14 އެޕްރީލް

April 14, 2020 8
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ޓޫރިސްޓު ފެނުނު، އޮރެންޖް އެލާޓްގައި އޮތް ކުރެއްދޫ ރިސޯޓަށް އެ ތަނުގެ ވަކީލުން ވަޑައިގެން މީހުންނާ ބައްދަލުކޮށްފައި ވިޔަސް އެ ބޭފުޅުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނުޖެހޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމާފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

13 އެޕްރީލް

April 13, 2020
ރިސޯޓްތަކާއި ސަފާރީތަކުން 9،000 މީހުން ދޫކޮށްފި

ކޮވިޑް-19އާ ގުޅިގެން އަރައި ފޭބުން މަނާކޮށްފައިވާ ރިސޯޓްތަކާއި ސަފާރީތަކުން މިހާތަނަށް 9،000 އަށް ވުރެން ގިނަ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.

12 އެޕްރީލް

April 12, 2020 4
ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރަނީ

ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހަކު ރާއްޖެ އިން ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހުރިހާ މުވައްޒަފުން ޓެސްޓްކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންސީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

April 12, 2020 4
ރިސޯޓުން މޫދަށް ފުންމައިލި މީހާ އަދިވެސް ނުފެނެ

ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓުން މިދިޔަ ހޯމަ ދުވަހު މޫދަށް ފުންމައިލި އިންޑިއާގެ މުވައްޒަފު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

April 12, 2020 3
ލޭ ހަދިޔާކުރަން އަނެއްކާ ވެސް އެދިއްޖެ

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ރިސޯޓުތަކުގައި ބްލަޑް ކޭމްޕުތައް ހިންގުން ހުއްޓާލާފައިވާތީ އާންމުން ލޭ ހަދިޔާކުރަން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން އަނެއްކާ ވެސް...

11 އެޕްރީލް

April 11, 2020 10
ތާށިވި މީހުންނާ އެކު މޯލްޑިވިއަން ސައުތު އެފްރިކާ އަށް

ކޮރޯނާވައިރަސް ފެތުރެން ފެށުމުން ގައުމުތަކުން އެޅި ފިޔަވަޅުތަކާ ހެދި ދަތުރުފަތުރު ހުއްޓުމަކަށް އައުމުން ގައުމަށް ނުދެވިި، ރާއްޖޭގައި ތާށިވި ސައުތު އެފްރިކާ އާއި މޮރިޝަސް މީހުން ގޮވައިގެން މޯލްޑިވިއަން އިން ދިގު ދަތުރަކަށް މިއަދު ފުރައިފި އެވެ.

09 އެޕްރީލް

April 09, 2020 10
ރިސޯޓްތަކުން މީހުން ފޭބުން ފަސޭހަކޮށްދީފި

ކޮވިޑް-19 ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކުން މީހުން ފޭބުން މަނާކޮށްފައިވާ މުއްދަތު ހަމަވެ، އެ ރިސޯޓްތަކުން މީހުން ފައިބަން ހުއްދަ ދިނުމުގެ އުސޫލު މިހާރު ފަސޭހަކޮށްފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

April 09, 2020 9
ޑައިރެކްޓް ކޮންޓެކްޓްވި އެއާޕޯޓު ސްޓާފެއް ޓެސްޓުކުރަނީ

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި، ޖޯލި މޯލްޑިވްސްގެ ބިދޭސީ މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފެއްގެ ކިބައިން...

April 09, 2020 13
މިވަގުތު ރާއްޖޭގައި ތިބީ ހާހެއްހާ ޓޫރިސްޓުން

ކޮރޯނާވައިރަސްއާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ހެދި، ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، 27 ރިސޯޓެއްގައި ހާހެއްހާ ޓޫރިސްޓުން އެބަތިބި...

08 އެޕްރީލް

April 08, 2020 1
ޖޯލި މޯލްޑިވްސްގެ 33 މުވައްޒަފުން އައިސޮލޭޓްކޮށްފި

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނު ރ. ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީ މީހާއާ ކޮންޓެކްޓްވި ކަމަށް ބެލެވޭ 33 މީހަކު މިހާތަނަށް...

April 08, 2020 6
ރިސޯޓުން މޫދަށް ފުންމާލި މީހާ އަދިިވެސް ނުފެނޭ

ޖޭ ޑަބްލިއު މެރިއަޓް މޯލްޑިވްސް ރިސޯޓުން މޫދަށް ފުންމާލި އިންޑިއާ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން މިއަދު ބުނެފި އެވެ.

07 އެޕްރީލް

April 07, 2020 46
ޕޮޒިޓިވްވީ ޖޯލިމޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީއެއް

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީއެއް ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ. އެ މީހާގެ ގައުމު އެ އިދާރާ އިން ހާމަނުކުރި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ތުރުކީގެ މީހެކެވެ.

