04 ޖުލައި

July 04, 2016 1
ގެލަކްސީ ނޯޓް 7 އަށް ޔޫއެސްބީ ޓައިޕް-ސީ ޕޯޓެއް

ސެމްސަންގުން ނެރެން ތައްޔާރުވަމުން އަންނަ ގެލަކްސީ ނޯޓް 7 ގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެެއް އިންނާނެ ކަމަށް ބުނެވެން ފަށައިފި އެވެ. ގެލަކްސީ ފޯނުތަކަށް އެކްސެސަރީޒް އުފައްދާ ކުންފުންޏަކުން ލީކުކުރި ފޮޓޯގަނޑަކުން ދައްކާ ގޮތުގައި ނޯޓް 7 ގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެެއް އިނދެ އެވެ.

26 ޖޫން

June 26, 2016
ޔޫރަޕުން ބިންކޮޅެއް ހޯދަން ސެމްސަންގް ދުވަނީ

އީޔޫގެ މެންބަރެއް ގޮތުގައި އޮތުމަށް އިނގިރޭސިން ދެކޮޅުހަދައިފި އެވެ. އެ ކަމުގެ ސަބަބުން ކިތަންމެ ކަމެއް، ކިތަންމެ ބަޔަކަށް އުނދަގޫ ވެދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އިނގިރޭސިވިލާތް މިހާރު އެ އޮތީ އެ ފައްތަރުގަ އެވެ. އީޔޫ އިން ވަކިވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ފުލުސްޓޮޕް ޖެހުމާ ދިމާ އަށް މިސްރާބު ހުރިއިރު ފެންނަނީ...

16 ޖޫން

June 16, 2016
ނޯޓް 7 އަށް ކަޅި ސްކޭނަރެއް

ސެމްސަންގް ގެލަކްސީ ނޯޓް 7 ގައި ލޮލުގެ ކަޅި ސްކޭނަރެއް ހުންނާނެ ކަމަށް ބުނެވެ އެވެ. އެ ވާހަކަ އަދި ރަސްމީނުކުރި ނަމަވެސް ދެނެތިބީން ބުނާ ގޮތުގައި އެއީ ވުން ވަަރަށް ގާތް ކަމެކެވެ.

04 ޖޫން

June 04, 2016 3
ސެމްސަންގް ފޯނު ގެއްލުމުން ގޫގުލް އިން ހޯދައިދޭނެ

ސެމްސަންގް ފޯނު ގެއްލިއްޖެ ނަމަ ނުވަތަ ވަގަށް ނަގައިފި ނަމަ އަވަހަށް ގޫގުލް ގާތު އެ ވާހަކަ ބުނާށެވެ. ފޯނު އޮތް ތަނަކުން ހޯދަން ނުވަތަ ވަގު ކަލޭގެ އަށް ޖެއްސުންކޮށް ފޯނު ބޭނުން ނުކުރެވޭ ވަރު ކޮށްލެވޭނެ އެވެ.

01 ޖޫން

June 01, 2016
ސެމްސަންގުން ނަމްބަރެއް ވައްޓާލާފައި، ނޯޓް 7 ނެރެފާނެ

އެންމެން މި ތިބީ ސެމްސަންގުން ނޯޓް 6 ނެރޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެކަމަކު ބައެއް ޓެކް ބްލޮގްތަކުން ލަފާކުރާ ގޮތުގައި ސެމްސަންގުން މިފަހަރު ނަންބަރެއް ވައްޓާލަފާނެ އެވެ. ނޯޓް 6 ގެ ބަދަލުގައި ނެރޭނީ ނޯޓް 7 އެވެ.

18 މެއި

May 18, 2016
ސެމްސަންގް ސްމާޓް ވޮޗު ޕްރޮޖެކްޓަރަކަށް ވަނީ

ސްމާޓް ވޮޗުތަކަށް އޮންނަ ޑިމާންޑް ކިތަންމެ ބޮޑަސް، އޭގެ ކުޑަކުޑަ ސްކްރީނާ ހެދި އެ ބޭނުންކުރުން ފަސޭހަ ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް ސެމްސަންގުން އެންމެ ފަހުން ހުށަހެޅި ޕޭޓަންޓެއްގައި ހިމެނޭ މައުލޫމާތުތަކަށް ބަލާއިރު، އެ ކުންފުނިން ވަނީ އެކަމަށް ހައްލެއް ހޯދާފަ އެވެ.

17 މެއި

May 17, 2016
އޯގަސްޓްގައި ގެލެކްސީ ނޯޓް 6 ދައްކާލަފާނެ

ސެމްސަންގުގެ ނޯޓް ސީރީޒްގެ، ގެލެކްސީ ނޯޓް 6 ޖޫން މަހުގެ މެދަކާ ހިސާބުގައި ތައާރަފްކުރަން ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.