25 ޖުލައި

July 25, 2020 2
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް

"ގޮރިއްލާ ގްލާސް" އުފައްދާ ކުންފުނި، "ކޯނިންގް" އިން "ގޮރިއްލާ ގްލާސް ވިކްޓަސް" އުފައްދައި، ތައާރަފުކޮށްފި އެވެ. ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ނެރެން ހުރި ފޯނުތަކުގެ މޫނުމަތީގައި ދެން އޮންނާނީ، "ގޮރިއްލާ ގްލާސް 7" ގެ ބަދަލުގައި "ވިކްޓަސް" އެވެ. ކޯނިންގް އިން މި ވަނީ ގޮރިއްލާ ބިއްލޫރީގައި ނަންބަރުޖެހުން ދޫކޮށްލައި، ނަމަކަށް...

31 މެއި

May 31, 2020
އައިފޯން އޯލެޑް އޯޑަރުތަކުގެ 80 ޕަސެންޓް ސެމްސަންގަށް

އެޕަލް އިން މި އަހަރު ނެރޭ އައިފޯނުތަކަށް ބޭނުންވާ އޯލެޑް ޕެނަލްތަކުގެ ބޮޑު ބައި ސެމްސަންގުން ކަށަވަރުކޮށްފި އެވެ. ސެމްމޮބައިލް އިން ބުނި ގޮތުގައި، އައިފޯނުތަކަށް ބޭނުންވާ އަދަދުގެ 80 ޕަސެންޓް ސެމްސަންގުން ސައިޕްލައިކޮށްދޭނެ އެވެ.

29 މެއި

May 29, 2020
އައިފޯން 11: އެންމެ ގިނައިން ވިކުނު ސްމާޓްފޯން

މި އަހަރު ސްމާޓްފޯން ކުންފުނިތަކަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމާ މެދު ސުވާލު އުފެދުނެވެ. ކޮރޯނާވައިރަހާ ހެދި ގައުމުތައް ތަޅުލެވިފައި އޮތުމުން، އާ ފޯނެއް ގަންނާނެ މީހަކު ނުވެދާނެ ކަމަށް ވެސް ހީވި އެވެ. އެކަމަކު ކަން ހިނގަމުން އަންނަނީ ލަފާކުރެވުނު ގޮތަކަށް ނޫނެވެ.

05 ފެބުރުއަރީ

February 05, 2020 4
އެޕަލް ނުރުހުނަސް، ޗާޖަރުތައް ބަދަލުކުރަނީ

އާ ޑިވައިސްއެއް ގަންނަ ކޮންމެ ފަހަރަކު، އާ ޗާޖަރަކަށް ބޭނުންޖެހޭ ގޮތަށް އޮންނަ އޮތުމަކީ ކޮންމެހެން ވާންޖެހޭ ގޮތް ނޫން ކަމަށް، ޔޫރަޕިއަން ޕާލަމެންޓްގައި އެއްބަސްވެއްޖެ އެވެ. މި އެއްބަސްވުމުގައި ޔޫރަޕިއަން ކޮމިޝަނަށް ގޮވާލާފައި ވަނީ، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން މި ގަވާއިދަށް އަމަލުކުރަން ފެށުމަށެވެ.

03 ޖެނުއަރީ

January 03, 2020
އެޕަލް އިން އައިފޯނުތަކަށް އޯލެޑް ރިޒާވްކުރަނީ

އައިފޯނަށް ބައިތައް ހޯދުމުގައި އެޕަލް އިން ފަރުވާތެރިވާ މިންވަރު މިހިރީ އެވެ. ކުރިއަށް އޮތް 2021 ގައި ނެރޭ އައިފޯނުތަކަށް ބޭނުން ޖެހޭނެ ކަމަށް ބަލައި، އަދި އެއްވެސް ކުންފުންޏަކަށް ދޭ އޯޑަރު ނުނިމިދާނެ ކަމަށް ބަލައި، އޯލެޑް ޑިސްޕްލޭ އުފެއްދުމަށް، ޗައިނާގެ ބީއޯއީ ޓެކްނޮލޮޖީޒްގެ ކިބައިން އެހީތެރިކަން ހޯދަން ވިސްނާ ކަމަށް އެބަ ބުނެވެ...

