31 މާޗް

March 31, 2018 2
23 ގައުމެއްގެ ޑިޕްލޮމެޓުން ރަޝިޔާ އިން ފޮނުވާލަނީ

މޮސްކޯ (މާޗް 31) - އިނގިރޭސި ވިލާތުގައި ރަޝިޔާގެ ކުރީގެ ޖާސޫސަކަށް ވިހަ ދިން މައްސަލާގައި ރަޝިޔާ އަށް ކުރާ ތުހުމަތުގައި ބައެއް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން 23 ގައުމެއްގެ ޑިޕްލޮމެޓުން ރަޝިޔާ އިން ފޮނުވާލަން ނިންމައިފި އެވެ.

30 މާޗް

March 30, 2018
ކުރީގެ ޖާސޫސްގެ ދަރިފުޅު ހޭ އަރާ ވާހަކަ ދައްކަން ފަށައިފި

ލަންޑަން (މާޗް 30) - އިނގިރޭސި ވިލާތުގައި ވިހަ ދީގެން ހާލު ދެރަވި ރަޝިޔާގެ ކުރީގެ ޖާސޫސް ސާގީ ސްކްރިޕަލްގެ އަންހެން ދަރިފުޅު ޔޫލިއާ ސްކްރިޕަލްގެ ހާލު ރަނގަޅުވެ އޭނާ މިހާރު ވާހަކަ...

March 30, 2018
އެމެރިކާގެ 60 ޑިޕްލޮމެޓުން ރަޝިޔާ އިން ބޭރުކޮށްލައިފި

މޮސްކޯ (މާޗް 30) - އެމެރިކާގެ 60 ޑިޕްލޮމެޓުން ރަޝިޔާ އިން ފޮނުވާލާ ސެއިންޓް ޕީޓާސްބާގުގައި ހުންނަ ކޮންސިއުލޭޓް ބަންދު ކުރަން ނިންމައިފި އެވެ.

26 މާޗް

March 26, 2018 2
ރަޝިޔާގެ 60 ޑިޕްލޮމެޓުން އެމެރިކާ އިން ފޮނުވާލަނީ

ވޮޝިންޓަން (މާޗް 26) - ރަޝިޔާގެ 60 ޑިޕްލޮމެޓުން އެމެރިކާ އިން ބޭރު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

March 26, 2018 1
ރަޝިޔާާގެ ޝޮޕިން މޯލުގައި ރޯވި އަލިފާނުގައި 48 މަރު

މޮސްކޯ (މާޗް 26) - ރަޝިޔާގެ ސަރަހައްދެއް ކަމަށްވާ ސައިބީރިއާގެ ބޯޓުދެލި ނަގާ ސިޓީއެއް ކަމަށްވާ ކެމެރޮވޯގެ ޝޮޕިން މޯލެއްގައި ރޯވި އަލިފާނުގައި މިހާތަނަށް 48 މީހުން މަރުވެއްޖެ އެވެ.

25 މާޗް

March 25, 2018 3
ރާޖަޕަކްސާގެ ދަރިކަލުން އެމެރިކާ އަށް ވަނުން މަނާކޮށްފި

މޮސްކޯ (މާޗް 25) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން އަދި ޕާލަމެންޓުގެ އިދިކޮޅު ލީޑަރު ނަމާލް ރާޖަޕަކްސާ އެމެރިކާ އަށް ވަޑައިގަތުން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

23 މާޗް

March 23, 2018 2
ތާލިބާނުންނަށް ރަޝިޔާ އިން ހަތިޔާރު ދޭ: އެމެރިކާ

ކާބުލް (މާޗް 23) - ތާލިބާނުންނަށް ރަޝިޔާ އިން ހަތިޔާރުގެ ގޮތުން އެހީވަމުންދާ ކަމަށް އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ވެރިޔާ ޖެނެރަލް ޖޯން ނިކޯލްސަން ވިދާޅުވެއްޖެ އެވެ.

