29 އޮކްޓޯބަރ

October 29, 2019
ކޮރެއާގައި އެއް ދުވަހުން 130،000 އައިފޯނު ވިކުނު

ސައުތު ކޮރެއާގައި މި މަހު 25 ގައި އައިފޯން 11 ވިއްކަން ފެށުމާ އެކު އެ ދުވަހު 130،000 ފޯނު ވިކިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ. މިއީ ސައުތު ކޮރެއާގައި އެ ދުވަހު، އައިފޯން 11ގެ މޮޑެލްތައް އަލަށް "އެކްޓިވޭޓް"ކުރި އަދަދު ވެސް މެ އެވެ.

26 އޯގަސްޓް

August 26, 2019 2
ބާރުގަދަ ފޯނުތައް މި އަހަރު އަދިވެސް ކުރި އަށް

ސްމާޓްފޯން މާކެޓްގައި މި ވަގުތު ބާރަށް ކުޅެނީ ސެމްސަންގެވެ. ގެލަކްސީ އެސް10 އަށް އަށް ފަހު ގެލަކްސީ ނޯޓް 10 ވެސް ނެރެފި އެވެ. މީން ފޯނެއް އަތުޖެހޭތޯ ވަފާތެރިން ކޮޅުކޮޅަށް ދުވަނީ އެވެ. މިއީ ސެމްސަންގަށް ތިޔާގެ މޫސުމެއް ކަމަށް ބެލެވެ އެވެ.

20 އޯގަސްޓް

August 20, 2019 8
އިގުތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް

ޗައިނާ އަށް ދަތިކުރަން އެމެރިކާއިން ކުރާ އިގުތިސާދީ ހަނގުރާމައިގެ ސަބަބުން ފައިދާވާ ބަޔަކު ވެސް އުޅޭ ކަމަށާއި ވާދަވެރިންނަށް ފައިދާވުމަކީ އެޕަލް އަށް އޮތް ބިރެއް ކަމަށް، އެ ކުންފުނީގެ ސީއީއޯ، ޓިމް ކުކް ވިދާޅުވެއްޖެ އެވެ. އެމެރިކާގެ ރައީސް، ޓްރަމްޕްއާ ބައްދަލުކުރައްވައި ކުކް ވިދާޅުވި ގޮތުގައި، އިގުތިސާދީ ހަނގުރާމައިން ހުރިހާ...

02 ޖުލައި

July 02, 2019
ސްމާޓްފޯން އުފެއްދުން އަގުބޮޑުވެދާނެ

ސްމާޓްފޯން އަދި މައިކްރޮޗިޕް އުފައްދަން ބޭނުންކުރާ ބައެއް މާއްދާތައް، ސައުތު ކޮރެއާ އަށް ވިއްކުން ދަތިކުރާނެ ކަމަށް ޖަޕާނުގެ ޓްރޭޑް މިނިސްޓްރީން ބުނެފި އެވެ. އޭގެ ތެރޭގައި ސްމާޓްފޯން ޑިސްޕްލޭ އުފައްދަން ބޭނުންކުރާ މާއްދާތައް ވެސް ހިމެނެ އެވެ.

25 ޖޫން

June 25, 2019
އެޕަލް އަތުން ސެމްސްސަންގް ބަދަލު އަތުލަނީ

އެޕަލް އައިފޯނުތަކަށް ވުރެ ސެމްސަންގް ގެލަކްސީ ފޯނުތައް މޮޅެވެ. މިއީ ސެމްސަންގެ ބުނުމެކެވެ. ގެލަކްސީ މަރުކާގައި ހިމެނޭ ބާރުގަދަ ފޯނުތައް އިޝްތިހާރުކުރުމަށް، އެޕަލް އަށް ޖޯކުޖަހައި ޑްރާމާކުޅުމަކީ ސެމްސަންގް ވަރަށް ކުރާހިތްވާ ކަމެކެވެ.

