15 މެއި

May 15, 2020 12
އައްޑޫގައި ބައެއް ތަކެތީގެ އަގުބޮޑުކަން ފާހަގަވޭ: މޭޔަރު

އައްޑު އަށް މި ދުވަސްވަރު ގެންނަ ބައެއް ކާބޯތަކެތީގެ އަގުބޮޑުކަން ފާހަގަކުރެވޭ ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.

09 މެއި

May 09, 2020 51
އައްޑޫ 14 ދުވަހަށް ލޮކްޑައުންކޮށްފި

އައްޑޫން ރޭ ދަންވަރު މާލެ ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން 14 ދުވަހުގެ މުއްދަތަށް އައްޑޫ މިއަދު ލޮކްޑައުން ކޮށްފި އެވެ.

21 އެޕްރީލް

April 21, 2020 31
ހިތަދޫ ސްވަރޭޖް ޕަމްޕް ސްޓޭޝަނުގައި "ރޯކޮށްލައިފި"

ސ. ހިތަދޫގެ ފެނަކަ ޕަމްޕް ސްޓޭޝަނުގައި ބަޔަކު ގަސްދުގައި މިއަދު ރޯ ކޮށްލައިފި ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.

17 މާޗް

March 17, 2020 10
ކޮވިޑް-19: ޝައްކު ކުރެވޭ ކުޑަކުއްޖަކު ހިތަދޫން ޓެސްޓް ކުރަނީ

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އައްޑޫ ހިތަދޫގެ ކުޑަކުއްޖެއްގެ ޓެސްޓެއް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

25 ޖެނުއަރީ

January 25, 2020 19
އައްޑޫގެ އަމާޒަކީ އިޔާދަކުރަނިވި ހަކަތަ: މޭޔަރު

އައްޑޫގައި އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، ކަރަންޓްގެ އަގު ހެޔޮކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.

09 އޯގަސްޓް

August 09, 2019 4
ދީމާ އަށް އައްޑޫ ކައުންސިލުން ހާއްސަ ޓްރޮފީއެއް

މިދިޔަ މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް ރަން މެޑެލް ހޯދައި ދިން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީގެ ކާމިޔާބީ ފާހަގަކޮށް، އައްޑޫ ސިޓީ ކައުންސިލުން އޭނާ އަށް ހާއްސަ ޓްރޮފީއެއް ދީފި އެވެ.

26 ޖުލައި

July 26, 2019 3
އުމްރާ ދަތުރު މި ފަހަރު ކައުންސިލްގެ ދެ މުވައްޒަފަކަށް

އައްޑޫ ސިޓީ ކައުންސިލްގެ ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބް (އޭސީސީޑަބްލިއުއާރްސީ) އިން މި ފަހަރު އެ ކައުންސިލްގެ ދެ މުވައްޒަފަކަށް އުމްރާ ދަރުތު ދީފި އެވެ.

19 ޖުލައި

July 19, 2019 81
މިވަގުތު އެންމެ އިސްކަންދޭންވީ ސިޓީ ސްކެއާ އަށް؟!

މިއީ، އައްޑޫގެ ތަރައްގީ އަށް ފެންބޮވައިގެންފައިވާ އެތައް ބަޔަކު މިއަދު އުފައްދާ ބޮޑު ސުވާލެކެވެ. އައްޑޫގެ އެތައް ބައެއްގެ ތާއީދާ އެކު މި ސަރުކާރު ވެރިކަމަށް އައިތާ އަށް މަސް ވީއިރު، ހިތަދޫގައި ހިންގާ އެންމެ ބޮޑު މަޝްރޫއަކަށް އައްޑޫ ސިޓީ ސްކެއާ ނުވަތަ އައްޑޫ ޕާކް ތަރައްގީ ކުރުން އެޖެންޑާ އަށް ލުމަކީ ބައެއް މީހުންނަށް ގަބޫލުކުރެވޭ...

18 ޖުލައި

July 18, 2019 167
އައްޑޫ މޭޔަރުގެ މާޔޫސް ވާހަކަތައް!

އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާ އިއްޔެ ކުރި އިންޓަވިއުގެ ވަރަށް ކުރީކޮޅު ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ އައްޑޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ތަރައްގީގެ ކަންކަމުގައި މާޔޫސް ނުވުމަށެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ އައްޑޫ ރައްޔިތުންގެ ބޮޑު ހިއްސާއަކާ އެކު، އިންތިޚާބުކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި...

15 ޖެނުއަރީ

January 15, 2019 3
އައްޑޫގެ ޓްރާންސްޕޯޓްގެ ހިދުމަތްތައް ކައުންސިލަށް

ކުރިން މީރާ އާއި ހައުސިން މިނިސްޓްރީގެ ދަށުން އައްޑޫގައި ދެމުން ގެންދިޔަ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް އަލުން އައްޑޫ ސިޓީ ކައުންސިލުން ދޭން ފަށައިފި އެވެ.

03 ޖޫން

June 03, 2017 18
އައްޑޫ މޭޔަރަކަަށް މި ފަހަރު ވެސް ސޯބެ

އައްޑޫ ސިޓީ ކައުންސިލްގެ، ފާއިތުވި ދެ ދައުރުގައި ވެސް މޭޔަރުކަން ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) ތިން ވަނަ ފަހަރަށް މޭޔަރުގެ މަގާމަށް ހޮވައިފި އެވެ.