19 ޖުލައި

July 19, 2016 14
މުދާ ވިއްކުމުގައި މަކަރު: ބޮޑެތި އަދަބު ދޭންޖެހޭ

މުއްދަތު ހަމަވެފައި ހުންނަ ބައެއް މުދަލުގައި އޮޅުވާލައިގެން ލޭބަލް ބަދަލުކޮށްގެން ވިއްކި މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. ގޭގެ އަށް އާންމުކޮށް ބޭނުންކުރާ ބައެއް...

July 19, 2016 69
ބްރިޖް: ހީކުރި ވަރަށް ވުރެ މާ ބޮޑު މަސައްކަތެއް

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މައި ސައިޓުން ފުރަތަމަ ވެސް އަޅައިގަތީ ރާއްޖެ އިން މީގެ ކުރިން ދުވަހަކު ވެސް ނުފެންނަވަރުގެ ބިޔަ މެޝިންތަކާއި ކްރޭންތަކާއި އެކި ވައްތަރުގެ...

18 ޖުލައި

July 18, 2016 2
ޑެންގީގެ ބިރުވެރިކަން އަދިވެސް ބޮޑު

ކޮންމެ އަހަރެއްގެ މި ދުވަސްވަރާ ދިމާކޮށް ޑެންގީ ހުން ފެތުރޭކަން މިހާރު އެންމެންނަށް ވެސް އެނގެ އެވެ. ރައްކާތެރިވާން އަޅަންވީ ފިޔަވަޅާއި ރައްކާތެރިވާން ޖެހޭ ގޮތް ވެސް ގިނަ މީހުންނަށް އެނގެ އެވެ. އެކަމަކު ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވަމުން އަންނައިރު، ހުމުގެ ބިރުވެރިކަން ވެސް ދަނީ ބޮޑުވަމުންނެވެ.

16 ޖުލައި

July 16, 2016 7
ބިދޭސީ ކުޅުންތެރިންގެ މުއްސަނދި ސަގާފަތް މިހާރު ކޮބާ؟

ނިއު ރޭޑިއަންޓަށް 1994 ވަނަ އަހަރު ގެނައި ކޮންގޯގެ ޕެޓްރިކް ޗިކާޔާގެ ކުޅުން ދެކިލަން ގިނަ ބަޔަކު އޭރު ދަނޑަށް ވަނެވެ. ވިކްޓަރީ އަށް މޮރޮކޯގެ ފިދާދީ މުހައްމަދާއި ނައިޖީރިއާގެ ފްރައިޑޭ ގެބޯން ގެނައުމާ އެކު ދިވެހި ފުޓްބޯޅައިގެ ފެންވަރު މަތިވި އެވެ. އަދި އެ ޓީމަށް ގެނައި ގިނީގެ ސެގްނޯ ރަފޭލާއި ޑެންމާކުގެ ހެންރިކްސަން ބޯއާ އެކު ތަށި...

15 ޖުލައި

July 15, 2016
ކެތްތެރިކަމާއި ނަމާދުން ވާގިވެރިކަން ހޯދުން

ދިރިއުޅުމުގެ ހަޔާތުގައި އިންސާނާ ބޭނުންވާ ހުރިހާ ކަމެއް ނުފުދޭނެ އެވެ. އަދި ދިރިއުޅުމުގައި ތަފާތު ދަތިތަކާއި ހުރަސްތަކާ ކުރިމަތި ނުލައިވެސް ނޫޅެވޭނެ އެވެ. މިފަދަ ދަނޑިވަޅުތަކުގައި ކެތް ކުރުމާއި ގެއްލުން ދެނިވި ކަންކަމުން ދުރުހެލިވެގެން ހުރުން ވަރަށް މުހިންމެވެ. އެހެން ނޫންނަމަ ފަހުން ހިތާމަ ކުރަން ޖެހޭ ފަދަ ކަމެއް ކުރެވިދާނެ...

