30 ޖުލައި

July 30, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ އަހަރު ރިލީޒްކުރާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޝޫޓިން ނިންމާލައިފި އެވެ.

14 ޖުލައި

July 14, 2019
"ސަޅަކް 2" ގައި އާލިއާގެ ލަވައެއް

ބައްޕަ މަހޭޝް ބަޓާ އެކު، ބަތަލާ އާލިއާ ބަޓް މަސައްކަތްކުރާ ފުރަތަމަ ފިލްމު "ސަޅަކް 2" ގެ ދެވަނަ ޝޫޓިން ޝެޑިއުލް ފަށަން ތައްޔާރުވަމުން ދަނިކޮށް، ފިލްމަށް ލަވައެއް ރެކޯޑް ކުރުމުގެ މަސައްކަތް ވެސް އާލިއާ ފަށައިފި އެވެ.

26 މެއި

May 26, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހު ރިލީޒްކުރާ، ޝާހިދުގެ ކަޕޫރުގެ ފިލްމު "ކަބީރު ސިންގް" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

22 މެއި

May 22, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިހާރު ޝޫޓިން ކުރިއަށްދާ މަހޭޝް ބަޓްގެ ފިލްމު "ސަޅަކް 2" ރިލީޒް ކުރުން ފަސްކޮށްފި އެވެ.

20 މެއި

May 20, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ވިއްސަކަށް އަހަރު ފަހުން މަހޭޝް ބަޓް އަލުން ޑައިރެކްޝަނަށް އަންނަ ފިލްމު "ސަޅަކް 2" ގެ ޝޫޓިން ހޮނިހިރު ދުވަހު ފަށައިފި އެވެ.

30 އެޕްރީލް

April 30, 2019 1
ބައްޕައާ އެކު މަސައްކަތް ފަސޭހައެއް ނުވާނެ: އާލިއާ

މަހޭޝް ބަޓް 20 އަހަރު ފަހުން "ސަޅަކް 2" އާ އެކު ޑައިރެކްޝަނަށް ނުކުންނަ އިރު، އެ ފިލްމުގެ ބަތަލާ އަދި މަހޭޝްގެ ހަގު އަންހެން ދަރިފުޅު އާލިއާ ބަޓް ހުރީ އެކަމާ ވަރަށް އުފަލުންނެވެ. އެކަމަކު އާލިއާ ބުނީ ބައްޕައާ އެކު މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

11 އެޕްރީލް

April 11, 2019
މަހޭޝްގެ "ސަޅަކް 2" ގެ ޝޫޓިން އަންނަ މަހު ފަށަނީ

ބޮލީވުޑްގެ ކާމިޔާބު ޒުވާން ބަތަލާ އާލިއާ ބަޓް ކުޅޭ، އާއިލީ ފިލްމު ކުންފުނި ވިޝޭޝްގެ ފުރަތަމަ ފިލްމު "ސަޅަކް 2" ގެ ޝޫޓިން އަންނަ މަހު ފަށަން ނިންމައިފި އެވެ.

09 ޖެނުއަރީ

January 09, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މަހޭޝް ބަޓް ގިނަ އަހަރުތަކަކަށް ފަހު އަލުން ޑައިރެކްޝަނަށް އަންނަ ފިލްމު "ސަޅަކް 2" ގެ ރޯލަކަށް، ބޮލީވުޑްގައި ނުބައިބައި ރޯލްތައް ކުޅެން މަޝްހޫރު އެކްޓަރު ގުލްޝަން ގްރޯވާ ސޮއިކޮށްފި އެވެ.

21 ނޮވެމްބަރ

November 21, 2018
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ބޮލީވުޑަށް ނެރުނީ ސަލްމާން ހާނެވެ. އެއީ 2015 ގެ ފިލްމު "ހީރޯ" އިންނެވެ. އެ ފިލްމުގައި އާތިޔާ އެކު، ބަތަލުގެ ރޯލް ކުޅުނީ އަލަށް ތައާރަފުވީ ސޫރަޖް ޕަންޗޯލީ އެވެ. އޭނާއަކީ އެކްޓަރު އަދިތިޔާ ޕަންޗޯލީގެ ދަރިފުޅެވެ.

22 ސެޕްޓެމްބަރ

September 22, 2018
ވިއްސަކަށް އަހަރު ފަހުން މަހޭޝް ޑައިރެކްޝަނަށް

"އާޝިގީ" އާއި "ނާމް" އަދި "ޒަހަމް" އާއި "އާތު" ގެ އިތުރުން "ސަޅަކް" ފަދަ ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ މަހޭޝް ބަޓް ވިއްސަކަށް އަހަރު ފަހުން "ސަޅަކް" ގެ ދެވަނަ ބަޔަކާ އެކު އަނެއްކާ ވެސް ޑައިރެކްޝަނަށް ނުކުންނަން ނިންމައިފި އެވެ.

05 ސެޕްޓެމްބަރ

September 05, 2018
އާލިއާ ކުޅޭ ބައްޕަގެ ފުރަތަމަ ފިލްމަކީ "ސަޅަކް 2"

އާއިލީ ފިލްމް ކުންފުންޏެއް އޮތަސް، ޒުވާން ބަތަލާ އާލިއާ ބަޓް ބޮލީވުޑްގައި ނަން ހިނގާ ކާމިޔާބު ބަތަލާއަކަށް ވެގެން ދިޔައީ، ދުރުން ލިބުނު ފުރުސަތުތަކުންނެވެ. މިހާތަނަށް އަދި ބައްޕަ މަހޭޝް ބަޓްގެ ހިއްސާ އޮތް އެއްވެސް ފިލްމެއްގައި އޭނާ މަސައްކަތެއް ނުކުރެ އެވެ.

08 މެއި

May 08, 2017 2
"ސަޅަކް 2" އުފައްދަން އުޅޭކަން ޕޫޖާ ބަޓް ޔަގީންކޮށްދީފި

ކުރީގެ މަޝްހޫރު ފިލްމީ ތަރި ޕޫޖާ ބަޓް ބުނި ގޮތުގައި އޭނާ އާއި ބައްޕަ މަހޭޝް ބަޓް އަދި ބޮޑުބޭބެ މުކޭޝް ބަޓާއި ފިލްމީ ތަރި ސަންޖޭ ދަތު މިހާރު އަންނަނީ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. މިކަމުގެ އެންމެ މުހިއްމު އެއް ސަބަބަކީ 1991 ގައި ނުކުތް ޕޫޖާ އާއި ސަންޖޭ ލީޑް ރޯލު ކުޅެފައިވާ "ސަޅަކް"ގެ ދެ ވަނަ ބައެއް އުފެއްދުމާ ގުޅޭ މަޝްވަރާ...