25 މާޗް

March 25, 2020
ސަލްމާންގެ "ޓައިގާ 3" އަށް ޑައިރެކްޓަރަކު ހޯދަނީ

ސަލްމާން ޚާން ޖާސޫސީ އެޖެންޓެއްގެ ރޯލް ކުޅޭ ފްރެންޗައިޒް "ޓައިގާ" ގެ ތިން ވަނަ ފިލްމު އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރާނެ ކަމަށާއި މިހާރު އެ ފިލްމަށް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޑައިރެކްޓަރަކު ހޯދަމުން އަންނަ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުނެފި އެވެ.

24 ޖެނުއަރީ

January 24, 2020
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އުންމީދީ ޒުވާން ބަތަލާ ބޫމީ ޕެޑްނޭކަރު މައިގަނޑު ކެރެކްޓާ ކުޅޭ ބިރުވެރި ފިލްމު "ދުރުގާވަތީ" ގެ ޝޫޓިން ފަށައިފި އެވެ.

06 ޖެނުއަރީ

January 06, 2020 3
ކައިވެނީގެ ފުރުސަތު އަދިވެސް އެބައޮތް: ސަލްމާން

އިންޑިއާގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ކައިވެންޏާ ގުޅޭ ގޮތުން އަބަދުވެސް އެތައް ބަޔަކު ސުވާލު ކުރެ އެވެ. އަދި ބޮލީވުޑްގައި އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ އެއް ވާހަކަ އަކީ ވެސް އެއީ އެވެ. ސުވާލު އުފައްދަނީ ވެސް އެކަމާ އެވެ.

26 ޑިސެމްބަރ

December 26, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ފިލްމު "ލަވްޔާތުރީ" އިން ބޮލީވުޑަށް މިދިޔަ އަހަރު ތައާރަފުވި އެކްޓަރު އާޔޫޝް ޝަރުމާގެ ދެވަނަ ފިލްމު "ކްވާތާ" ގެ ޝޫޓިން ފަށައިފި އެވެ.

27 އޮކްޓޯބަރ

October 27, 2019
"ދޫމް 4" އަށް އަކްޝޭ ކުމާރު؟

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު ފްރެންޗައިޒް "ދޫމް 4" އާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވިއްޖެ އެވެ. އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ މި ފިލްމުން ސަލްމާން ޚާން ނުވަތަ ޝާހްރުކް ޚާން ފެނިދާނެ ކަމަށް ބުނާ ވާހަކަތަކެވެ.

04 އޯގަސްޓް

August 04, 2019
އާޔޫޝްގެ "ކްވާތާ" ގެ ބަތަލާއަކަށް ކެޓްރީނާގެ ކޮއްކޮ

ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާގެ ދެވަނަ ފިލްމު "ކްވާތާ" ގެ ބަތަލާގެ ރޯލަށް، ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އަދި ބަތަލާ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފް ހަމަޖައްސައިފި އެވެ.

22 ޖޫން

June 22, 2019 3
"ބާރަތު" ގެ އާމްދަނީ 200 ކްރޯޑް ފަހަނައަޅައިފި

ރިލީޒް ކުރިތާ ހަތަރު ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި، ސަލްމާން ހާންގެ އެންމެ ފަހުގެ ފިލްމު 200 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދައިފި އެވެ.

17 ޖޫން

June 17, 2019 8
ސަލްމާނާ ހެދި އަކްޝޭގެ ފޭނުން ރުޅިގަދަވެއްޖެ

ސަލްމާން ހާންގެ ފިލްމު "އިންޝާﷲ" އަށް ވުރެ މާ ކުރިން އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައި ވަނިކޮށް، ސަލްމާނާ ހެދި އެ ފިލްމު ފަސްކުރުމުން އަކްޝޭގެ ފޭނުން ރުޅި ގަދަވެއްޖެ އެވެ.

16 ޖޫން

June 16, 2019 9
ޕްރިޔަންކާގެ "މަލާމާތެއް" ސަލްމާންގެ "ބާރަތު" އަށް

މި މަހުގެ 5 ގައި ރިލީޒް ކުރި ފިލްމު "ބާރަތު" ގެ ޕްރޮމޯޝަންތަކުގައި ސަލްމާން ހާން ވަނީ އެކި ގޮތްގޮތަށް ޕްރިޔަންކާ ޗޯޕްޅާ އަށް ނިސްބަތްކޮށް ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ. އޭނާ ހިތްހަމަނުޖެހިގެން އުޅެނީ އެ ފިލްމަށް ސޮއިކޮށްފައި، ކުއްލި ގޮތަކަށް ޕްރިޔަންކާ ފިލްމު ދޫކޮށްލުމުންނެވެ.

