25 ޖޫން

June 25, 2020 6
ލޮނުފެނަކީ ކޮވިޑް-19 އަށް ފަރުވާއެއްތޯ ދިރާސާކުރަނީ

އާދައިގެ އަރިދަފުސް ރޯގާ ޖެހުމުން ގޭގައި ފަރުވާކުރުމަށް ހަދާ ލޮނުފެނުން ކޮވިޑް-19 އަށް ފަރުވާ ކުރެވިދާނެތޯ ބެލުމަށް ސްކޮޓްލެންޑުގެ އެޑިންބާގްގެ ރިސާޗަރުން މަސައްކަތް ފަށައިފި އެވެ.

25 މެއި

May 25, 2020 8
"ކޮވިޑް19 ފެތުރެނީ ބަލިޖެހޭތާ 11 ދުވަސް ވަންދެން"

ކޮރޯނާވައިރަސްގެ ސަބަބުން ކޮވިޑް-19 ޖެހޭތާ 11 ދުވަސް ފަހުން، ޓެސްޓްތަކުން ބައްޔަށް ޕޮޒިޓިވް ކަމަށް ދެއްކި ނަމަވެސް އެ މީހެއްގެ ކިބައިން އެހެން މީހުންނަށް ވައިރަސް ނުފެތުރޭ ކަމަށް ސިންގަޕޫރުގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރި ދިރާސާއަކަށް ފަހު ބުނެފި އެވެ.

09 މެއި

May 09, 2020 12
ވެންޓިލޭޓަރުގެ ނަތީޖާ ފެނުނީ ހީކުރި ގޮތަކަށް ނޫން

އަލަށް ފެނި މުޅި ދުނިޔެ އަށް ފެތުރިގެންފައިވާ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެކި ގައުމުތަކުގައި އެކި ގޮތަށް އަމަލުކުރެ އެވެ. އެކަމަކު ކޮންމެ ގައުމެއްގައި ވެސް އެންމެ ބޮޑަށް ދައްކަނީ މި ބަލީގައި އެންމެ ހާލު ބޮޑުވާ މީހުންނަށް ބޭނުންވާ ވެންޓިލޭޓަރުގެ ވާހަކަ އެވެ. ވެންޓިލޭޓަރުގައި ފަރުވާ ދޭން...

15 އެޕްރީލް

April 15, 2020
ވަކި ބަޔަކަށް ކޮރޯނާވައިރަސް ނުރައްކާ ސަބަބު ހޯދަނީ

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19ގެ ބިރުވެރިކަން ކިތަންމެ ބޮޑަސް ގިނަ މީހުންނަކީ "ނަމަކަށް ޕޮޒިޓިވް" ވާ މީހުންނެވެ. މާނަ އަކީ ވައިރަހަށް ޕޮޒިޓިވް ވިޔަސް ހާއްސަ ފަރުވާއެއް ހޯދަންޖެހޭ ވަރަށް ބަލި ނުވުމެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ވެސް މިއީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ އެހެން މައްސަލަތައް ހުންނަ މީހުންނަށް...

02 އެޕްރީލް

April 02, 2020 4
ވަސް ނުދުވުމާއި ރަހަ ނުލުން: ކޮރޯނާވައިރަހުގެ ނިޝާނެއް

ވަސް ނުދުވުމާއި ކާތަކެތީގެ ރަހަ ނޭނގުމަކީ ކޮރޯނާވައިރަސް ހުރި ކަމުގެ އަލާމާތަކަށް ވެދާނެ ކަމަށް އިނގިރޭސި ވިލާތުގެ ޓީމަކުން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

02 ޑިސެމްބަރ

December 02, 2019
އަންހެނުންނަށް ނިދި މަދުވާ ނަމަ ކަށި ފީވުން އަވަސްވޭ

އިއްދައިން ކެނޑުމަށް ފަހު އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ނަމަ ކަށީގެ ބާރު ދަށްވުން ނުވަތަ ކަށި ފީވުމުގެ މައްސަލަ އަވަސްވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

