26 މެއި

May 26, 2020 1
އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް

ފުވައްމުލަކުގައި މިއަދު ހަވީރު ދެ ސައިކަލް އެކްސިޑެންޓުވެ، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

16 މާޗް

March 16, 2020 3
ފުވައްމުލަކު އެކްސިޑެންޓްގައި ޒަހަމްވި އެކަކު މަރުވެއްޖެ

ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހު ދެ ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް ރޭ މަރުވެއްޖެ އެވެ.

04 އޮކްޓޯބަރ

October 04, 2019 8
އައްޑޫ އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ

ސ. މަރަދޫފޭދޫގައި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ މިއަދު މަރުވެއްޖެ އެވެ.

29 ސެޕްޓެމްބަރ

September 29, 2019 1
އައްޑޫގައި އެކްސިޑެންޓްވި މީހާ އަންނަނީ ރަނގަޅުވަމުން

ސ. މަރަދޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2019 2
އައްޑޫގައި އެކްސިޑެންޓުވި މީހާގެ ހާލަތަށް ބަދަލެއް ނާދޭ

ސ. މަރަދޫފޭދޫގައި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.

05 ސެޕްޓެމްބަރ

September 05, 2019 30
އައްޑޫގައި ސައިކަލުން ވެއްޓުނު މީހާ މަރުވެއްޖެ

މިދިޔަ އާދީއްތަ ދުވަހު އައްޑޫ ހިތަދޫ ސަރަހައްދީ ބަނދަރަށްދާ ކޯޒްވޭ މަތިން ސައިކަލާ އެކު ވެއްޓި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު މީހާ ފަރުވާ ދެނިކޮށް އައިޖީއެމްއެޗުގައި މިއަދު މަރުވެއްޖެ އެވެ.

03 ޖޫން

June 03, 2019 30
އެކްސިޑެންޓްތައް ގިނަވުމުން ޚާއްސަ ޑޮކްޓަރަކު ހޯދަނީ

މާލެ އާއި އަތޮޅުތަކުގައި މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެ، ބޮލަށް ލިބޭ އަނިޔާތައް އިތުރުވެފައިވާތީ އައިޖީއެމްއެޗަށް ނާރުގެ އޮޕަރޭޝަން ޑޮކްޓަރަކު ހޯދަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) މިއަދު ވިދާޅުވެއްޖެ އެވެ.

13 މެއި

May 13, 2019
އެކްސިޑެންޓްވި ޒުވާނާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ކުޑަކުއްޖަކު ގޮވައިގެން އިއްޔެ ހަވީރު ސައިކަލް ދުއްވަން ނުކުމެ އުޅެނިކޮށް އެކްސިޑެންޓްވި ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

24 މާޗް

March 24, 2019 5
މާލޭގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެ

މާލޭގައި ރޭ ދަންވަރު އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާ ވެއްޖެ އެވެ.

20 ޖެނުއަރީ

January 20, 2019 60
މަރަށް ތެޅުނު އިރު ފޮޓޯ ނަގަން ތިބުމުން ފާޑުކިޔަނީ!

އެކްސިޑެންޓްވެ، ފުނޑުފުނޑުވެފައިވާ ސައިކަލުން ވެއްޓިފައި އޮތް ޒުވާނާ އޮތީ މަރަށް "ތެޅިތެޅި" އެވެ. އެތައް ޒަހަމުތަކަކާ އެކު އޮތް އެ ޒުވާނާ ފުންނޭވާލަމުން ދަނީ އެވެ. އޭނާ ވަށައިގެން ގިނަ ބަޔަކު ތިބިއިރު އެ މީހުން ބިޒީވެފައި ތިބީ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގަ އެވެ.

19 ޖެނުއަރީ

January 19, 2019 90
އެކްސިޑެންޓްވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ

މާލޭގެ މާރުކޭޓް ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލަކުން ޖެހި މިއަދު އަނިޔާވި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ މަރުވެއްޖެ އެވެ.

07 ޖެނުއަރީ

January 07, 2019 81
ޕެލެޓެއްގައި ތާށިވެ އަންހެނެއްގެ ފައި ބިނދިއްޖެ

މާލޭ މަގެއްގައި ބާއްވާފައި އޮތް ޕެލެޓަކަށް އެރި ފައި ތާށިވެ، އަންހެނެއްގެ ފައި އިއްޔެ ރޭ ބިނދިއްޖެ އެވެ.

21 ނޮވެމްބަރ

November 21, 2018 5
ލ.ގަމު އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

ލ. އަތޮޅު ލިންކް ރޯޑުގައި މި މަހުގެ ފަސް ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނާ އަށް ފަރުވާ ދެމުން އަންނަނިކޮށް އައިޖީއެމްއެޗުގައި މިއަދު މަރުވެއްޖެ އެވެ.

09 އޯގަސްޓް

August 09, 2018 16
ހުޅުމާލޭ އެކްސިޑެންޓެއްގަ މީހަކަށް ސީރިއަސް އަނިޔާތަކެއް

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިިއްޖެ އެވެ.

24 ޖެނުއަރީ

January 24, 2018
ގަމު އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ލ. ގަމުގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2017 7
ސައިކަލަކުން ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ

މާލޭގައި ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

22 އޮކްޓޯބަރ

October 22, 2017 1
އަނިޔާވި ފުލުސްމީހާ ފަރުވާއަށް އިންޑިޔާއަށް ފޮނުވާލައިފި

ގއ. ވިލިނގިލީގައި ގެނބުނު ދެމަފިރިން ސަލާމަތްކުރަން ދަނިކޮށް ހިނގި އެކްސިޑެންޓުގައި އަނިޔާވި ފުލުސްމީހާ އިތުރު ފަރުވާއަށް އިންޑިޔާ އަށް އިއްޔެ ފޮނުވާލައިފި އެވެ.

19 އޮކްޓޯބަރ

October 19, 2017 4
އެކްސިޑެންޓުވި ފުލުސްމީހާގެ ހާލު ސީރިއަސް

ގއ. ވިލިނގިލީގައި އިއްޔެ ގެނބުނު ދެމަފިރިން ސަލާމަތް ކުރަން ދަނިކޮށް ހިނގި އެކްސިޑެންޓުގައި އަނިޔާވި ފުލުސްމީހާގެ ހާލު ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް ބޭރަށް ގެންދަން ޑޮކްޓަރު ލަފާދީފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

23 ޖޫން

June 23, 2017 1
އައްޑޫގައި އެކްސިޑެންޓްވި ދެ މީހުން މާލެ ފޮނުވާލައިފި

އިއްޔެ ހަވީރު އައްޑޫ ހިތަދޫ ބޮޑުމަގުގައި ހިނގި އެކްސިޑެންޓެއްގައި ބޮލަށް ގެއްލުންތަކެއްވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ފަރުވާ ދެމުން އައި ދެ މީހުން ރޭ ދަންވަރުގެ ވަގުތެއްގައި އިތުރު ފަރުވާ އަށް މާލެ ފޮނުވާލައިފި އެވެ.

17 ޖޫން

June 17, 2017 3
ފުވައްމުލަކު އެކްސިޑެންޓުގައި ހާލުބޮޑުވި މީހާ އައްޑުއަށް

ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެެންޓުގައި އަނިޔާވެގެން އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހާ އިތުރު ފަރުވާ އަށް މާލެ ގެންނަން މަތިންދާބޯޓު ނައްޓާލި ފަހުން ހާލު ސީރިއަސްވުމުން އަލުން ފުވައްމުލަކަށް ޖައްސައި، އައްޑޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ނިންމައިފި އެވެ.