30 ޑިސެމްބަރ

December 30, 2016 1
ވިންޑޯޒް ފޯނުތައް ދޫކޮށްލަން ސެމްސަންގުން ބުނެފި

ގެލަކްސީ ނޯޓް 7ގެ ސަބަބުން ސެމްސަންގަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި، އާ ކަސްޓަމަރުން ހޯދުމަކީ އެ ކުންފުނިން ކުރާ ކަމެއް ނޫނެވެ. އެ މީހުން ބުނަނީ އެހެންނެވެ. އެކަމަކު މި ކުރާ ކަމަކުން އެއީ ރަނގަޅު ވާހަކައެއްތޯ ސުވާލު އުފެދެ އެވެ.

02 ޑިސެމްބަރ

December 02, 2016 1
ގެލަކްސީ ނޯޓް 7: ބާކީ ހުރި ފޯނުތައް ބްލޮކްކުރަނީ

ގެލަކްސީ ނޯޓް 7ގެ ވާހަކަ ނުދައްކަން އުޅޭއިރު ވެސް، ނުދައްކާ ފަރުޖެހޭކަށް ނެތެވެ. ނޯޓް 7 ބޭނުންކުރާ މީހުންގެ ބޯހަރުކަމުންނެވެ. ފޯނުތައް އަނބުރާ ފޮނުވަން ސެމްސަންގުން ތަކުރާރުކޮށް އެދޭއިރު، އަދި އެކަށީގެންވާ ވަރަށް ވުރެ ހެޔޮ ބަދަލެއް ދޭން ބުނާއިރު ވެސް، ނޯޓް 7 ބޭނުންކުރާ މީހުން އަދި ވެސް އެބަ އުޅެ އެވެ. ސެމްސަންގަށް އެކަން އެނގެ އެވެ.

20 ނޮވެމްބަރ

November 20, 2016 1
ނޯޓް 7 އެނދިޔަސް އެޕަލް އާއި ގޫގުލް އަށް މޮޅެއްނުވި

ގެލަކްސީ ނޯޓް 7 އަށް ދިމާވި ހާދިސާއިން އެޕަލް އާއި ގޫގުލް ރަނގަޅު ފައިދާއެއް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން އެ ގޮތަށް ނުވި ކަމަށް މާކެޓް ދިރާސާ ފާމް، ގާޓްނާ ބުނެފި އެވެ. ސެމްސަންގް އަށް ކުރިމަތިވި ހިތާމަވެރި ހާދިސާއިން އެންމެ ރަނގަޅު ފައިދާއެއް ހޯދީ ޗައިނާ ސްމާޓްފޯން ކުންފުނިތަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

16 ނޮވެމްބަރ

November 16, 2016 2
މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކުގެ ވާދަވެރިކަން

އެންމެ ބާރުގަދަ މޮބައިލް އޮޕަރޭޓިން ސިސްޓަމަކީ ކޮބައިތޯ އަހައިފި ނަމަ ބޮޑު މައްސަލައަކަށް ވާނެ އެވެ. އެކަށީގެން ވަނީ ދެ މީހަކަށް އެއް ޖަވާބަކަށް އެއްބަސްނުވެވުމެވެ. ޝައުގުވެރިކަން ކަފިވުމުގެ ސަބަބުންނެވެ. ސްމާޓްފޯން މާކެޓްގައި އެންމެ ގިނައީ އެންޑްރޮއިޑް ފޯނެވެ. މާނަ އަކީ އެންމެ ބާރުގަދަ މޮބައިލް އޮޕަރޭޓިން ސިސްޓަމަކަށް...

27 ސެޕްޓެމްބަރ

September 27, 2016 12
ފޯނެއް ހުޅުވުމަކީ މި މީހުންނަށް އެއްވެސް ކަމެއް ނޫން

މިދިޔަ އަހަރު އެމެރިކާގެ ސަން ބާނާޑިއޯގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލުމުގެ ޖަރީމާ ހިންގި މީހާގެ އައިފޯން ހުޅުވައިދޭން އެޕަލް އިން ދެކޮޅު ހަދަމުން ދަނިކޮށް އެފްބީއައި އަށް އެހީވީ އިޒްރޭލުގެ "ސެލެބްރައިޓް" އިން ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ. އެކަމާ ބެހޭ ގޮތުން އެ ކުންފުނިން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މިދިޔަ...

12 ސެޕްޓެމްބަރ

September 12, 2016 1
އައިފޯނަށް "ވަޔަލެސް ޗާޖިން" އަދި އަންނާނެ

އައިފޯނަށް "ވަޔަލެސް ޗާޖިން" އަންނާނެ ކަމަކަށް އެޕަލް އިން ނުބުނެ އެވެ. ނާންނާނެ ކަމަކަށް ވެސް ނުބުނެ އެވެ. އެކަމަކު އެ މީހުން ނުކުރާނެ ކަމަށް ބުނި ބައެއް ކަންތައް ކުރާތީ އެބަ ފެނެ އެވެ.

02 ސެޕްޓެމްބަރ

September 02, 2016 8
ނޯޓް 7ގެ ބެޓެރި ގޮވަނީ، ވިއްކުން ހުއްޓާލައިފި

ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 7ގެ ބައެއް ފޯނުތައް ޗާޖަށް ޖެހުމުން ބެޓެރި ގޮވުމުގެ މައްސަލަ ކުރިމަތި ވާތީ، އޭގެ ފޯނު ސަޕްލައިކުރުން ސެމްސަންގުން ވަގުތީ ގޮތުން ހުއްޓާލައި މައްސަލަ ހުރި ފޯނުތައް ބަދަލުކޮށްދޭން ނިންމައިފި އެވެ.

15 ޖުލައި

July 15, 2016 1
"ގެލަކްސީ އެސް7 އެކްޓިވް" ވޯޓާޕްރޫފެއް ނޫން

ސެމްސަންގުން މިހާތަނަށް އުފެއްދި އެންމެ އުމުރު ދިގު ފޯނަށް "ގެލަކްސީ އެސް7 އެކްޓިވް" ވާނެ ކަމަށް ބުނެ މާކެޓްކުރި ނަމަވެސް، އެއީ "ވޯޓާ ރެސިސްޓޭންޓް" ފޯނެއް ނޫންކަން ސާބިތުވެއްޖެ އެވެ. އެކަން ކަށަވަރުކުރުމަށް "ކޮންޒިއުމާ ރިޕޯޓްސް"ގެ ޓެކްނީޝަނުން ކުރި ކުރި ޓެސްޓްތަކުން އެ ފޯނު ވަނީ ފެއިލްވެފަ އެވެ.

04 ޖުލައި

July 04, 2016 1
ގެލަކްސީ ނޯޓް 7 އަށް ޔޫއެސްބީ ޓައިޕް-ސީ ޕޯޓެއް

ސެމްސަންގުން ނެރެން ތައްޔާރުވަމުން އަންނަ ގެލަކްސީ ނޯޓް 7 ގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެެއް އިންނާނެ ކަމަށް ބުނެވެން ފަށައިފި އެވެ. ގެލަކްސީ ފޯނުތަކަށް އެކްސެސަރީޒް އުފައްދާ ކުންފުންޏަކުން ލީކުކުރި ފޮޓޯގަނޑަކުން ދައްކާ ގޮތުގައި ނޯޓް 7 ގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެެއް އިނދެ އެވެ.