09 އެޕްރީލް

April 09, 2017 1
އެމެރިކާ އިން ދަނީ ޓެރަރިޒަމް ގޭމެއް ކުޅެމުން: ރަޝިޔާ

މޮސްކޯ (އެޕްރީލް 9) - އެމެރިކާ އިން ދަނީ "ޓެރަރިޒަމް ގޭމެއް ކުޅެމުން" ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

07 އެޕްރީލް

April 07, 2017 3
ސީރިއާއަށް އެމެރިކާ ހަމަލާދިނުމުން ރަޝިޔާ ރުޅިގަދަވެއްޖެ

މޮސްކޯ (އެޕްރީލް 7) - ސީރިއާ އަށް މިސައިލް ހަމަލާ ދިނުމުން ރަޝިޔާ ރުޅިގަދަވެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

04 އެޕްރީލް

April 04, 2017
ރަޝިޔާގައި ހަމަލާ ދިނީ މެދުތެރޭ އޭޝިއާގެ މީހެއް

މޮސްކޯ (އެޕްރީލް 4) - ރަޝިޔާގެ ޕީޓާސްބާގުގެ ބިމުއަޑީ ރޭލް ސްޓޭޝަނުގައި އެއްޗެއް ގޮއްވާލައިގެން 11 މީހުން މަރާލި ޓެރަރިސްޓް ހަމަލާދީފައި ވަނީ މެދުތެރޭ އޭޝިއާގެ ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

29 މާޗް

March 29, 2017 1
އެމެރިކާ ނުލައި ސީރިޔާގެ ސުލްހައިގެ އެއްބަސްވުމެއް ނެތް

ޖެނީވާ - އެމެރިކާގެ ބައިވެރިވުމާ ނުލައި ސީރިޔާގެ މައްސަލަ ސިޔާސީ ގޮތުން ހައްލު ކުރުމަށް ހަރުދަނާ އެއްބަސްވުމެއް ގާއިމުކުރެވުމަކީ ދުރު ކަމެއް ކަމަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

26 މާޗް

March 26, 2017 1
ލީބިޔާގައި ރަޝިޔާގެ ހިއްސާއާ މެދު އެމެރިކާ ކަންބޮޑުވެ

ލީބިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ރަޝިޔާގެ ބައިވެރިވުން އޮތް ގޮތާ މެދު އެމެރިކާ ހިތްހަމަނުޖެހި ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

22 މާޗް

March 22, 2017
މަންދޫބު ނުހިމަނައި ސުލްހައިގެ ވާހަކަތައް ފަށަނީ

(ޖެނީވާ) ސީރިޔާގެ ސުލްހައިގެ ވާހަކަތައް މާދަމާ ޖެނީވާގައި ފަށާއިރު، އދ.ގެ ޚާއްސަ މަންދޫބު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް އދ. އިން ބުނެފި އެވެ.

March 22, 2017
ސީރިޔާގައި ހަނގުރާމަވެރިންގެ ބާރު ވަނީ ގަދަ

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ތެދުވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު މިހާރު ވެސް ދަނީ ގަދަ ވަމުން ކަމަށް އެ ގައުމުގައި ތިބި ބިދޭސީ ނޫސްވެރިން ބުނެފި...

21 މާޗް

March 21, 2017
ކުރުދީންނަށް އަސްކަރީ މަރުކަޒެއް ނުހަދަން: ރަޝިޔާ

ސީރިޔާގެ އުތުރުގައި އުޅޭ ކުރުދީ ހަނގުރާމަވެރިންނަށް ރަޝިޔާ އިން އަސްކަރީ މަރުކަޒެއް ގާއިމުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރުދީ ހަނގުރާމަވެރިން ބުނާ ބުނުންތައް ރަޝިޔާ އިން ދޮގުކޮށްފި އެވެ.

March 21, 2017
ރަޝިޔާ އަށް ލީބިޔާ މައްސަލަ ހައްލު ކުރެވޭނެތަ؟

ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި މީގެ އަހަރުތަކެއް ކުރިން ރަޝިޔާ ގެންގުޅުނު ސިޔާސަތު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެމެރިކާ އާއި ނޭޓޯ ސިފައިން އިރާގަށް...

March 21, 2017
ވޯޓަށް ރަޝިޔާ ނުފޫޒު ފޯރުވިތޯ އެބަ ބަލަން: އެފްބީއައި

އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާގެ ނުފޫޒެއް ފޯރާފައިވޭތޯ ތަހުގީގުކުރަމުން އަންނަކަން އެފްބީއައި އިން ކޮންގްރެސްގެ ކޮމިޓީއެއްގައި އިއްޔެ ކަށަވަރުކޮށްދީފި އެވެ. މިއީ...

