02 ސެޕްޓެމްބަރ

September 02, 2017
ސަންޖޭ އާއި ރާނީ ފުރަތަމަ ފަހަރަށް އެކުގައި ފެނިދާނެ

ސަންޖޭ ދަތާއި ރާނީ މުކަރްޖީ މިހާތަނަށް އެއްވެސް ފިލްމެއްގައި އެކުގައި މަސައްކަތްކޮށްފައެއް ނުވެ އެވެ. މި ދެ ތަރިންގެ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި ވެސް ބެލުންތެރިންނަށް މި ޖޯޑު ސްކްރީނުން އެކުގައި ފެންނާނެ ގޮތެއް އޮތީ ނުވެ އެވެ.

12 އޯގަސްޓް

August 12, 2017
ސަންޖޭގެ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި

ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު އެނބުރި ބޮލީވުޑަށް އައިސް ކުޅުނު ފުރަތަމަ ފިލްމް "ބޫމީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

14 ޖޫން

June 14, 2017 1
ސަންޖޭ ދަތު ދޫކޮށްލީ ކީއްވެތޯ ހައި ކޯޓުން ސުވާލުކޮށްފި

ބޮލީވުޑް އެކްޓަރު ސަންޖޭ ދަތަށް އަނެއްކާ ވެސް އިތުރު މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

06 ޖޫން

June 06, 2017
"ބޫމީ"ގެ ސެޓުގައި ރޯވެ އަދިތީ ސަލާމަތްވީ ކިރިޔާ

ސަންޖޭ ދަތު އެނބުރި އައުން ފާހަގަކުރާ ފިލްމު "ބޫމީ"ގެ ސެޓުގައި އަލިފާން ރޯވެ ފިލްމުގެ ބަތަލާ އަދިތީ ރާއޯ ހައިދްރީގެ ފުރާނަ ހަނި ގޮތަކަށް ސަލާމަތް ވެއްޖެ އެވެ.

15 މެއި

May 15, 2017
ސަންޖޭ ދަތުގެ ފިލްމުގައި މާދުރީގެ ވާހަކަ ހިމަނާނެތަ؟

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ފިލްމުގައި އެއްވެސް ވަރަކަށް މާދުރީ އާއި ސަންޖޭ ދަތުގެ ލޯބީގެ ވާހަކަތައް ނުހިމެނުމަށް މާދުރީ އެދެފި އެވެ.

08 މެއި

May 08, 2017 2
"ސަޅަކް 2" އުފައްދަން އުޅޭކަން ޕޫޖާ ބަޓް ޔަގީންކޮށްދީފި

ކުރީގެ މަޝްހޫރު ފިލްމީ ތަރި ޕޫޖާ ބަޓް ބުނި ގޮތުގައި އޭނާ އާއި ބައްޕަ މަހޭޝް ބަޓް އަދި ބޮޑުބޭބެ މުކޭޝް ބަޓާއި ފިލްމީ ތަރި ސަންޖޭ ދަތު މިހާރު އަންނަނީ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. މިކަމުގެ އެންމެ މުހިއްމު އެއް ސަބަބަކީ 1991 ގައި ނުކުތް ޕޫޖާ އާއި ސަންޖޭ ލީޑް ރޯލު ކުޅެފައިވާ "ސަޅަކް"ގެ ދެ ވަނަ ބައެއް އުފެއްދުމާ ގުޅޭ މަޝްވަރާ...

16 އެޕްރީލް

April 16, 2017 3
ސަންޖޭ ދަތު ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

ދާދި ފަހުން ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ، ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭ ދަތު ހައްޔަރު ކުރުމުގެ އަމުރެއް އިންޑިއާގެ އަދޭރީ ކޯޓުން ނެރެފި އެވެ.