December 02, 2019 1
ކެނަބިސް އިން ޓެސްޓިކިއުލާ ކެންސަރުގެ ނުރައްކާ ބޮޑުވޭ

އާންމުކޮށް ކެނަބިސްގެ އިސްތިއުމާލުކުރާ ފިރިހެނުންނަށް ޓެސްޓިކިއުލާ ކެންސަރު ނުވަތަ އުރަވަޅީގެ ކެންސަރުގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

18 ނޮވެމްބަރ

November 18, 2019
ލިޔަންކިޔަން އެނގޭ ނަމަ ހަނދާންނެތޭ ބައްޔާ ދުރުކޮށްދޭ

ލިޔަންކިޔަން ނޭނގޭ މީހުންނަށް ހަނދާންނެތޭ ބަލި ނުވަތަ ޑިމެންޝާ ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް ތިން ގުނަ އަށް އިތުރުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

07 ޖުލައި

July 07, 2019 2
ރޯގާގެ ވައިރަހަކުން ބްލެޑާ ކެންސަރު ސެލް މަރުވޭ

އަރިދަފުސް ރޯގާގެ ބާވަތެއް ފަތުރާ ވައިރަސްއަކުން ބްލެޑާ ކެންސަރުގެ ސެލްތައް މަރާލާ ކަމަށް ކުޑަ ދިރާސާއަކުން ހާމަވެއްޖެ އެވެ.

18 އެޕްރީލް

April 18, 2019
ނުނިދިފައި ނޯވެ ކޮންމެވެސް ކަމެއް ކޮށްލާ!

ކޮންމެހެން އަށް ގަޑިއިރު ނިދަން ޖެހޭ ހެއްޔެވެ؟ ޓީވީ ބަލަން އޮވެގެން ނިދާލަން ކިހާ އަރާމު ހެއްޔެވެ؟ ގަޑި އެލާމްވުމުން "ސްނޫޒް" ކޮށްލީމާ އެ އަންނަނީ މާ އަރާމު ނިންޖެއް ނޫންހެއްޔެވެ؟

02 އެޕްރީލް

April 02, 2019
އާ އެންޓިބަޔޮޓިކެއް މަހު ލޮނދިން އުފެއްދިދާނެ

ބައެއް ބާވަތުގެ މަހުގެ ހުޅުނބުގެ ބޭރުގައި ހުންނަ، ލޮނދި ފަށަލަ އަކީ އެންޓިބަޔޮޓިކް އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް ސައިންސްވެރިން ބުފި އެވެ.

April 02, 2019 5
މަދިރި އިންސާނުންނަށް ޝައުގުވެރި ނުވާ ގޮތެއް ހޯދައިފި

މަދިރި އިންސާނުންގެ ގައިން ލޭ ބޯން ޝައުގުވެރިވަނީ ގައިން ދުވާ ވަހެއްގެ ސަބަބުންކަން ސައިންސްވެރިން މީގެ އަހަރުތަކެއް ކުރިން ވެސް ހޯދައިފަ އެވެ. ސައިންސްވެރިޔަކު މިހާރު މި ވަނީ...

01 އެޕްރީލް

April 01, 2019
ޝިފްޓް ޑިއުޓީން ހިތުގެ ބަލީގެ ނުރައްކާ ބޮޑުވޭ

ޝިފްޓް ޑިއުޓީ ނަގާ މީހުންގެ ދިރިއުޅުމުގެ އާދަ ގެންގުޅެންޖެހޭ ގޮތުން، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށް ޗައިނާގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.

24 ފެބުރުއަރީ

February 24, 2019
ދުންފަތުގެ އިސްތިއުމާލުކުރުމުން ލޮލުގެ ފެނުން ބަލިކަށިވޭ

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުކުރާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

19 ފެބުރުއަރީ

February 19, 2019
40 "ޕުޝް-އަޕް" ހެދެންޏާ ހިތް ރަނގަޅު؟

ފިރިހެނަކަށް 40 "ޕުޝް-އަޕް" ހެދޭ ނަމަ އެއީ އެ މީހެއްގެ ހިތުގެ ސިއްހަތު ރަނގަޅު ކަމުގެ އަލާމާތެއް ކަމަށް ސައިންސްވެރިން ލަފާކޮށްފި އެވެ.