19 މާޗް

March 19, 2018 1
އެމްއެޗް17 ވައްޓާލި ކަމަށް ބުނާ ޕައިލެޓް މަރުވެއްޖެ

ކިއޭވް (މާޗް 19) - މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް17 އަށް މިސައިލް ހަމަލާދީ 2014 ވަނަ އަހަރު ވައްޓާލި ކަމަށް ރަޝިޔާ އިން ބުނާ ޔުކްރޭނުގެ ޕައިލެޓް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

March 19, 2018
ވިހަ ދިން މައްސަލަ ބައިނަލްއަގުވާމީ ޓީމަކުން ތަހުގީގުކުރަނީ

ލަންޑަން (މާޗް 19) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ އަށް ދިން ނާވް އެޖެންޓް ބައިނަލްއަގުވާމީ ޓީމަކުން ތަހުގީގު ކުރާ...

March 19, 2018 4
ބޮޑު ތަފާތަކުން ޕުޓިން ހަތަރު ވަނަ ދައުރަކަށް

މޮސްކޯ (މާޗް 19) - ރަޝިޔާގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ލަޑިމިއާ ޕުޓިން ކާމިޔާބު ކުރައްވައިފި އެވެ.

18 މާޗް

March 18, 2018
ބަތަލާ ޝްރިޔާ ސަރަން ކައިވެނިކޮށްފި

ބޮލީވުޑްގެ ފިލްމްތަކުން ވެސް ފެންނަ އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ޝްރިޔާ ސަރަން ކައިވެނިކޮށްފި އެވެ.

17 މާޗް

March 17, 2018 1
ރަޝިޔާއިން ވެސް އިނގިރޭސި 23 ޑިޕްލޮމެޓުން ފޮނުވާލަނީ

މޮސްކޯ (މާޗް 17) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ރަޝިޔާ އިން ވިހަ ދިން ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަވަސްކަމުގައި އިނގިރޭސިވިލާތުގެ 23 ޑިޕްލޮމެޓުން ރަޝިޔާ އިން ފޮނުވާލަން ނިންމައިފި އެވެ.

14 މާޗް

March 14, 2018
ރަޝިޔާގެ 23 ޑިޕްލޮމެޓުން އިނގިރޭސިވިލާތުން ބޭރުކުރަނީ

ލަންޑަން (މާޗް 14) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ރަޝިޔާ އިން ވިހަ ދިން ގޮތް ސާފުކޮށްދީފައި ނުވާތީ އެ ގައުމުގެ 23 ޑިޕްލޮމެޓުން އިނގިރޭސި ވިލާތުން ފޮނުވާލަން ނިންމައިފި އެވެ.

13 މާޗް

March 13, 2018 1
ވިހަ ދިނީ ކީއްވެކަން ސާފުކޮށްދޭން ރަޝިޔާއަށް އަންގައިފި

ލަންޑަން (މާޗް 13) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ރަޝިޔާގައި އުފައްދާފައިވާ ނާވް އެޖެންޓެއް ބޭނުންކޮށްފައިވާ ސަބަބު މިއަދުގެ ނިޔަލަށް މޮސްކޯ އިން ސާފުކޮށް ދޭން ޖެހޭނެ ކަމަށް އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ވިދާޅުވެއްޖެ އެވެ.

12 މާޗް

March 12, 2018
ޕަސިންޖާ ބޯޓެއް ވައްޓާލަން ޕުޓިން އެންގެވި

މޮސްކޯ (މާޗް 12) - ދެހާސް ސާދަ ވަނަ އަހަރުގެ ސޮޗީ ވިންޓަ އޮލިމްޕިކްސް ގޭމްސް އަށް އަމާޒުކޮށް ހަމަލާދޭން ބޮމެއް ހިފައިގެން ދަތުރުކުރި މީހަކު އިން ޕަސިންޖާ މަތިންދާ ބޯޓެއް ވައްޓާލަން އެންގެވި ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

11 މާޗް

March 11, 2018
ރަޝިޔާގެ ޖާސޫސް: 240 ހެކިވެރިއަކު ފާހަގަކޮށްފި

ލަންޑަން (މާޗް 11) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ވިހައެއް ދިން މައްސަލާގައި 240 ހެކިވެރިއަކު ފުލުހުން މިހާތަނަށް ފާހަގަކޮށްފައިވާ ކަމަށް ހޯމް ސެކްރެޓަރީ ވިދާޅުވެއްޖެ އެވެ.

08 މާޗް

March 08, 2018 1
ޖާސޫސް މަރާލަން ވަނީ ނާވް އެޖެންޓެއް ބޭނުންކޮށްފައި

ލަންޑަން (މާޗް 8) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ވަނީ ނާވް އެޖެންޓެއް ބޭނުންކޮށްފައި ކަމަށް އިނގިރޭސި ވިލާތުގެ ފުލުހުން ބުނެފި އެވެ.

