15 މެއި

May 15, 2019 53
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!

ދީބާޖާ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ދައުލަތުން ބޮޑު ބަދަލެއް ދޭން މީގެ ހަތަރު އަހަރު ކުރިން ސިވިލް ކޯޓުން ކޮށްފައި އޮތް ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށް އެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ވެސް މި ވަނީ ފަށައިފަ އެވެ. އެ މީހަކަށް ގަބޫލުކުރެވޭ ގޮތެއްގެ މައްޗަށް ފާޑުކިޔުމާއި ތުހުމަތުކުރުން ނޫން ކަމެއް މިހާރު ނެތެވެ.

May 15, 2019 4
ދި އެޑިޝަން: ޒުވާން ޓީމެއްގެ ކާމިޔާބު މަސައްކަތް

އިނގިރޭސި ވަކި ނޫހެއް ނެރުއްވުމަކީ، ވާއިލް ޒާހިރު ހުސެއިން، ކުރިންސުރެ ކުރައްވަމުން ގެންދެވި އުއްމީދެކެވެ. ނަމަވެސް އެ އުއްމީދު ފުރިހަމަވީ މޭ 15، 2018 ގަ އެވެ. ހޮޓެލް ޖެންގައި އޮތް...

May 15, 2019 45
އާޒިމް: ސައި ތައްޓެއް ވެސް ވެއްދޭނީ ގަވައިދުން

މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފަހަކަށް އައިސް އޭނާ ވާހަކަ ދެއްކެވި ކޮންމެ ފަހަރަކު ވެސް މި ވާހަކަ ފާހަގަކުރެއްވި އެވެ. މަޖިލިސް ހިންގަން...

14 މެއި

May 14, 2019 36
އަފީފް: އަޅުގަނޑު ކުރިމަތީ އޮންނާނީ ގާނޫނާއި ގަވާއިދު

ރައްޔިތުންގެ މަޖިލީސް ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޖެހެ އެވެ. ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ޖެހެ އެވެ. މެމްބަރުން ޒިންމާދާރުވެ، ނަތީޖާ ނެރެދޭން ވެސް ޖެހެ އެވެ. މި މަހުގެ 28 ގައި ހުވާކުރާ، 19 ވަނަ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރީ މި އުއްމީދުތަކާ އެކުގަ އެވެ. ދެން އޮތީ އެންމެ އިޚްލާސްތެރިކަމާ އެކު އެ މަގަށް މަޖިލީހުގެ...

13 މެއި

May 13, 2019 25
މުނައްވަރު: އެންމެ ހިތްދަތި ވަގުތުގެ އެހީތެރިޔާ

ގަލޮޅު މަދަރުސާ އިން އޯލެވެލް ނިންމާފައި މާލެ އިން ވަޒީފާއެއް ހޯދަން އެތައް ތަނެއްގައި އާދޭސް ކުރުމުން އެއްވެސް ތަނަކުން އޭނާއަކަށް ވަޒީފާއެއް ނުލިބުނެވެ. އެންމެ ފަހުން އޭނާގެ...

May 13, 2019 70
އަނެއްކާވެސް ވެހިކަލް ލިމިޓް ކުރުމުގެ ވާހަކަ

ކޮންމެ މީހަކު ވެސް ބުނަނީ މިހެންނެވެ؛ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް އައިސް، ތޮއްޖެހުން ކުޑަވާނީ އެތެރެކުރާ އުޅަނދުގެ އަދަދު މަދުކޮށްގެންނެވެ. މިއީ ކަމާ ގުޅޭ އިދާރާތަކާއި...

12 މެއި

May 12, 2019 13
އަނެއްކާވެސް ހާދިސާއެއް ހިނގަންދެން!

ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށް ވާ ރޯޝަން ޖިއާންގެ ފުރާނަ ގެއްލުނީ ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިފަ އެވެ. އެ ހާދިސާ މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފެށި އެވެ. އެމައްސަލާގައި އިހުމާލުވީ ކުންފުނީގެ ވެރިންނާ ދެކޮޅަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ....

11 މެއި

May 11, 2019 22
މަދީހާގެ ބަދިގެ ދިވެހި ކެއުންތަކުން ފުރިފައި

ކެއުމެއް ތައްޔާރުކޮށްލަން އެންމެ ފުރަތަމަ ބަދިއެއް ވެންނެވީ އުމުރުން 10 ވަރަކަށް އަހަރުގަ އެވެ. އަބަދުވެސް ކައްކާ ހިތްވެ އެވެ. އޭރު ގޭގެ ބޮޑެތި މީހުން އެކަމާ ދިމާކޮށް ވެސް ހަދަ އެވެ. މިއީ ވާނެ ކަމެއް ނޫން ކަމަށާއި މީރުކޮށް ކާ އެއްޗެހި ނެހެދޭނެ ކަމަށް ބުނެ އެވެ. އެއީ އޭނާއަށް ލިބިވަޑައިގެންނެވި ހިތްވަރެކެވެ.