05 ޖޫން

June 05, 2019
ވަންޕްލަސް 7 ޕްރޮ އަކީ ހިނގުން އެންމެ އަވަސް ފޯނު

"ވަންޕްލަސް 7 ޕްރޮ"އާ ބެހޭ ގޮތުން މީހުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، މި އަށް ވުރެ ހިނގުން އަވަސް ފޯނެއް، ސްމާޓްފޯން މާކެޓަކު ނެތެވެ. ފޯނުތައް ރިވިއުކުރާ މީހުން ބުނަނީ ވެސް މިހެންނެވެ. އައިފޯނުތަކަށް ވުރެވެސް، ވަންޕްލަސް 7 ޕްރޮ ހަލުއި ކަމަށެވެ.

15 އެޕްރީލް

April 15, 2019
އެޕަލް އައިފޯނަށް ވާވޭ 5ޖީ މޯޑެމްތައް!

އެޕަލްގެ 5ޖީ އައިފޯނުތަކުގައި، ވާވޭ 5ޖީ މޯޑެމް ބޭނުންކޮށްފާނެ ކަމަށް އެބަ ބުނެ އެވެ. އެހެން ވެއްޖެ ނަމަ ވާނީ ސިފަކުރަން ވެސް ދަތި މަންޒަރަކަށެވެ. އަދި މިއީ އެމެރިކާ ސަރުކާރު ދެކޮޅުހަދާނެ ކަމެއް ކަމަށް ވެސް ބެލެވެ އެވެ. ނަމަވެސް، 5ޖީ ރޭހުގައި ފަހަތަށް ޖެހެމުން ދިޔަ ވަރަކަށް އެޕަލް އަށް އެ ދެވެނީ ގޮތްހުސްވުމާ ކައިރިއަށެވެ.

27 މާޗް

March 27, 2019
ގެލަކްސީ އެސް10: "ޕަންޗް ހޯލް" ބޮޑު މަޖާގަނޑަކަށް

އެޕަލް އައިފޯނުގައި ރީތި ސިފައެއް ނުޖެއްސިގެން އުޅެނިކޮށް، މޫނުމަތިން ބާގަނޑެއް ކަނޑަން ހަދައިގެން، އައިފޯނަށް ލިބުނީ ނިކަމެތިކަމެކެވެ. އައިފޯނުގެ ސްކްރީން މަތީ ކޮޅުން ބޮޑު ތަންގަނޑެއް، ސެންސަރުތައް ވަޅުލަން ޚާއްސަކުރުމުން، އެކަން ވީ ބޮޑު އައިބަކަށެވެ. އެކަހަލަ ބާގަނޑުތަކަށް އެ މީހުން ކިޔަނީ، "ނޮޗް" އެވެ. އަހަރެމެން "ފެންލައިޓް"...

11 މާޗް

March 11, 2019
ފަތްޖެހޭ ފޯނެއް މުހިންމެއް ނޫން: ބްލެކްބެރީ

ސްމާޓްފޯން ކުންފުނިތަކުގެ މިސްރާބު ހުރީ ފަތްޖެހޭ ފޯނުތަކާ ދިމާއަށެވެ. އެކަމަކު، ބްލެކްބެރީ އަށް އެ ކަމެއް ގަބޫލެއް ނުކުރެވެ އެވެ. އެ ކުންފުނިން ދެކޭ ގޮތުގައި، ފަތްޖެހޭ ފޯނުތައް ވާނީ ބަރުހެލި، ގެންގުޅެން އުނދަގޫ އަދި މުހިންމުކަމެއް ނެތް އާލާތްތަކަކަށެވެ.

05 ނޮވެމްބަރ

November 05, 2018 1
އެސް10 ގައި އަލްޓްރާސޮނިކް ފިންގާޕްރިންޓް ސްކޭނާއެއް

ސެމްސަންގް ގެލަކްސީ އެސް10 އާ ބެހޭ ގޮތުން ދެކެވެނީ އުންމީދީ ވާހަކަތަކެވެ. ސްމާޓްފޯން މާކެޓަށް އާ ޓެކްނޮޖީ ތައާރުފުކުރަން ސެމްސަންގް އުޅޭ ވާހަކަ އެވެ. މާނަ އަކީ، ސްމާޓްފޯނަކުން މީގެ ކުރިން ފެނިފައި ނެތް ޓެކްނޮލޮޖީތަކެއް، ގެލަކްސީ އެސް10 ގައި ހިމަނާނެ ކަމެވެ.

