01 ސެޕްޓެމްބަރ

September 01, 2020 1
"ބިންގް" އަކީ މިހާރު "މައިކްރޮސޮފްޓް ބިންގް"

ބިންގް އަކީ މައިކްރޮސޮފްޓްގެ އަމިއްލަ "އިންޓަނެޓް ސާޗް އިންޖީން" އެކެވެ. ބިންގް ބަލަހައްޓައި ހިންގަނީ ވެސް މައިކްރޮސޮފްޓުންނެވެ.

30 އޯގަސްޓް

August 30, 2020
އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 10 ގައި

އެންޑްރޮއިޑް އެޕްލިކޭޝަންތައް ވިންޑޯޒް 10 ގައި ބޭނުންކުރެވޭ ގޮތް ހެދުމަށް މައިކްރޮސޮފްޓާއި ސެމްސަންގް ވަރަށް ގާތުން މަސައްކަތްތަކެއް ކޮށްފި އެވެ. އެންޑްރޮއިޑް ފޯނުތައް – ސެމްސަންގް ގެލަކްސީ ފޯނުތައް – ބޭނުންކުރާ މީހުންނަށް މިއީ އާ ކަމަކަށް ވެސް ނުވެދާނެ އެވެ. މިއީ އަދި ހަމައެކަނި ސެމްސަންގް ގެލަކްސީ ފޯނުތަކަށް ޚާއްސަ ފީޗާއެކެވެ.

17 ޖުލައި

July 17, 2020 1
އެންޑްރޮއިޑް ފޯނުން އެޕްލިކޭޝަނެއް ފޮރުވާނެ ގޮތް

މީހުން ގެންގުޅޭ ފޯނު އަތުލައި، ހާވައި ބަލާ މީހުން އަދިވެސް އެބަ އުޅެ އެވެ. ފޯނު ދޭން ބޭނުން ނުވިޔަސް، ގަދަ ބާރުން އަތުލާ ފަހަރު ވެސް އާދެ އެވެ. ބޭނުންކުރާ އެޕްލިކޭޝަންތަކާއި ފޮޓޯތައް ބަލައި، ސުވާލުކޮށް ލަދުގަންނަވާލުމަކީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް އޮންނަނީ ވެފަ އެވެ.

29 އެޕްރީލް

April 29, 2020 1
ޝޯމީން ފޯނެއް ފަތްޖެހޭތޯ މަސައްކަތްކުރަނީ

ސެމްސަންގް ގެލަކްސީ ޒީ ފްލިޕް ކަހަލަ، ފަތްޖެހި ފޯނެއް އުފައްދަން ޝޯމީން ޝައުގުވެރިވެ އެވެ. މި މަސައްކަތުގައި ޝޯމީ އަށް ފަސޭހަކޮށްދޭން ސެމްސަންގް ތައްޔާރު ކަމަށް ވެ އެވެ. އިންޓަނެޓް ޚަބަރުތައް ބުނާ ގޮތުގައި، ގެލަކްސީ ޒީ ފްލިޕްގައި ބޭނުންކުރާ އޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ، ޝޯމީ އަށް ސެމްސަންގުން ފޯރުކޮށްދޭނެ އެވެ.

26 އެޕްރީލް

April 26, 2020
ސެމްސަންގުން ސިއްހީ އެހީތެރިންގެ ފޯނު ހިލޭ ހަދައިދެނީ

ކޮރޯނާވައިރަހާ ހެދި އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި މި ވަގުތު އެންމެ މުހިއްމު ދައުރެއް އަދާކުރުުގައި ގައުމުތަކުގައި ގުރުބާންވަމުން އަންނަނީ ސިއްހީ އެހީތެރިންނެވެ. ހާއްސަކޮށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންގެ ހިދުމަތަކީ އަގުވަޒަން ނުކުރެވޭ ވަރުގެ ހިދުމަތްތަކަތެކެވެ.

14 އެޕްރީލް

April 14, 2020 1
ސެމްސަންގް "އެސް ވޮއިސް" ހުއްޓާލަނީ

ސެމްސަންގް "އެސް ވޮއިސް" މިހާރު އެއްވެސް ފޯނެއްގައި ބޭނުންކުރެވޭ ނަމަ، ބޭނުންކުރެވޭނެ އެންމެ ފަހު ތާރީޚަކީ ޖޫން 31، 2020 އެވެ. ސެމްސަންގުން "އެސް ވޮއިސް" ހުއްޓާލަނީ އެވެ.

06 އެޕްރީލް

April 06, 2020
އެޕަލް އިން ސިރީ އަށް އުނގަންނައިދެނީ

އެޕަލް އިން "ވޮއިސިސް" ގަނެފި އެވެ. މިއީ ބަހުރުވަތަކުގެ ތަބީއަތު ދިރާސާކުރާ ކުންފުންޏެކެވެ. މަސައްކަތަކީ، އެ އެއްޗެއްގެ އަސްލު ދެނެނުގަނެވޭހައި މޮޅަށް، މަސްނޫއީ ބަހުރުވަތައް އުފެއްދުމެވެ.