10 މެއި

May 10, 2019 70
ބައްޕައާ އެކު ދިރިއުޅުމުގެ އުފަލެއް ނެތް ކުދިން

ރާއްޖޭގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކު ތިބީ ބައްޕައާ އެކު ދިރިއުޅުމުގެ އުފަލުން މަހުރޫމްވެފަ އެވެ.

09 މެއި

May 09, 2019 85
އަގުގެ މައްސަލާގައި ދަނޑުވެރިންގެ އަސްލު ޖަވާބު

ކޮންމެ ރޯދަ މަހަކު ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު އުފުލުމުން އާންމުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ ދަނޑުވެރިންނަށެވެ. މި ފަހަރުގެ ރޯދަ މަހު ވެސް މި ފެނުނީ އެ މަންޒަރެވެ.

08 މެއި

May 08, 2019 31
ވިސާމް ހުންނެވީ ދިވެހިންގެ ހިދުމަތުގައި، ހައްލު ހޯދޭނެ

މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ވިސާމް އަލީގެ ވިސްނުމަކީ މިއީ އެވެ؛

07 މެއި

May 07, 2019 32
އިންސާފު ހޯދަން ދުވަނީ، 'ބޮޑުން" ތިބީ ފިލައި!

އަގު ހެޔޮ، އެންމެ ލުއި ފަސޭހަ ބޯހިޔާވަހިކަމުގެ ނަމުގައި ދެއްކީ ފޮނި ހުވަފެންތަކެކެވެ؛ ހަގީގަތް ހާމަވި އިރު، އެއީ ބޮޑު އޮޅުވާލުން ގަނޑެކެވެ. ފްލެޓަށް އަޅަން ކަމަށް ބުނެ ނެގި ފައިސާ އަށް ޚިޔާނާތްތެރިވެ، ކުންފުނީގެ އިސް މީހުންނާއި އެކަމަށް މަގު ކޮށައިދިން އެންމެން ފިލީ އެވެ. މުޅިން ވެސް މަކަރާއި ހީލަތެވެ؛ ބިކަވީ، 200 އަށް ވުރެ ގިނަ...

06 މެއި

May 06, 2019 73
ކަނޑޫދޫ މިރުހަށް މި އުޅެނީ ކިހިނެއްވެގެން؟

ދިވެހި ގިތެޔޮ މިރުސް ކިލޯއެއްގެ އަގު 1،200ރ. ނުވަތަ 1،300ރ. އަށް އެރި ވާހަކަ މީގެ ކުރިން އެހިން ހެއްޔެވެ؟ އެކަމަކު އިއްޔެ އާއި އޭގެ ކުރީ ދުވަހު ތ. ކަނޑޫދޫގައި ހައްދާ ކުޅި މިރުސް ކިލޯއެއްގެ އަގު ވަނީ އެ ވަރަށް މައްޗަށް ގޮސްފަ އެވެ. އެއާ އެކު، ނޫސްތަކާއި ސޯޝަލް މީޑިއާގެ ހުރިހާ ސަމާލުކަމެެއް އެ އަށް ހުއްޓުނެވެ. އެންމެންނަށް ވެސް ލިބުނީ...

05 މެއި

May 05, 2019 4
ރޯދައިގެ ބާޒާރުން މާލެއަށް ބާރު ބޮޑުވެފައި

މިދިއަ ދެތިން ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުނީ ރޯދަމަހުގެ ބާޒާރުކުރާ މީހުންގެ އަދަދު ގިނަވެ، ބާޒާރުމައްޗާއި އެހެން ބައެއް ހިސާބުތައް ތޮއްޖެހިފައި ވަނިކޮށެވެ.

04 މެއި

May 04, 2019 20
މިރޭ ހަނދު ފެނުމަށް އޮތީ ކޮން ފުރުސަތެއް؟

ރާއްޖެއެކޭ އެއްފަދައިން އިސްލާމީ ވަރަށް ގިނަ ގައުމުތަކަށް މިއަދަކީ، މި އަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން އެ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމާ އެކު، ރަމަޟާން...

May 04, 2019 58
ރޯދަ އިނާޔަތުގެ ޝަކުވާއާ އެކު ވަޒީފާ އިން ކަނޑާލީ

އެއް ތަނުން އޭނާ ކަނޑާލީ ރޯދަމަހުގެ އެއް ދުވަސް ކުރިންނެވެ. އަނެއް ތަނުން، ރޯދަމަހުގެ ވިއްސަކަށް ދުވަސް ކުރިންނެވެ. އުމުރުން ފަސްދޮޅަހަކަށް އަހަރުގެ އަހުމަދު ރަޝީދު ބުނާގޮތުގައި ދެ...