14 އެޕްރީލް

April 14, 2017 2
ރަންބީރަކީ ޝަކުވާ ކުރާ އެކްޓަރެއް ނޫން: ހިރާނީ

ރަންބީރު ކަޕޫރަކީ އާމިރް ހާން ފަދައިން، ފަރުވާ ބަހައްޓައިގެން ވަރަށް ރަނގަޅަށް މަސައްކަތް ކުރާ އެކްޓަރެއް ކަމަށާއި އޭނާއަކީ އެއްގޮތަކަށް ވެސް ސެޓްގައި ޝަކުވާކުރާ އެކްޓަރެއް ނޫން ކަމަށް ބުނެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ ރަންބީރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

20 މާޗް

March 20, 2017 2
އަހަންނަށް "މުންނާބާއީ" މޮޅަކަށް ނުކުޅެވޭނެ: ޝާހްރުކް

"މުންނާބާއީ އެމްބީބީއެސް" ގެ ބަތަލަށް ފުރަތަމަ ހަމަޖައްސަން މަސައްކަތް ކުރީ ޝާހްރުކް ޚާނެވެ. ނަމަވެސް އޭނާ އެއްބަސްވާ ގޮތުގައި ސަންޖޭ ދަތު ކުޅުނު ފެންވަރާ ގާތަށް ވެސް އެ ފިލްމު އޭނާއަކަށް ނުކުޅެވޭނެ އެވެ.

09 މާޗް

March 09, 2017 1
ސަންޖޭ ދަތާއި ރޭކާ ސިއްރުން ކައިވެނިކުރިތަ؟

ސަންޖޭ ދަތާއި ރޭކާ ސިއްރުން ކައިވެނިކުރި ކަމަށް ބުނެ ދާދިފަހުން ޚަބަރުތަކެއް ފެތުރިފައިވެ އެވެ. ރޭކާ އަދިވެސް ސަންޖޭ ދަތަކީ ފިރިމީހާ ކަމަށް ގަބޫލުކުރާ ކަމަށާއި ނިތްކުރީގައި ރަތްކުލަ ހާކައިގެން އުޅެނީ ސަންޖޭ ދަތުގެ ނަމުގައި ކަމަށް ވެސް މި ޚަބަރުތަކުގައި ބުނެފައިވެ އެވެ.

05 މާޗް

March 05, 2017 2
ދަރިފުޅު ފިލްމު ކުޅެން ސަންޖޭ ދަތު ގަބޫލެއް ނޫން

ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ މަންމަ ނުވަތަ ބައްޕަ ގޮތަށް ފިލްމީ މައިދާނުގައި ކުރިޔަށް ދާށެވެ. ސަންޖޭ ދަތުގެ ދޮށީ ދަރިފުޅު ޓްރިޝަލާ ވެސް ފިލްމު ކުޅެން ބޭނުންވާ ކަމަށް ބުނެފި އެވެ. ނަމަވެސް ސަންޖޭ ދަތު އެކަމާ ގަބޫލެއް ނޫނެވެ. އޭނާ ބުނީ ފޮރެންސިކް ސައިންސްގެ ރޮނގުން ދަރިފުޅަށް ކިޔަވައިދީ މޮޅު މީހަކަށް...

15 ފެބުރުއަރީ

February 15, 2017 3
ސަންޖޭދަތުގެ ދަރިފުޅު ޒުވާން ދޮންމަންމައާ އެކު އުފަލުން

ސަންޖޭ ދަތުގެ ދޮށީ ދަރިފުޅު ޓްރިޝަލާ އާއި މިހާރުގެ ޒުވާން އަނބިމީހާ މަންނީތާގެ ގުޅުން ވަރަށް ގޯސްކަމަށް މީޑިއާތަކުން ޚަބަރު ފެތުރި ނަމަވެސް ދޮންމަންމަ އާއި ދޮންދަރިފުޅުގެ ގުޅުން ވަރަށް ރަނގަޅުކަން ހާމަވެއްޖެ އެވެ.

09 ފެބުރުއަރީ

February 09, 2017
ސަންޖޭ ދަތުގެ މަންމަގެ ރޯލަށް މަނީޝާ ކޮއިރާލާ

ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ ސަންޖޭ ދަތު ހަޔާތާ ގުޅޭ ފިލްމުގައި އޭނާގެ މަންމަ ނަރްގިސްގެ ރޯލަށް މަޝްހޫރު ފިލްމީ ބަތަލާ މަނީޝާ ކޮއިރާލާ ހަމަޖެހިއްޖެ އެވެ.

February 09, 2017
"މުންނާބާއީ" ގެ ފަހު ފިލްމުގެ މަސައްކަތް ފަށަނީ

"މުންނާބާއީ" ފްރެންޗައިސްގެ ފިލްމުތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އާދަޔާޚިލާފު މަޖާ ފިލްމު ތަކެކެވެ. ރާޖް ކުމާރު ހިރާނީގެ ކުޅަދާނަ ޑައިރެކްޝަންގެ ދަށުން އުފެއްދި މި...

