11 ޖުލައި

July 11, 2018
ކުދިންގެ އުޅުމަށް ނޭދެވޭ އަސަރު ފޯރާ ތަފާތު ސަބަބެއް

ކުޑައިރު އަނިޔާ އާއި ބޮޑެތި މައްސަލަތަކުގެ ތެރޭގައި އުޅެފައިވާ މީހުންނަށް ލިބޭ ދަރިންނަށް، އަވަސް އަވަހަށް މޫޑު ބަދަލުވުމުގެ މައްސަލަ އާއި އަޚުލާގީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

18 ޖޫން

June 18, 2018
ފިރިހެނުން ސިއްހަތަށް ދޭ ސަމާލުކަން ކުޑަ

ފިރިހެނުން ސިއްހަތަށް ދޭ ސަމާލުކަން ކުޑަ ކަމަށާއި ސިއްހީ ގޮތުން ދިމާވާ ކަންކަމަށް އެ މީހުންގެ ހޭލުންތެރިކަން ވެސް ކުޑަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

13 ޖޫން

June 13, 2018 2
އިންފްލުއެންޒާ ޖެހެން ކެރޭ ނަމަ 3،500 ޑޮލަރު

އެމެރިކާގެ ޔުނިވާސިޓީއަކުން ކުރާ ދިރާސާއެއްގައި ބައިވެރިވެ، ހަށިގަނޑަށް އިންފްލުއެންޒާ ވައިރަސް ޖައްސަން ކެރޭ މީހުންނަށް 3،500 ޑޮލަރު ދޭން އެ ޔުނިވަސިޓީން ފުރުސަތު ހުޅުވާލައިފި އެވެ.

19 މެއި

May 19, 2018
މަސް ކެއުމުން ހިތުގެ މައްސަލަތަކާ ދުރުކޮށްދޭ

އޮމެގާ 3 އެކުލެވޭ މަހުގެ ބާވަތްތައް، މަދުވެގެން ހަފުތާއަކު ދެ ދުވަހު ކާ ނަމަ ހިތަށް ދިމާވާ ތަފާތު މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

16 މެއި

May 16, 2018
އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ފެނިއްޖެ

އާންމު އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ދެނެގަނެވިއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ސައިންސްވެރިން ބުނެފި އެވެ.

09 މެއި

May 09, 2018 13
ތަލަވުން ހުއްޓުވިދާނެ ފަރުވާއެއް ހޯދިއްޖެ

އޮސްޓިއޮޕޮރޮސިސް ނުވަތަ ކަށި ފީވާ ބައްޔަށް ފަރުވާއެއް ހޯދުމުގެ ތެރޭގައި، ތަލަވުން ހުއްޓުވިދާނެ ފަރުވާއެއް ސައިންސްވެރިންނަށް ހޯދިއްޖެ އެވެ.

08 މެއި

May 08, 2018 1
ބަލިވެއިނުމަށް ފަސޭހަކޮށްދޭ ކާނާ ހުރޭތަ؟

ބައެއް ބާވަތުގެ ކާނާ އަކީ ބަލިވެއިނުމަށް ހުރަސްއަޅާ އެއްޗެހި ކަމަށް ބައެއް ދިރާސާތަކުގައި ބުނެ އެވެ. ޖަންކް ފުޑް މަދުކޮށް މޭވާ އާއި ތަރުކާރީ ކެއުމުން، ބަލިވެއިނުން އަވަސްކޮށްދޭ ކަމަށް ބުނާ ދިރާސާއެއް ދާދި ފަހުން އާންމުކޮށްފައިވެ އެވެ. އެހެން ކަމަށްވާ ނަމަ، ބަލިވެއިނުން އަވަސްކުރުވާ ކާނާ ހުރޭހެއްޔެވެ؟

03 މެއި

May 03, 2018
ދަރިފުޅަށް އެންމެ ފުރަތަމާ ކާންދޭނީ ކޯއްޗެއް؟

ތުއްތު ދަރިފުޅަށް ކާންދޭ އުމުރަށް ދިއުމުން، ފުރަތަމަ ކާންދޭނެ އެއްޗަކާ މެދު މައިންބަފައިން ވަރަށް ބޮޑަށް ފިކުރު ކުރެ އެވެ. އެ ވިސްނުމުގެ ތެރެއިން އެންމެ އާންމުކޮށް ފަށައިގަނެވެނީ ބަތާއި ދޮންކެޔޮ ފަދަ ބާވަތްތަކުންނެވެ. އެއީ ޗިސްކޮށްފައި، ދަރިފުޅަށް ކާން ދޭން ވެސް ފަސޭހަވުމުންނެވެ.