April 07, 2020 15
ރިސޯޓުން ގެއްލުނު އިމާމު އަދިވެސް ނުފެނޭ

މޫދަށް ފުންމާލި ފަހުން ގެއްލިގެން ހޯދަމުން އަންނަ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސްގެ އިމާމު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

April 07, 2020 9
ރިސޯޓަކުން އަލިފުއްޓަށް އެރި ފަސް މީހަކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓުން އެ އަތޮޅު އަލިފުއްޓަށް ދިޔަ ފަސް މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

06 އެޕްރީލް

April 06, 2020 10
ރިސޯޓަކުން މޫދަށް ފުންމާލި ކަމަށް ބެލެވޭ މީހަކު ހޯދަނީ

ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސްގައި މަސައްކަތް ކުރާ އިންޑިއާ މީހަކު، މޫދަށް ފުންމާލި ކަމަށް ބެލެވިގެން އެމްއެންޑީއެފުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

05 އެޕްރީލް

April 05, 2020 2
ހަތަރު ރިސޯޓަކާއި 15 ސަފާރީއަކުން ފޭބުމުގެ ހުއްދަދީފި

ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކާއި ސަފާރީތަކުން ފޭބުން މަނާ ކޮށްފައި އޮތުމަށް ފަހު، ހަތަރު ރިސޯޓަކާއި 15 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ މިއަދު ދީފި އެވެ.

03 އެޕްރީލް

April 03, 2020 14
ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، ގައުމަށް ފުރުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ރިސޯޓަށް ހިނގައްޖެ އެވެ.

April 03, 2020 3
ކޮވިޑް-19: ރަނގަޅުވި ދެ މީހަކު ދޫކޮށްލައިފި

ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި މީހުންގެ ތެރެއިން މިއަދު ދެ މީހަކު ދޫކޮށްލާފައިވާ ކަމަށް ކޮވިޑް-19އާ ގުޅޭ މައުލޫމާތު ދިނުމަށް...

April 03, 2020 9
ކަނޑޫމާ ރިސޯޓުން 3 މަހުގެ މުސާރައާއެކު ޗުއްޓީ

ހޮލިޑޭ އިން ކަނޑޫމާ ރިސޯޓުން ތިން މަހުގެ މުސާރައާ އެކު މުވައްޒަފުންނަށް ޗުއްޓީ ދޭން ނިންމައިފި އެވެ.

01 އެޕްރީލް

April 01, 2020 25
ނޯ ޕޭ ލީވްގައި ދާން މަޖުބޫރުކޮށް ސޮއިކުރުވުން ގިނަވަނީ

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖެ އަށް ވެސް ދިމާވެފައި މިއޮތް ހާލަތާ ހެދި ރިސޯޓްތައް ބަންދުކުރާތީ، މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ނޯޕޭ ލީވަކަށް ދާން މުވައްޒަފުން ލައްވައި މަޖުބޫރުން ސޮއިކުރުވަމުންދާ ކަމަށް ބައެއް މުވައްޒަފުންނާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިއަދު ބުނެފި އެވެ.

April 01, 2020 12
ހެޕީ މާކެޓް ރިސޯޓުގެ މުވައްޒަފުންނަށް ދެނީ ޕޭލީވް!

ރިސޯޓުތައް މާދަމާއިން ފެށިގެން ބަންދު ކުރި ނަމަވެސް، ކުރިއަށް އޮތް ދެ މަހު ހުރިހާ ސްޓާފުންގެ ފުލް މުސާރަ ދޭން ހެޕީމާކެޓުން ނިންމައިފި އެވެ.

April 01, 2020 18
ރިސޯޓުން މާލެ އަންނަން ކުނި ދޯނީގައި ތިލަފުއްޓަށް

ކޮވިޑް-19އާ ގުޅިގެން ރިސޯޓުތަކަށް އަރައިފޭބުން މަނާކޮށްފައިވަނިކޮށް ބައެއް ރިސޯޓުތަކުން ކުނި އުކާލާ ދޯނީގައި ތިލަފުއްޓަށް ދިއުމަށް ފަހު މާލެ އަންނަން މަސައްކަތް ކޮށްފައިވާ...

31 މާޗް

March 31, 2020 68
ވެލާއިން މުސާރައާ އެކު އިތުރު އެލަވަންސެއް ވެސް ދެނީ

ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި މުވައްޒަފުން ނޯޕޭ އަށް ފޮނުވާލަން ނިންމާފައިވާއިރު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގައި މުޅިން ތަފާތު މަންޒަރެއް ފެނިއްޖެ އެވެ. އެ ރިސޯޓުން މުވައްޒަފުންނަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަތްކެއް ނުކޮށް، އަދި ނޯޕޭ ލީވަށް ވެސް ނުފޮނުވައި އިތުރު...

March 31, 2020 20
ރިސޯޓުން މުވައްޒަފުން ފޭބުމަށް އިތުރު ލުއިތަކެއް ދީފި

ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، ރިސޯޓްތަކުން މުވައްޒަފުން ފޭބުމާއި ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމުގައި ލުއިތަކެއް ލިބޭ ގޮތަށް، ކުރީގެ...

