15 ނޮވެމްބަރ

November 15, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހު ރިލީޒްކުރާ، ރާނީ މުކަރްޖީގެ އާ ފިލްމު "މަރުދާނީ 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

14 ނޮވެމްބަރ

November 14, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ އަހަރު ރިލީޒްކުރާ، އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޓްރެއިލާ މި މަހުގެ 19 ވަނަ ދުވަހު ދައްކައިލަން ނިންމައި، ފިލްމުގެ އާ ޕޯސްޓަރުތަކެއް ވެސް ނެރެފި އެވެ.

10 ނޮވެމްބަރ

November 10, 2019
އިންޑިއާގެ ފިލްމަކުން އަފްޣާނިސްތާނު ކަންބޮޑުވެއްޖެ

އަންނަ މަހު ރިލީޒްކުރާ، ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ގެ ޓްރެއިލާއާ ގުޅިގެން އަފްޣާނިސްތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

06 ނޮވެމްބަރ

November 06, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

05 ނޮވެމްބަރ

November 05, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ އަންނަ ޑިސެމްބަރުގެ މަހުގެ 6 ގައި ރިލީޒްކުރާ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ގެ ޕޯސްޓަރުތަކެއް ދައްކާލުމަށް ފަހު، ފިލްމުގެ ޓްރެއިލާ މިއަދު ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.

02 އޮކްޓޯބަރ

October 02, 2019
ސަންޖޭގެ ދޮށީ ދަރިފުޅު ބައްޕަގެ ދިފާއުގައި

އެއް އިރެއްގައި ވެސް ބައްޕައާ ގުޅުން ގޯސް ނޫން ކަމަށާއި އެކަހަލަ ވާހަކަތައް ގަބޫލުނުކުރަން ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތުގެ ދޮށީ އަންހެން ދަރިފުޅު ތުރިޝަލާ ދަތު ފޭނުންގެ ކިބައިން އެދެފި އެވެ. ވަރަށް ތުއްތު އިރުއްސުރެ މަންމަ ފަރާތު އާއިލާގެ މީހުންނާ އެކު އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅޭ 31 އަހަރުގެ ތުރިޝަލާ އިންސްޓަގްރާމްގައި...

19 ސެޕްޓެމްބަރ

September 19, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ރާޒް" އާއި "ހޯންޓެޑް" ފަދަ ކާމިޔާބު ބިރުވެރި ފިލްމުތަކެއް އުފެއްދި ޑައިރެކްޓަރު ވިކްރަމް ބަޓް އަނެއްކާ ވެސް ބެލުންތެރިންނަށް ބިރުވެރި ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

12 ސެޕްޓެމްބަރ

September 12, 2019
ސަންޖޭ ޕްރޮޑިއުސްކުރާ ފިލްމަކަށް ރިޝީ ސޮއިކޮށްފި

މީގެ ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ ރިޝީ ކަޕޫރާއި ސަންޖޭ ދަތު އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

31 އޯގަސްޓް

August 31, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސަންޖޭ ދަތާއި މަނީޝާ ކޮއިރަލާ މުހިންމު ރޯލްތައް ކުޅޭ ފިލްމު "ޕްރަސްތާނަމް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

07 އޯގަސްޓް

August 07, 2019
ސަންޖޭގެ "ބާބާ" ގޯލްޑެން ގްލޯބަށް

ސަންޖޭ ދަތު ޕްރޮޑިއުސްކޮށް، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މަރާޓީ ފިލްމު "ބާބާ" އަންނަ އަހަރު ބާއްވާ 77 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި ބައިވެރިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

02 އޯގަސްޓް

August 02, 2019 1
ޕްރަސްތާނަމްގެ މައްސަލާގައި ސަންޖޭ އަށް ނޯޓިސް

ސެޕްޓެމްބަރު މަހު ރިލީޒްކުރާ، ސަންޖޭގެ ދަތުގެ އާ ފިލްމު "ޕްރަސްތާނަމް" ރިމޭކިން ރައިޓްސްގެ މައްސަލާގައި ފިލްމު ކުންފުނި ޝެމަރޫ އިން އޭނާ އަށް ލީގަލް ނޯޓިސް ފޮނުވައިފި އެވެ.

