27 ޖޫން

June 27, 2019
އަނެއްކާވެސް ކޮފީގެ ރަނގަޅު ވާހަކައެއް

ކޮފީ ބޯ މީހުންނަށް އަނެއްކާވެސް އުފާވެރި ޚަބަރެކެވެ. އާ ދިރާސާއެއްގައި ބުނާ ގޮތުން ހަށިހަނޑުގައި ހުންނަ ފެޓްތަކާ ދެކޮޅަށް މަސައްކަތް ކުރާ "ބްރައުން ފެޓް" ގެ މަސައްކަތްތައް ކޮފީގެ ސަބަބުން އިތުރަށް ވަރުގަދަކޮށްދެ އެވެ.

21 ޖޫން

June 21, 2019 2
ބަނޑުގެ މައްސަލަތަކަށް ޔޯގަޓް

ހަފުތާއަކު ދޭއް ނުވަތަ އެއަށް ވުރެ ގިނައިން ޔޯގަޓް ކެއުމުން، ބަނޑުގެ ކެންސަރުތަކާ ދުރުކޮށްދޭ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

June 21, 2019 4
ދޭތެރެދުރުކުރަން ފިރިހެނުންނަށް ބޭސް ދިނުން ލަހެއްނުވާނެ

ދޭތެރެދުރުކުރަން ފިރިހެނުންނަށް ބޭނުންކުރެވިދާނެ ރަނގަޅު ބޭހެއް އީޖާދު ކުރުމަކީ މިހާތަނަށް އެހާ ކާމިޔާބު ކަމެއް ނޫނެވެ. އެކަމަކު ދެން މިކަން އެހާ ލަސް ނުވާނެ ކަމަށް މިހާރު ބެލެވެ...

13 ޖޫން

June 13, 2019 3
އާޓިފިޝަލް އަލީގައި ނިދުމުން އަންހެނުން ފަލަވޭ

އާޓިފިޝަލް އަލީގައި ނިދާ އަންހެނުން ފަލަވުމުގެ ފުރުސަތު ބޮޑު ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

11 ޖޫން

June 11, 2019
ހާޓް އެޓޭކާ ދެކޮޅަށް ހިތުގައި ޕެޗެއް

ހާޓްއެޓޭކް ޖެހުން ކަހަލަ ބޮޑެތި ސިއްހީ މައްސަލަތަކުން ރައްކާތެރި ވެވިދާނެ ޕެޗެއް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި އިންސާނުންގެ ހިތުގައި ޓެސްޓް ކުރަން ފަށަން ނިންމައިފި އެވެ.

08 ޖޫން

June 08, 2019
ނަފްސާނީ މައްސަލަތަކުން ދުރުވާން ކަސްރަތު މުހިންމު

ހަރަކާތްތެރިކަން ކުޑަ މެދުއުމުރުގެ އަންހެނުންނަށް ޑިޕްރެޝަންގެ ބިރު ވަކިން ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

02 ޖޫން

June 02, 2019 3
ގެވެހި މަސައްކަތް ކުރާ ފިރިހެނުން ދުޅަހެޔޮ

އަންހެނުންނާ އެއްވަރަށް ގޭތެރޭގެ މަސައްކަތްތައް ކޮންމެ ދުވަހަކު ކުރާ ފިރިހެނުން، އެ ނޫން ފިރިހެނުންނަށް ވުރެ ސިއްހީ ގޮތުން ދުޅަހެޔޮ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

31 މެއި

May 31, 2019 6
ހަށިގަނޑު ރީތިކުރަން އުޅޭ ފިރިހެނުން ސަމާލުވާންޖެހޭ

ފިރިހެނުން ހަށިގަނޑު ވަރުގަދަ ކުރުމަށާއި ތަލަވުން ހުއްޓުވަން ކާ ބޭހުގެ ސަބަބުން ޖިންސީ ގޮތުން ބަލިކަށިވެ، ދަރިން ނުލިބުމުގެ މައްސަލައާ ކުރިމަތިވުމުގެ ބިރު އޮންނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

29 މެއި

May 29, 2019 1
ޔޯގަޓުން އަރިދަފުސް ރޯގާއާ ދުރުކޮށްދޭ

ޔޯގަޓަކީ އަރިދަފުސް ރޯގާ އިން ސަލާމަތް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