30 އެޕްރީލް

April 30, 2018 2
ސަލާންކޮށްލާ ގޮތުން ހިތް ދެވިދާނެ

އަތާއަތްޖޮޑުކޮށް ސަލާންކޮށްލުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ހައްލަކަށް ވެސް ވެ އެވެ. އެކަމަކު ދިރާސާއެއްގައި މިފަހަރު ދައްކަނީ ތަފާތު ވާހަކައެކެވެ.

22 އެޕްރީލް

April 22, 2018 20
ކުރިމަތީގައި އޮތަސް ފިރިހެނުންނަކަށް ނުފެންނާނެ!

ގޭތެރޭގައި ހާމަޔަށް އޮންނަ އެއްޗެއް ވެސް ނުފެނިގެން ފިރިހެނަކު އުޅެފާނެ އެވެ. އެކަހަލަ ކަމެއްގައި ފިރިހެނަކު ދެކެ ރުޅި އައިސްގެން އެއްޗެކޭ ބުނެވިފައި އޮތް ނަމަ އެ މީހެއްގެ ކިބައިން އަވަހަށް މާފަށް އެދޭށެވެ.

25 މާޗް

March 25, 2018
މިހާރު ބުނަނީ ހިކެން ބޭނުމިއްޔާ ޑައެޓް ނުކުރާށޭ

އަބަދުވެސް އިވެނީ ބަރުދަން ލުއިކޮށް ހިކެން ޑައެޓްކުރަންޖެހޭ ވާހަކަ އެވެ. އެކަމަކު އާ ދިރާސާއެއްގައި ބުނަނީ ދިގު މުއްދަތަކަށް ބަލާއިރު، އެކަށީގެންވާ މިންވަރެއްގައި ބަރުދަން...

March 25, 2018 1
އޭލިއަންއެެއް ކަމަށް ބުނި ހަށިގަނޑުގެ ހަގީގަތަކީ ކޮބާ؟

މީގެ ވިއްސަކަށް އަހަރު ކުރިން ޕެރޫގެ ސަހަރާއެއްގެ ތެރެއިން، އާދަޔާ ޚިލާފު ހަށިގަނޑެއް ފެނުނެވެ. ގިނަ ދުވަހަށް އޮންނާނެހެން "މަމިފައި" ކޮށްފައި އޮތް މި ހަށިގަނޑުގެ ކުޑަ ކަމާ އެކު ވެސް...

08 މާޗް

March 08, 2018 3
ބައްޕައާ ވައްތަރު ދަރިންގެ ސިއްހަތު ރަނގަޅު

ދަރިއަކު ލިބޭ ހިސާބުން، އެ ދަރިފުޅު ވައްތަރީ މަންމައާތޯ ނުވަތަ ބައްޕައާތޯ ވަރަށް ގިނައިން ބަހުސް ކުރެވެ އެވެ. ހާއްސަކޮށް، އާއިލާތަކުގެ ތެރޭގައި މިކަމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަ އެވެ.

02 މާޗް

March 02, 2018
ބައިވެރިޔާގެ އަތުގައި ހިފުމުން ތަދު އިހްސާސްވުން ކުޑަ

އެންމެ ލޯބިވާ މީހާގެ އަތުގައި ހިފައިގެން ހުރުމުން އަންހެނުންނަށް ތަދު އިހްސާސް ކުރެވޭލެއް ކުޑަވާކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.

01 މާޗް

March 01, 2018 1
ކުޑަކޮށް ހިތް ބިރުގަތުމަކީ ހަނދާން ގަދަވާ ކަމެއް

ވަރަށް ކުދިކުދި ކަންކަމާ ވެސް ހިތްނުތަނަވަސްވެ ކަންބޮޑުވެ ހާސްވޭ ހެއްޔެވެ؟ މިއީ މައްސަލައެއް ނަމަވެސް ސައިންސްވެރިން ބުނަނީ ކުޑަކޮށް ހިތްނުތަނަވަސްވުމުން ހަނދާން ގަދަވެ ކަންކަން ހަނދާނުގައި ބަހައްޓަން ފަސޭހަވާ ކަމަށެވެ.