28 ފެބުރުއަރީ

February 28, 2020
ވައިރަހާ ހެދި ސެމްސަންގް ފަތްޖެހި ފޯނު ފެކްޓަރީ ބަންދު

ސެމްސަންގުން ސައުތު ކޮރެއާގައި ހިންގާ ބައެއް ފެކްޓަރީތައް ބަންދުކުރަން ޖެހިއްޖެ އެވެ. މިއީ އެ ގައުމުގައި ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

23 ފެބުރުއަރީ

February 23, 2020 1
ސެމްސަންގުން ފޮނުވި ނޮޓިފިކޭޝަނަކުން ބިރުވެރިކަން

އެންޑްރޮއިޑް 10 އަކީ ގޫގުލް އިން މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ކަމަށް ބުނާ އަޑު އިވެ އެވެ. އެ ބުނާ ބާރުގަދަކަމެއް ނުވަތަ މޮޅުކަމެއް އަހަންނަކަށް އަދި ތަޖުރިބާއެއް ނުކުރެވެ އެވެ. މިހެން ކަން އޮއްވައި، ދާދި މިދާކަށް ދުވަހު، ރޭގަނޑުގެ ވަގުތެއްގައި، އާދަޔާ ޚިލާފު ނޮޓިފިކޭޝަނެން ލިބުނެވެ. އެއީ...

05 ފެބުރުއަރީ

February 05, 2020 4
އެޕަލް ނުރުހުނަސް، ޗާޖަރުތައް ބަދަލުކުރަނީ

އާ ޑިވައިސްއެއް ގަންނަ ކޮންމެ ފަހަރަކު، އާ ޗާޖަރަކަށް ބޭނުންޖެހޭ ގޮތަށް އޮންނަ އޮތުމަކީ ކޮންމެހެން ވާންޖެހޭ ގޮތް ނޫން ކަމަށް، ޔޫރަޕިއަން ޕާލަމެންޓްގައި އެއްބަސްވެއްޖެ އެވެ. މި އެއްބަސްވުމުގައި ޔޫރަޕިއަން ކޮމިޝަނަށް ގޮވާލާފައި ވަނީ، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން މި ގަވާއިދަށް އަމަލުކުރަން ފެށުމަށެވެ.

28 ޑިސެމްބަރ

December 28, 2019 3
ގެލަކްސީ އެސް11އެއް ނޫން، ގެލަކްސީ އެސް20

މިހެން ދައްކާހާ ވާހަކައެއް ހަގީގަތަކަށް ނުވެ އެވެ. އެކަމަކު ވެސް ދެއްކެވެނީ އެވެ. ސްމާޓްފޯން ޑިޒައިންތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ފޯނަށް ކޮންމެ ނަމެއް ކިޔަސް، ބޭނުންކޮށްލާ ހިއްވާތީ އެވެ.

01 ޑިސެމްބަރ

December 01, 2019
ނޯޓް 10 އަށް އެންޑްރޮއިޑް 10، 2020 ގައި

ސެމްސަންގަކީ އެންޑްރޮއިޑް މާކެޓްގައި އެންމެ ނުފޫޒު ގަދަ ކުންފުންޏެވެ. އެ މީހުން ބޭނުން ގޮތަކަށް އެންޑްރޮއިޑް މާކެޓް އަނބުރާލެވިދާނެ ކަމަށް ގަބޫލުކުރެވެ އެވެ. ނަމަވެސް، ހިތާމަ އަކީ، ވާދަވެރިންގެ ފޯނުތަކަށް އެންޑްރޮއިޑް 10 ލިބެމުން ދާއިރު ވެސް، ސެމްސަންގް ފޯނުތަކަށް ދިގުލައިގެން ދިއުމެވެ.

11 ސެޕްޓެމްބަރ

September 11, 2019
ގެލަކްސީ ފޯލްޑަށް ވަކި އެޕްލިކޭޝަންތަކެއް އުފައްދަނީ

ގެލަކްސީ ފޯލްޑަށް ޚާއްސަ އެޕްލިކޭޝަންތަކެއް އުފެއްދުމަށްޓަކައި، ސެމްސަންގް އަދި ގޫގުލް އެކުގައި މަސައްކަތްކުރަން ފަށައިފި އެވެ. މި މަސައްކަތްތަކުގައި ޑިވެލޮޕަރުން ހިމަނާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ސެމްސަންގް ފަތްޖެހި ފޯނު، ގެލަކްސީ ފޯލްޑްގައި އެޕްލިކޭޝަންތައް ފުރިހަމަ އަށް މަސައްކަތްކުރުވަން ޑިވެލޮޕަރުންގެ...

