24 މާޗް

March 24, 2019 5
މާލޭގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެ

މާލޭގައި ރޭ ދަންވަރު އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާ ވެއްޖެ އެވެ.

March 24, 2019 46
ހެލްމެޓް އެޅިދާނެ، ބާރަށް ދުއްވުން ހުއްޓުވައިދޭނަންތަ؟

އަހަރެމެންގެ ތެރޭގައި ހިނގާ އެކި ކަންކަމާ ގުޅިގެން ފިޔަވަޅު އަޅާއިރު އަބަދުވެސް ފާހަގަވާ އެއް ކަމެއް އޮންނާނެ އެވެ. އެއީ އެ ކަމެއް ހިނގަން މެދުވެރިވާ ސަބަބު ނައްތާލުމުގެ...

21 މާޗް

March 21, 2019 5
ހައިވޭގެ އެކްސިޑެންޓަކަށް ފިޔަވަޅު އަޅަން ފޮނުވައިފި

މިދިޔަ މަހު ސިނަމާލޭ ބްރިޖް ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް އެކްސިޑެންޓުންވެ، ފުނޑުފުނޑުވި މައްސަލަ ފުލުހުން ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ފޮނުވައިފި އެވެ.

20 މާޗް

March 20, 2019
ލޯބިވާ ވަރު ޓެސްޓްކުރަން އުޅެނިކޮށް އެކްސިޑެންޓްވެއްޖެ

ޗައިނާ މީހަކު އޭނާގެ އަނބިމީހާ ލޯބިވާ ވަރު ޓެސްޓްކުރަން އުޅެން ހަދައިގެން އެކްސިޑެންޓުވެ ޒަހަމްވެއްޖެ އެވެ.

17 މާޗް

March 17, 2019 15
ބާރަށް ދުއްވައިގެން ފިޔަވަޅުއެޅީ އެންމެ އުޅަނދަކަށް

ގަވައިދާ ހިލާފަށް ބާރަށް ވެހިކަލް ދުއްވައިގެން މިދިޔަ ހަފުތާގައި ފިޔަވަޅު އެޅީ އެންމެ ވެހިކަލަކަށް ކަމަށް ފުލުހުންގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

15 މާޗް

March 15, 2019 4
ތިމަރަފުށީގައި ދެ މީހަކު ތިބި ވޭނެއް ފުރޮޅާލައިފި

ތ. ތިމަރަފުށީގައި ދެ މީހަކު ދަތުރު ކުރަމުންދިޔަ ވޭނެއް މިއަދު ފުރޮޅާލައިފި އެވެ.

14 މާޗް

March 14, 2019 7
ޒުލޭހާ އަދިވެސް ހެއެއް ނާރާ: އާއިލާ

ތ. ތިމަރަފުށީގައި އަންގާރަ ދުވަހު ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުލޭޚާ އަބްދުުލް ޣަނީގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ. އެކަމަކު އޭނާ އަދިވެސް ހެއެއް ނާރަ އެވެ.

13 މާޗް

March 13, 2019 21
ޓެކްސީއެއްގެ ފުރޮޅު ދަށުވެ މީހެއްގެ އިނގިލި ޗިސްވެއްޖެ

ބޭންކް އޮފް ސިލޯން ކައިރިން މަގު ހުރަސް ކުރަން އުޅެނިކޮށް ޓެކްސީއެއްގެ ފުރޮޅު ދަށުވެ މީހެއްގެ ފައިގެ ބޮޑުވައި އިނގިލި މިއަދު ޗިސްވެއްޖެ އެވެ.

March 13, 2019 8
ތިމަރަފުށީ ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި

ތ. ތިމަރަފުށީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ވޭން ދުއްވަން އިން މީހާގެ ލައިސެންސް ވަގުތީކޮށް ހިފަހައްޓައިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

March 13, 2019 10
ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ ކޯމާއެއްގައި

ތ. ތިމަރަފުށީގައި އިއްޔެ ހިނގި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު އަންހެން މީހާގެ ހާލު ސީރިއަސްވެ، އޭނާ އޮތީ ކޯމާއެއްގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

12 މާޗް

March 12, 2019 13
ހުޅުމާލޭގައި ކްރޭނެއްގެ ބުޅިގަނޑު ވޭނެއްގެ ތެރެއަށް!

