާތު ހައްޖު ދަތުރު!

މީގެ ކުރިން ވެސް ރާއްޖޭގެ މަތީ ފެންވަރުގެ އެކި ބޭފުޅުން ހައްޖަށް ވަޑައިގެންފައިވެ އެވެ. ދައުލަތުގެ އެންމެ އިސް ވެރިންނާއި ސަފީރުންނާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މަޖިލީހުގެ މެމްބަރުންނެވެ. އެ ބޭފުޅުންގެ ހައްޖަކީ "ވީއައިޕީ" ހައްޖެކެވެ. އާންމު ހައްޖުވެރިން އުފުލަންޖެހޭ އެއްވެސް ދަތި އުނދަގުލެއް އެ ބޭފުޅުންނާ ކުރިމައްޗެއް ނުވެ...

24 ސެޕްޓެމްބަރ

September 24, 2016 18
ސިޔާސީ ނުފޫޒާ ވާދަކޮށް ފުޓްބޯޅަ މޮޅުވާން ޖެހޭ!

ކުޅުންތެރިންގެ ހުނަރު ތަރައްގީވި ނަމަވެސް، ފުޓްބޯޅައާ ގުޅިފައިވާ އެހެނިހެން ކަންކަން ބަދަލު ނުވަނީސް ފުޓްބޯޅަ ކުރިނާރާނެ އެވެ. ދިވެހި ފުޓްބޯޅައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއީ އެވެ. ފުޓްބޯޅައިގެ ކަންކަން ރަނގަޅުކޮށް ހާލަތު ބަދަލުކުރުމާ ހަވާލުވެ އޮތް ފުޓްބޯޅަ އެސޯސިއޭޝަނުގެ ހާލަތު އެއަށް ވުރެ ދަށްވުމެވެ....

23 ސެޕްޓެމްބަރ

September 23, 2016 11
ކެންސަރަށް ފަހު އައްބާސްގެ އާ ހިތްވަރު: ދިގު ދުވުން

މީގެ ތިން އަހަރު ކުރިން އޭނާ އޮންނެވީ ކެންސަރު ބައްޔާ ހަނގުރާމަކުރައްވަން އެނދުމަތީގަ އެވެ. އެކަމަކު ބޮޑު ދެ އޮޕަރޭޝަނަށް ފަހު، އެކަމުން ސަލާމަތްވުމުން ދިރިއުޅުމުގެ މިސްރާބު މުޅިން ބަދަލުކޮށްލެއްވި އެވެ. މިހާރު އޭނާ އަކީ ކެންސަރު ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށް ހުރި ނަމޫނާ ހިތްވަރެކެވެ. އެހިތްވަރުގެ އެންމެ ރީތި މިސާލަކީ،...

22 ސެޕްޓެމްބަރ

September 22, 2016 37
އައިނީސްގެ ހުނަރު އަނީގާގެ އަތުން

ފުރަތަމަ، ތިރީގައި ހުރި ހުރިހާ ފޮޓޯތަކެއް ބަލައިލާށެވެ! މިއީ، ގޭގައި އިންނަ އަންހެނަކު އޭނާ ހުސްވަގުތު ހޭދަކުރާ ގޮތެވެ. ދެ ދަރިން ބަލަމުން އޭނާގެ އަމިއްލަ ހިތްހަމަޖެހުމަށް ޓަކައި ވެސް ކުރާ މިކަމުން އެކަށީގެންވާ އާމްދަނީއެއް ކޮންމެ މަހަކު ލިބެ އެވެ. އޭނާގެ މެސެޖަކީ މި އެވެ. "ގޭގައި ވެސް ހުރެގެން ކޮންމެ އަންހެނަކަށް ވެސް ރަނގަޅު...

21 ސެޕްޓެމްބަރ

September 21, 2016 12
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން އުޅޭ ބަޔަކު ނެތް!

ރާއްޖޭގައި އެންމެ ބޮޑު ފާޑުކިޔުމެއް ކުރިމަތިވަނީ ޝަރުއީ ދާއިރާ އަށް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އާ ގާނޫނު އަސާސީ އައިސް، މިނިވަން ބާރެއްގެ ގޮތުގައި ޝަރުއީ ދާއިރާ ހަމަޖެހުމުގެ ކުރިން ވެސް އަދި އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ދާއިރާއަށް އަންނަ ފާޑުކިޔުންތަކަށް ހުއްޓުމެއް ނެތެވެ. ރަނގަޅު ބައެއް ތުހުމަތުތަކާއި ގޯސް...

20 ސެޕްޓެމްބަރ

September 20, 2016 27
ފަރުހާދުގެ ހުނަރުން މިސްކިތްތަކަށް ޒީނަތްތެރިކަން

ޓީޗަރަކަށް އުޅުނުއިރު ލިބޭ ޗުއްޓީގައި އޭނާ ވަންނާނީ ކޮންމެވެސް ގެސްޓް ޝޮޕަކަށެވެ. ނޫނީ ފެންނާނީ ކޮންމެވެސް ތާރީހީ އިމާރާތެއް ވަށައި އެނބުރެނިކޮށެވެ. ކުރާނެ އިތުރު ކަމެއް ނެތިގެންނެއް ނޫނެވެ؛ ޝައުގުވެރިވާ ދާއިރާ އިން ކުރިއަށް ދާން ހިތުގައި ބިންވަޅު ނެގިފައި އޮތްލެއް ބޮޑުކަމުންނެވެ. އެއީ މާޒީ އެވެ.

19 ސެޕްޓެމްބަރ

September 19, 2016 48
މި މޫނުގެ މަތިން ހަނދާން އެބަހުރިތަ؟

އައިޝަތު ޝަނާޔާ ޝަރީފް އޭ ބުނުމުން އެއީ ކޮން ކުއްޖެއް ކަން ނޭނގި ދާނެ އެވެ. އެކަމަކު އެ މޫނު ފެނުމާ އެކު އެއީ ކޮން ކުއްޖެއްކަން ނޭނގިދާނީ ވަރަށް މަދު މީހަކަށެވެ. އެއީ، މުޅި ރާއްޖެ ސިއްސުވާލި މޫނެކެވެ.