01 ސެޕްޓެމްބަރ

September 01, 2020 1
"ބިންގް" އަކީ މިހާރު "މައިކްރޮސޮފްޓް ބިންގް"

ބިންގް އަކީ މައިކްރޮސޮފްޓްގެ އަމިއްލަ "އިންޓަނެޓް ސާޗް އިންޖީން" އެކެވެ. ބިންގް ބަލަހައްޓައި ހިންގަނީ ވެސް މައިކްރޮސޮފްޓުންނެވެ.

30 އޯގަސްޓް

August 30, 2020
އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 10 ގައި

އެންޑްރޮއިޑް އެޕްލިކޭޝަންތައް ވިންޑޯޒް 10 ގައި ބޭނުންކުރެވޭ ގޮތް ހެދުމަށް މައިކްރޮސޮފްޓާއި ސެމްސަންގް ވަރަށް ގާތުން މަސައްކަތްތަކެއް ކޮށްފި އެވެ. އެންޑްރޮއިޑް ފޯނުތައް – ސެމްސަންގް ގެލަކްސީ ފޯނުތައް – ބޭނުންކުރާ މީހުންނަށް މިއީ އާ ކަމަކަށް ވެސް ނުވެދާނެ އެވެ. މިއީ އަދި ހަމައެކަނި ސެމްސަންގް ގެލަކްސީ ފޯނުތަކަށް ޚާއްސަ ފީޗާއެކެވެ.

05 ޖެނުއަރީ

January 05, 2020 1
ސެމްސަންގްގެ ބުކް ފްލެކްސްއަށް އާ ކޮމްޕިއުޓަރެއް

ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) 2020 އަށް ކުންފުނިތައް ތައްޔާރުވަނީ އެވެ. މިއީ ސީއީއެސް 2020 ގައި، ސެމްސަންގުން މައުރަޒުކުރަން ތައްޔާރުކުރާ ލެޕްޓޮޕެކެވެ. ސެމްސަންގުން ބުނަނީ މިއީ ތަފާތު ރަހައެއް ތަޖުރިބާކުރަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ.

24 ސެޕްޓެމްބަރ

September 24, 2019
ނަކަލުކުރުމެއް ނޫން، ހިތްވަރުހޯދުން

މައިކްރޮސޮފްޓް ސާފަސް ޕްރޮ ޓެބްލެޓްތައް އަގު ހެޔޮ ކަމަށް އެކަކު ވެސް ނުބުނާނެ އެވެ. ސާފަސް ޕްރޮ ޓެބްލެޓްތަކުގެ ބޭނުން ފުރިހަމަ އަށް ހިފުމަށްޓައި އަދި އިތުރު ސާމާނުތަކެއް ވެސް ގަންނަން ޖެހެ އެވެ. އޭގެ ތެރޭގައި "ޓައިޕް ކަވާ" ކީބޯޑް އަދި "ސާފަސް ޕެން" ވެސް ހިމެނެ އެވެ.

05 ޖޫން

June 05, 2018 1
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ

ޑިޖިޓަލް މުވާސަލާތުތަކުގެ އިސް ބަހާއެއް ކަމަށްވާ ޔުނިކޯޑުގެ 11 ވަނަ އަދަދު މިއަދު ނެރޭނެ އެވެ. އެއާ އެކު އިމޯޖީ އާއިލާ އަށް މެންބަރުންތަކެއް އިތުރުވާނެ އެވެ.

25 އެޕްރީލް

April 25, 2018
ގޫގުލް: މާކެޓް ލީޑަރަކަށް ވުމަށް އިންވެސްޓްކުރަނީ

ގޫގުލް އަކީ ބާރުގަދަ ކުންފުންޏެކެވެ. އިންޓަނެޓްގައި އިޝްތިހާރު ކުރުމުގެ ވިޔަފާރީގައި ގޫގުލް ވަރެއް ނެތެވެ. ގޫގުލް ކްރޯމް އިންޓަނެޓް ބްރައުޒާ އަދި ޖީމެއިލް ވެސް ގިނަ ބަޔަކު ބޭނުންކުރެ އެވެ. މީގެ މާނަ އަކީ ގޫގުލް ހަމަ ބާރުގަދައީ ހެއްޔެވެ؟

11 މާޗް

March 11, 2018
މައިކްރޮސޮފްޓް ސްޓޯރުގައި ގެލަކްސީ ފޯނުތައް

މައިކްރޮސޮފްޓް ސްޓޯރުގައި، ވިންޑޯޒް ފޯނަށް ވުރެ އެންޑްރޮއިޑް ފޯނު ގިނަ އެވެ. ސެމްސަންގް ގެލަކްސީ މަރުކާގެ ބާރުގަދަ ފޯނުތައް، ސެމްސަންގް ސްޓޯރުން ވިއްކާ އަގުގައި، މައިކްރޮސޮފްޓް ސްޓޯރުން އެބަ ވިއްކަ އެވެ. ޝައުގުވެރިވާ މީހަކު މި ދެ ޖުމުލަ މާނަކުރަންވީ އެވެ.