24 މެއި

May 24, 2019
ހޫނު މާހައުލުން އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ

މަސައްކަތްކުރާ މާހައުލުގެ ފިނިހޫނުމިނުގެ މައްސަލަ މުވައްޒަފުންގެ ތެރޭގައި ބައެއްފަހަރު ވަރަށް ބޮޑުވެ އެވެ. އެއްބަޔަކު ފިނިވެގެން ކެތް ނުވާއިރު އަނެއް ބަޔަކަށް އެއީ ހެޔޮވަރެވެ. އެކަމަކު މި ދިރާސާ އިން މި ވިސްނުން ފަހަރެއްގައި ބަދަލުވެދާނެ އެވެ.

16 މެއި

May 16, 2019 3
ފިރިހެނުން ވެސް ލަސް ނުކޮށް ދަރިން ހޯދަންޖެހޭ

ބަޔޮލޮޖިކަލް ކްލޮކާއި އުމުރުން ދުވަސްވުމުގެ ވާހަކަ އެންމެ އާންމުކޮށް ދެކެވެނީ އަންހެނުންނާ ގުޅުވައިގެންނެވެ. އެކަމަކު އާ ދިރާސާއެއްގައި ވަނީ ފިރިހެނުން ވެސް މިކަމަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭކަން ހަނދާންކޮށް ދީފަ އެވެ.

15 މެއި

May 15, 2019
ހިކެން ބޭނުން ނަމަ ކޮޅަށް ހުންނަ ވަގުތު އިތުރުކުރޭ

ގިނަ ބަޔަކު ފަލަވާން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ހަރަކާތްތެރިވުން ކުޑަވުމެވެ. ވަކިން ހާއްސަކޮށް، އިށީނދެ އިނދެ ތިބެ މަސައްކަތް ކުރަން ޖެހޭ މީހުންނަށް ބިރު ވަކިން ބޮޑެވެ....

May 15, 2019
ދުވާލަކަށް ހަ ތަށި ކޮފީ އަށް ވުރެ ގިނަ ނުކުރާތި

ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ދުވާލެއްގެ މައްޗަށް ހަތަރު ތަށި ކޮފީއަކީ ބުއިމަކުން ގެއްލުމެއް ނެތެވެ. ނަމަވެސް އެއަށް ވުރެ އިތުރު ނުކުރަން އޭގައި ލަފާ ދީފައިވެ އެވެ.

14 މެއި

May 14, 2019
ގިނަ ދުވަހަށް ގާތުން ދޭ ނަމަ ހަކުރު ބަލިން ސަލާމަތްކޮށްދޭ

ޑޮކްޓަރުން އަބަދު ވެސް ލަފާ ދެނީ އެންމެ މަދުވެގެން ވެސް ހަ މަސް ދުވަހަށް ދަރިފުޅަށް ގާތުން ދިނުމަށެވެ. ގާތުން ދިނުމަކީ މައިމީހާ އާއި ދަރިފުޅުގެ ސިއްހަތަށް ފައިދާ ހުރި އަދި...

May 14, 2019 8
އުޅެންވީ މޫދު ފެންނަ ހިސާބުގައި

މިއީ ދިވެހިންނާ ވަރަށް ގުޅޭ ވާހަކައަކަށް ވާނެ އެވެ. ކޮންމެ ދިމާލަކަށް ނުކުތަސް ދިވެހިންނަށް ފެންނާން އޮންނާނީ މޫދާއި ކަނޑެވެ.

11 މެއި

May 11, 2019 1
ހިތާމަވެރި މިއުޒިކުން ހިތަށް ހިމޭންކަން

ބައެއް މީހުންނަކީ މަޑުމައިތިރި، ހިތާމަވެރި މިއުޒިކް ނުވަތަ ލަވަތައް އަޑު އަހަން ލޯބި ކުރާ މީހުންނެވެ. ވަކިން ހާއްސަކޮށް ދެރަވެ، ހިތްދަތިވެފައި ހުންނަ ވަގުތެއްގައި އެފަދަ މިއުޒިކެއް އަޑު އަހައިލުން ހިތަށް ލުއިވެ، އުފާވެރިކަން ވެސް އިހުސާސް ވެސް ކުރެ އެވެ.