06 ފެބުރުއަރީ

February 06, 2017
ސަންޖޭ ދަތުގެ ފިލްމަށް ރަންބީރު 13 ކިލޯ ބަރުވެއްޖެ

"ދަންގަލް" ކުޅެން އާމިރު ޚާން ފަލަވި ގޮތަށް، ސަންޖޭ ދަތުގެ ހަޔާތާ ގުޅޭ ފިލްމު ކުޅެން ރަންބީރު ކަޕޫރު ފަލަވާން ފަށައިފި އެވެ.

05 ފެބުރުއަރީ

February 05, 2017
ސަންޖޭ ދަތު ރިޝީ ކަޕޫރާ މާރާމާރީ ހިންގަން އުޅުނު

ބޮލީވުޑުން އުފައްދާ ފިލްމުތަކަށް ވުރެ އެ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ ލޯބީގެ ގުޅުންތަކާއި ޒުވާބުތައް އަދި ކޯޓުގައި ހިނގާ މައްސަލަތަކާ ބެހޭ ވާހަކަތައް މާ ހިނގަ އެވެ.

04 ފެބުރުއަރީ

February 04, 2017
ސަންޖޭ ދަތުގެ ފިލްމުން ޒުވާނުންނަށް ފިލާވަޅެއް ލިބޭނެ

ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ސަންޖޭގެ ރޯލު އަދާކުރަނީ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ކަން މިހާރު އެންމެންނަށް ވެސް އެނގެ އެވެ. މި ފިލްމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިޔަށްދާއިރު ރަންބީރު ބުނަނީ ފިލްމުގައި ސަންޖޭ ދަތުގެ ހަޔާތުގެ އެއްވެސް ކަމެއް ފޮރުވަން މަސައްކަތް...

03 ފެބުރުއަރީ

February 03, 2017
ސަންޖޭ ދަތުގެ "ބޫމީ"ގެ ނުބައިބައި ޝަރަދު ކޭލްކަރް އަށް

ޖަލުގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު މިނިވަންވި ފަހުން ސަންޖޭ ދަތު ކުޅޭ ފުރަތަމަ ފިލްމު "ބޫމީ"ގެ ނުބައިބައި ރޯލު ކުޅެން ޓީވީ އެކްޓަރު ޝަރަދު ކޭލްކަރް ސޮއިކޮށްފި އެވެ.

20 ޖެނުއަރީ

January 20, 2017
ސަންޖޭދަތުގެ ފިލްމުގައި ސުނިލްގެ ރޯލު ޕަރޭޝް ރާވަލްއަށް

ސަންޖޭ ދަތުގެ ބައޮޕިކްގައި ސުނިލް ދަތުގެ ރޯލު ކުޅެން ކުރިން ހަމަޖެހިފައި އޮތީ އަކްޝޭ ކަންނާ ނަމަވެސް މިހާރު އޭނާ އެ ރޯލު ނުކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

19 ޑިސެމްބަރ

December 19, 2016 4
ސަންޖޭގެ ނަސޭހަތް: މަސްތުވާތަކެތީގެ ވަބާގައި ނުޖެހޭތި!

ދިއްލީގައި ދާދި ފަހުން އޮތް އިވެންޓެއްގައި އެކްޓަރު ސަންޖޭ ދަތު ވަނީ އޭނާގެ މާޒީގެ ކަޅު ސަފުތާތައް އާއްމުންނާ ހިއްސާކޮށްފަ އެވެ.

18 ޑިސެމްބަރ

December 18, 2016
މިހާރު އަހަރެން އުޅެނީ ރަންބީރަށް ފިލައިގެން: ސަންޖޭ ދަތު

"ތުރީ އިޑިއަޓްސް" އާއި "މުންނާބާއީ" ސިލްސިލާގެ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަލަށް ފަށާ ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމު އިއުލާން ކުރީއްސުރެ މި ފިލްމު ވެފައިވަނީ 2017 ގައި އެންމެ ގިނަ ބަޔަކު ބަލާހިތުން ތިބޭނެ އެއް ފިލްމަށެވެ.