31 ޖުލައި

July 31, 2019
ކަންނާޑާ "ކޭޖީއެފް ޗެޕްޓާ 2" އިން ސަންޖޭ ފެންނާނެ

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ކަންނާޑާ ފިލްމު "ކޭޖީއެފް" ގެ ދެވަނަ ބައި "ކޭޖީއެފް: ޗެޕްޓާ 2" އިން ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ފެންނާނެކަން ކަށަވަރުކޮށް ދީފި އެވެ.

July 31, 2019 1
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސެޕްޓެމްބަރު މަހު ރިލީޒް ކުރާ ސަންޖޭ ދަތުގެ ފިލްމު "ޕްރަސްތާނަމް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

30 ޖުލައި

July 30, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ އަހަރު ރިލީޒްކުރާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޝޫޓިން ނިންމާލައިފި އެވެ.

27 ޖުލައި

July 27, 2019
އަޖޭ ތަމަޅަ ފިލްމެއްގެ ރިމެކެއް ހަދަނީ

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ވަރުގަދަކަން ދައްކުވައިދޭ އެއް ކަމަކީ ބޮލީވުޑުން ސައުތުގެ ފިލްމުތަކެއްގެ ރިމެކްތައް ހަދަމުން ދިއުމެވެ. މި ޓްރެންޑް ކުރިއަށް ވުރެ މިހާރު މާ ގަދަ އެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ކޮންޓެންޓްގެ ގޮތުން ސައުތުގެ ފިލްމުތައް ހަގީގަތުގައި މާ މުއްސަންޖެވެ. އަނެއްކޮޅުން ޓެކްނިކަލް ގޮތުން...

18 ޖުލައި

July 18, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި މަހުގެ 26 ގައި ރިލީޒްކުރާ ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

14 ޖުލައި

July 14, 2019
"ސަޅަކް 2" ގައި އާލިއާގެ ލަވައެއް

ބައްޕަ މަހޭޝް ބަޓާ އެކު، ބަތަލާ އާލިއާ ބަޓް މަސައްކަތްކުރާ ފުރަތަމަ ފިލްމު "ސަޅަކް 2" ގެ ދެވަނަ ޝޫޓިން ޝެޑިއުލް ފަށަން ތައްޔާރުވަމުން ދަނިކޮށް، ފިލްމަށް ލަވައެއް ރެކޯޑް ކުރުމުގެ މަސައްކަތް ވެސް އާލިއާ ފަށައިފި އެވެ.

05 ޖުލައި

July 05, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކުރިން އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސަންޖޭ ދަތާއި މަނީޝާ ކޮއިރަލާ އަނެއްކާ ވެސް އެކީގައި ފެނިގެންދާ ފިލްމު "ޕްރަސްތާނަމް" އަންނަ ސެޕްޓެމްބަރު މަހުގެ 20 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

02 ޖުލައި

July 02, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިރުފާން ހާން މިހާރު ކުޅެމުން އަންނަ ފިލްމު "އަނގްރޭޒީ މީޑިއަމް" ފުލުހެއްގެ ރޯލް ކުޅޭ ބަތަލާ ކަރީނާ ކަޕޫރް ފިލްމުގައި ފެންނާނެ ގޮތް ދައްކާލައިފި އެވެ.

20 ޖޫން

June 20, 2019
ސަންޖޭގެ މަރާޓީ ފިލްމު ބައްޕަ އަށް ހާއްސަ

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ޕްރޮޑިއުސް ކުރި ފުރަތަމަ މަރާޓީ ފިލްމު "ބާބާ" އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ދަތަށް ހާއްސަކޮށްފި އެވެ.

19 ޖޫން

June 19, 2019 2
ކުރީގެ ބަތަލާ ޒީނަތު "ޕާނިޕަޓް" ގެ ރޯލަކަށް

މިހާރު ޝޫޓް ކުރަމުން އަންނަ، އަޝުތޯޝް ގޮވަރިކާގެ ތާރީހީ ފިލްމު "ޕާނިޕަޓް" ގެ ރޯލަކަށް ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން ސޮއިކޮށްފި އެވެ.