28 އޯގަސްޓް

August 28, 2018 12
ދަރަނީގެ ނުފޫޒާއި "އަރައިގަތުމު"ގެ ވިސްނުން!

ދަރަންޏަކަށް ފަހު ދަރަންޏެކެވެ. ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މަޝްރޫތަކަށް ހިޔާނާތުގެ ތުހުމަތެވެ. ދަރަނި ނުދެއްކޭ ހާލަތުގައި ދެން އޮންނާނީ އެ ފައިސާ ދިން މީހުން ބުނިހާ ކަމެއް ކުރަން ޖެހުމުގެ ބިރެވެ.

26 އޯގަސްޓް

August 26, 2018 49
އިބޫގެ ތަޖުރިބާ އިން އާ ބާބެއް، "ޕަޕެޓެއް ނޫން"!

ޅ. މެމްބަރެއްގެ ގޮތުގައި، 1994 ވަނަ އަހަރު ސިޔާސީ ހަޔާތް ފެއްޓެވި، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ގަބޫލުކުރެއްވުނު ގޮތުގައި، ސިޔާސީ މަސައްކަތުގައި 24 އަހަރު އޭނާ އަށް ފުދެ އެވެ؛ އެއީ މަޖިލީހުގެ ފަސް ދައުރެވެ. އާއްމު ނުކުރެއްވި ނަމަވެސް ނިންމެވުމަކީ، އިބޫ ވިދާޅުވި ގޮތުގައި، އަންނަ އަހަރު ރިޓަޔާ ކުރެއްވުމެވެ.

25 އޯގަސްޓް

August 25, 2018 61
އީދު ފާހަގަކުރަން މި ގޮތް ކަމުދޭތަ؟

ފެން ޖަހާ ތެންމާލަ އެވެ. ނުވަތަ ކުލަ ފެން އަޅާފައިވާ ކޮތަޅު މީހުންގެ ގަޔަށް ޖަހައި ފަޅާލަ އެވެ. މިއީ އީދު ފާހަގަކުރުމުގައި ކުރިންސުރެ ދިވެހިންގެ ސަގާފަތުން ފާހަގަކުރެވޭ "ފެންކުޅި" ކުޅުމުގެ އާދަކާދަ އެވެ. އެކަމަކު ފަހަކަށް އައިސް ރާއްޖޭގައި ވަނީ ފެނާ ނުލައި ހިކި ކުލަ ޖެހުން މަގުބޫލުވާން ފަށައިފަ އެވެ. ހާއްސަކޮށް، ހުދު ހެދުން...

23 އޯގަސްޓް

August 23, 2018 6
މޫސާ ކަލީމްގެ މަސްވެރިކަމުގެ ދަތުރު

ސޮނީ ހާޑުވެއާގެ މެނޭޖިން ޑިރެކްޓަރުގެ އޮފީސް ކޮޓަރީގައި ހުންނާނީ ހާޑުވެއާގެ ވިޔަފާރިއާ ގުޅޭ ހަނދާންތައް ކަމަށް އާންމު މީހާއަށް ހީވެދާނެ އެވެ. ނުވަތަ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާއަށް ވާތީ، ކްރިކެޓްގެ ފޮޓޯތައް ކަމަށް ވެސް ހީކުރެވިދާނެ އެވެ. އެކަމަކު މޫސާ ކަލީމަށް ހާއްސަ އޮފީސް ކޮޓަރި...

19 އޯގަސްޓް

August 19, 2018 49
އދ. ގެ ނިންމުން: މިނިވަން އިންތިހާބަކަށް ނުވަނީތަ؟

ހުދު މުހުތާރު ވެރިކަން ހިންގާ ގައުމުތަކާއި ވެރިކަމުގެ ނިޒާމުގައި "ގޮތެއްފޮތެއް" ނެތް ގައުމުތަކުގައި ބާއްވާ އިންތިހާބުތަކާއި ނިންމާ އެކި ނިންމުތައް ސައްހަތޯ ބަލަން ބައިނަލްއަގުވާމީ...

August 19, 2018 24
އިންކަމް ޓެކްސް ނަގައިދޭނެ މީހަކު އެބަ ހުރިބާ؟

ބޮޑެތި އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގަން އާއްމުން ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު ރާއްޖޭގައި އެކަން ކޮށްފާނެ ހެއްޔެވެ؟ މާޒީގެ ތަޖުރިބާ އަށާއި...