02 މާޗް

March 02, 2017 3
އެޓާނީ ޖެނެރަލް ރަޝިޔާ ސަފީރާ ބައްދަލުކުރިކަމަށް ބުނެފި

ވޮޝިންޓަން (މާޗް 2) - ޓްރަމްޕުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ރަޝިޔާ ސަފީރާ ބައްދަލުކުރި ކަމަށް ސަރުކާރުން ބުނެފި އެވެ.

21 ފެބުރުއަރީ

February 21, 2017 3
މަސައްކަތުގައި އުޅުއްވަނިކޮށް ރަޝިޔާ ސަފީރު އަވަހާރަވެއްޖެ

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 21) - ނިއު ޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މަސައްކަތުގައި އުޅުއްވަނިކޮށް، ރަޝިޔާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިޓަލީ ޗޫރްކިން އަވަހާރަވެއްޖެ އެވެ.

09 ފެބުރުއަރީ

February 09, 2017 3
ރަޝިޔާގެ އިދިކޮޅު ލީޑަރު ވެރިކަމަށް އައުމަށް ހުރަސް

މޮސްކޯ (ފެބްރުއަރީ 9) - ރަޝިޔާގެ އެންމެ އިސް އިދިކޮޅު ލީޑަރު އެލެކްސީ ލެވަލްނީގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނެގިކަމުގެ ކުށް ސާބިތުކޮށް ފަސް އަހަރުގެ ސަސްޕެންޑެޑް ހުކުމެއް އިއްވުމާ ގުޅިގެން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާ އަށް ގެއްލިއްޖެ އެވެ.

07 ފެބުރުއަރީ

February 07, 2017 5
89 އަހަރުގެ އޮޕަރޭޝަން ޑޮކްޓަރު މަސައްކަތުގައި

އުމުރުން ދުވަސްވުމަކީ ކަމެއް ނުކޮށް އެނދުގައި އޮންނަންވީ ކަމަށް ހީވާ ނަމަ އިލިނިޗްނާ ލެވުޝްކިނާ (އާލާ) ގެ ވާހަކަ އަހާށެވެ. އާލާ އަކީ ރަޝިޔާގެ މޮސްކޯގެ މަޝްހޫރު ސާޖަން އެކެވެ. އޭނާގެ އުމުރުން 89 އަހަރު ވެފައި ވިޔަސް މިހާރުވެސް އޭނާ ކޮންމެ ދުވަހަކު ހަތަރު އޮޕަރޭޝަން ކުރެ އެވެ.

20 ޖެނުއަރީ

January 20, 2017 6
ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!

އެމެރިކާގެ ޒައާމަތަށް އަންނަ ކޮންމެ ބަދަލަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އޭގެ އަސަރު ކޮންމެވެސް ގޮތަކުން ފޯރާނެ ކަންކަމެވެ. އެމެރިކާގެ އަމިއްލަ މަސްލަހަތަށް ނިންމާ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ބައެއް ފަހަރު ގެއްލުން ވެސް ލިބިފައި އެބަ ހުއްޓެވެ. ހަރުކަށި ސިޔާސަތެއްގެ ވެރި ޑޮނަލްޑް ޓްރަމްޕު...

17 ޖެނުއަރީ

January 17, 2017
ސުލްހައިގެ ވާހަކަތަކުގައި ހަނގުރާމަވެރިން ބައިިވެރިވާނެ

ރޫސީ ވިލާތާއި ތުރުކީ ވިލާތުގެ ތާއީދާ އެކު ކަޒަކިސްތާނުގައި ބާއްވާ، ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ނިންމައިފި އެވެ.

11 ޖެނުއަރީ

January 11, 2017 1
ސީރިޔާގައި ރަޝިޔާގެ އަސްކަރީ ބާރު ގަދަކުރަނީ

ސީރިޔާގައި ރަޝިޔާ ސިފައިން ހިންގާ އަސްކަރީ ހަރަކާތްތައް މަދުކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް، ރަޝިޔާގެ އަސްކަރީ ހަރަކާތްތައް ސީރިޔާގައި އަނެއްކާ ވަރުގަދަ ކުރަން ފަށައިފި އެވެ.

06 ޖެނުއަރީ

January 06, 2017
ސީރިއާގައި ތިބޭ ރަޝިޔާ ސިފައިން މަދުކުރަން ފަށައިފި

މޮސްކޯ (ޖެނުއަރީ 6) - ސީރިއާގައި ތިބޭ ރަޝިޔާ ސިފައިން މަދުކުރަން ފަށާފައިވާ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ. މި ގޮތުން ސީރިއާ ސަރަހައްދު ދޫކޮށް ފުރަތަމަ ދާނީ ރަޝިޔާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ކަމަށް ވެސް ސިފައިން ބުނެފައިވެ އެވެ.

30 ޑިސެމްބަރ

December 30, 2016
އެމެރިކާ އިން އެޅި ފިޔަވަޅުގެ ބަދަލެއް ނުހިފާނަން: ރަޝިޔާ

މޮސްކޯ (ޑިސެމްބަރު 30) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކޮށްފައިވާ ކަމަށް ބުނެ ރަޝިޔާއާ ދެކޮޅަށް އެޅި ޑިޕްލޮމެޓިކް ހަރުކަށި ފިޔަވަޅުތަކާ އެއްވަރުގެ ރައްދު ބަދަލެއް ދޭން ބޭނުން ނުވާ...

