30 އޯގަސްޓް

August 30, 2020 11
މިމަހު 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ

އަންދާޒާ ކުރިވަރަށް ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފަށައިފި ކަމަށާއި އެގޮތުން މި ނިމޭ މަހު އެކަނި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 7،000 އަށް ވުރެ އިތުރުވާނެ ކަމަށް، ޓޫރިޒަމް...

August 30, 2020 14
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ

ރާއްޖެ އަށް ޓޫރިސްޓުން އައުމުގެ ކުރިން ކޮވިޑް-19 އަށް ނެގެޓިވްކަން ޔަގީންކުރަން ޖެހޭ ގޮތަށް އުސޫލު ބަދަލު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެ...

27 އޯގަސްޓް

August 27, 2020 29
ޓޫރިސްޓުން އިތުރުވާނީ ކޮވިޑް ނަންބަރު ދަށްކުރެވިގެން

ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރެވޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކޮށްގެން ކަމަށް އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

25 ޖޫން

June 25, 2020 10
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބަންދު ކޮށްފައިވާ، ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ގައި ހުޅުވާލައި، ރިސޯޓުތައް އަލުން ހިންގަން ފަށާއިރު، އިގްތިސާދީ ދަތިކަމާ ގުޅިގެން އެ...

June 25, 2020 13
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގެ ރައްޔިތުން މިހާތަނަށް ކުރި މަސައްްކަތް ދެގުނަ އަށް އިތުރުކޮށްފި ނަމަ ރާއްޖޭގެ ބޯޑަރު އަންނަ މަހު ހުޅުވައިލުމަށް ފަހު، ދެން އަލުން...

25 މެއި

May 25, 2020 27
މިއީ ޓޫރިސްޓުން އަތުން ޓެކްސް ނަގަންވީ ވަގުތެއް ނޫން

މިއީ ރަނގަޅު ވިސްނުމެއްގައި ޓޫރިސްޓުންނަށް ގައުމުތައް ހުޅުވާލަންވީ ވަގުތު ކަމަށާއި ޓޫރިސްޓުންގެ އަތުން ޓެކްސް ނަގަންވީ ވަގުތު ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

19 މެއި

May 19, 2020 26
ހާއްސަ ހުއްދަ ދޭ ކޮންމެ ޖެޓަކުން 50،000 ޑޮލަރު

ކޮވިޑް-19 އަށްް ވެކްސިނެއް ނުހޯދި، އެބަލި ފެތުރުން މުޅިން ނުހުއްޓޭ ހާލަތުގައި ރިސޯޓްތައް ހުޅުވަން ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކުގެ ދެލިކޮޕީއެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލައިފި އެވެ.

09 އެޕްރީލް

April 09, 2020 13
މިވަގުތު ރާއްޖޭގައި ތިބީ ހާހެއްހާ ޓޫރިސްޓުން

ކޮރޯނާވައިރަސްއާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ހެދި، ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، 27 ރިސޯޓެއްގައި ހާހެއްހާ ޓޫރިސްޓުން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

22 މާޗް

March 22, 2020 15
ކަރަންޓީނަށް އެކި ރިސޯޓްތަކުން 2،288 އެނދު

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށްގެން ނުވަ ރިސޯޓަކާއި ހޮޓަލަކުން 1،158 ރޫމް ހަމަޖެހިފައިވާ ކަމާއި އެއީ ޖުމްލަ 2،288 އެނދު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

14 މާޗް

March 14, 2020 16
އިތުރު ތިން ގައުމަކުން މީހުން އައުން މަނާކޮށްފި

ކޮވިޑް-19 ފެތުރޭތީ މިރެއިން ފެށިގެން ސްޕެއިންގެ އެއްވެސް ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މަނާކުރުމަށާއި އަދި ޖަރުމަނާއި ފްރާންސްގެ ވަކި ސަރަހައްދުތަކަކުން މީހުން އައުން...

March 14, 2020 11
ސްޕޭން، ޖަރުމަން ވަކި ހިސާބުތަކުން މީހުން އައުން މަނާ

ސްޕޭނާި ޖަރުމަރުންގެ ވަކި ހިސާބުތަކުން ރާއްޖެއަށް ޓޫރިސްޓުން އައުން މިއަދުން ފެށިގެން މަނާކޮށްފި ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދި ދެންމެއަކު އިއުލާންކޮށްފި އެވެ.

09 މާޗް

March 09, 2020 23
އަލީ ވަހީދުގެ އުއްމީދީ ވާހަކަ: ޓޫރިޒަމް ކޮޅަށް ޖެހޭނެ

ޗައިނާގެ ޝެންހާއީގައި ޓްރާންސިޓް ކުރިއިރު، ޗައިނާ އިން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅު، މެކްސިކޯގެ އެ ދެމަފިރިންނަކަށް ނޭނގެ އެވެ. އެމީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާ އެކު، އެންގީ އެތެރެނުވެވޭނެ ކަމަށެވެ. އެއީ ރާއްޖޭގައި ހަނީމޫން ހޭދަކުރަން ދެމަފިރިން ދުށް ހުވަފެން...

08 މާޗް

March 08, 2020 44
ލޮޅުމެއް އަޔަސް ޓޫރިޒަމް އިންޑަސްޓްރީ ހިފަހައްޓާލެވޭނެ

ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ އަށް ލޮޅުމެއް އަޔަސް، އިންޑަސްޓްރީ ހިފަހައްޓާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެންމެ ވިދާޅުވެއްޖެ އެވެ.