28 ފެބުރުއަރީ

February 28, 2018
މައިކްރޮސޮފްޓް، ޝޯމީ އޭއައި ޑިވައިސްތައް އުފައްދަނީ

އާޓިފިޝަލް އިންޓެލިޖެންސް ޑިވައިސްތައް އުފެއްދުމަށްޓަކައި، މައިކްރޮސޮފްޓް އަދި ޝޯމީ އެއްބަސްވުމެއްގައި ސޮއިކުރި ވާހަކަ އެބަ ދެކެވެ އެވެ. ބޭނުމަކީ އެޕަލް، ގޫގުލް އަދި އެމެޒޯން ބާރުގަދަކޮށްފައި އޮތް، އާޓިފިޝަލް އިންޓެލިޖެންސް "އޭއައި" މާކެޓުން ބައެއް އަތުލުމެވެ. މި ދެ ކުންފުނި ގުޅިގެން އުފައްދާ ޑިވައިސްތައް، ބަޖެޓް...

05 އޮކްޓޯބަރ

October 05, 2017
މައިކްރޮސޮފްޓް އެޖް އައިފޯނަށާއި އެންޑްރޮއިޑަށް

މޮބައިލް ބްރައުޒާ މާކެޓަށް މައިކްރޮސޮފްޓް ވަންނަނީ އެވެ. ދެކެވޭ ވާހަކަތަކުގައި ބަރުދަނެއް ހުރި ނަމަ، ލަސްތަކެއް ނުވެ، އައިފޯނުގައި މައިކްރޮސޮފްޓް އެޖް ހިންގަން ފަށާނެ އެވެ. ބުނެވޭ ގޮތުގައި، އެންޑްރޮއިޑް ފޯނުތަށް އެޖް އޮތީ ތައްޔާރުކޮށް ނިމިފަ އެވެ.

28 ސެޕްޓެމްބަރ

September 28, 2017 7
ބިލް ގޭޓްސް ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެއް

ވިންޑޯޒް ފޯނުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ. ބިލް ގޭޓްސް ވެސް ވިންޑޯޒް ފޯނު ދޫކޮށްލައްވައިފި އެވެ. އޭނާ މިހާރު ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެކެވެ.

01 އެޕްރީލް

April 01, 2017 5
ގެލެކްސީ އެސް8: އެންމެ ހާއްސަ ކަމަކީ ކޮބާ؟

ސެމްސަންގަށް ކުރިމަތިވަމުން ދަނީ ބޮޑެތި އިމްތިހާންތަކެކެވެ؛ ގެލަކްސީ ނޯޓް 7 ގޮވައި، ލިބުނު ގެއްލުންތަކުގެ ސަބަބުން، މުޅި ކުންފުނި އަނދައި އާރޯކަން ގެއްލުނެވެ. އަނެއްކޮޅުން، ކުންފުނީގެ ވާރުތަވެރިޔާ އެ ހުރީ ޖަލު ބަންދުގަ އެވެ؛ ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކަކާ އެކުގަ އެވެ. މުޅި ދުނިޔެ ވަނީ ސިއްސައިގެން ގޮސްފަ އެވެ....

30 ޑިސެމްބަރ

December 30, 2016 1
ވިންޑޯޒް ފޯނުތައް ދޫކޮށްލަން ސެމްސަންގުން ބުނެފި

ގެލަކްސީ ނޯޓް 7ގެ ސަބަބުން ސެމްސަންގަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި، އާ ކަސްޓަމަރުން ހޯދުމަކީ އެ ކުންފުނިން ކުރާ ކަމެއް ނޫނެވެ. އެ މީހުން ބުނަނީ އެހެންނެވެ. އެކަމަކު މި ކުރާ ކަމަކުން އެއީ ރަނގަޅު ވާހަކައެއްތޯ ސުވާލު އުފެދެ އެވެ.

21 ޑިސެމްބަރ

December 21, 2016 1
އެޕަލް އާއި ގޫގުލް އިން އޯލެޑް ޑިސްޕްލޭ ފަތް ޖަހަނީ

މިއީ މަލާމާތަކަށް ދައްކާ ވާހަކައެއް ނޫނެވެ. ސްމާޓް ޑިވައިސްތަކުގައި ބޭނުންކުރާ ޑިސްޕްލޭތައް ފަތްޖަހާލުމަކީ ޓެކްނޮލޮޖީ ކުންފުނިތަކުން ހަމަހޭގައި ވެސް ދެކޭ ހުވަފެނެކެވެ. އޯލެޑް ޑިސްޕްލޭތައް އޮޅާލައި، ފަތްޖަހާލަން އެޕަލް އަދި ގޫގުލް، ސައުތު ކޮރެއާގެ އެލްޖީ ކުންފުންޏާ އެކު ވަނީ މަޝްވަރާތައް ފަށާފަ އެވެ.

09 އޮކްޓޯބަރ

October 09, 2016 12
ބަޔަކު ސެމްސަންގަށް ލަނޑު ދިނީތަ؟

ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ދިމާވި ގޮތުން ހިނގައި ދާ މުއާމަލާތްތަކަށް ވިސްނާއިރު، ތިޔަ ކަހަލަ ސުވާލެއް ހިތަށް ވެރިވުމަކީ ވަރަށް ގާތް ކަމެކެެވެ. ޚާއްސަކޮށް ޓެކްނޮލޮޖީ މަސްރަހު ބަދަލުވަމުން ދާ ގޮތާ މެދު ވިސްނާ ނަމަ އެވެ.