31 ޑިސެމްބަރ

December 31, 2018 5
ސޮނާކްޝީ އާއި ޒަހީރު، ކޮން ގުޅުމެއް؟

ބަތަލާ ސޮނާކްޝީ ސިންހާގެ ލޯބީގެ ވާހަކަތަކުގެ ތެރެއިން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ އަރުޖުން ކަޕޫރާ އޭނާ ވަރަށް ސީރިއަސްކޮށް ލޯބީގެ ގުޅުމެއް ބޭއްވި ވާހަކަ އެވެ. އެއީ 2015 ގައި ދެ ތަރިން އެކުގައި ކުޅުނު ފިލްމު "ތޭވަރު" ޝޫޓިންގެ ތެރެއިން އުފެދުނު ލޯތްބެއް ކަމަށްވެ އެވެ.

30 ޑިސެމްބަރ

December 30, 2018
ރަންބީރާ އެކު ފިލްމެއް ކުޅެން ރަންވީރު ހުރީ ތައްޔާރަށް

ކަލްޓް ފިލްމެއްގެ ދަރަޖަ ހޯދާފައިވާ 1994 ގެ ކޮމެޑީ ފިލްމު "އަންދާޒް އަޕްނާ އަޕްނާ" ގެ ދެވަނަ ބައެއް ހަދާކަން އަދިވެސް ކަށަވަރެއް ނުވެ އެވެ. އެކަމަކު ރާޖްކުމާރު ސަންތޯޝީ ލިޔެ، ޑައިރެކްޓްކޮށް ގެނެސް ދިން މި ކާމިޔާބު ފިލްމުގެ ސީކްއެލްއެއް ހެދުމުގެ ވާހަައަކީ ދޭތެރެ ދޭތެރެ އިން މީޑިއާތަކުގައި ވަރަށް ހޫނުކޮށް ދެކެވެމުން އަންނަ ވާހަކަ...

26 ޑިސެމްބަރ

December 26, 2018 1
ބޮލީވުޑްގެ ބޮޑެތި ތަރިންނަށް ވިންދޫގެ ރައްދެއް

ފިލްމުތައް ގެނެސްދޭ އިރު، ބޮލީވުޑަކީ މަޝްހޫރު ތަރިންނަށް ބަރޯސާވާ އިންޑަސްޓްރީއެކެވެ. ވަކިން ހާއްސަކޮށް މަޝްހޫރު އެކްޓަރަކު އުޅޭ ފިލްމެއް ނަމަ، އެއީ ކޮންމެ ކަހަލަ ފިލްމަކަށް ވިޔަސް ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމަށް ގަބޫލުކުރުން ބޮޑެވެ.

23 ޑިސެމްބަރ

December 23, 2018
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި މަހުގެ 28 ގައު ރިލީޒްކުރާ، ރަންވީރު ސިންގްގެ ފިލްމު "ސިމްބާ" ގެ ޓައިޓްލް ލަވަ "އާލާ ރޭ އާލާ" ދައްކާލައިފި އެވެ.

14 ޑިސެމްބަރ

December 14, 2018
ސަލްމާންގެ "ނޯޓްބުކް" މާޗް 29 ގައި

އަނެއްކާވެސް ބޮލީވުޑަށް އާ ތަރިންތަކެއް ތައާރަފު ކުރަން ސަލްމާން ހާން ޕްރޮޑިއުސް ކުރާ ފިލްމު "ނޯޓްބުކް" އަންނަ މާޗް މަހުގެ 29 ގައިި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

12 ޑިސެމްބަރ

December 12, 2018
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 25 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރުނިކާ: ދަ ކުއީން އޮފް ޖާންސީ" އެ ތާރީހުގައި ރިލީޒް ކުރެވޭނެކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.

11 ޑިސެމްބަރ

December 11, 2018
ސަލްމާނާއި އަނުޝްކާގެ ޖޯޑު ދެވަނަ ފިލްމަކުން ފެނިދާނެ

މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި "ޕަދުމާވަތު" އަށް ފަހު ސަންޖޭ ލީލާ ބަންސާލީ ދެން ހަދާނެ ފިލްމެއް އަދި އިއުލާނެއް ނުކުރެ އެވެ.

10 ނޮވެމްބަރ

November 10, 2018
އާޔޫޝް ދެން ވެސް ކުޅޭނީ ސަލްމާންގެ ފިލްމެއް

ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާ ބޮލީވުޑަށް ތައާރަފު ކުރި ފިލްމް "ލަވް ޔާތުރީ" އަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ. އަނެއްކޮޅުން ވަރަށް ގިނަ ކްރިޓިކުން ވަނީ އޭނާގެ އެކްޓިން އަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެކްޓިން އަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

08 ނޮވެމްބަރ

November 08, 2018
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "ދަ ކަޕިލް ޝަރްމާ ޝޯ" އާ އެކު ކަޕިލް އެނބުރި އަންނަ ވާހަކަ ހާމަކުރުން ވެގެން ދިޔައީ އޭނާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކެވެ. ވަރަށް އަވަހަށް ޝޯއާ އެކު އަންނާނެ ކަމަށް ބުނި ނަމަވެސް، ސޮނީ ޓީވީން ޝޯގެ އާ ސީޒަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

05 ނޮވެމްބަރ

November 05, 2018 1
ބަންސާލީގެ އާ ފިލްމުގައި ޝާހްރުކާއި ސަލްމާން

މި އަހަރު ރިލީޒް ކުރި "ޕަދުމާވަތު" އަށް ފަހު ސަންޖޭ ލީލާ ބަންސާލީ ދެން ހަދާނެ ފިލްމަކާ ބެހޭ ގޮތުން ދެެކެވޭ ވާހަކަތައް ގިނަ އެވެ. ސަލްމާން ހާން ވަނީ ބަންސާލީގެ ފިލްމަކަށް ސޮއިކޮށްފައިވާކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.