01 ޖެނުއަރީ

January 01, 2020 62
މިނިސްޓަރުގެ ބޮޑު ތުހުމަތެއް: އަސްލު މައްސަލައަކީ ޓީމް

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިގެން އުޅެނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (ޓީމް) އަޑީގައި އޮވެގެން ކަމަށާއި އެއީ އޭނާ މެދުވެރިވެގެން، އެ ޖަމިއްޔާ އަށް މާލީ ފައިދާވާ ކަންތައްތަކަކަށް މަގުފަހިކޮށް ނުދެއްވައިގެން ކަމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު...

30 ޑިސެމްބަރ

December 30, 2019 47
ކަނޑާލި މުވައްޒަފުގެ ދިފާއުގައި ގިނަ ބަޔަކު ނުކުމެެއްޖެ

ރިސޯޓު ބަދުނާމަ ކުރަނީ ކަމަށް ބުނެ އިއްޔެ ވަޒީފާ އިން ވަކިކުރި ހޮނޑާފުށި ރިސޯޓްގެ މުވައްޒަފުގެ ދިފާއުގައި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ނުކުމެއްޖެ އެވެ.

29 ޑިސެމްބަރ

December 29, 2019 30
އަލީ ވަހީދަކީ ގާބިލް، ހިންގުންތެރި ވަޒީރެއް: ގާސިމް

ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަލީ ވަހީދަކީ ގާބިލް، ހިންގުންތެރި ވަޒީރެއް ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުކުމެވަޑައިގެންފި އެވެ.

28 ޑިސެމްބަރ

December 28, 2019 34
މުސާރަ އާއި ސާވިސް ޗާޖު ހަރުދަނާވާން ޖެހޭ: އިމްރާން

ޓޫރިޒަމް ދާއިރާގެ ފުރިހަމަ މަންފާ ރާއްޖެ އަށް ލިބުމަށްޓަކައި އެންމެ ފުރަތަމަ ބަދަލުވާންޖެހޭ ކަމަކީ ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު މިހާރަށް ވުރެ ހަރުދަނާވުން ކަމަށް ހޯމް މިނިސްޓަރު އަދި މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2019 72
"ދެއްކި ވާހަކައިގެ މާނަ އޮޅޭ ނަމަ މާފަށް އެދެން"

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި އިއްޔެ ދެއްކެވި ވާހަކައިގެ މަފްހޫމް ނުވަތަ ނެގުނު މާނައެެއްގެ ސަބަބުން އެއްވެސް މީހެއްގެ ހިތުގައި...

December 26, 2019 79
ސާވިސް ޗާޖުގެ ޚަބަރާ އެކު، އަލީ ވަހީދު ހޫނު ފެނަށް!

ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދެނީ ރަނގަޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުމުން ރިސޯޓުތަކުގެ ބައެއް މުވައްޒަފުންގެ ފާޑުކިޔުން އޭނާއަށް އަމާޒު ވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2019 62
އަލީ ވިދާޅުވަނީ ސާވިސް ޗާޖުގެ މިންވަރު ރަނގަޅު ކަމަށް

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށާއި އެ އަދަދު މަދުވެގެން ވާހަކަތައް ދައްކާތީ ހިތާމަ ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

16 ޑިސެމްބަރ

December 16, 2019 29
ރިސޯޓާ ކައިރި ރަށްރަށުގެ މީހުންނަށް ވަޒީފާ ދެނީ

އަލަށް ހުޅުވާ ރިސޯޓުތަކުން ވަޒީފާ ދޭއިރު، އަންނަ އަހަރުން ފެށިގެން އިސްކަން ދޭނީ އެ ރިސޯޓަކާ އެންމެ ކައިރި ރަށްރަށުގެ މީހުންނަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

19 އޮކްޓޯބަރ

October 19, 2019 35
ފުށިދިއްގާ ހިންގުން ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް

މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެއް ކޯޓުގައި ހިނގަމުންދާ އދ. ފުށިދިއްގާގައި ގަވާއިދާ ޚިލާފަށް ޓޫރިސްޓުން ބައިތިއްބައި މަންފާ ހޯދި މައްސަލަ ތަހުގީގުކޮށްދޭން ޓޫރިޒަމް މިނިސްޓްރީން ފުލުހުންނަށް މިރޭ ހުށަހަޅައިފި އެވެ.

10 ޖުލައި

July 10, 2019 6
ރިސޯޓު މުވައްޒަފުންގެ ދަފްތަރު މޭ ޑޭގައި ލޯންޗްކުރަނީ

ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަކޮށްގެން އެކުލަވަލާ ދަފްތަރު އަންނަ މޭ ޑޭގައި އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

01 ޖުލައި

July 01, 2019 7
މަނަފަރުގެ މުވައްޒަފުން ކުރި ހަޅުތާލު ހުއްޓާލައިފި

މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމުމާ ގުޅިގެން އެ ރިސޯޓުގައި ފެށި ހަޅުތާލު ހުއްޓާލައިފި އެވެ. އެ ހަޅުތާލު ހުއްޓާލީ، މުވައްޒަފުން ވަކި ނުކުރަން މެނޭޖްމަންޓުން ނިންމުމާ ގުޅިގެންނެވެ.