07 މެއި

May 07, 2019
ޕްރޮޓީން ޝޭކް ގިނަވެއްޖެ ނަމަ ނުރައްކާ ވެދާނެ

ހަށިގަނޑު ވަރުގަދަކުރަން ބައެއް މީހުން ބޭނުންކުރާ ޕްރޮޓީން ޝޭކް މާ ގިނައިން ބޯން ނުވާނެ ކަމަށާއި އޭގެ ސަބަބުން އާދަޔާހިލާފަށް ފަލަވުމުގެ ބިރު އެބަ އޮތް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

04 މެއި

May 04, 2019 1
ހަނދާންނެތޭ ބަލީގެ އާ ވައްތަރެއް ހޯދިއްޖެ

ޑިމެންޝާ ނުވަތަ ހަނދާން ނެތޭ ބަލީގެ އާ ވައްތަރެއް ހޯދިފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

May 04, 2019
ވަޒީފާ އަށް ސިއްހަތު ގުރުބާންކުރާނެ ކަމެއް ނެތް

އަދާކުރާ ވަޒީފާއެއްގެ ޒިންމާ އިހުލާސްތެރިކަމާ އެކު އުފުލަންޖެހޭނެ އެވެ. އެކަމަކު ބައެއް މީހުންނަކީ އެ މީހެއްގެ ޒިންމާގެ އިތުރުން ވެސް އެހެން ކަންކަމާ ހަވާލުވެގެން އުޅޭ މީހުންނެވެ....

03 މެއި

May 03, 2019
ކުދިންނާ ގިނައިން ވާހަކަ ދެއްކުމުން ވިސްނުން ތޫނުވޭ

ބޮޑެތި މީހުން ތުއްތު ކުދިންނާ ވާހަކަ ދެއްކުން ގިނަކުރާ ވަރަކަށް ކުދިންގެ ވިސްނުން ތޫނުވާ ކަމަށާއި ކަންކަން ނަގައިގަންނަ މިންވަރު ވެސް އަވަސް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

02 މެއި

May 02, 2019
އުމުރުން 14 މަހުގައި ވެސް އޯޓިޒަމަށް ޓެސްޓްކުރެވިދާނެ

މިހާރު ކަނޑައަޅާފައި އޮންނަ އުމުރަށް ވުރެ ކުރިން ވެސް ދަރިން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) އަށް ސްކްރީން ކުރެވޭނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

01 މެއި

May 01, 2019 1
ސައިގެ އަސްލު ރަހަ ދެނީ ހަކުރު ނާޅައި

ހަކުރަކީ ސަޔަށް އެއްވެސް ވަރަކަށް މުހިއްމު އެއްޗެއް ނޫން ކަމަށާއި ސައި ބޯންވީ ހަކުރު ނާޅައި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

28 އެޕްރީލް

April 28, 2019 3
ކޮންމެ ދުވަހަކު ޗޮކްލެޓް ނުކާންވީ ސަބަބެއް ނެތް

ކޮންމެ ދުވަހަކު ޗޮކްލެޓް ކާ ނަމަ ހަނދާން ގަދަކޮށްދޭ ކަމަށާއި ޗޮކްލެޓުން ސިކުނޑި އަށް ކުރާ ފައިދާތައް ގިނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

24 އެޕްރީލް

April 24, 2019 1
އަންހެނުންނަށް އެންމެ ރައްކާތެރީ އޮސްޓްރޭލިއާ

އަންހެނުންނަށް އެންމެ ރައްކާތެރި އަދި އަމާން ގައުމަކީ އޮސްޓްލިއާ ކަމަށް މި އަހަރުގެ ގްލޯބަލް ވެލްތު މައިގްރޭޝަން ރިވިއުގައި ވެސް ބުނެފި އެވެ.

April 24, 2019 2
ސްޓްރޯކްގެ ނުރައްކާ ކުޑަކުރަން ހެނދުނު ނާސްތާ މުހިންމު

ހެނދުނުގެ ނާސްތާ ނެގުމުގެ މުހިންމުކަމާ ބެހޭ ގޮތުން ކުރެވޭ ދިރާސާތައް ގިނަ އެވެ. އަނެއްކާ ވެސް އޭގެ ދިރާސާއެެކެވެ.