26 އޯގަސްޓް

August 26, 2019 2
ބާރުގަދަ ފޯނުތައް މި އަހަރު އަދިވެސް ކުރި އަށް

ސްމާޓްފޯން މާކެޓްގައި މި ވަގުތު ބާރަށް ކުޅެނީ ސެމްސަންގެވެ. ގެލަކްސީ އެސް10 އަށް އަށް ފަހު ގެލަކްސީ ނޯޓް 10 ވެސް ނެރެފި އެވެ. މީން ފޯނެއް އަތުޖެހޭތޯ ވަފާތެރިން ކޮޅުކޮޅަށް ދުވަނީ އެވެ. މިއީ ސެމްސަންގަށް ތިޔާގެ މޫސުމެއް ކަމަށް ބެލެވެ އެވެ.

20 އޯގަސްޓް

August 20, 2019 8
އިގުތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް

ޗައިނާ އަށް ދަތިކުރަން އެމެރިކާއިން ކުރާ އިގުތިސާދީ ހަނގުރާމައިގެ ސަބަބުން ފައިދާވާ ބަޔަކު ވެސް އުޅޭ ކަމަށާއި ވާދަވެރިންނަށް ފައިދާވުމަކީ އެޕަލް އަށް އޮތް ބިރެއް ކަމަށް، އެ ކުންފުނީގެ ސީއީއޯ، ޓިމް ކުކް ވިދާޅުވެއްޖެ އެވެ. އެމެރިކާގެ ރައީސް، ޓްރަމްޕްއާ ބައްދަލުކުރައްވައި ކުކް ވިދާޅުވި ގޮތުގައި، އިގުތިސާދީ ހަނގުރާމައިން ހުރިހާ...

05 ޖޫން

June 05, 2019
ވަންޕްލަސް 7 ޕްރޮ އަކީ ހިނގުން އެންމެ އަވަސް ފޯނު

"ވަންޕްލަސް 7 ޕްރޮ"އާ ބެހޭ ގޮތުން މީހުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، މި އަށް ވުރެ ހިނގުން އަވަސް ފޯނެއް، ސްމާޓްފޯން މާކެޓަކު ނެތެވެ. ފޯނުތައް ރިވިއުކުރާ މީހުން ބުނަނީ ވެސް މިހެންނެވެ. އައިފޯނުތަކަށް ވުރެވެސް، ވަންޕްލަސް 7 ޕްރޮ ހަލުއި ކަމަށެވެ.

03 ފެބުރުއަރީ

February 03, 2019
ވަންޕްލަސް އިންޑިއާގައި ބާރުގަދަކުރަނީ

ސްމާޓްފޯން މާކެޓްގައި ފޯނުތައް ދަރަޖަކުރެވެނީ ތިން ގިންތިއަކަށެވެ. އެއީ "ބަޖެޓް"، "މިޑް ރޭންޖް" އަދި "ޕްރީމިއަމް" އެވެ.

30 ޖެނުއަރީ

January 30, 2019 7
ޗައިނާ ނޫން ގައުމެއްގައި ހެދި ސްމާޓްފޯނެއް އެނގޭތަ؟

ޗައިނާ ނޫން ގައުމުތަކުގައި ވެސް ސްމާޓްފޯން އުފައްދަ އެވެ. ޗައިނާ ނޫން ގައުމެއްގައި އުފެއްދި ސްމާޓްފޯނެއް ގަންނަން ބޭނުން ނަމަ އެއީ ވާނެ ކަމެއްކަން ކަށަވަރެވެ. އެކަމަކު، ޗައިނާ ނޫން ގައުމެއްގައި އުފެއްދި ސްމާޓްފޯނެއް ހޯދަން ކުރަންޖެހޭ މަސައްކަތް އިތުރުވެދާނެ އެވެ.

05 ޖޫން

June 05, 2018 1
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ

ޑިޖިޓަލް މުވާސަލާތުތަކުގެ އިސް ބަހާއެއް ކަމަށްވާ ޔުނިކޯޑުގެ 11 ވަނަ އަދަދު މިއަދު ނެރޭނެ އެވެ. އެއާ އެކު އިމޯޖީ އާއިލާ އަށް މެންބަރުންތަކެއް އިތުރުވާނެ އެވެ.

25 އެޕްރީލް

April 25, 2018
ގޫގުލް: މާކެޓް ލީޑަރަކަށް ވުމަށް އިންވެސްޓްކުރަނީ

ގޫގުލް އަކީ ބާރުގަދަ ކުންފުންޏެކެވެ. އިންޓަނެޓްގައި އިޝްތިހާރު ކުރުމުގެ ވިޔަފާރީގައި ގޫގުލް ވަރެއް ނެތެވެ. ގޫގުލް ކްރޯމް އިންޓަނެޓް ބްރައުޒާ އަދި ޖީމެއިލް ވެސް ގިނަ ބަޔަކު ބޭނުންކުރެ އެވެ. މީގެ މާނަ އަކީ ގޫގުލް ހަމަ ބާރުގަދައީ ހެއްޔެވެ؟