December 30, 2016 5
ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

ވޮޝިންޓަން (ޑިސެމްބަރު 30) - އެމެރިކާގެ ރިޔާސީ އިންތިހާބު ހެކްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ 35 ޑިޕްލޮމެޓުންނާއި އެ މީހުންގެ...

29 ޑިސެމްބަރ

December 29, 2016 5
ހަނގުރާމަ ހުއްޓާލަން ސީރިއާ ސަރުކާރުން އެއްބަސްވެއްޖެ

މޮސްކޯ (ޑިސެމްބަރު 29) - އިދިކޮޅު ހަނގުރާމަވެރިންނާ އެކު ސުލްހަ ގާއިމް ކުރުމަށް ސީރިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

December 29, 2016 3
ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ

ވޮޝިންޓަން (ޑިސެމްބަރު 29) - އެމެރިކާގެ ރިޔާސީ އިންތިހާބު ހެކްކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ރަޝިޔާ އާއި އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު...

December 29, 2016
ރަޝިޔާގެ ބޯޓު ވެއްޓުނީ ފިޔަގަނޑުގެ ޕެނަލަށް މައްސަލަ ދިމާވެގެން

މޮސްކޯ (ޑިސެމްބަރު 29) - ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓެއް ބްލެކް ސީ އަށް ވެއްޓިފައި ވަނީ ބޯޓުގެ ފިޔަގަނޑުގެ ޕެނަލް އަށް ދިމާވި މައްސަލައަކުން ކަމަށް ބޯޓުގެ ފްލައިޓް ރެކޯޑަރުގައި ހުރި...

28 ޑިސެމްބަރ

December 28, 2016 2
ސީރިއާ ހަނގުރާމަ ހުއްޓާލަން ރަޝިޔާ އާއި ތުރުކީ އެއްބަސްވެއްޖެ

އަންކާރާ (ޑިސެމްބަރު 28) - ސީރިއާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ރަޝިޔާ އާއި ތުރުކީން އެއްބަސްވެއްޖެ ކަމަށް ތުރުކީގެ ރަސްމީ މީޑިއާ އިން މިއަދު ބުނެފި އެވެ.

25 ޑިސެމްބަރ

December 25, 2016 2
ވެއްޓުނު ރަޝިޔާގެ ބޯޓުން އެންމެން ވަނީ މަރުވެފައި

މޮސްކޯ (ޑިސެމްބަރު 25) - ރަޝިޔާގެ ރިސޯޓެއް ކަމަށްވާ ސޮޗީ އިން ފުރައިގެން ސީރިއާ އަށް ދަތުރު ކުރަނިކޮށް ބްލެކްސީ އަށް ވެއްޓުނު ބޯޓުގައި ތިބި 92 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ޓީޔޫ-154 މަރުކާގެ މަތިންދާ ބޯޓު ރާޑަރުން ގެއްލުނީ ފުރިތާ 20 މިނިޓް ފަހުން ކަމަށެވެ. ބޯޓުގައި ތިބީ...

December 25, 2016
ގެއްލުނު ރަޝިޔާގެ ބޯޓު ވަނީ ކަނޑަށް ވެއްޓިފައި

މޮސްކޯ (ޑިސެމްބަރު 25) - ރަޝިޔާގެ ރިސޯޓެއް ކަމަށްވާ ސޮޗީ އިން 91 މީހުންނާ އެކު ފުރި އަސްކަރީ މަތިންދާ ބޯޓު ބްލެކްސީ އަށް ވެއްޓިފައިވާ ކަމަށް މީޑިއާތަކުން ޚަބަރުދީފި އެވެ.

December 25, 2016
ރަޝިޔާގެ މަތިންދާބޯޓެއް ރާޑަރުން ގެއްލިއްޖެ

މޮސްކޯ (ޑިސެމްބަރު 25) - ބްލެކް ސީގެ ރިސޯޓެއް ކަމަށްވާ ސޮޗީ އިން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ރަޝިޔާގެ މަތިންދާ ބޯޓެއް ރާޑަރުން ގެއްލިފައިވާ ކަމަށް މީޑިއާތަކުން ޚަބަރު ދީފި...

21 ޑިސެމްބަރ

December 21, 2016 14
ރާ ނުލިބިގެން ލޯޝަން ބޮއެގެން 58 މީހުން މަރުވެއްޖެ

މޮސްކޯ (ޑިސެމްބަރު 21) - ރަޝިޔާގައި ރާ ނުލިބިގެން، އެލްކޮހޯލް އަޅާފައިވާ ލޯޝަނެއް ބުއިމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 58 އަށް އަރައިފި އެވެ.