20 އޯގަސްޓް

August 20, 2019 8
އިގުތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް

ޗައިނާ އަށް ދަތިކުރަން އެމެރިކާއިން ކުރާ އިގުތިސާދީ ހަނގުރާމައިގެ ސަބަބުން ފައިދާވާ ބަޔަކު ވެސް އުޅޭ ކަމަށާއި ވާދަވެރިންނަށް ފައިދާވުމަކީ އެޕަލް އަށް އޮތް ބިރެއް ކަމަށް، އެ ކުންފުނީގެ ސީއީއޯ، ޓިމް ކުކް ވިދާޅުވެއްޖެ އެވެ. އެމެރިކާގެ ރައީސް، ޓްރަމްޕްއާ ބައްދަލުކުރައްވައި ކުކް ވިދާޅުވި ގޮތުގައި، އިގުތިސާދީ ހަނގުރާމައިން ހުރިހާ...

11 އޯގަސްޓް

August 11, 2019 8
ސެމްސަންގް އުނބަށް، ހެޑްފޯން ޖެކް އުވާލައިފި

އެޕަލް އިން އައިފޯނުން ހެޑްފޯން ޖެކް ނައްތާލުން ވީ ބޮޑު މަޖާގަނޑަކަށެވެ. ސްމާޓްފޯން ސިނާއަތުގައި ބާރުގަދަ ކުންފުނިތަކުން އެޕަލް އަށް ޖޯކުޖަހައި، މަލާމާތްކުރި އެވެ. މިކަމުގައި އެންމެ ކުރީގައި އުޅުނީ ސެމްސަންގެވެ. އައިފޯން 7 ގައި 3.5އެމްއެމް ހެޑްފޯން ޖެކް ނުހިމެނުމަކީ ޒަމާނާ ގުޅޭ ކަމެއް ނޫން ކަމަށް ބަޔަކު ބުންޏެވެ.

19 ޖޫން

June 19, 2019 1
ހެކް ނުކުރެވޭ މޮޅު ފޯނެއް ދައްކަބަލަ!

ސްމާޓްފޯންތަކުގެ ބާރުގަދަކަން ބަލާ އެހެން މިންގަޑެއް ވެސް އޮވެ އެވެ. މައިގަނޑު ގޮތެއްގައި، ރޭމް، ކެމެރާ، ބެޓެރީ އަދި ސްޓޯރޭޖްގެ އިތުރުން އޮޕަރޭޓިން ސިސްޓަމުން ވެސް ފޯނަށް ގަދަފަދަކަން ލިއްބައިދޭން ޖެހެ އެވެ. އެއީ ފޯނު ހެކްކުރުމުން ރައްކާތެރިކުރުމަށެވެ.

13 އޯގަސްޓް

August 13, 2018 2
އައިފޯނު މޮޑެލްތަކަށް އޮންނަ ފޯރި މާ ގަދަ

ސާވޭކުރަނީ ހާލަތު ދެނެގަންނާށެވެ. ކަމެއް ހިނގާ ގޮތް ނުވަތަ މަސައްކަތްތަކެއް ކުރި އަށް ދާ ގޮތް ބަލާށެވެ. ސްމާޓްފޯން މާކެޓްގައި، އެއް ފަޅިން އެންޑްރޮއިޑް ފޯނުތައް ކުޅޭއިރު، އަނެއް ފަޅިން ކުޅެނީ އައިފޯނުތަކެވެ. މި ދެ ބައިން ކުރެ ފޯރިގަދައީ ކޮންބައެއްގެ މެދުގައިތޯ ބެލުމަށް ޕީސީ މެގުން ކުރި ސާވޭއެއްގައި، އައިފޯނު މޮޑެލްތަކަށް އޮންނަ...

05 ޖޫން

June 05, 2018 1
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ

ޑިޖިޓަލް މުވާސަލާތުތަކުގެ އިސް ބަހާއެއް ކަމަށްވާ ޔުނިކޯޑުގެ 11 ވަނަ އަދަދު މިއަދު ނެރޭނެ އެވެ. އެއާ އެކު އިމޯޖީ އާއިލާ އަށް މެންބަރުންތަކެއް އިތުރުވާނެ އެވެ.