18 އޯގަސްޓް

August 18, 2018 56
އިބޫގެ ހިމޭން ދުނިޔެ، މި ފޮޓޯތަކުން!

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ސިޔާސީ މައިދާނަށް ކުރިމަތިވި ހަލަބޮލިކަމާ އެކު، އެ މައިދާނުގައި ބޮޑަށް ހަރަކާތްތެރިވާތަން ފެންނަނީ ހަލަބޮލި ސިޔާސީ ލީޑަރުންނެވެ. މަގުމަތީގެ ހަރަކާތްތަކުގައި އަޑުއުފުލައި ޖޯޝް ހުރި ވާހަކަތަކުން ރައްޔިތުންނަށް ހިތްވަރު ގެނެސްދިނުމަކީ އެފަދަ ބައެއް ލީޑަރުންގެ ހާއްސަ ސިފަތަކެވެ.

17 އޯގަސްޓް

August 17, 2018 31
ކެފޭތަކުގައި ސިނގިރޭޓް މަނާކުރަން ޖެހެނީ ކީއްވެ؟

އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ބެހޭ ގަވާއިދު އިސްލާހުކުރަން ޓޮބެކޯ ކޮންޓްރޯލް ބޯޑުން މަސައްކަތްކުރަމުން އަންނަ އިރު އެ ބޯޑުގެ ބައެއް މެމްބަރުން ގެންދަވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ގޮތުން ކެމްޕެއިންކުރައްވަމުންނެވެ. ބޯޑު މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވަނީ ކެފޭ/...

16 އޯގަސްޓް

August 16, 2018 39
ބޭނުމީ ދޮޅު އަހަރުތަ؟ ނޫނީ ފަސް އަހަރުތަ؟

ގާނޫނުއަސާސީ ބުނާ ގޮތުން ރިއާސީ ދައުރެއްގެ ދިގުމިނަކީ މީލާދީ ފަސް އަހަރެވެ. ވެރިކަމަށް މީހަކު ކުރިމަތިލަނީ އަދި މީހަކު އިންތިޚާބު ކުރަނީ ވެސް އެ މުއްދަތު ފުރިހަމަ ކުރާށެވެ. އެ މުއްދަތުގެ ތެރޭގައި ވެރިކަމުގައި ހުރި މީހާ މަގާމުން އިސްތިއުފާ ދީފި ނަމަ، ނުވަތަ އެ ނޫން ގޮތަކުން މަގާމުން ވަކިވެއްޖެ ނަމަވެސް ކަންތައް ކުރާންވީ ގޮތް...

15 އޯގަސްޓް

August 15, 2018 37
ޑރ. ޝާފިއުގެ ބަސް: އިތުބާރުކުރޭ! ފަރުވާކޮށްދޭނަން!

ހިތުގެ ހިނގުން ހުއްޓުވާލައި، ހިތް ފަޅާލައިގެން އޮޕަރޭޝަން ކުރަން ކޮންމެ މީހަކު ވެސް ޖެހިލުންވާނެ އެވެ. ހާއްސަކޮށް އެ އޮޕަރޭޝަން ކާމިޔާބު ވާނެކަމުގެ އޮތީ 50 ޕަަސެންޓް ކަމަށް ވާ ނަމަ، ޔަގީނުން ވެސް އެކަން ކުރަން ފަސް ޖެހޭނެ އެވެ.

14 އޯގަސްޓް

August 14, 2018 34
ޓިވެކް: ޒުވާނުންގެ ކުރިމަގަށް އާ އުއްމީދެއް

ސްކޫލު ތައުލީމް ފުރިހަމަ ނުކުރާތީ ނުވަތަ ސެޓްފިކެޓެއް ނެތުމުން ވަޒީފާ ނުލިބޭ ޒުވާނުންގެ ކުރިމަގަށްޓަކައި މިއީ ލިބުނު ބޮޑު އުފަލެކެވެ. އަތުން ހަރަދެއް ނުކޮށް، ކޯސްޓްލައިން ފައުންޑޭޝަންގެ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ކުރިއަށް ގެންދިޔަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) މިިދިޔަ ބުރާސްފަތި ދުވަހު ބ....

13 އޯގަސްޓް

August 13, 2018 7
އެކަހެރި މަކުނުދޫ ވައިގެ ދަތުރުތަކަށް އެދިއެދި!