03 މެއި

May 03, 2019 13
ނުރައްކަލަކަށް ފަހު ދިވެހި ނޫސްވެރިކަމަށް އާ ދުވަހެއް

މީގެ ހަ މަސް ކުރިއަށް ބަލާއިރު ދިވެހި ނޫސްވެރިކަން އޮތީ ބޮޑު ބިރެއްގެ ތެރޭގަ އެވެ. ނޫސްވެރިން ތިބީ ލިޔާ އެއްޗަކުން ދައުވާ އުފުލާނެ އިރެއް ނޭނގި ހާސްކަމެއްގަ އެވެ. އޭރުގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާގެ ވާހަކަ ފަތުރާ ޓީވީ ސްޓޭޝަންތައް ބަންދުކުރަން އަންނާނެ އިރެއް ނޭނގޭ ހާލެއްގަ އެވެ. އެތައް މިލިއަން ރުފިޔާއަކުން ރާއްޖެ ޓީވީ...

02 މެއި

May 02, 2019 34
ޕީޖީގެ ވިސްނުން ހަމަ ކުއްލިއަކަށް ބަދަލު؟!

އާ ގާނޫނު އަސާސީ ވުޖޫދަށް އައުމާ އެކު، ޕްރޮސެކިއުޓާ ޖެނެރަލަކީ އެންމެ މުހިންމު ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ އެއް ފަރާތެވެ. މުޖްތަމައުގެ ހައްގުގައި ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމާއި އެފަދަ ދައުވާތައް މުރާޖާ ކުރުމުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ އެހެން ޒިންމާތަކެއް...

01 މެއި

May 01, 2019 51
ވަރުބަލިވެ އަވަދިވަމުންދާ މަސައްކަތްތެރިން

ހިދުމަތުގެ މައިގަނޑު ދާއިރާތަކުގައި ދިވެހި މަސައްކަތްތެރިން ތިބީ ވަރުބަލިވެ، ހިތްވަރުއެލިފަ އެވެ. މަސައްކަތު ވަގުތު ދިގުވުމާއި ޒިންމާތައް ގިނަވުމާއި ވަޒީފާއަށްޓަކައި އަމިއްލަ...

May 01, 2019 53
މިނިމަމް ވޭޖު ކަނޑައަޅަން މި އުޅެނީ ކިހިނެއް؟

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތް ވަޒީފާއާ ބެހޭ ގާނޫނުގައި މީގެ 10 އަހަރު ކުރިން އޮތީ ލިޔެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވޭޖު ބޯޑެއް...

30 އެޕްރީލް

April 30, 2019 26
އެތައް ހާސް ގަހަކާ އެކު މާލެ ފެހިކޮށްލަނީ

އިންތިހާ އަށް ހޫނު ގަދަކަމުގެ ޝަކުވާ އެވެ. ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާއިރު އޭގެ ދުމުން ސަލާމަތް ނުވެވޭ ވާހަކަ އެވެ. މިއީ މާލޭގައި އުޅޭ މީހުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ...

April 30, 2019 68
މައްސަލަ ފުންޏެއް، ހައްގުވެރިން ހޯދާނީ ކިހިނެއް؟

ދިގު ކިޔޫއެއްގައި ޖެހިގެން ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުތައް ހުރީ، މި ސަރުކާރުން އާއްމުކުރި ގޮތުގައި، ކޮޓަރިއެއްގެ ތެރެއަށް އުކާލައިފަ އެވެ. އެ ފޯމުތަކުގައި ވަނީ، އެތައް...

29 އެޕްރީލް

April 29, 2019 41
ރަށް ފަޅުނުކުރޭ، އުއްމީދު އެބަ އޮތް!

އާބާދީގައި 106 މީހުން ހިމެނުނަސް ރަށުގައި ދިރިއުޅެނީ އެންމެ ފަންސާހަކަަށް މީހުންނެވެ. ރަށުގެ ސްކޫލު ހުރީ ބަންދުކޮށްފަ އެވެ. ހެލްތު ސެންޓަރެއް ހުރި ނަމަވެސް ވަސީލަތެއް ނެތެވެ. ސަރުކާރުގެ ރަސްމީ ހަތަރު އިދާރާގައި މަސައްކަތް ކުރާ ވިއްސަކަށް މީހުން ނޫނީ ރަށުން ރަނގަޅު އާމްދަނީ ލިބޭ ބައެއް ނޫޅެ އެވެ.