13 އޯގަސްޓް

August 13, 2018 2
އައިފޯނު މޮޑެލްތަކަށް އޮންނަ ފޯރި މާ ގަދަ

ސާވޭކުރަނީ ހާލަތު ދެނެގަންނާށެވެ. ކަމެއް ހިނގާ ގޮތް ނުވަތަ މަސައްކަތްތަކެއް ކުރި އަށް ދާ ގޮތް ބަލާށެވެ. ސްމާޓްފޯން މާކެޓްގައި، އެއް ފަޅިން އެންޑްރޮއިޑް ފޯނުތައް ކުޅޭއިރު، އަނެއް ފަޅިން ކުޅެނީ އައިފޯނުތަކެވެ. މި ދެ ބައިން ކުރެ ފޯރިގަދައީ ކޮންބައެއްގެ މެދުގައިތޯ ބެލުމަށް ޕީސީ މެގުން ކުރި ސާވޭއެއްގައި، އައިފޯނު މޮޑެލްތަކަށް އޮންނަ...

22 އެޕްރީލް

April 22, 2018 6
އައިފޯނަށް މި އަހަރު ވެސް ސެމްސަންގް އޯލެޑް ޑިސްޕްލޭ

އައިފޯން ޑިޒައިންކުރަނީ އެޕަލް އިންނެވެ. އުފައްދަނީ ޗައިނާގަ އެވެ. އެހެނެއް ކަމަކު، އައިފޯނަކީ އެޕަލްގެ އުފެއްދުމެއް ކަމަށް އަހަރެމެން ގަބޫލުކުރަމެވެ.

26 މާޗް

March 26, 2018 5
ފަށްޖަހާލެވޭ އެޕަލް އައިފޯން 2020 ގައި

ފަށްޖަހައި ލެވޭ ގޮތަށް ފަރުމާކުރާ އައިފޯންގެ ވާހަކަ މީގެ ކުރިން ވެސް އަހަރެމެން އަޑު އެހީމެވެ. ސެމްސެންގާއި ލެނޯވޯ އިން މީގެ ކުރިން މި ވައްތަރުގެ ފޯންގެ ސާމްޕަލްތަކެއް ވެސް ދައްކައިލި އެވެ. އެކަމަކު އަދިވެސް ފޯން ބާޒާރަށް ނެރެވޭ ގޮތެއް ނުވެ އެވެ.

23 ޖެނުއަރީ

January 23, 2018
އެޕަލް އަދި ސެމްސަންގަށް އިޓަލީން ކުރާ ތުހުމަތު ތަފާތު

ދުވަސްވީ އައިފޯނުތަކުގެ ސްޕީޑް ދަށްކުރާ ކަމަށް އެޕަލްއިން ވަނީ އެއްބަސްވެފަ އެވެ. އެކަން ކުރަނީ ކޮން މަގުސަދެއްގައިކަން ވެސް ވަނީ އާންމުކޮށް ބަޔާންކޮށްފަ އެވެ. އައިފޯނުތަކުގެ ސްޕީޑް ދަށްކުރަނީ ސޮފްޓްވެއާ އަޕްޑޭޓް މެދުވެރިކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

30 ނޮވެމްބަރ

November 30, 2017
އޯލެޑް ޑިސްޕްލޭ އުފައްދަން އެޕަލް ޗައިނާ އަށް

އައިފޯނު އުފެއްދުމުގައި އެޕަލް އުފުލަން ޖެހޭ އެންމެ ބޮޑު ތަކުލީފަކީ، ފޯނަށް ބޭނުންވާ ބައިތައް އުފައްދަން މީހުންނަށް ކަމުކިޔަން ޖެހުމެވެ. މިއީ އެޕަލް އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް އެޕަލްގެ ޑިވައިސްތަކަށް ބޭނުންވާ ހާޑްވެއާ އަމިއްލަ އަށް އުފެދެން ނެތުމުން އެހެން ގޮތެއް އަދި ނެތެވެ.

