26 ނޮވެމްބަރ

November 26, 2019 13
މަރާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލައިފި

ހުޅުމާލެ އިން ސިނަމާލޭ ބްރިޖަށް އަރާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި ކުޑަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި ހައްޔަރުކުރި ބަސް ޑްރައިވަރު ދޫކޮށްލައިފި އެވެ.

13 ނޮވެމްބަރ

November 13, 2019 30
މުޅި އާއިލާ އަށް ކަރުނައިގެ ދުވަހެއް!

ހުޅުމާލޭގެ ސަހަރާގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިން ފާތުމަތު އަންޖުމް ޝަފީގް (އަންޖުމް)ގެ ބައްޕަ، ޝަފީގު މޫސާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު، ކުޑަކުޑަ ކުއްޖަކު އޭނާގެ ބުރަކަށީގައި ފިރުމަމުން ދިޔަ އެވެ. އެއީ ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ދުނިޔެ ދޫކުރި، އަންޖުމް އާ ތިމާގެ ކަމުގެ ގޮތުން ދައްތަ ކިޔާ...

November 13, 2019 76
އެކްސިޑެންޓްވިކަން ބަހުގެ ފަސިންޖަރުންނަކަށް ވެސް ނޭނގޭ

ހުޅުމާލޭގައި ބްރިޖަށް އަރާ މަގުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގިކަން، އެކްސިޑެންޓްވި ބަހުގައި ތިބި އެއްވެސް މީހަކަށް ރޭކާ ވެސް ނުލާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

November 13, 2019 66
ރޭ މަރުވީ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު

މާލޭގައި ދިރިއުޅޭ ފާތިމަތު އަންޖުމް ޝަފީގް، 13، އިއްޔެ އޭނާގެ މަންމައާ އެކު ހުޅުމާލެ އަށް ދިޔައީ އާއިލާ މީހަކާ ބައްދަލުކުރާށެވެ. އެއަށް ފަހު މާލެ އައުމަށް ފެށި ދަތުރުވީ އަންޖުންގެ...

10 އޮކްޓޯބަރ

October 10, 2019 21
ސައިކަލަކުން ވެއްޓި އަންހެނަކު މަރުވެއްޖެ

ނ. ކެނދިކުޅުދޫގައި ސައިކަލަކުން ވެއްޓި ލިބުނު އަނިޔާއެއްގެ ސަބަބުން އަންހެނަކު މިރޭ މަރުވެއްޖެ އެވެ.

14 މެއި

May 14, 2019 8
ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ތ. ތިމަރަފުށީގައި މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުލޭޚާ އަބްދުުލް ޣަނީ އަށް ސްރީ ލަންކާގައި ފަރުވާދެމުން އަންނަނިކޮށް މިރޭ މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ދެންމެ ބުނެފި އެވެ.

09 މެއި

May 09, 2019 9
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ދުއްވާފައު ދިޔަ، އެމްޓީސީސީގެ ބަހެއްގެ ދަށުވެ މީހަކު މަރުވި މައްސަލައިގައި، އެ ބަސް ދުއްވަން އިން ޑްރައިވަރު އިތުރު ހަތް ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

22 ފެބުރުއަރީ

February 22, 2019 23
ދުވެލި މަޑުކުރުމަށް އެދި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް

ސިނަމާލެ ބްރިޖާއި އެއާ ގުޅޭ މަގުތަކުގައި އެކްސިޑެންޓުތައް ހިނގުން އިތުރުވާތީ ދުވެލި މަޑު ކުރުމަށް އެދި އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް މިއަދު ހިންގައިފި އެވެ.

19 ޖެނުއަރީ

January 19, 2019 90
އެކްސިޑެންޓްވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ

މާލޭގެ މާރުކޭޓް ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލަކުން ޖެހި މިއަދު އަނިޔާވި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ މަރުވެއްޖެ އެވެ.

31 ޑިސެމްބަރ

December 31, 2018 10
މާމެންދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ގއ. މާމެންދޫގައި މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާން ފިރިހެނަކު މަރުވެއްޖެ އެވެ.

24 ޖުލައި

July 24, 2018 16
ޖަޒްލާން މަރުވީ އެހެން އުޅަނދެއްގައި ޖެހިގެންނެއް ނޫން

ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވީ، އޭނާ ދުއްވި ސައިކަލު ބަމްޕަރެއްގެ މަތިން ކަހާލައިގެން ވެއްޓި ކަމަށާއި އެއީ އެހެން އެއްވެސް އުޅަނދެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއް ނޫން ކަމަށް ފުލުސްް އޮފީހުން ބުނެފި އެވެ.

