04 އޯގަސްޓް

August 04, 2020 10
މީހުން ކަރަންޓީނުކުރަން އިތުރު ދެ ރިސޯޓެއް ނަގައިފި

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހަ ރިސޯޓެއް ނަގައި ބޭނުން ކުރަން ފަށައިފި އެވެ.

27 ޖުލައި

July 27, 2020 33
ރާއްޖެ އައި ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެ އައި ޓޫރިސްޓަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

21 ޖުލައި

July 21, 2020 13
މަސައްކަތްތަކަށް ކުރު މުއްދަތަކަށް ބޭރުން މީހުން ގެނެވޭ

މުހިންމު މަސައްކަތްތައް ކުރުމަށް ރާއްޖޭން ބޭރުން ކުރު މުއްދަތަކަށް ބޭރު މީހުން ގެނެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

23 ޖޫން

June 23, 2020 7
ކަރަންޓީނަށް ނެގި ބައެއް ރިސޯޓްތައް ދޫކޮށްލައިފި

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއް ރިސޯޓްތައް ސަރުކާރުން ދޫކޮށްލައިފި އެވެ.

12 ޖޫން

June 12, 2020 45
ކޮވިޑް-19އަށް ޓެސްޓްނުކޮށް ވެސް ރާއްޖެ އެތެރެވެވޭނެ

ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ހުށަނޭޅިއަސް ޓޫރިސްޓުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިންގެ ޑްރާފްޓެއް އެކުލަވާލައިފި އެވެ.

30 އެޕްރީލް

April 30, 2020 3
ކުރެއްދު އަށް އަރައިފޭބުމުގެ ހުއްދަ ދީފި

ކޮވިޑް-19 އަށް ރާއްޖެ އިން އެންމެ ފުރަތަމަ ޕޮޒިޓިވް މީހަކު ފެނުނު ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައިވާތާ 55 ދުވަސް ފަހުން އެ ރިސޯޓް ހުޅުވައިލުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ދީފި އެވެ.

26 އެޕްރީލް

April 26, 2020 8
ކުރެއްދޫގެ ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބޭނެ

ކޮވިޑް-19 ގެ ރާއްޖޭގެ ފުރަތަމަ ކޭސް ފެނުމަށް ފަހު ބަންދުކޮށްފައި އޮންނަތާ 50 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓްގެ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓްކޮށް މިރޭ ނިމޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

22 އެޕްރީލް

April 22, 2020 20
ރިސޯޓުން ދާ މީހުންނަށް ރަށަށް އެރެންޖެހޭނެ: މަބްރޫކް

ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގައި ރިސޯޓްތަކުން މީހުން ފޭބުން މަނާކުރުމަށް ފަހު އެކަމުގައި ލުއި ދީ، ހަމަޖެއްސި އުސޫލާ އެއްގޮތަށް ރިސޯޓުތަކުން ދާ މީހުން އެ މީހުންގެ ރަށްރަށް ދިއުމުން ރަށަށް ނާރުވާ މައްސަލަ ދިމާވާ ކަމަށާއި އެކަން އެގޮތަށް ވެގެން ނުވާނެ ކަމަށް ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދޭން...

14 އެޕްރީލް

April 14, 2020 8
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ޓޫރިސްޓު ފެނުނު، އޮރެންޖް އެލާޓްގައި އޮތް ކުރެއްދޫ ރިސޯޓަށް އެ ތަނުގެ ވަކީލުން ވަޑައިގެން މީހުންނާ ބައްދަލުކޮށްފައި ވިޔަސް އެ ބޭފުޅުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނުޖެހޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމާފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

13 އެޕްރީލް

April 13, 2020
ރިސޯޓްތަކާއި ސަފާރީތަކުން 9،000 މީހުން ދޫކޮށްފި

ކޮވިޑް-19އާ ގުޅިގެން އަރައި ފޭބުން މަނާކޮށްފައިވާ ރިސޯޓްތަކާއި ސަފާރީތަކުން މިހާތަނަށް 9،000 އަށް ވުރެން ގިނަ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.

12 އެޕްރީލް

April 12, 2020 4
ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރަނީ

ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހަކު ރާއްޖެ އިން ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހުރިހާ މުވައްޒަފުން ޓެސްޓްކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންސީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

09 އެޕްރީލް

April 09, 2020 10
ރިސޯޓްތަކުން މީހުން ފޭބުން ފަސޭހަކޮށްދީފި

ކޮވިޑް-19 ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކުން މީހުން ފޭބުން މަނާކޮށްފައިވާ މުއްދަތު ހަމަވެ، އެ ރިސޯޓްތަކުން މީހުން ފައިބަން ހުއްދަ ދިނުމުގެ އުސޫލު މިހާރު...