14 ޖޫން

June 14, 2019 1
ސަލްމާނާ ހެދި "ސޫރިޔާވަންޝީ"ގެ ތާރީހު ބަދަލުކޮށްފި

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް، ސަލްމާން ހާނާއި އާލިއާ ބަޓް ލީޑް ރޯލް ކުޅޭ ފިލްމު "އިންޝާﷲ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ނިންމުމާ ގުޅިގެން، ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔާވަންޝީ" ރިލީޒް ކުރާ ތާރީހު ބަދަލުކޮށްފި އެވެ.

10 ޖޫން

June 10, 2019 2
ހަތަރު ދުވަހުން "ބާރަތު" އަށް 100 ކްރޯޑް

ރިލީޒް ކުރިތާ ހަތަރު ދުވަހުގެ ތެރޭގައި ސަލްމާން ހާންގެ އެންމެ ފަހުގެ ފިލްމު "ބާރަތު" 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

06 ޖޫން

June 06, 2019
"ބާރަތު" އަށް އުންމީދު ބޮޑު

ބުދަ ދުވަހު ރިލީޒްކުރި، ސަލްމާން ހާންގެ އާ ފިލްމު "ބާރަތު" އަކީ ވަރަށް ހިނގާނެ ފިލްމެއް ކަމަށް ކްރިޓިކުން ބުނެފި އެވެ.

01 ޖޫން

June 01, 2019
ސަލްމާން ހާންގެ "ބާރަތު"ގެ ނަމުގެ މައްސަލަ ކޯޓަށް

އަންނަ އީދު ދުވަހު ރިލީޒްކުރާ، ސަލްމާން ހާންގެ އާ ފިލްމު "ބާރަތު" ގެ ނަމުގެ މައްސަލަ ނިއު ދިއްލީ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

29 މެއި

May 29, 2019 3
އެއްވެސް މީހަކު އިންނާކަށް ނާހާ: ސަލްމާން ހާން

ބަތަލާ ކެޓްރީނާ ކައިފް ވަނީ ކައިވެނިކުރާނީ ކޮން އިރަކުތޯ ސަލްމާން ހާން ގާތު ދެ ފަހަރެއްގެ މަތިން އަހައިފަ އެވެ. އެކަމަކު އެއީ ދެ ފިލްމެއްގައި ސްކްރީނުގަ އެވެ. އަންނަ މަހު ރިލީޒްކުރާ ފިލްމު "ބާރަތު" ގައި ސަލްމާންގެ ކައިވެންޏާ ބެހޭ ގޮތުން ކެޓްރީނާ ސުވާލުކުރާ ޕްރޮމޯ ވެގެން ދިޔައީ ބެލުންތެރިންގެ މެދުގައި ވަރަށް ވެސް ހިނގި އެއްޗަކަށެވެ.

28 މެއި

May 28, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކުރީގެ ވަރަށް މަގުބޫލު ފިލްމެއް ކަމަށްވާ "ޗަސްމެ ބައްދޫ" ގެ ރިމެކެއް 2013 ގައި ގެނެސް ދިނުމަށް ފަހު، އޭގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

24 މެއި

May 24, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސޯނަމް ކަޕޫރްގެ ފިލްމު "ޒޯޔާ ފެކްޓާ" ރިލީޒްކުރާ ތާރީހު ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

19 މެއި

May 19, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ތަމަޅަ ފިލްމު "ކާންޗަނާ" އަސްލަކަށް ބަލައިގެން ހަދާ އަކްޝޭ ކުމާރުގެ ފިލްމު "ލަކްޝްމީ ބޮމްބް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

11 މެއި

May 11, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރު ރިލީޒްކުރާ "ހައުސްފުލް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުގެ ކާސްޓާ ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގީ ގުޅިއްޖެ އެވެ.

09 މެއި

May 09, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމު "ޝޭރުޝާހް" ގެ ޝޫޓިން ފަށައިފި އެވެ.

06 މެއި

May 06, 2019 5
ސަލްމާންގެ ނުސީދާ ހަމަލާއެއް ޕްރިޔަންކާ އަށް

ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "ބާރަތު" ގެ ބަތަލާގެ ރޯލަށް ސޮއިކޮށްފައި ޝޫޓިން ފަށަން އެންމެ 10 ދުވަހަށް ވެފައި ވަނިކޮށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެ ފިލްމު ދޫކޮށްލުން ވެގެން ދިޔައީ ބޮޑު ޝޮކަކަށެވެ. އަދި މިކަމާ ގުޅިިގެން ސަލްމާނާއި ޕްރިޔަންކާގެ ގުޅުން ވެސް ގޯސްވެފައިވާ ކަމަށް އޭރު އަޑުތައް އެރި އެވެ.