10 ޖޫން

June 10, 2018 28
މަރުވި ޒުވާނާ އަށް އަވަސް ފަރުވާ ދިނިން: އާސަންދަ

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި މަރުވި މީހާގެ މައުލޫމާތު އޮޅުން ނުފިލައިގެން، މެމޯ ނުހެދި ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވި ކަމަށް ބުނާ ވާހަކަ ހުޅުމާލޭ ހޮސްޕިޓަލުން މިއަދު...

June 10, 2018 90
މަރުވި ޒުވާނާ އަށް ފަރުވާ ލަސްވީ މެމޯއެއް ނުހެދިގެން

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި މަރުވި ޒުވާނާގެ މައުލޫމާތު ދޭނެ މީހަކު ނެތިގެން އޭނާގެ މެމޯ ނުހެދި، ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވެގެން ދިޔަ ކަމަށް މަންޒަރު ދުށް މީހަކު...

09 ޖޫން

June 09, 2018 155
ހުޅުމާލޭގެ އެކްސިޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެ

ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސްވި ދެ ޒުވާނުންގެ ތެރެއިން އުމުރުން 24 އަހަރުގެ މީހާ ދެންމެ މަރުވެއްޖެ އެވެ.

27 މެއި

May 27, 2018 42
ދެ ޒުވާނުންގެ މަރާއެކު ހޮޅުދު އަށް ހިތްދަތިކަން

އިރުފުށި ރިސޯޓުގެ ދޯންޏެއްގައި މަސައްކަތް ކުރާ، ނ. ހޮޅުދޫ ވިނަރެސް، އަހުމަދު އަދީލް 26، އޭނާގެ ރަށަށް އިއްޔެ ދިޔައީ ލިބުނު ޗުއްޓީ ދުވަހު އާއިލާ އާއި ގާތް އެކުވެރިންގެ ގާތުގައި ހޭދަކުރާށެވެ. އެ ރަށުގައި އަދީލްގެ އެންމެ ގާތް އެކުވެރިއަކީ އެ ރަށު ގުލްދަސްތާގޭ ހުސްނާ މުހައްމަދު، 26، އެވެ.

20 މާޗް

March 20, 2018 28
ހުޅުމާލޭގެ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ހުޅުމާލޭގެ މަގެއްގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އިއްޔެ ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ވި މީހާ ރޭ މަރުވެއްޖެ އެވެ.

16 މާޗް

March 16, 2018
ގައްދޫ އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ގދ. ގައްދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

15 މާޗް

March 15, 2018 2
އެކްސިޑެންޓުގައި އަނިޔާވި 80 އަހަރުގެ މީހާ މަރުވެއްޖެ

ގދ. ގައްދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި، އުމުރުން 80 އަހަރުގެ ފިރިހެންމީހާ މީގެ އިރުކޮޅެއް ކުރިން މަރުވެއްޖެ އެވެ.

10 މާޗް

March 10, 2018 54
އައްޑޫގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫ ލިންކް ރޯޑުގައި މީގެ އިރުކޮޅެއް ކުރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.

02 ޖެނުއަރީ

January 02, 2018
ޕިކަޕް ޑްރައިވަރުގެ ބަންދަށް ހަ ދުވަސް

އައްޑޫ ލިންކް ރޯޑުގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓުގައި ސައިކަލުގައި ޖެހުނު ޕިކަޕް ދުއްވަން އިން ޑްރައިވަރުގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހަ ދުވަސް އިތުރު ކޮށްދީފި އެވެ.

27 ޑިސެމްބަރ

December 27, 2017 19
އަރުޝާންގެ ކުއްލި މަރު، އައްޑޫ ބަލައިލުމުގެ ދަތުރުގައި

އުމުރުން 13 އަހަރުގެ އަރުޝާން އިބްރާހިމް އައްޑު އަށް އިއްޔެ ދިޔައީ ފުރަތަމަ ފަހަރަށެވެ. ބޭބެއަކާ އެކު އިންޖީނު ދޯންޏެއްގައި އެ ރަށަށް ގޮސް ބޭބެ ދޯނީގައި މަޑުކުރީ އެވެ. މަރަދޫގައި ހުންނަ ރަހުމަތްތެރިޔާގެ ގެ އަށް ހެނދުނު އޭނާ ދިޔައީ ރަހުމަތްތެރިޔާގެ ސައިކަލުގައި އޭނާއާ އެކުގަ އެވެ.

01 ސެޕްޓެމްބަރ

September 01, 2017 22
ހުޅުމާލެ އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު އުމުރުން ދުވަސްވީ މީހާ މިއަދު މަރުވެއްޖެ އެވެ.

22 ޖުލައި

July 22, 2017 17
ލ. ގަމުގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

ލ. ގަމުގެ ލިންކް ރޯޑުގައި ދެންމެ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.