July 15, 2016 9
އޮންލައިން ވިޔަފާރި މެކުހަށް، ބަލަހައްޓަން ޖެހޭ

ފޭސްބުކަށް ލާފައިވާ ފޮޓޯ އިން އެ ފެންނައިރު ވަރަށް ރީއްޗެވެ. ފޮޓޯއާ އެކު ޕޯސްޓުކޮށްފައިވާ ލިއުންކޮޅު ކިޔާލުމުން އެކަނި ވެސް ހިތް ދަމައިގަތެވެ. އެހެންވެ، ނުގަނެ ނުހުރެވިގެން އެ...

July 15, 2016 35
އިދިކޮޅު ޕާޓީއެއް، އިދިކޮޅު ހަރަކާތަކަށް ޖާގައެއް ނެތް

ކޮންމެ ކަމެއްގައި އިދިކޮޅު ވާންޖެހޭ ހެއްޔެވެ؟ ކޮންމެ ގައުމެއްގައި އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ ހެއްޔެވެ؟ ކަންކަމާ އިދިކޮޅު ނުހެދިއްޔާ، އެއީ ޑިމޮކްރެޓިކް މުޖްތަމައަކަށް ނުވަނީ...

14 ޖުލައި

July 14, 2016 18
ޕީޕީއެމްގެ ގަވާއިދު ހިފަހައްޓަނީ ކޮން ފެކްޝަނަކުން؟

ޕީޕީއެމްގައި އުފެދިފައިވާ ދެ ފެކްޝަން ވަކިވަކިން މިހާރު ވަނީ ޕާޓީ ހިންގަން ފަށައިފަ އެވެ. ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޯޅުން ބޮޑުވެ ޕާޓީގެ މައްސަލަތައް ފުނިޖެހިފައިވާއިރު، ކަންކަން ރަނގަޅަށް ކުރަނީ ކޮން ފެކްޝަނަކުން ކަން މިހާރު ވަނީ އާއްމު މެމްބަރުންނަށް އޮޅޭ...

13 ޖުލައި

July 13, 2016 23
ގޮތް ނޭނގޭ ކޮންމެ އެއްޗެއް ނުރައްކާ! ހަވާލުނުވާތި!

ދަތުރު ކުރާއިރު މީހުން ދޭ އެއްޗިއްސާ އެއްވެސް ސުވާލެއް ނެތި ގިނަ ދިވެހިން ހަވާލުވެ އެވެ. ދަތުރުފަތުރު ކުރުމުގައި ރާއްޖޭގައި ހުރި އުނދަގޫތަކުގެ ސަބަބުން އެހެން މީހުން ހަވާލުކުރާ އެއްޗެހި ގެންގޮސް ދެނީ އެހީގެ އަތެއް ދިއްކޮށްލުމުގެ ނިޔަތުގަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ފުޅާވަމުން އަންނަ މިންވަރަށް ބަލާއިރު...

12 ޖުލައި

July 12, 2016 80
ހުމާމް ނުމެރުން މުހިންމުވާ ސަބަބުތައް، ރިޔާޒުގެ ދުލުން

އުނގޫފާރު ދާއިރާގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ރަހުމްކުޑަ ގޮތަށް އަވަހާރަކޮށްލީ ހ. ލޮބީ ހުސެއިން ހުމާމް ކަން ޝަރީއަތަށް ސާބިތުވެ، އިސްތިއުނާފްގެ ހުރިހާ މަރުހަލާއަކަށް ފަހު އޭނާ އަށް މަރުގެ ހުކުމް ވަނީ އިއްވައިފަ އެވެ.