29 ޖެނުއަރީ

January 29, 2019 3
އަންނަ އަހަރު ކެންސަރަށް ފަރުވާ ހޯދިދާނެ ކަމަށް ބުނެފި

ކެންސަރު އެއްކޮށް ފަސޭހަވާ ފަރުވާއެއް އަންނަ އަހަރު ތެރޭ ހޯދިދާނެ ކަމަށް އިޒްރޭލުގެ ސައިންސްވެރިންގެ ޓީމަކުން ބުނެފި އެވެ.

27 ޖެނުއަރީ

January 27, 2019
އިށީނދެ އިނުމުގެ ބަދަލުގައި ބައި ގަޑިއިރުގެ ކަސްރަތު

ހަރަކާތްތެރިކަން ކުޑަކޮށް މުޅި ދުވަހު ހޭދަކުރާ ވަގުތުގެ ގެއްލުން ބައި ގަޑިއިރުގެ ކަސްރަތުން ކުޑަކޮށްލެވޭނެ ކަމަށް އެމެރިކަން ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައި ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.

21 ޖެނުއަރީ

January 21, 2019
ހިތަށް ނިދި މުހިންމު، މަދުވެގެން ހަ ގަޑިއިރު ނިދާތި

ހިތުގެ ސިއްހަތަށް ނިދި ވަރަށް މުހިންމު ކަމަށާއި އެންމެ މަދުވެގެން ހަ ގަޑިއިރު ނިދަން ޖެހޭނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

14 ޖެނުއަރީ

January 14, 2019 4
ފާހާނާކުރާއިރު ފައި ދަށަށް ގޮނޑިއެއް ލުމުގެ ފައިދާ ބޮޑު

ޕޮޓީ ސްޓޫލް ނުވަތަ ފާހާނާކުރަން ތަށީގައި އިށީނދެ އިންނައިރު، އުޑަފައިން އިނދެވޭ ގޮތަށް ފައި ދަށަށް އެއްޗެއް ލައްވައިގެން އިންނަ ނަމަ ބޮޑުކަމު ދިއުމުގައި ދިމާވާ އެކި މައްސަލަތައް ލުއިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

08 ޖެނުއަރީ

January 08, 2019
"ނޯ-ކެލަރީ ސްވީޓްނާ" އިން ބަރުދަން ލުޔެއް ނުވޭ

ބަރުދަން ލުއިކުރަން، އާދައިގެ ހަކުރު ދޫކޮށްލައި ކެލަރީ ނުހުންނަ ހަކުރަށް ބަދަލުކުރި ކަމުގައި ވިޔަސް އެކަމުން އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށް ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހު ބުނެފި އެވެ.

24 ޑިސެމްބަރ

December 24, 2018
ލޭމައްޗަށްދާ ނަމަ ބޭހާ އެއްވަރަށް ކަސްރަތު މުހިންމު

ލޭމައްޗަށްދާ މީހުން ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ ބޭހުން ލިބޭ ފައިދާ، ކަސްރަތު ކޮށްގެން ވެސް ލިބިދާނެ ކަމަށް ދިރާސާއަކަށް ފަހު ބުނެފި އެވެ.

December 24, 2018
"ނެގެޓިވް މޫޑް" އަކީ ބަލިކަމުގެ އަލާމާތަކަށް ވެދާނެ

ދެރަވެފައި ހުރުމާއި ރުޅިގަދަވުން ފަދަ ނެގެޓިވް މޫޑު ހުރުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ބައްޔަކާ ދެކޮޅަށް ހަނގުރާމަކުރާތީ ދިމާވާ ކަމަކަށް ވެދާނެ ކަމަށާއި، އެހެންވެ ނެގެޓިވް...

22 ނޮވެމްބަރ

November 22, 2018 1
ކޮންމެ ދުވަހަކު ބިހެއް ކެއުމުން ބޮޑު ފައިދާއެއް

ކޮލެސްޓްރޯލް ދެކެ ބިރުން ބިސް ނުކާން ތިބި މީހުންނަށް މިއީ ހިތްހަމަޖެހުމެކެވެ. އާ ދިރާސާއަކުން ދައްކަނީ ދުވާލަކު ބިހެއް ކެއުމުން ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ކުރާ ކަމަށާއި ހިތުގެ ބަލިތަކާ ދުރުކޮށްދޭނެ ކަމަށެވެ.