28 އެޕްރީލް

April 28, 2019 28
އެސްޓީއޯގެ ހޮޓާ ނުއަގުގައި ވިއްކާލަން ޖެހިފައި!

އެސްޓީއޯއިން 2011 ވަނަ އަހަރު އަޅަން ފެށި 250 އެނދުގެ ހޮޓަލުގެ މަސައްކަތް ހުޓިފައި އޮންނަތާ ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ. އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ނުނިމި، ދިގުލައިގެން ގޮސް އެންމެ ފަހުން ހޮޓާ ވިއްކާލަން ޖެހޭ ހިސާބަށް ވަނީ ގޮސްފަ އެވެ.

April 28, 2019 26
ދިވެހިން ކާންވީ ގޮތް ފުރަތަމަ ފަހަރަށް

ކްރީމް ކްރޭކަރު ބިސްކޯދު ކިތަންމެ ކަމުދިޔަޔަސް، ސަރުބީ އާއި ލޮނު ގިނަކަމުން، އެއީ އަބަދު ކާން ހެޔޮވާ ވަރު އެއްޗެއް ނޫނެވެ. އެކަމަކު ދޭތެރެއަކުން ދެތިން ބިސްކޯދު ކާލެވިދާނެ އެވެ....

April 28, 2019 11
ބިރުވެރި ބޮމުގެ ހަމަލާތަކަށް ފަހު ކޮލަމްބޯ ހިމޭންވެފައި

ސްރީ ލަންކާގެ ކޮލަމްބޯގައި އެންމެ ތޮއްޖެހިފައި އޮންނަ އެއް ހިސާބަކީ މައި މަގުގެ ގޮތުގައި ބެލެވިފައި އޮންނަ ގޯލް ރޯޑެވެ. މީގެ ހަފްތާއެއް ކުރިން އެއީ ހަލަބޮލި ޓްރެފިކުން ސަލާމަތް...

27 އެޕްރީލް

April 27, 2019 62
އެމެރިކާ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

އެމެރިކާގެ ފްރޭންކް ބާނަބީ އާއި އޭނާގެ އަންހެނުން ގޭލް، އެ މީހުންގެ ޔޮޓުގައި މީގެ 45 އަހަރު ކުރިން ކަނޑަށް ނިކުތީ ދުނިޔެ ބަލާލުމަށެވެ. އެއްވެސް އިންޖީނަކާ ނުލައި ހަމައެކަނި ރިޔަލުގެ އެހީގައި ކުރަމުން ދިޔަ އެ ދަތުރަށް ހުރަސް އެޅުނީ ލަންކާގެ ކައިރީގައި އުފެދުނު ތޫފާނުންނެވެ. ތޫފާނުން ނެއްޓެން ކުރި މަސައްކަތުން އޭނާގެ ރާޑަރަށް...

25 އެޕްރީލް

April 25, 2019 3
ލަންކާ ހަމަލާ: ދިވެހި ޓޫރިޒަމަށް އޮތީ ކޮން އަސަރެއް؟

މިދޔަ އާދިއްތަ ދުވަހު ސްރީ ލަންކާގެ ތިން ޗާޗަކަށާއި ފައިވް ސްޓާ ތިން ހޮޓަލަކަށް ދިން ހަމަލާއާ އެކު އެ ގައުމަށް ދަތުރުކުރާ މީހުންގެ އަދަދު މަދުވެއްޖެ އެވެ. ލަންކާ އަށް އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާ އިރު އެއީ އޭޝިއާގައި ވެސް ޓޫރިޒަމް ދާއިރާ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމެވެ.

April 25, 2019 30
ހިތުހުރި ގޮތަކަށް ޕެސްޓިސައިޑް ބޭނުންކުރުމުގެ އަގު

ދަނޑުވެރިކަމުގައި ކެމިކަލް ޕެސްޓިސައިޑް ބޭނުންކުރުން ރާއްޖޭގައި ހައްދުން ނައްޓާފައި އޮތީ ކޮންޓްރޯލްކުރުމުގެ މާ ބޮޑު ފިޔަވަޅެއް ނެތި އެވެ. އޭގެ ގެއްލުންތައް ފޯރާފައި ހުރި...

April 25, 2019 26
ކުނި އެޅުން ހުއްޓުވަން ފުލުހުން އަވަދި ނެތި!

ވެރިރަށް މާލެއަކީ މަގުތަކަށް ކުނި އެޅުމުގައި ހައްދުން ނައްޓާފައި އޮތް ތަނެކެވެ. ސުޕާރީ ޕެކެޓުން ފެށިގެން ގޮސް ގޭބިސީތަކުން އުކާލާ ކުނިބުނި އާއްމެވެ. އެތައް މަސައްކަތަކުން ވެސް...