11 ޖުލައި

July 11, 2016 44
އޮސްޓްރޭލިއާގައި ދިވެހި އަންހެނެއްގެ ތަފާތު ހުނަރު

މަރިޔަމް ނަބީލާ އޮސްޓްރޭލިއާ އަށް ދިޔައީ ޕީއެޗްޑީއަށް ކިޔަވާށެވެ. އެކަމަކު އެ ކޯހަށް ވުރެ އޭނާގެ ފުރިހަމަކަން އެންމެ ބޮޑަށް ފެނުނީ މޮޅު ކައްކާއެއްގެ ގޮތުން ހުށަހެޅި ޓީވީ ޝޯތަކުންނެވެ. ދެން ޔުނިވަސިޓީއެއްގެ ލެކްޗަރާއެއްގެ ގޮތުގައި ކުރި މަސައްކަތެވެ. މިހާރު އަންނަނީ ކުޑަކުދިންނަށް އަމާޒުކޮށް ޓެކްސީގެ ޚާއްސަ ޚިދުމަތްތަކެއް...

10 ޖުލައި

July 10, 2016 61
ދިވެހި ބަހަށް އިސްކަން ދިނުން މަޖުބޫރުވެއްޖެ!

ވަރަށް ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު، ދިވެހި ބަހަށް އިސްކަން ދިނުމުގެ ގަވައިދު ސަރުކާރުން ގެޒެޓްކޮށްފި އެވެ. ސަތާރަ މާއްދާގެ މި ގަވައިދު އެއްކޮޅުން އަނެއްކޮޅަށް ކިޔާލާއިރު، މިއީ ވަރަށް ވަރުގަދަ ގަވައިދެކެވެ. އެއް ނަޒަރަކުން ވިސްނާއިރު މިއީ ދިވެހި ބަސް ކުރިއެރުވުމަށް ޓަކައި އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އެހެން...

07 ޖުލައި

July 07, 2016 41
މަރުގެ އަދަބު: ދެކޮޅު އަޑުތަކާއި ނޭނގޭ ކަންކަން

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މަރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން ކޯޓުތަކުގެ މަރުހަލާ މިހާރު އެވަނީ ނިމިފަ އެވެ. ދެން އޮތީ އެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތްތަކެވެ. ރާއްޖޭގައި 60 އަހަރަށް ފަހު އަލުން މަރުގެ އަދަބު ދޭން ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ....

06 ޖުލައި

July 06, 2016 11
ފާތިމާ: މިވަރުގެ އަަންހެން ގާރީއެއް ރާއްޖެއަކު ނެތް

ޕީއެސްއެމްގެ "ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި" ޕްރޮގްރާމްގެ ފަނޑިޔާރުންގެ ތެރޭގައި އަންހެން ބޭފުޅަކު އިންނެވުމުން ބައެއް މީހުން ހައިރާންވި އެވެ. އެކަމަކު ގުރުއާން ކިޔެވުމުގެ ރޮނގުން ފާތިމަތު ރަޝީދާ (ފާތިމާ) ހޭދަކުރެއްވި މުއްދަތާއި ކުރެއްވި ބުރަ މަސައްކަތް އެނގޭ މީހަކަށް ވިއްޔާ އޭނާ އަކީ އާދައިގެ ބޭފުޅެއް ނޫންކަން...

05 ޖުލައި

July 05, 2016 56
ހުކުމްތަކުގެ ތެރެއިން މިއީ ވަރުގަދަ ހުކުމެއް!

މިދިޔަ އާދީއްތަ ދުވަހު އޮފީހުގައި އިންދާ އަހަންނަށް އިވުނީ ކުރިއަށް އޮތް ދެ އަހަރު، އަހަރެން ބޭނުން ތާކު ވަޒީފާ އަދާނުކުރެވޭނެ ކަމަށް ކޯޓުން ހުކުމް ކުރި ވާހަކަ އެވެ. ދިޔައީ ސިއްސައިގެންނެވެ. ފުރަތަމަ ހަމަ ހަގީގަތުގައި ވެސް ހީކުރީ އެއީ ސަމާސާއެއް ކަމަށެވެ. ސަބަބަކީ، އެވަރުގެ ހުކުމެއް އަހަރެންގެ މައްޗަށް އަންނަ ވަރުގެ އެއްވެސް...