March 31, 2020 13
އަންއެމްޕްލޯއިމަންޓް ބެނެފިޓްސްގެ ވަގުތު ޖެހިއްޖެ

ވަޒީފާ ހޯދަން އުޅެ، ވަޒީފާ ނުލިބޭ ފަރާތްތަކަށް ދިނުމަށް ވާހަކަ ދެކެވިފައިވާ އަންއެމްޕްލޯއިންމަންޓް ބެނެފިޓްސްގެ ވަގުތު، ނުމޫސުމުގައި މިވަނީ ބޯމަތި ވެފަ އެވެ.

29 މާޗް

March 29, 2020 10
ކޮވިޑް-19: ރާއްޖޭން 13 މީހަކު ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ރާއްޖޭގައި ފަރުވާކުރަމުން އައި 15 މީހުންގެ ތެރެއިން ދެ ދިވެހިން ފިޔަވައި އެންމެންގެ ވެސް ބަލި ރަނގަޅުވެއްޖެ އެވެ.

March 29, 2020 8
ރިސޯޓުތައް ބަންދުވުމުން އިމްޕޯޓު ދަށްވެ ޑޮލަރުގެ އަގު ދަށަށް

ރިސޯޓުތައް ބަންދު ކުރުމާ އެކު، ރާއްޖޭގެ އިމްޕޯޓު ދަށްވެ، ޑޮލަރުގެ އަގު "ކަޅު ބާޒާރުގައި" ދަށްވާން ފަށައިފި އެވެ.

27 މާޗް

March 27, 2020 10
"އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދެވޭނެ"

އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރު ނުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގިޔަސް، ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ގެންދެވިދާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

26 މާޗް

March 26, 2020
ޝައްކުވާ ޓޫރިސްޓެއް ފެނި ކޮއްދިއްޕަރު މޮނިޓަރިންއަށް

މާލެ އަތޮޅުގައި އޮންނަ ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސްގައި ހުރި ޓޫރިސްޓެއްގެ ކިބައިން، ކޮރޯނާވައިރަހުގެ އަލާމާތްތަކެއް ފެނިގެން، އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފި...

March 26, 2020 5
ހަކުރާހުރާ ރިސޯޓު އަނެއްކާ ވެސް ބަންދުކޮށްފި

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއަކު ފެނިގެން ސިނަމަން ހަކުރާހުރާ ރިސޯޓު އަނެއްކާ ވެސް ބަންދުކޮށްފި އެވެ.

25 މާޗް

March 25, 2020 4
މަނަފަރުން ދިވެއްސަކަށް ޝައްކުވެ ރިސޯޓު ބަންދު

ޖޭއޭ މަނަފަރު ރިސޯޓުގެ ދިވެއްސެއްގެ ފަރާތުން ކޮރޯނާވައިރަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސް މިއަދު ބަންދުކޮށްފި އެވެ.

24 މާޗް

March 24, 2020 128
ގެއްލުން ބޮޑު، ރިސޯޓުތައް އޮތީ ބަންދުކުރާ ހާލަތުގައި

މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ޓޫރިޒަމަށް ނުލިބޭ ވަރުގެ ގެއްލުމެއް ކޮވިޑް-19 އާ ގުޅިގެން ލިބޭނެ ކަމަށާއި، ޓޫރިސްޓުން ނާންނާތީ ރިސޯޓުތައް ހުރީ ބަންދުކުރާ ހާލަތުގައި ކަމަށް ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.

March 24, 2020 1
ރީތި ބީޗް އަނެއްކާ ވެސް މޮނިޓަރިންނަށް

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ފެނި ރީތި ބީޗް އަނެއްކާ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

March 24, 2020 21
"ކަރަންޓީނަށް ބޭނުންކުރާ އިރު ރިސޯޓްގެ ކުލި މާފުވާނެ"

ކޮވިޑް-19 އާ ގުޅިގެން މީހުން ކަރަަންޓީނުކުރަން ދޫކުރާ ރިސޯޓްތަަކުގެ ކުލި، އެ ރިސޯޓްތައް ދައުލަތުން ބޭނުންކުރާ މުއްދަތުގައި މާފުވާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

23 މާޗް

March 23, 2020 2
ފެލައިނީއާ ސީދާ ކޮންޓެކްޓްވި 20 މީހުން ދެނެގަނެފި

ރާއްޖޭގައި ޗުއްޓީ ހޭދަކޮށް، ދުބާއީ އަށް ދިޔަ ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެވޭ 20...

March 23, 2020 27
ކޮވިޑް-19: ހަކުރާހުރާ އިން ޝައްކުވި މީހާ ނެގެޓިވް

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނިގެން ސިނަމަން ހަކުރާހުރާ ރިސޯޓުން ޓެސްޓްކުރި މީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ...