ސްމާޓްފޯނެއްގައި ހުރުމަށް އެދޭ ހުރިހާ ފަސޭހަކަމެއް، ސެމްސަންގް ގެލަކްސީ އެސް7 ގައި އެބަ ހުއްޓެވެ. އެ ސީރީޒުގައި ދެން އޮތީ ގެލަކްސީ އެސް8 އެވެ. އެސް7 ގައި ނެތް މޮޅުކަމެއް، އެސް8 ގައި ހިމަނަން ހުރީ ކޮން ކަމެއް ހެއްޔެވެ؟ ކުރަން ރަނގަޅު ސުވާލެކެވެ.
ސްމާޓްފޯނެއްގައި ހުރުމަށް އެދޭ ހުރިހާ ފަސޭހަކަމެއް، ސެމްސަންގް ގެލަކްސީ އެސް7 ގައި އެބަ ހުއްޓެވެ. އެ ސީރީޒުގައި ދެން އޮތީ ގެލަކްސީ އެސް8 އެވެ. އެސް7 ގައި ނެތް މޮޅުކަމެއް، އެސް8 ގައި ހިމަނަން ހުރީ ކޮން ކަމެއް ހެއްޔެވެ؟ ކުރަން ރަނގަޅު ސުވާލެކެވެ.
ސެމްސަންގުގެ ގެލެކްސީ ނޯޓު ސީރީޒްގެ، ނޯޓު 7 މިރޭ ދައްކާލައިފި އެވެ.
ސްމާޓްފޯން މާކެޓްގެ މަތި ފަޑި ސެމްސަންގް އަށް އަތުޖެހުނީ އެންޑްރޮއިޑް އިހްތިޔާރު ކުރުމުންނެވެ. އެ ނޫން އޮޕަރޭޓިން ސިސްޓަމަކަށް ފޯނު އުފެއްދި ނަމަ، ނޮކިއާ، ޕާމް އަދި ބްލެކްބެރީއާ އެއް ލިސްޓަކަށް ސެމްސަންގް އެރީހެވެ. ރަނގަޅު ވިސްނުމެއް ވިސްނި، އޮބި ނޯންނަ ވަރަށް އެންޑްރޮއިޑް ފޯނުތައް މާކެޓަށް ނެރުން ވެފައި ވީ ސެމްސަންގް...
ވާވޭ ގޮވައިގެން ކޯޓަށް ދާން ސެމްސަންގުން ނިންމައިފި އެވެ. ސެމްސަންގުން ތުހުމަތުކުރާ ގޮތުގައި ވާވޭ ވަނީ އެ ކުންފުނީގެ ފިކުރީ މުދަލުން ވައްކަންކޮށްފަ އެވެ. ވާވޭއާ ދެކޮޅަށް ބީޖިންގެ ކޯޓަކަށް ހުށަހެޅި މައްސަލާގައި ސެމްސަންގުން ބަދަލުހޯދައި ދިނުމަށް އެދިފައި ވަނީ "މޮބައިލް އިމޭޖިން އާއި ޑާޓާ ސްޓޯރޭޖް" ޓެކްނޮލޮޖީން ވާވޭ ވައްކަންކުރި...
ބްރެޒިލްގައި އެޕަލް އަށް ވުރެ ސެމްސަންގް ކުރި ހޯދައިފި އެވެ. ކޮމްޕިއުޓަ މާކެޓްގެ އެއްވަނާގައި މިހާރު އޮތީ ސެމްސަންގް އެވެ. އެއީ ބްރެޒިލް މާކެޓްގަ އެވެ. ފާއިތުވި އަހަރު ބްރެޒިލްގައި އެންމެ ބޮޑު ފައިދާއެއް ހެދީ އެޕަލް އެވެ. ތިން ވަނަ ޑެލް އަށެވެ.
ސެމްސަންގުން މިހާތަނަށް އުފެއްދި އެންމެ އުމުރު ދިގު ފޯނަށް "ގެލަކްސީ އެސް7 އެކްޓިވް" ވާނެ ކަމަށް ބުނެ މާކެޓްކުރި ނަމަވެސް، އެއީ "ވޯޓާ ރެސިސްޓޭންޓް" ފޯނެއް ނޫންކަން ސާބިތުވެއްޖެ އެވެ. އެކަން ކަށަވަރުކުރުމަށް "ކޮންޒިއުމާ ރިޕޯޓްސް"ގެ ޓެކްނީޝަނުން ކުރި ކުރި ޓެސްޓްތަކުން އެ ފޯނު ވަނީ ފެއިލްވެފަ އެވެ.
ސެމްސަންގުން ނެރެން ތައްޔާރުވަމުން އަންނަ ގެލަކްސީ ނޯޓް 7 ގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެެއް އިންނާނެ ކަމަށް ބުނެވެން ފަށައިފި އެވެ. ގެލަކްސީ ފޯނުތަކަށް އެކްސެސަރީޒް އުފައްދާ ކުންފުންޏަކުން ލީކުކުރި ފޮޓޯގަނޑަކުން ދައްކާ ގޮތުގައި ނޯޓް 7 ގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެެއް އިނދެ އެވެ.
އީޔޫގެ މެންބަރެއް ގޮތުގައި އޮތުމަށް އިނގިރޭސިން ދެކޮޅުހަދައިފި އެވެ. އެ ކަމުގެ ސަބަބުން ކިތަންމެ ކަމެއް، ކިތަންމެ ބަޔަކަށް އުނދަގޫ ވެދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އިނގިރޭސިވިލާތް މިހާރު އެ އޮތީ އެ ފައްތަރުގަ އެވެ. އީޔޫ އިން ވަކިވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ފުލުސްޓޮޕް ޖެހުމާ ދިމާ އަށް މިސްރާބު ހުރިއިރު ފެންނަނީ...
ސެމްސަންގް ގެލަކްސީ ނޯޓް 7 ގައި ލޮލުގެ ކަޅި ސްކޭނަރެއް ހުންނާނެ ކަމަށް ބުނެވެ އެވެ. އެ ވާހަކަ އަދި ރަސްމީނުކުރި ނަމަވެސް ދެނެތިބީން ބުނާ ގޮތުގައި އެއީ ވުން ވަަރަށް ގާތް ކަމެކެވެ.
ސެމްސަންގް ފޯނު ގެއްލިއްޖެ ނަމަ ނުވަތަ ވަގަށް ނަގައިފި ނަމަ އަވަހަށް ގޫގުލް ގާތު އެ ވާހަކަ ބުނާށެވެ. ފޯނު އޮތް ތަނަކުން ހޯދަން ނުވަތަ ވަގު ކަލޭގެ އަށް ޖެއްސުންކޮށް ފޯނު ބޭނުން ނުކުރެވޭ ވަރު ކޮށްލެވޭނެ އެވެ.
އެންމެން މި ތިބީ ސެމްސަންގުން ނޯޓް 6 ނެރޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެކަމަކު ބައެއް ޓެކް ބްލޮގްތަކުން ލަފާކުރާ ގޮތުގައި ސެމްސަންގުން މިފަހަރު ނަންބަރެއް ވައްޓާލަފާނެ އެވެ. ނޯޓް 6 ގެ ބަދަލުގައި ނެރޭނީ ނޯޓް 7 އެވެ.
ސްމާޓް ވޮޗުތަކަށް އޮންނަ ޑިމާންޑް ކިތަންމެ ބޮޑަސް، އޭގެ ކުޑަކުޑަ ސްކްރީނާ ހެދި އެ ބޭނުންކުރުން ފަސޭހަ ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް ސެމްސަންގުން އެންމެ ފަހުން ހުށަހެޅި ޕޭޓަންޓެއްގައި ހިމެނޭ މައުލޫމާތުތަކަށް ބަލާއިރު، އެ ކުންފުނިން ވަނީ އެކަމަށް ހައްލެއް ހޯދާފަ އެވެ.
ސެމްސަންގުގެ ނޯޓް ސީރީޒްގެ، ގެލެކްސީ ނޯޓް 6 ޖޫން މަހުގެ މެދަކާ ހިސާބުގައި ތައާރަފްކުރަން ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.