14 މާޗް

March 14, 2017 5
ކީއްކުރާ ފިންގަޕްރިންޓް ސްކޭނާއެއް؟

ސްމާޓްފޯނުތަކުން ފިންގަޕްރިންޓް ސްކޭނާ އުވާލަން އުޅޭ ވާހަކަ އެބަ ދެކެވެ އެވެ. ސެމްސަންގް ފޯނުތަކުގައި ފިންގާޕްރިންޓް ސްކޭނާ ދެން ނުހިމަނާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވަނީ ޓްވީޓާގައި ބުނެފަ އެވެ. އެޕަލް އިން އަދި ނުބުނެ އެވެ. އެކަމަކު ދެން ނެރޭ އައިފޯނުގައި "ހޯމް ބަޓަން" ނުއިންނާނެ ކަމަށް ބުނެވެ އެވެ.

11 މާޗް

March 11, 2017 1
އެޕަލް އަދި ސެމްސަންގް ސީއައިއޭއަށް ދުލެއް ނުކުރާނެ

އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން މީހަކަށް ފާރަލާން ބޭނުންވެއްޖެ ނަމަ، އޭނާ ގެންގުޅޭ ޓީވީ އަށް ވަދެގަތުމަކީ އެއްވެސް ކަމެއް ނޫނެވެ. ސްމާޓްފޯނާއި ޓެބްލެޓް އަދި ސްމާޓް ޓީވީ ފަދަ މޮބައިލް އިލެކްޓްރޯނިކްސް އިން ހެކްކުރުމަށްޓަކައި ސީއައިއޭ ބޭނުންކުރާ އުކުޅުތައް ކަމަށް ބުނެ "ވިކިލީކްސް" އިން...

13 ޖެނުއަރީ

January 13, 2017
އައިފޯނު އޯލެޑް ޑިސްޕްލޭ ޝާޕުން އުފައްދަނީ

އައިފޯނު 8 އަށް "އޯލެޑް" ޑިސްޕްލޭއެއް ބޭނުންވެ އެވެ. އެކަމަކު އެކަން މި ވަގުތު ވާކަށް ނެތެވެ. ބުނެވޭ ގޮތުގައި އައިފޯނު 8 މާކެޓަށް ނެރޭއިރު ވެސް، އެޕަލް އަށް "އޯލެޑް" ޑިސްޕްލޭތައް ތައްޔާރެއް ނުކުރެވެ އެވެ.

30 ޑިސެމްބަރ

December 30, 2016 1
ވިންޑޯޒް ފޯނުތައް ދޫކޮށްލަން ސެމްސަންގުން ބުނެފި

ގެލަކްސީ ނޯޓް 7ގެ ސަބަބުން ސެމްސަންގަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި، އާ ކަސްޓަމަރުން ހޯދުމަކީ އެ ކުންފުނިން ކުރާ ކަމެއް ނޫނެވެ. އެ މީހުން ބުނަނީ އެހެންނެވެ. އެކަމަކު މި ކުރާ ކަމަކުން އެއީ ރަނގަޅު ވާހަކައެއްތޯ ސުވާލު އުފެދެ އެވެ.

16 ނޮވެމްބަރ

November 16, 2016 2
މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކުގެ ވާދަވެރިކަން

އެންމެ ބާރުގަދަ މޮބައިލް އޮޕަރޭޓިން ސިސްޓަމަކީ ކޮބައިތޯ އަހައިފި ނަމަ ބޮޑު މައްސަލައަކަށް ވާނެ އެވެ. އެކަށީގެން ވަނީ ދެ މީހަކަށް އެއް ޖަވާބަކަށް އެއްބަސްނުވެވުމެވެ. ޝައުގުވެރިކަން ކަފިވުމުގެ ސަބަބުންނެވެ. ސްމާޓްފޯން މާކެޓްގައި އެންމެ ގިނައީ އެންޑްރޮއިޑް ފޯނެވެ. މާނަ އަކީ އެންމެ ބާރުގަދަ މޮބައިލް އޮޕަރޭޓިން ސިސްޓަމަކަށް...

12 ސެޕްޓެމްބަރ

September 12, 2016 1
އައިފޯނަށް "ވަޔަލެސް ޗާޖިން" އަދި އަންނާނެ

އައިފޯނަށް "ވަޔަލެސް ޗާޖިން" އަންނާނެ ކަމަކަށް އެޕަލް އިން ނުބުނެ އެވެ. ނާންނާނެ ކަމަކަށް ވެސް ނުބުނެ އެވެ. އެކަމަކު އެ މީހުން ނުކުރާނެ ކަމަށް ބުނި ބައެއް ކަންތައް ކުރާތީ އެބަ ފެނެ އެވެ.