20 އޮކްޓޯބަރ

October 20, 2020 3
ކޮވިޑަށް ދެވިދާނެ ފަރުވާއެއް ކުޑަކުކުއްޖެއްގެ ފަރާތުން

ކޮވިޑް-19 އަށް ފަރުވާއެއް ހޯދަން ގައުމުތަކުން ކުރަމުން އަންނައިރު، 14 އަހަރުގެ ކުއްޖަކު ހެދި އެ ބަލީގެ ފަރުވާއަކަށްވެދާނެ ކަމަށް ބެލެވޭ ރިސާޗަކަށް 25،000 ޑޮލަރުގެ އިނާމެއް ލިބިއްޖެ އެވެ.

11 އޮކްޓޯބަރ

October 11, 2020
ކޮވިޑާ ދެކޮޅު ފިޔަވަޅުތަކަށް އަންހެނުން މާ ފަރުވާތެރި

ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން އަޅަން އިރުޝާދު ދީފައިވާ ފިޔަވަޅުތަކަށް އެންމެ ބޮޑަށް ފަރުވާތެރި ވަނީ އަންހެނުން ކަމަށް އެމެރިކާގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފި އެވެ.

14 ސެޕްޓެމްބަރ

September 14, 2020
ޓެކް ދާއިރާ އިން އެމެރިކާ ފަހަތަށް ހިނގައިދާނެ

ޗައިނާ އިން ޓެކްނޮލޮޖީގެ ދާއިރާ އަށް ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާއި އެ ދާއިރާގެ ރިސާޗަށް ކުރާ މަސައްކަތްތަކާއި އުފެއްދުންތެރިކަމުގެ ގޮތުން ހޯދާ ކުރިއެރުންތަކާ އެއްވަރަށް މިހާރު އެމެރިކާ އަށް މަސައްކަތް ނުކުރެވޭ ކަމަށާއި އޭގެ ނަތީޖާ އަކީ އެމެރިކާ އަށް ޓެކް ދާއިރާގެ ކުރި ގެއްލުމުން ކަމަށް އެ ދާއިރާގެ ތަޖުރިބާކާރު އެރިކް...

24 އޯގަސްޓް

August 24, 2020 1
މަދިރިން ޖެހޭ ބަލިތަކާ ދެކޮޅަށް މޮޑިފައި މަދިރި

މަދިރިން ޖެހޭ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކަންގުންޔާ ފަދަ ބަލިތައް ނައްތައިލަން އެމެރިކާގައި ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ މަދިރިތަކެއް ފްލޮރިޑާ އަށް ދޫކޮށްލަން ނިންމައިފި އެވެ.

25 މެއި

May 25, 2020
ޓެކްނިކަލް މައްސަލަތައް އެންމެ މަދީ ނެޓްފްލިކްސްގައި

ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު، ސްޓްރީމިންގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މީގެ ކުރިން އިތުރުނުވާ ވަރަށް އިތުރުވެ، ހިދުމަތްދޭ ކުންފުނިތަކަށް ބާރު ބޮޑުވި ނަމަވެސް އެކަމުގެ ސަބަބުން ޓެކްނިކަލް މައްސަލަތައް އެންމެ މަދީ ނެޓްފްލިކްސްގައި ކަމަށް އެމެރިކާގައި ހެދި ސާވޭއަކުން ދައްކައިފި އެވެ.

22 ފެބުރުއަރީ

February 22, 2020 1
މިހާރުގެ ހާލަތު އޮވެގެން ފަރުތައް ނެތިގެން ހިނގައިދާނެ

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތައް ދެމި އޮވެއްޖެ ނަމަ ފަރުތައް އެއްކޮށް ހަލާކުވެގެންދާނެ މާ ގިނަ ދުވަހެއް ނެތް ކަމުގެ އިންޒާރު ދިރާސާއެއްގައި ދީފި އެވެ.

04 ޖެނުއަރީ

January 04, 2020
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ގޫގުލް އިން ތަރައްގީ ކޮށްފައިވާ ސިސްޓަމެއްގެ އެހީގައި، އުރަމަތީގެ ކެންސަރު ހުރިކަން މިހާރު މާ ބޮޑަށް ދެނެގަނެވޭ ކަމަށް ބުނެފި އެވެ.