މިއީ ރާއްޖޭގެ އެހެން ރަށްތަކާ ހުޅަނގުން ވަރަށްވެސް އެކަހެރިކޮށް އޮންނަ ރަށެކެވެ. އެހެން ރަށްރަށުގެ މީހުން މި ރަށަށް ޒިޔާރަތްކުރުމަކީ އާންމު ކަމެއް ނޫނެވެ. ތާރީހަށް ބަލާއިރު ސިޔާސީ...

August 13, 2018 66
ޕެންޝަން ފައިސާ ލިބެންވީ ގައިބާރު ދޫވުމުންތަ؟!

ޕެންޝަން ފަންޑެއް ރާއްޖޭގައި އުފެއްދީ އުމުރުން ދުވަސްވެ، ވަޒީފާއިން ވަކިވާ ދުވަހު އަތްމަތި ދަތިނުވެ ދިރިއުޅެވޭނެ ގޮތެއް ހެދުމުގެ ބޭނުމުގަ އެވެ. ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތަށް،...

12 އޯގަސްޓް

August 12, 2018 21
އެންމެ އުތުރަށް ލަންކާގެ ދަތުރު މުހިންމުވެފައި!

މި ސަރަހައްދުގެ ރަށްތައް ރީޗެވެ. އާންމުން މަސައްކަތްތެރި އެވެ. ކުށް މަދެވެ. އެހެންކަމުން މިއީ ޓޫރިޒަމަށް އެންމެ ފައްކާ އެއް ހިސާބެވެ. އެކަމަކު ގުދުރަތީ ވަސީލަތްތަކާއި އިންވެސްޓަރުން...

August 12, 2018 119
ރައީސް ޔާމީނާއި އިބޫ: އެންމެ ބުރެއް، ތަފާތު ރޭހެއް!

ދިވެހިން، މިހާތަނަށް ތަޖުރިބާކުރި އެއް ހަގީގަތަކީ މިއެވެ؛ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވުނު ބޭފުޅަކު ނެތެވެ. ފުރަތަމަ ބުރުގައި...

11 އޯގަސްޓް

August 11, 2018 40
ރިޓަޔަކުރާ އުމުރު މަތިކުރަންވީ ކިހާ ވަރަކަށް؟

މީހުންގެ ދުޅަހެޔޮކަން އިތުރުވެ، އުމުރު ދިގުވަމުން އަންނަ އިރު ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ ވަޒީފާ އިން މުސްކުޅި ކުރާ އުމުރު މައްޗަށް ޖައްސަން މަސައްކަތްކުރަމުންނެވެ....

August 11, 2018 10
ޒުލްގައިދާގެ ފަހު ދުވަހުގެ ކޭތަ، މިއީ ކޮން ހެއްްކެއް؟

އަޅުގަނޑުމެން އެންމެ ފަހުން ދުށީ ހުސްވި ޖުލައި މަހުގެ 27 ވަނަ ދުވަހު ހިފި ހަނދު ކޭތަ އެވެ. އޭގެ ދެ ހަފުތާ ފަހުން މިއަދު އަނެއްކާ ވެސް ކޭތައެއް ހިފާނެ އެވެ. ނަމަވެސް މިއަދު ހިފާ އިރު...

10 އޯގަސްޓް

August 10, 2018 89
ސައީދުގެ ބަސް: މިއީ "ގައުމީ ވެރިކަމެއް"!

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދުގަ އެވެ. ރިޔާސީ އިންތިޚާބަށް 44 ދުވަހަށް ވީއިރު، ރައީސް ޔާމީނާއި އިބޫއާ ދެމެދުގައި ބަހުގެ ހޫނު ހަމަލަތަކެއް ދަނީ...

09 އޯގަސްޓް

August 09, 2018 63
މައުމޫނާއި ނަޝީދާއި އިމްރާނަކީ ސިޔާސީ ކުށްވެރިންތަ؟

ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް، ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގޮވައިލާތާ ކިތަންމެ ދުވަހެކެވެ. ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ޖަމިއްޔާތަކުން ވެސް ސަރުކާރަށް ގޮވައިލަނީ އެކަމަށެވެ. ވިލާތުގެ އިއްތިހާދުން ރާއްޖޭގެ ބައެއް ވެރިންނަށާއި ވިޔަފާރިވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން...