06 މާޗް

March 06, 2018 2
ރަޝިޔާގެ ބޯޓެއް ސީރިއާ އަށް ވެއްޓި 32 މަރު

ދިމިޝްގު (މާޗް 6) - ރަޝިޔާގެ ޓްރާންސްޕޯޓް މަތިންދާ ބޯޓެއް ސީރިއާ އަށް ވެއްޓި 26 ޕަސިންޖަރުންނާއި ހަ ފަޅުވެރިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

27 ފެބުރުއަރީ

February 27, 2018
އީރާނާ ދެކޮޅަށް ފާސްކުރަން އުޅުނު ގަރާރު ރަޝިޔާއިން ވީޓޯކޮށްފި

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 27) - އީރާނާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި އެވެ.

25 ފެބުރުއަރީ

February 25, 2018
އާއިލާ މަރާލަން ހަވާލުކުރެވުނީ ފުލުހުންނާ

ރަޝިއާގެ ސޯކީގައި، އުމުރުން 22 އަހަރުގެ ފިރިހެނަކު އޭނާގެ މުއްސަނދި މައިންބަފައިންނާއި 10 އަހަރުގެ ކޮއްކޮ މަރާލަން ރާވަނިކޮށް ސިއްރު ފުލުހުން ހުރިހާ ކަމެއް ބޭޒާރުކޮށްލައިފި އެވެ.

11 ފެބުރުއަރީ

February 11, 2018 2
ރަޝިޔާގެ ބޯޓެއް ނައްޓާލި ތަނުން ވެއްޓި އެންމެން މަރުވެއްޖެ

މޮސްކޯ (ފެބްރުއަރީ 11) - ރަޝިޔާގެ ޕަސިންޖާ މަތިންދާ ބޯޓެއް ވެރިރަށް މޮސްކޯގެ ޑޮމޮޑެޑޯވޯ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓި ބޯޓުން ދަތުރުކުރި 71 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

09 ފެބުރުއަރީ

February 09, 2018
ހަށިގަނޑުގައި ދަގަތްފާނުގެ ބާރު ހުންނަ ކުއްޖެއް

އުމުރުން ހަ އަހަރުގެ ކުޑަ ވިކާ ޑަރޯސްކިކް އަކީ ރަޝިޔާގެ މެދުތެރޭގައި އޮންނަ ކިރޯވް އޮބްލާސްޓް ރީޖަންގައިގެ ކޮޓެލްނިޗް އަވަށުގައި ދިރިއުޅޭ ކުއްޖެކެވެ. މި ކުއްޖާއަށް ވަރަށް އާދަޔާ ޚިލާފު ކަމެއް ގުދުރަތީ ގޮތުން ލިބިފައި ވެ އެވެ. ކުއްޖާގެ ހަށިގަނޑުގައި ދަގަނޑު އެއްޗެހި ތަތްވެ އެވެ.

06 ފެބުރުއަރީ

February 06, 2018
ވައްޓާލި ބޯޓުގެ ޕައިލެޓަށް ރަޝިޔާގެ ބަތަލުގެ މެޑަލް

މޮސްކޯ (ފެބްރުއަރީ 6) - ސީރިއާގެ އިދްލީބް ޕްރޮވިންސްގެ މަތިން އުދުހެނިކޮށް ވައްޓާލި ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓުގެ ޕައިލެޓަށް އެ ގައުމުގެ ބަތަލުގެ އެވޯޑް ނުވަތަ ގޯލްޑް ސްޓާ މެޑަލްގެ ޝަރަފު ދީފި އެވެ.

05 ފެބުރުއަރީ

February 05, 2018 1
ބޯޓު ވައްޓާލުމާ ގުޅިގެން ރަޝިޔާގެ ހަމަލާތައް ވަރުގަދަކޮށްފި

ދިމިޝްގު (ފެބްރުއަރީ 5) - ރަޝިޔާގެ ހަނގުރާމަ މަތީ ޖެޓެއް ސީރިއާގެ އިދްލީބަށް ވައްޓާލުމުން ހަނގުރާމަވެރިންނާ ދެކޮޅަށް ރަޝިޔާ އިން ދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފި އެވެ.