04 ޖުލައި

July 04, 2016 5
މިރޭ އީދަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތް

މިއަދަކީ ހިނގަމުން މިދާ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވުމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ޝައްވާލް މަހަށް ހަނދު ފެނޭތޯ ބަލާނެ އެވެ. އިސްލާމީ ޝަރުޢީ ހަމަތަކުގެ މަތިން، އައު މަހެއް ފެށޭނީ ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި އާ ހަނދު ފެނުމުން ނުވަތަ، އެރޭ ހަނދު ނުފެނުމުން އެ މަހުން 30 ދުވަސް...

03 ޖުލައި

July 03, 2016 35
ރިޔާސީ ރޭހަށް އުމަރު، ބަލަން ތިބެމާ

ރާއްޖޭގެ ރައީސްކަން ކުރެއްވުމަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އުއްމީދެކެވެ؛ އެކަމަކު ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުންނެވި އިރު އޭނާ...

July 03, 2016 21
ސިއްހީ ދާއިރާގެ ބޮޑު ދުވަހެއް، ހިތްތައް ހަމަޖެހިއްޖެ

އެންމެ ފަސް މިނެޓްގެ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދާން ޖެހުން މިދިޔަ ހުކުރު ދުވަހު ނިމުމަކަށް އައީ އެވެ. އައިޖީއެމްއެޗުގައި ހިތުގެ ފަރުވާ ފަށައިފި އެވެ. މިއީ، އާދައިގެ ކަމެއް...

02 ޖުލައި

July 02, 2016 9
އެސޯސިއޭޝަންތަކުގެ އިންތިހާބާ އެކު އުއްމީދީ ކުލަތަކެއް

ދިވެހިރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބީ ދައުރެއް ނިމިގެން ދަނީ، އެސޯސިއޭޝަން ހިންގަން ތިބޭ ފަރާތްތަކާއި ނާކާމިޔާބުވާ ފަރާތްތަކުގެ މެދުގައި ހިނގާ ހަނގުރާމައެއްގެ ތެރޭގަ އެވެ. ކުޅިވަރު ޓީމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަށް ވުރެ ބޮޑީ އެސޯސިއޭޝަނުގެ ލީޑާޝިޕުގެ ތެރޭގައި އޮންނަ ވާދަވެރިކަމެވެ. ބަދަލަކަށް...

30 ޖޫން

June 30, 2016 37
ފުލުހުންނަށް އިތުބާރު ކުރަން ބޭނުން. ކުރެވޭނެތަ!

ދިވެހި ފުލުހުންނަށް އަބަދު ވެސް ސިޔާސީ ނުފޫޒު އޮވެ އެވެ. އެކި ދުވަސްވަރު އެކި މިންވަރަށެވެ. ނަމަވެސް އެ ނުފޫޒުތަކުން އެއްކިބާވުމުގައި އެއް ފުލުހަކާއި އަނެއް ފުލުހަކާ ތަފާތުވެ އެވެ. ފެބްރުއަރީ 7ގެ ހާދިސާއަކީ ފުލުހުން ސިޔާސީ ނުފޫޒުގެ ތެރޭގައި ތާށިވެފައިވާ މިންވަރުގެ އަލިގަދަ ހެއްކެކެވެ.

29 ޖޫން

June 29, 2016 1
ބެންގާޒީގައި އެމެރިކާ މީހުންނަށް އޮތީ އިހުމާލުވެފައި

ވޮޝިންޓަން (ޖޫން 29) - ލީބިއާގެ ބެންގާޒީގައި ހުންނަ އެމެރިކާ މިޝަނަށް 2012 ވަނަ އަހަރު ދިން ހަމަލާގައި މަރުވި އެމެރިކާގެ ހަތަރު މީހުންގެ ސަލާމަތާ މެދު އިހުމާލުވެފައިވާ ކަމަށް ކޮންގްރެސްގެ ރިޕޯޓުގައި ބުނެފި އެވެ.