28 އޮކްޓޯބަރ

October 28, 2018 2
އަރުޖުން އާއި މަލައިކާގެ ކައިވެނި އަންނަ އަހަރު

ބޮލީވުޑްގައި މަޝްހޫރުގެ ތަރިންތަކެއްގެ ކައިވެނީގެ ވާހަކަތައް މި ދުވަސްކޮޅު ވަރަށް ގަދައަށް ދެކެވެމުން އަންނަނިކޮށް، ޒުވާން އެކްޓަރު އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ވެސް އަންނަ އަހަރު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

12 އޮކްޓޯބަރ

October 12, 2018
ޕްރަނޫޓާންގެ ފުރަތަމަ ފިލްމަކީ "ނޯޓްބުކް"

މިހާރު ސިނަމާގައި އޮތް "ލަވް ޔާތުރީ" އިން ޅިޔަނު އާޔޫޝް ޝަރްމާ އާއި ވަރީނާ ހުސައިން ބޮލީވުޑަަށް ތައާރަފު ކުރުމަށް ފަހު، ސަލްމާން ދެން ބޮލީވުޑަށް ނެރޭނެ އެކަކީ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން އެވެ.

07 އޮކްޓޯބަރ

October 07, 2018
ދުވަހަކު ވެސް ސަލްމާނާ ރައްޓެއްސެއް ނުވަން: ޝިލްޕާ

ސަލްމާން ހާނާ އެކު ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ޝިލްޕާ ޝެޓީ ދޮގުކޮށްފި އެވެ.

03 އޮކްޓޯބަރ

October 03, 2018
ސަލްމާންގެ "ބާރަތު" ގައި ވަރުންގެ ހާއްސަ ފެނިލުމެއް

ސަލްމާން ހާން މިހާރު ކުޅެމުން އަންނަ ފިލްމު "ބާރަތު" ގެ ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

26 ސެޕްޓެމްބަރ

September 26, 2018 1
އަހާން ޝެޓީ އަށް ތެލެގޫ ފިލްމެއްގެ ރިމެކިއެއް

"ދަޅްކަން" ފަދަ ފިލްމުތައް ކުޅުނު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ 2015 ގައި ބޮލީވުޑަށް ތައާރަފުކުރުމަށް ފަހު ދެން އޮތީ، އޭނާގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ފިލްމީ ދުނިޔެ އަށް ދޫކޮށްލުމުގެ މަސައްކަތެވެ.

19 ސެޕްޓެމްބަރ

September 19, 2018 1
"ލަވްރާތުރީ"ގެ ނަން "ލަވް ޔާތުރީ" އަށް ބަދަލުކޮށްފި

ސަލްމާން ހާން ޕްރޮޑިއުސްކޮށް، އޭނާގެ ޅިޔަނު އާޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ލަވްރާތުރީ" ގެ ނަމާ ދޭތެރޭ ހިތްހަމަނުޖެހިގެން ހިންދޫންގެ ޖަމާތަކުން ކޯޓަށާއި ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފިލްމުގެ ނަން "ލަވް ޔާތުރީ" އަށް ބަދަލުކޮށްފި އެވެ.

16 ސެޕްޓެމްބަރ

September 16, 2018
ސަލްމާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ ވެސް ބޮލީވުޑަށް؟

ސަލްމާން ހާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ވެސް ދެން މާ ލަހެއް ނުވެ ބޮލީވުޑަށް ތައާރަފުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 1
ނުބައި ބައި މީހެއްގެ ރޯލެއް ނުކުޅޭނަން: ސަލްމާން

ފިލްމެއްގެ ވިލަން ނުވަތަ ނުބައިބައި މީހެއްގެ ރޯލް ދުވަހަކު ވެސް ނުކުޅޭނެ ކަމަށާއި އެކަހަލަ ރޯލެއް ކުޅެން އޭނާގެ ފޭނުން ވެސް ގަބޫލު ނުވާނެ ކަމަށް ސަލްމާން ހާން ބުނެފި އެވެ.

07 ސެޕްޓެމްބަރ

September 07, 2018 2
"ބާރަތު" ދޭން އެދުނީ ޕްރިޔަންކާ އަމިއްލަ އަށް: ސަލްމާން

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމް "ބާރަތު" ގެ ބަތަލާގެ ރޯލް ދޭން އެދުނީ ޕްރިޔަންކާ ޗޯޕްޅާ އަމިއްލަ އަށް ކަމަށާއި އެކަމަކު ފިލްމްގެ ބަތަލާގެ ރޯލަށް ޕްރޮޑިއުސަރު އަތުލް އަގްނިހޯތުރީގެ ފުރަތަމަ ހޮވުމަކަށް ވެސް ވީ ކެޓްރީނާ ކެއިފް ކަމަށް ސަލްމާން ހާން ބުނެފި އެވެ.

05 ސެޕްޓެމްބަރ

September 05, 2018
ޝާހްރުކްގެ ކާމިޔާބީގެ ކްރެޑިޓް ސަލްމާންގެ އާއިލާ އަށް

މިއަދު ފޭނުން މި ދެކޭ ޝާހްރުކް ހާން މީހަކަށް ހަދައި ދިން ބަޔަކީ ސަލްމާން ހާންގެ އާއިލާ ކަމަށް ޝާހްރުކް ހާން ބުނެފި އެވެ.