18 ޖޫން

June 18, 2020
ޑައިރެކްޓަރު އަބިނާވްއާ ދެކޮޅަށް ސަލްމާންގެ އާއިލާ

ބުލީކޮށް ކެރިއަރު ހަލާކުކޮށްލީ ސަލްމާން ޚާންގެ އާއިލާ އިން ކަމަށް ބުނެ ޑައިރެކްޓަރު އަބިނާވް ކެޝަޕް ފޭސްބުކްގައި ލިޔުނު ވާހަކަތަކަކާ ގުޅިގެން އޭނާއާ ދެކޮޅަށް ސަލްމާންގެ އާއިލާ އިން ދައުވާކޮށްފި އެވެ.

20 މެއި

May 20, 2020 1
އެކުވެރި އޫލިއާ ބޮލީވުޑަށް ނެރޭނީ ވެސް ސަލްމާން

ސަލްމާން ޚާނާ އެކު އޮންނަނީ ސީދާ ކޮން ކަހަލަ ގުޅުމެއްކަން ކަށަވަރުނުވާ އެކަމަކު އޭނާއާ ވަރަށް ގާތްކޮށް އުޅޭ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރު ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނެރުމުގެ ޒިންމާއާ ސަލްމާން ހަވާލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

09 މެއި

May 09, 2020 3
ސަލްމާނާ އެކު ބޮލީވުޑަށް ތައާރަފުވި ބަތަލާއިން

ސަލްމާން ޚާންގެ ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އިރު އޭނާއާ އެކީ އާ ބަތަލާއިންތަކެއް ތައާރަފު ވެސް ވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ބަތަލާއިން ވަރަށް ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާކޮށް، ބިޑެތި ކާމިޔާބީތަކެއ ވެސް ހޯދާފައިވާ އިރު، ބައެއް ތަރިން މިހާރު ފިލްމުތަކުން ފެންނަލެއް ވެސް މަދެ އެވެ.

22 އެޕްރީލް

April 22, 2020
ސަލްމާނާ އެކީ މަސައްކަތް ކުރެވޭތީ ޕޫޖާ އުފަލުން

ސަލްމާން ޚާނާ އެކު ފިލްމެއް ކުޅެން ލިބުމުން ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށާއި މިއީ ކުރިން ހީވެސް ވެފައި އޮތް ކަމެއް ނޫން ކަމަށް، އަރަމުން އަންނަ ޒުވާން ބަތަލާ ޕޫޖާ ހެގްޅޭ ބުނެފި އެވެ.

20 އެޕްރީލް

April 20, 2020
ސަލްމާނާއި ޅިޔަނުގެ ފިލްމަކީ "ދަކް"

ސަލްމާން ޚާނާއި ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފިލްމެއް ކުޅެން އުޅޭ ވާހަކަ ދެކޭވާތާ ދުވަސްތަކެއް ފަހުން، އެ ފިލްމުގެ ނަން ބައެއް މީޑިއާތަކުން ހިއްސާކޮށްފި އެވެ.

08 އެޕްރީލް

April 08, 2020 2
ސަލްމާންގެ "ރާދޭ" ފިތުރު އީދުގައި ނާންނާނެ؟

ކޮރޯނާވައިރަހާ ހެދި މަސައްކަތް ހުއްޓިފައިވާތީ ސަލްމާން ޚާންގެ އާ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ކުރިއަށް އޮތް ފިތުރު އީދުގައި ސިނަމާތަކަށް އައުމުގެ ފުރުސަތު ކުޑަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

05 ޖެނުއަރީ

January 05, 2018 2
ސަލްމާންގެ "ބާރަތު"ގެ އަސްލަކީ ކޮރެޔާގެ ފިލްމެއް

ސަލްމާން ޚާނާއި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ގުޅިގެން މިހާތަނަށް ދެ ބްލޮކްބަސްޓާ އުފައްދައިފި އެވެ. "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" އެވެ. މިހާރު މި ފަންނާނުން އަނެއްކާވެސް ތައްޔާރުވަނީ މުޅިން އާ ފިލްމެއްގެ މަސައްކަތް ފެށުމަށެވެ. ދާދި ފަހުން އަލީ އައްބާސް ވަނީ މި ފިލްމާ ބެހޭ ތަފްސީލު އިންޑިޔާގެ މީޑިއާއާ ހިއްސާކޮށްފަ އެވެ.

29 ޑިސެމްބަރ

December 29, 2017 1
"ޓައިގާ ޒިންދާ ހޭ"ގެ އާ ފިލްމެއް އުފައްދަނީ

ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" ބްލޮކްބަސްޓާއަކާ ދިމާއަށް ދަތުރުކުރާ އިރު އެ ފިލްމުގެ އެހެން ބައެއް އުފެއްދުމުގެ ރޭވުންތައް ފަށައިފި އެވެ.

27 ޑިސެމްބަރ

December 27, 2017 1
"ޓައިގާ ޒިންދާ ހޭ" ތިން ދުވަހުން މުގުރި ރެކޯޑްތައް

ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" ރިލީޒްވިތާ އެންމެ ތިން ދުވަހުގެ ތެރޭ ގިނަ ރެކޯޑްތަކެއް ހަދައިފި އެވެ. މިއީ ދުވަސްތަކަކަށް ފަހު ފިލްމަކަށް ރެކޯޑްތައް ގާއިމް ކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ގިނަ ރެކޯޑްތަކެއް ހަދާފައިވަނީ "ބަހޫބަލީ 2" އެވެ. ނަމަވެސް މިއީ ހިންދީ ބަހުން އަޑުއަޅާފައިވާ ސައުތު އިންޑިއާ...