ހުޅުމާލޭގައި ކްރޭނެއްގެ ބުޅިގަނޑު ވޭނެއްގެ ތެރެއަށް ވަދެ ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފި އެވެ. އެކަމަކު އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.

March 12, 2019 3
ވޭނެއްގައި ޖެހި އަންހެނަކަށް ސީރިއަސް ޒަހަމްތަކެއް

ތ. ތިމަރަފުށީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ޒަހަމްތަކެއް ލިބިއްޖެ އެވެ.

09 މާޗް

March 09, 2019 5
ފުވައްމުލަކުގަ އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެއްޖެ

ފުވައްމުލަކުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

01 މާޗް

March 01, 2019 11
އެކްސިޑެންޓެއްގައި، މާބަނޑު މީހަަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މަގު ހުރަސްކުރި މާބަނޑު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި އޭނާ އަށް އަނިޔާވެއްޖެ އެވެ.

March 01, 2019 77
ހެލްމެޓުގެ ޝަރުތުތައް ހާމަކޮށްފި

މި މަހުގެ 10 އިން ފެށިގެން، ސިނަމާލެ ބްރިޖާއި ހައިވޭގައި ހެލްމެޓް އަޅަން މަޖުބޫރުކޮށްފައިވާއިރު، އަޅަން ޖެހޭ ހެލްމެޓުގެ ޝަރުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި...

28 ފެބުރުއަރީ

February 28, 2019 24
ޒިންމާ އަދާނުކުރަންޏާ އެކްސިޑެންޓު މަދު ނުވާނެ: އައިޝާ

ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާނުކުރާ ނަމަ އެކްސިޑެންޓުތައް މަދު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

22 ފެބުރުއަރީ

February 22, 2019 23
ދުވެލި މަޑުކުރުމަށް އެދި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް

ސިނަމާލެ ބްރިޖާއި އެއާ ގުޅޭ މަގުތަކުގައި އެކްސިޑެންޓުތައް ހިނގުން އިތުރުވާތީ ދުވެލި މަޑު ކުރުމަށް އެދި އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް މިއަދު ހިންގައިފި އެވެ.

February 22, 2019 52
ބްރިޖްގައި އެކްސިޑެންޓުވެ މީހެއްގެ ކޮނޑުހުޅު ނެއްޓިއްޖެ

ސިނަމާލެ ބްރިޖުގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ކޮނޑުހުޅު ނެއްޓި، އިތުރު ބަޔަކަށް މިއަދު އަނިޔާވެއްޖެ އެވެ.

February 22, 2019 32
އަނިޔާ އާއި ގެއްލުންދީފައި މިނިވަންކަން މަތީ!

ކަފިހިހުރަސް މަތިން ހުރަސްކުރަނިކޮށް ކާރުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބި އެ އަންހެން މީހާ އެ ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި މަރާ ހަނގުރާމަކުރަމުންނެވެ. އެންމެ 18 މަހުގެ...

21 ފެބުރުއަރީ

February 21, 2019 11
މާލެ ސަރަހައްދަށް ބަހާނީ 2،500 ހެލްމެޓް

ހިލޭ ހެލްމެޓް ބެހުމުގެ ޕްރޮގްރާމުގައި މާލެ ސަރަހައްދަށް ބަހާނީ 2،500 ހެލްމެޓް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ބުނެފި އެވެ.