08 އޯގަސްޓް

August 08, 2018 48
ވިޔަފާރިވެރިންގެ ފުނިޖެހިފައިވާ ޝަކުވާތައް މީރާ އަށް

ދައުލަތުގެ ޓެކްސް އިދާރާ މީރާ އަކީ ދައުލަތަށް ނަގާ އެކި ޓެކްސްތައް ޖަމާކުރާ އަދި އެ ޓެކްސްތައް ހޯދަން މަސައްކަތްކުރާ ތަނެވެ. އެތަނުގެ މައިގަނޑު މަސައްކަތަކީ ޓެކްސް ދައްކަން ޖެހޭ ތަންތަނުން ޓެކްސް ހޯދުމާއި ޓެކްސް ދައްކަން އެންގުމެވެ. ނަމަވެސް ހަދާފައިވާ ގަވައިދުތަކަކަށް މީރާއިން އަމަލުކުރަން ފެށުމާ އެކު ކުދި ވިޔަފާރިތައް...

07 އޯގަސްޓް

August 07, 2018 52
އެ ގުރުބާނީއަށް 10 އަހަރު! ހާލަތު ކުރީގެ މާޒީއަށް!

ސިފައިންގެ އަނިޔާ އާއި ބަޑިޖެހުމުގައި އެތައް ދިވެހިން މަރުވި ދުވަހެވެ. ޖަލުގެ އަނިޔާގެ ވާހަކަ އަކީ ހަގީގަތެއްކަން މުޅި ރާއްޖެ ހެކިވި ދުވަހެވެ. ބާރުގަދަ ސަރުކާރެއް ރޫރޫއަޅައިގެން ދިޔަ ހަމަނުޖެހުންތަކުގެ ދުވަހެވެ. ސެޕްޓެމްބަރު 19، 2003 ދިވެހިންނަށް ގެނެސްދިނީ ޖަލުގައި އޮހޮރުވާލި ދިވެހި ޒުވާނުންތަކެއްގެ ލޭގެ ހާދިސާ އެކަންޏެއް ނޫނެވެ....

05 އޯގަސްޓް

August 05, 2018 112
އިބޫގެ އެއްބަނޑު އެއްބަފާ، ލޯފަން ތިން ހާފިޒުން!

ހިތްވަރާއި ކެރުންތެރިކަމެވެ. އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަމެވެ. މި ސިފަތަކާ އެކު، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އާއިލާ އެތައް...

August 05, 2018 32
ރިލްވާންގެ މައްސަލަ ނާކާމިޔާބުވުން: ޒިންމާވާނީ ކާކު؟!

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ހަތަރު އަހަރު ވާން ގާތްވީ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގި މީހަކު ފޮރުވުމުގެ އެންމެ ނުރައްކާތެރި މައްސަލާގައި ރިލްވާނަށް ވީ ގޮތެއް މިއަދާ...

04 އޯގަސްޓް

August 04, 2018 31
ރާއްޖޭގެ އާބާދީ 40 އަހަރު ފަހުން!

މީގެ ސާޅިހަކަށް އަހަރު ފަހުން ރާއްޖެ އޮންނާނެ ގޮތް ލަފާކޮށްލަން ހިނގާށެވެ. ތަރައްގީއަށް ބަލާއިރު ޔަގީނުން ވެސް އޮންނާނީ ވަރަށް ކުރީގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ޕްލޭނަށް އެކަނި ބަލާލިޔަސް، މުޅި މާލެ ސަރަހައްދު ބްރިޖްތަކަކުން ގުޅާލަން ވަނީ ނިންމާފަ އެވެ. ފަހަރެއްގައި އެއް ރަށުން އަނެއް ރަށަށް ވެސް ހިނގާލާފައި...

02 އޯގަސްޓް

August 02, 2018 35
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟

އަނެއްކާވެސް އެއްކަލަ 12 މެންބަރުންގެ ވާހަކަ އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އޭގެ ތެރެއިން 10 މެންބަރަކު ވަޑައިގަތުމުން، މަޖިލީހާ މާ ދުރު ހިސާބަކުން ފުލުހުން ވަނީ އެ ބޭފުޅުން ހިފަހައްޓައި މަޖިލީހަށް ވަނަނުދީ ފޮނުވާލައިފަ އެވެ. މަޖިލީހުން ނުވަތަ ސަރުކާރުން އަންގައިގެން ފުލުހުން އެ ގޮތަށް...