22 ޑިސެމްބަރ

December 22, 2017 1
"ޓައިގާ ޒިންދާ ހޭ"އަށް ވެސް ސިޔާސީ މައްސަލަތަކެއް

ހުކުރު ދުވަހު ރިލީޒްކުރާ ސަލްމާން ޚާންގެ ބޮޑު ބަޖެޓް ފިލްމު "ޓައިގާ ޒިންދާ ހޭ" ރިލިޒްކުރަން ވަރަށް ކައިރިވެފައި ވަނިކޮށް ފިލްމަށް ސިޔާސީ މައްސަލަތަކެއް ދިމާވެއްޖެ އެވެ.

06 ޖެނުއަރީ

January 06, 2017
"ދަންގަލް" އެންމެ ފަހުން "ސުލްތާން" ބަލިކޮށްލައިފި

އާމިރު ޚާންގެ "ދަންގަލް" އިންޑިއާގެ ބޮކްސް އޮފީހާއި ބޭރު ގައުމުތަކުގައި ވެސް ހުއްޓުމެއް ނެތި ކާމިޔާބީތައް ހޯދަމުން އެބަދެ އެވެ. ފިލްމު ރިލީޒްކުރިތާ މިއީ ދެ ވަނަ ހަފުތާ ނަމަވެސް ފިލްމުގެ ހިނގުމަކަށް ކުޑަވެސް މަޑުޖެހުމެއް ނާދެ އެވެ.

02 ޖެނުއަރީ

January 02, 2017 2
ހިކެން ޖެހޭތީ ސަލްމާން ހާއްސަ ޑައިޓެއްގައި

މި އަހަރު ސަލްމާންގެ ދެ ފިލްމެއް ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ "ޓިއުބުލައިޓް" އާއި "ޓައިގާ ޒިންދާ ހޭ" އެވެ. މިހާރު "ޓިއުބުލައިޓް"ގެ މަސައްކަތް ނިމި "ޓައިގާ ޒިންދާ ހޭ"ގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން އެ ފިލްމުގައި އޭނާ ކުޅޭ ރޯލަށް ބަރުދަން ކޮންމެވެސް ވަރަކަށް ލުއިކުރަން ވަނީ ޖެހިފަ އެވެ.

22 ނޮވެމްބަރ

November 22, 2016
"ޓިއުބުލައިޓް"ގެ ނިމުން ސަލްމާނަށް ކަމަކުނުދިޔަ

ސަލްމާން ޚާނާއި އޭނާގެ "ޓިއުބުލައިޓް"ގެ ޑައިރެކްޓަރު ކަބީރް ޚާނާ ދެމެދު ޚިޔާލުތަފާތުވުންތައް އުފެދި މައްސަލަތަކެއް ޖެހިފައިވާ ކަމުގެ އަޑުތަކެއް ފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މިހާރު އަނެއްކާވެސް ފިލްމުގެ އާ ޝެޑިއުލެއްގެ ޝޫޓިން ސަލްމާން ފަށާފައި ވާއިރު ފިލްމުގެ ނިމޭ މަންޒަރުތައް ނަގާފައިވާ ގޮތާ މެދު ސަލްމާން...

02 ނޮވެމްބަރ

November 02, 2016
"ރޭސް 3" ސަލްމާނަށް ހުށައެއް ނާޅަން: އައްބާސް-މަސްތާން

ފިލްމު ޑައިރެކްޓަރުން ކަމަށްވާ އައްބާސް-މަސްތާންގެ "ރޭސް" ސިލްސިލާގެ ތިން ވަނަ ފިލްމު "ރޭސް 3" ގެ ބަތަލަކީ ސަލްމާން ޚާން ކަމަށް ދާދިފަހުން ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް...

November 02, 2016
ސަލްމާންގެ "ޓިއުބްލައިޓް" ގައި ޝާހްރުކް ބައިވެރިވޭ

ޝާހްރުކް ޚާނާއި ސަލްމާން ޚާން އެކުގައި ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބުލައިޓް"ގައި މަސައްކަތް ކުރަން ތައްޔާރުވެއްޖެ އެވެ. ފިލްމާ ގުޅުން ހުރި ފަރާތަކުން އިންޑިއާ ޓައިމްސް އަށް...

09 އޮކްޓޯބަރ

October 09, 2016
"ސުލްތާން"ގެ ރައިޓްސް 550 މިލިއަނަށް ސޮނީން ގަނެފި

ފިލްމީ ތަރި ސަލްމާން ޚާންގެ ބްލޮކްބަސްޓާ ފިލްމު "ސުލްތާން"ގެ ސެޓެލައިޓް ރައިޓްސް ސޮނީ އެންޓަޓައިންމަންޓް ޓެލެވިޒަން އިން 55 ކްރޯޑު (550 މިލިއަން ރުޕީޒް) އަށް ގަނެފި އެވެ. މިއީ މިހާތަނަށް އެންމެ އަގުބޮޑުކޮށް ސެޓެލައިޓް ރައިޓްސް ވިކުނު ފިލްމަށް ވުން އެކަށީގެންވެ އެވެ.

21 ސެޕްޓެމްބަރ

September 21, 2016
ސަލްމާން ޚާން އުފައްދާ ފިލްމެއްގެ ބަތަލަކަށް ފަވާދު ޚާން

"ޚޫބްސޫރަތު" އިން ބޮލީވުޑަށް ތައާރަފްވީއްސުރެ ފަވާދު ޚާން ވަނީ ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ރަނގަޅު މަގާމެއް ހޯދާފަ އެވެ. އޭނާގެ ފޭނުން ވެސް އެހާ ގިނަ އެވެ. ޚާއްސަކޮށް އޭނާގެ ރީތިކަމުގެ ޖާދޫގައި ޖެހިފައިވާ އަންހެންކުދިން މިލިއަނުން ގުނާލެވެ އެވެ.