April 09, 2020 9
ޑައިރެކްޓް ކޮންޓެކްޓްވި އެއާޕޯޓު ސްޓާފެއް ޓެސްޓުކުރަނީ

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި، ޖޯލި މޯލްޑިވްސްގެ ބިދޭސީ މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފެއްގެ ކިބައިން...

07 އެޕްރީލް

April 07, 2020 46
ޕޮޒިޓިވްވީ ޖޯލިމޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީއެއް

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީއެއް ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)...

April 07, 2020 9
ރިސޯޓަކުން އަލިފުއްޓަށް އެރި ފަސް މީހަކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓުން އެ އަތޮޅު އަލިފުއްޓަށް ދިޔަ ފަސް މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

03 އެޕްރީލް

April 03, 2020 14
ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، ގައުމަށް ފުރުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ރިސޯޓަށް ހިނގައްޖެ އެވެ.

29 މާޗް

March 29, 2020 10
ކޮވިޑް-19: ރާއްޖޭން 13 މީހަކު ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ރާއްޖޭގައި ފަރުވާކުރަމުން އައި 15 މީހުންގެ ތެރެއިން ދެ ދިވެހިން ފިޔަވައި އެންމެންގެ ވެސް ބަލި ރަނގަޅުވެއްޖެ އެވެ.

28 މާޗް

March 28, 2020 1
ސާމްޕަލް ނެގެޓިވްވުމުން ހަކުރާ ހުރާ ރިސޯޓް ހުޅުވައިފި

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ބިދޭސީ މުވައްޒަފެއްގެ ފަރާތުން ފެނިގެން މިދިޔަ ބުދަދުވަހު ދެ ވަނަ ފަހަރަށް ބަންދުކުރި ސިނަމަން ހަކުރާ ހުރާ ރިސޯޓް ހުޅުވާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

March 28, 2020 1
ތިން ރިސޯޓެއްގެ ހަތަރު ދިވެއްސަކު ޓެސްޓު ކުރަނީ

ތިން ރިސޯޓަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ހަތަރު ދިވެއްސެއްގެ ސާމްޕަލް ނަގައި، ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ...

March 28, 2020 10
ހާއްސަ ހުއްދައެއް ދިނީ ރިސޯޓުތައް ހުސްކުރަން: މައިމޫނާ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރިސޯޓު ތަކުގެ މެދުގައި ދަތުރު ނުކުރަން ކުރިން އަަންގާފައި ވިޔަސް އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން...

27 މާޗް

March 27, 2020 10
"އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދެވޭނެ"

އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރު ނުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގިޔަސް، ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ގެންދެވިދާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

26 މާޗް

March 26, 2020
ޝައްކުވާ ޓޫރިސްޓެއް ފެނި ކޮއްދިއްޕަރު މޮނިޓަރިންއަށް

މާލެ އަތޮޅުގައި އޮންނަ ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސްގައި ހުރި ޓޫރިސްޓެއްގެ ކިބައިން، ކޮރޯނާވައިރަހުގެ އަލާމާތްތަކެއް ފެނިގެން، އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފި...

March 26, 2020 5
ހަކުރާހުރާ ރިސޯޓު އަނެއްކާ ވެސް ބަންދުކޮށްފި

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއަކު ފެނިގެން ސިނަމަން ހަކުރާހުރާ ރިސޯޓު އަނެއްކާ ވެސް ބަންދުކޮށްފި އެވެ.

25 މާޗް

March 25, 2020 4
މަނަފަރުން ދިވެއްސަކަށް ޝައްކުވެ ރިސޯޓު ބަންދު

ޖޭއޭ މަނަފަރު ރިސޯޓުގެ ދިވެއްސެއްގެ ފަރާތުން ކޮރޯނާވައިރަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސް މިއަދު ބަންދުކޮށްފި އެވެ.

24 މާޗް

March 24, 2020 21
"ކަރަންޓީނަށް ބޭނުންކުރާ އިރު ރިސޯޓްގެ ކުލި މާފުވާނެ"

ކޮވިޑް-19 އާ ގުޅިގެން މީހުން ކަރަަންޓީނުކުރަން ދޫކުރާ ރިސޯޓްތަަކުގެ ކުލި، އެ ރިސޯޓްތައް ދައުލަތުން ބޭނުންކުރާ މުއްދަތުގައި މާފުވާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.