27 ފެބުރުއަރީ

February 27, 2018 1
ފަލަމަސްގަނޑުގެ ސައިޒާއި ހަކުރު ބައްޔާ ގުޅުމެއް

އިންޑިއާގެ ސާ ގަންގާ ރާމް ހޮސްޕިޓަލުން މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި އެ ހޮސްޕިޓަލާއި އިލާހުއާބާދުގައި ހުންނަ މޯތީލާލް ނެހްރޫ މެޑިކަލް ކޮލެޖު ގުޅިގެން ވަރަށް މުހިއްމު ހޯދުމެއް ވަނީ ހޯދާފަ އެވެ. މިއީ ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ ހުރި މިންވަރު ދެނެގަތުމަށް ސްކްރީން ކުރަން ހޯދާފައިވާ އަގުހެޔޮ އަދި ވަރަށް ފަސޭހަ ޓެސްޓެކެވެ.

20 ފެބުރުއަރީ

February 20, 2018
ސައިންސްވެރިން ސްޓްރޯކަށް އާ ފަރުވާއެއް ހޯދައިފި

ސްޓްރޯކް ޖެހުމުން ސިކުނޑިއަށް ލިބޭ ގެއްލުން ކުޑަކޮށް، ސިކުނޑިއަށް ލިބޭ ގެއްލުން އޭގެ ޒާތުގައި ގުދުރަތީ ގޮތުން ފަސޭހަވާ ކަހަލަ ސިފަތަކެއް ލިބިފައިވާ ފަރުވާއެއް ސައިންްސްވެރިން ތަރައްގީކޮށްފި އެވެ.

21 ޖެނުއަރީ

January 21, 2018
ލޭގެ ޓެސްޓަކުން ކެންސަރު ދެނެގަނެވިދާނެ ކަމުގެ އުއްމީދު

މެޑިސިންގެ ރޮނގުން ކުރިއަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅާ ދިމާލަށް ސައިންސްވެރިން ދަތުރުކޮށް، އޭގެ އަމާޒާ ހަމައަށް ވާސިލުވާން ކައިރިވެއްޖެ އެވެ. އެއީ ކެންސަރު ހުރިކަން ލޭގެ ޓެސްޓަކުން ދެނެގަނެވިދާނެކަމުގެ މުހިންމު ހޯދުމެވެ.

18 ޖެނުއަރީ

January 18, 2018
ހަކުރު ބައްޔާ ގުޅުން ހުރި މުހިންމު ޖީންއެއް ހޯދިއްޖެ

އިންސިއުލިން ރެގިއުލޭޓްކުރުމަށް ވަރަށް ބޭނުންތެރި އާ ޖީންއެއް ސައިންސްވެރިންނަށް ފާހަގަކުރެވިއްޖެ އެވެ. އާދައިގެ ގޮތެއްގައި މީހުންނަށް ޖެހޭ ހަކުރުބައްޔަށާއި މަދުން ޖެހޭ ވައްތަރުގެ ހަކުރުބައްޔަށް މި ޖީން ބޭނުންކޮށްގެން ފަރުވާއެއް ހޯދިދާނެކަމަށް ސައިންސްވެރިން އުންމީދު ކުރެ އެވެ.

20 ޑިސެމްބަރ

December 20, 2017 1
ފޮޓޯ ސްޓޯރީ: އަލަށް ހޯދުނު ބައެއް ދިރޭތަކެތި

ތައިލޭންޑްގެ މެކޮންގް ކޯރާއި ޓިބެޓަން ޕްލެޓޫއާ ދެމެދުގައިވާ ސަރަހައްދު ދިރާސާކުރުމުގެ ތެރޭގައި އެތައް ބާވަތެއްގެ އައު ދިރޭ އެއްޗެހި ސައެންސްވެރިންނަށް ދާދި ފަހުން ވަނީ ފެނިފަ. އޭގެ ތެރޭގައި 11 އެމްފިބިއަންސް (ފެނާއި އެއްގަމުގައި ދިރިއުޅޭ) އާއި 2 ބާވަތެއްގެ މަހާއި 11 ރެޕްޓައިލްސްގެ އިތުރުން 88 ބާވަތެއްގެ ގަސްގަހާގެހި ހިމެނޭ.

12 ޑިސެމްބަރ

December 12, 2017 5
އަލަށް އުފެދުނު ރަށެއް ގުދުރަތީ ލެބަކަށް

ޕެސިފިކް ކަނޑުގައި އޮންނަ އަލިފާން ފަރުބަދައެއް ގޮވައިގެން އުފެނު ރަށެއްގެ އާދަޔާ ޚިލާފް ސިފަތަކާ އެކު ސައިންސްވެރިންގެ ދިރާސާތަކުގެ އަމާޒަކަށް އެތަން ވެއްޖެ އެވެ.