21 ޑިސެމްބަރ

December 21, 2019
މިއީ ޓީވީ ގިނައިން ބަލާ ނަމަ ވެދާނެ ގޮތެއް

ޓީވީ ބެލުން އިތުރުވި ވަރަކަށް ހިކިކޮށް ތިބޭ މީހުންނަށް ދެވޭ ސަމާލުކަން ބޮޑު ކަމަށާއި އަންހެނުން ހިކިކޮށް ތިބުމަކީ ސިއްހަތު ރަނގަޅުވުން ކަމަށް ގަބޫލުކުރާ މީހުން ވެސް ގިނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

09 ޑިސެމްބަރ

December 09, 2019 1
އެމެރިކާގައި މަގުބޫލު ނަން ލިސްޓަށް "މުހައްމަދު"

އެމެރިކާގައި އެންމެ މަގުބޫލު 10 ނަމުގެ ތެރޭގައި "މުހައްމަދު" ހިމެނިއްޖެ އެވެ.

30 ނޮވެމްބަރ

November 30, 2019 2
ކުޑަކަމުދާ ތަކެތިން ޕްރޮސްޓޭޓް ކެންސަރު ދެނެގަންނަނީ

ފިރިހެނުންނަށް ކުރިމަތިވާ ޕްރޮސްޓޭޓް ކެންސަރު، ކުޑަކަމުދާ ތަކެތި ޓެސްޓްކޮށްލައިގެން ދެނެގަނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

22 އޯގަސްޓް

August 22, 2019 1
ބަންދުކުރި ކާބޯތަކެތި އެންމެ ރައްކާތެރީ ޔޫކޭގައި

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބާޒާރުތަކުގައި ވިއްކަން ހުންނަ ބަންދުކުރި ކާބޯތަކެތި އެންމެ ރައްކާތެރީ އިނގިރޭސިވިލާތުގައި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

01 އޯގަސްޓް

August 01, 2019
އެސްފިޔަ ޖެހުމުން ޒޫމް ކުރެވޭ ލެންސެއް އިޖާދުކޮށްފި

ލޮލަށް ލެންސް ލެއްވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. އެކަމަކު ކެމެރާއަކުން ހިފޭ ބޭނުން ލެންސަކުން ހިފޭ ނަމަ އެއީ އަދި މާ ގަޔާވާނެ އެއްޗަކަށް ވާނެ އެވެ.

24 ޖުލައި

July 24, 2019 4
ފިރިހެން ކުދިން ވެސް ބޮޑުވާ އުމުރު ހަގުވެއްޖެ

ކުރިން ގަބޫލު ކުރެވިފައި އޮންނަ ގޮތުގައި އަވަހަށް ބާލިޣު ވަނީ އަންހެން ކުދިންނެވެ. އެކަމަކު އާ ދިރާސާއެއްގައި ބުނާ ގޮތުން ފިރިހެން ކުދިންނަށް ވެސް މިހާރު މި ހާލަތު އެބަ އޮތެވެ.

10 ޖުލައި

July 10, 2019 1
ކުދިންގެ ރުއިން ތަރުޖަމާކުރެވޭ ޓެކްނޮލޮޖީއެއް

ތުއްތު ދަރިފުޅު ރުއިމަކީ މައިންބަފައިން ވަރަށް ކަންބޮޑުވާ ކަމެކެވެ. އެއީ ރޯ ސަބަބު ނޭނގޭތީ އެވެ. އެހެންވެ މިފަދަ ހާލަތްތަކުގައި ދަރިފުޅު މަސަލަސް ކުރެވޭތޯ އެކި ކަހަލަ ކަންކަން ކުރެވެ އެވެ. އެކަމަކު ވާހަކަ ނުދެއްކޭ އުމުރުގެ ތުއްތު ކުދިން ރޯ ސީދާ ސަބަބު ނޭނގުމަކީ ވަރަށް ގިނަ މައިންގެ އުދާހެކެވެ.

28 ޖޫން

June 28, 2019
ފިރިހެނުންނަށް ޖަންކް ފުޑްގެ ނުރައްކާ މާ ބޮޑު

ޖަންކް ފުޑުން ސިއްހަތަށް ލިބޭ ގެއްލުމަކީ މިހާރު ސިއްރެއް ނޫނެވެ. އެކަމަކު ދިރިއުޅުމުގެ ވައްޓަފާޅި އަށް މިހާރު އައިސްފައިވާ ބޮޑެތި ބަދަލުތަކަކާ އެކު، ޖަންކް ފުޑަކީ ވަރަށް ގިނަ ބައެއްގެ ދިރިއުޅުން މިހާރު އެއަށް ބަރޯސާވެފައިވާ އެއްޗެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގަ އެވެ.