June 29, 2016 5
ވިޔަފާރިއަށް ބައި ގަރުނު، ފަހަތުގައި ރަހުމަތްތެރިކަން

އެއީ ބާޒާރު މަތީގައި ހުންނަ ކުޑަ ފިހާރަގަނޑެކެވެ. ވިއްކަނީ ފޯކާއި ދިވެހި ބޭސް އެކަންޏެވެ. އެކަމަކު މާލޭގެ އެ ސަރަހައްދުގައި އެ ޒާތުގެ ވިޔަފާރިއެއް އެހާ ގިނަ ދުވަސް ވަންދެން ކުރަމުން...

June 29, 2016 18
ގްރީން ޓެކްސް: ގެސްޓް ހައުސްގެ ވިޔަފާރި ފުނޑިދާނެ

ރަށްރަށުގައި ހިންގާ ގެސްޓް ހައުސްގެ ވިޔަފާރި ގުޅިފައި ވަނީ ރަށްރަށުގެ އާންމުންނާ އެވެ. އެތައް ބައެއްގެ ވަޒީފާ އެވެ. ރަށުގެ އެންމެ އާދައިގެ މީހާއަށް ވެސް އޭގެ ފައިދާ ލިބެ އެވެ. މިއީ...

28 ޖޫން

June 28, 2016 22
ނާޒިމަށް ދޮރުތައް ބަންދު އެކަމަކު ޝައްކުތަކުން ފުރިފައި

އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓުން ބަޑިއެއް ފެނުނު މައްސަލަ ސާބިތުވެ މުހައްމަދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވިތާ އަހަރެއްހާ ދުވަސް ފަހުން، އެ ބަޑިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ ޑީއެންއޭ ފެނުނު ކަން ފުލުހުން ޔަގީންކޮށް ދިނުމުން އެތައް ބައެއްގެ ހިތުގައި މިހާރު ވަނީ، ނާޒިމްގެ ހުކުމާ މެދު، ޝައްކު އުފެދިފަ...

27 ޖޫން

June 27, 2016 29
ކުނި ކޮތަޅުތަކުން މަގުތައް ނަޖިސްވަނީ، ހައްލެއް ބޭނުން

ރޯދަ މަސް ބޯމަތިވެގެން އައިއިރު އެންމެ ބޮޑު ޝަކުވާއަކަށްވީ ގޭތެރެ ސާފުކުރުމަށް ފަހު ނެރޭ ކުނިތައް މަގުމަތީގައި ބަހައްޓާތީ އެވެ. ރޯދައަށް ގޭތެރެ ސާފުކުރުމަށް ފަހު، ބާ ސޯފާތަކަށް...

June 27, 2016 1
ތަފާތު ތަޖުރިބާތަކާ އެކު އަދިވެސް ކަނޑުމަތީގައި

މީރުބަހުރު ބަނދަރުން ފެނުނު އެންމެ ރީތި އަދި ހިތްގައިމު އެއް ބޯޓުގެ ކައްޕި އެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ މަޝްހޫރު "ބަހާދަރު" އެވެ. ތިން އިންޖީނު އަޅައިގެން...

26 ޖޫން

June 26, 2016 30
ހުމާމާ ހިސާބުން މައްސަލަ ނިމިގެން ނުވާނެ

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަކީ ސިޔާސީ ބޭފުޅެކެވެ. ދީނީ އުސްތާޒެކެވެ. އެކަމަކު އޮކްޓޫބަރު 2012 ގައި އޭނާ އަށް ހަމަލާދީ އަވަހާރަކޮށްލީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ހުސެއިން ހުމާމެވެ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމްގެ އިއުތިރާފުންނާއި އެހެނިހެން ހެކިތަކުން ސާބިތުވެ، އޭނާ...