24 ޖުލައި

July 24, 2016
އޮލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑްކުރަނީ

ލަންޑަން (ޖުލައި 24) - މަނާ ބޭހަށް އެތުލީޓުން ޓެސްޓުކުރުމުގައި އޮޅުވާލާފައިވާތީ ރަޝިއާގެ އެއްވެސް އެތުލީޓަކަށް އަންނަ މަހު ބްރެޒިލްގައި ފަށާ ރިއޯ އޮލިމްޕިކްސްގައި ބައިވެރިނުވެވޭ ގޮތަށް އަދަބުދޭން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

10 ޖުލައި

July 10, 2016
ރަޝިޔާ އިން ވެސް އެމެރިކާގެ ޑިޕްލޮމެޓުން ފޮނުވާލައިފި

މޮސްކޯ (ޖުލައި 10) - ރަޝިޔާ އެމްބަސީގެ ދެ ޑިޕްލޮމެޓުން ވޮޝިންޓަނުން ފޮނުވާލާފައި ވަނިކޮށް އެމެރިކާގެ ދެ ޑިޕްލޮމެޓުން މޮސްކޯ އިން ވެސް ފޮނުވާލައިފި އެވެ.

08 ޖުލައި

July 08, 2016 1
މީހަކު ގަހެއްގައި މަރުވެފައި އިންނަތާ އަށް މަސް

ދިގު ގަހަކަށް އަރައި އުޅެނިކޮށް، ގަހުގައި އޮވެ މަރުވެ ހިކިފައި އޮތް މީހަކު ރަޝިޔާއިން ފެނިއްޖެ އެވެ.

28 ޖޫން

June 28, 2016 1
ވައްޓާލި ރަޝިޔާގެ ބޯޓަށް ބަދަލުދޭން ތުރުކީ ތައްޔާރު

އަންކާރާ (ޖޫން 28) - ސީރިއާގައި ހަރަކާތްތެރި ވަނިކޮށް މިދިޔަ ނޮވެމްބަރު މަހު ވައްޓާލި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓަށް "ބޭނުންވެއްޖެ ނަމަ" ބަދަލު ދޭން ތައްޔާރު ކަމަށް ތުރުކީން ބުނެފި އެވެ.

27 މެއި

May 27, 2016
ސަސްޕެންޝަންގައި ހުރި ޝަރަޕޯވާ ޓީމުގައި ހިމަނައިފި

މޮސްކޯ (މޭ 27) - މަނާ ބޭސް ބޭނުން ކުރުމުން ސަސްޕެންޑްކޮށްފައިވާ ރަޝިއާގެ އަންހެން ޓެނިސް ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ، އަންނަ އޮގަސްޓް މަހު ރިއޯގައި އޮންނަ އޮލިމްޕިކްސްގައި ވާދަކުރާ ރަޝިއާގެ ޓެނިސް ޓީމުގައި ހިމަނައިފި އެވެ.

22 މެއި

May 22, 2016
އެމްއެޗް17: ޕޫޓިންގެ އަތުން ބަދަލު ހޯދަނީ

ޔޫކްރެއިންގެ ވައިގެ ސަރަހައްދުން ދަތުރު ކުރަނިކޮށް 2014 ވަނަ އަހަރު ވައްޓާލި މެލޭޝިއަން އެއާލައިންސް އެމްއެޗް17 މަތިންދާބޯޓުން ދަތުރުކުރި ފަސިންޖަރުންގެ އާއިލާތަކުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ރަޝިޔާ ސަރުކާރުގެ ފަރާތުން ބަދަލު ހޯދުމަށް ހެދި ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓަށް ހުށަހަޅައިފި އެވެ.