February 21, 2019 2
ހެލްމެޓް ދޫކުރާ ޕްރޮގްރާމް ހޮނިހިރު ދުވަހު ފަށަނީ

އާންމުންނަށް ހެލްމެޓު ބަހަން ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދާ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

20 ފެބުރުއަރީ

February 20, 2019 35
ހިލޭ ބަހާ ހެލްމެޓް ލިބޭނީ ކޯހެއް ފުރިހަމަކުރުމުން: މިނިސްޓަރު

އަންނަ މަހުގެ 10 ން ފެށިގެން ސިނަމާލެ ބްރިޖާއި އެއާ ގުޅޭ ހައިވޭގައި ހެލްމެޓް އަޅަން މަޖުބޫރު ކޮށްފައިވާއިރު، ސަރުކާރުން ހިލޭ ބަހަން ނިންމާފައިވާ ހެލްމެޓް ލިބޭނީ ކުރު ކޯހެއް ފުރިހަމަކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.

18 ފެބުރުއަރީ

February 18, 2019 25
ބްރިޖާއި ހައިވޭގައި ފުލުހުން ޗެކް ޕޮއިންޓްތައް ހަދައިފި

ސިނަމާލެ ބްރިޖާއި ހައިވޭގައި ފުލުހުންގެ ޗެކްޕޮއިންޓްތައް ހަދައި، އެ މަގުން ދުއްވާ ވެހިކަލްތައް ބަލާ ފާސްކުރަން ފަށައިފި އެވެ.

17 ފެބުރުއަރީ

February 17, 2019 29
ޓެކްސީ ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަނީ

ސެނަހިޔާ ހޮސްޕިޓަލު ކައިރިން ކަފިހިހުރަހަކުން މަގު ހުރަސްކުރަން އުޅެނިކޮށް އެކްސިޑެންޓުވި އުމުރުން 46 އަހަރުގެ އަންހެނެއްގެ ގައިގައި ކާރަކުން ޖެހުނު މައްސަލައިގައި ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

16 ފެބުރުއަރީ

February 16, 2019 2
އެކްސިޑެންޓާ ގުޅިގެން ޕްރިންސް ފިލިޕަށް ދައުވާއެއް ނެތް

މިދިޔަ މަހުގެ 17 ވަނަ ދުވަހު ކާރު ދުއްވަވަމުން، އޯވަޓޭކް ކުރައްވަން އުޅުމުގެ ތެރޭގައި އެހެން ކާރަކާ އެކްސިޑެންޓްވެ، ބަޔަކަށް އަނިޔާވި މައްސަލާގައި، އިނގިރޭސި ރާނީ ކްއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕަށް ދައުވާ ނުކުރަން ނިންމައި އެވެ.

14 ފެބުރުއަރީ

February 14, 2019 9
އެކްސިޑެންޓްގައި އަނިޔާވި މީހާ އަންނަނީ ރަނގަޅުވަމުން

ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް، މަޑުނުކޮށް ދިޔަ ކާރަކުން ޖެހި ބޮލަށް އަނިޔާވި އަންހެން މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެ އެވެ.

13 ފެބުރުއަރީ

February 13, 2019 99
އެހެން ވެހިކަލްތައް މަޑުކުރި، ޓެކްސީ އައީ ދުންޖަހާފައި

އިއްޔެ އިރުއޮއްސުނު ވަގުތު އެ ދެ އެކުވެރިން ގެއަށް ދިޔައީ ސައިކަލް ދުއްވަން ދަސްކުރަން އުޅުމަށް ފަހު އެވެ. އެކަމަކު ދެން ކުރިމަތިވީ ފަރުވާތެރިކަމެއް ނެތި ދުއްވި ޓެކްސީ ޑްރައިވަރެއްގެ ސަބަބުން ދިމާވި ނުރައްކާތެރި އެކްސިޑެންޓެވެ. ލިބުނު އަނިޔާ ސީރިއަސްކަމުން އޭގެ ތެރެއިން އެއް އަންހެނަކު އޮތީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

12 ފެބުރުއަރީ

February 12, 2019 116
ކަފިހި ހުރަސްމަތިން އެކްސިޑެންޓުވެ މީހަކު ސީރިއަސްވެއްޖެ

ސެނެހިޔާ ކަައިރީ ހުރި ކަފިހި ހުރަހުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެމީހާ އަށް ސީރިއަސް އަނިޔާތަކެއް މިރޭ ލިބިއްޖެ އެވެ.