03 އޮކްޓޯބަރ

October 03, 2017 3
އައިފޯން 10 އިން ސެމްސަންގަށް ބޮޑު ފައިދާއެއް

އައިފޯން 10 އަށް އޯލެޑްް ޑިސްޕްލޭ އުފައްދައި ދެނީ ސެމްސަންގުންނެވެ. އެކަން މިހާރު އެންމެންނަށް ވެސް އެނގެ އެވެ. އެއިން ޑިސްޕްލޭއެއް އެޕަލް ގަންނަނީ 70 ޑޮލަރަށް ވުރެ މަދު ނޫން އަދަދަކަށް ކަމަށް ބެލެވެ އެވެ. ސެމްސަންގުން އައިފޯން 10 އަށް އުފައްދައިދޭ އެހެން ބައިތަކާ އެކު، ކޮންމެ އައިފޯން 10 އަކުން ސެމްސަންގަށް 110 ޑޮލަރަށް ވުރެ މަދު ނޫން...

21 ސެޕްޓެމްބަރ

September 21, 2017 1
އައިފޯން 10: "އެޕަލް އޭ11 ބަޔޮނިކް" ޗިޕް

"އެޕަލް އޭ11 ބަޔޮނިކް" ޗިޕް އަށް ވުރެ ބާރުގަދަ މޮބައިލް ޗިޕެއް މާކެޓްގައި މި ވަގުތު ނެތް ކަމަށް ވެ އެވެ. މާނަ އަކީ، އައިފޯން 8، އައިފޯން 8 ޕްލަސް އަދި އައިފޯން 10 އަށް ވުރެ ސްޕީޑް ބާރު އެހެން ފޯނެއް ސްމާޓްފޯނު މާކެޓްގައި މި ވަގުތު ނެތުމެވެ. މިއިން ކޮންމެ ފޯނެއްގައި ވެސް އެޕަލް އޭ11 ބަޔޮނިކް ޗިޕް އިނދެ އެވެ.

13 ސެޕްޓެމްބަރ

September 13, 2017 3
ސެމްސަންގް ފޯނުތައް 2018 ގައި އޮޅާލާނެ

އެޕަލް އިން އާ އައިފޯނެއް ނެރުމާ ދިމާކޮށް، ސެމްސަންގް އިން މޮޅު ވާހަކައެއް ދައްކައިފި އެވެ. އައިފޯނަށް 10 އަހަރު ފުރުން ފާހަގަކުރުމަށް އެޕަލް އިން ކުރާ ކަމެއް ބެލުމަށް މުޅި ދުނިޔެ އެއްވެފައި ވަނިކޮށް، ސެމްސަންގް ފޯނުތައް ފަތްޖަހަން މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. ސެމްސަންގް އިން ބުނި ގޮތުގައި، ފަތްޖަހާލެވޭ ފޯނެއް...

24 ޖުލައި

July 24, 2017 1
އައިފޯން 9 ހަދަން ފަށައިފި، ލައްވާނީ އެލްޖީ ބެޓެރީ

އައިފޯނު 8 އަދި ނުނެރެ އެވެ. މަސައްކަތްތައް މުޅިން ނިމުނުހެނެއް ވެސް ހިއެއް ނުވެ އެވެ. އެކަމަކު ދުރުނޫން ތާރީޚެއްގައި، އައިފޯން 8 މި އަހަރު ނެރޭނެ އެވެ. އައިފޯން މާކެޓްކުރަން އެޕަލް އިން ގެންގުޅޭ ވައްޓަފާޅި އަކީ އެއީ އެވެ.

04 ޖުލައި

July 04, 2017 1
ސެމްސަންގުން ސުޕާ އޯލެޑް ފެކްޓަރީއެއް ބިނާކުރަނީ

ސެމްސަންގުން ޗައިނާގައި ބިނާކޮށްފައި ހުރި ޑިސްޕްލޭ ފެކްޓަރީ، އޭ3 ޕްލާންޓަށް ނުކަތާ ވަރަށް އޯލެޑް ޑިސްޕްލޭ އުފައްދަން އޯޑަރު ލިބޭނެ ކަމަށް އެ ކުންފުނިން އަންދާޒާކޮށްފި އެވެ. އެޕަލް އައިފޯން އޯލެޑް ޑިސްޕްލޭ އަށް ބަދަލުކޮށްފި ނަމަ އެއީ ސެމްސަންގަށް ވެސް އޮބި ނޯންނަ ވަރު ބިޔަ އޯޑަރުތަކަށް ވާނެ އެވެ. ދެމެހެއްޓިނި ގޮތުގައި އޯޑަރުތައް...