20 ފެބުރުއަރީ

February 20, 2018
ސައިންސްވެރިން ސްޓްރޯކަށް އާ ފަރުވާއެއް ހޯދައިފި

ސްޓްރޯކް ޖެހުމުން ސިކުނޑިއަށް ލިބޭ ގެއްލުން ކުޑަކޮށް، ސިކުނޑިއަށް ލިބޭ ގެއްލުން އޭގެ ޒާތުގައި ގުދުރަތީ ގޮތުން ފަސޭހަވާ ކަހަލަ ސިފަތަކެއް ލިބިފައިވާ ފަރުވާއެއް ސައިންްސްވެރިން ތަރައްގީކޮށްފި އެވެ.

21 ޖެނުއަރީ

January 21, 2018
ލޭގެ ޓެސްޓަކުން ކެންސަރު ދެނެގަނެވިދާނެ ކަމުގެ އުއްމީދު

މެޑިސިންގެ ރޮނގުން ކުރިއަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅާ ދިމާލަށް ސައިންސްވެރިން ދަތުރުކޮށް، އޭގެ އަމާޒާ ހަމައަށް ވާސިލުވާން ކައިރިވެއްޖެ އެވެ. އެއީ ކެންސަރު ހުރިކަން ލޭގެ ޓެސްޓަކުން ދެނެގަނެވިދާނެކަމުގެ މުހިންމު ހޯދުމެވެ.

18 ޖެނުއަރީ

January 18, 2018
ހަކުރު ބައްޔާ ގުޅުން ހުރި މުހިންމު ޖީންއެއް ހޯދިއްޖެ

އިންސިއުލިން ރެގިއުލޭޓްކުރުމަށް ވަރަށް ބޭނުންތެރި އާ ޖީންއެއް ސައިންސްވެރިންނަށް ފާހަގަކުރެވިއްޖެ އެވެ. އާދައިގެ ގޮތެއްގައި މީހުންނަށް ޖެހޭ ހަކުރުބައްޔަށާއި މަދުން ޖެހޭ ވައްތަރުގެ ހަކުރުބައްޔަށް މި ޖީން ބޭނުންކޮށްގެން ފަރުވާއެއް ހޯދިދާނެކަމަށް ސައިންސްވެރިން އުންމީދު ކުރެ އެވެ.

20 ޑިސެމްބަރ

December 20, 2017 1
ފޮޓޯ ސްޓޯރީ: އަލަށް ހޯދުނު ބައެއް ދިރޭތަކެތި

ތައިލޭންޑްގެ މެކޮންގް ކޯރާއި ޓިބެޓަން ޕްލެޓޫއާ ދެމެދުގައިވާ ސަރަހައްދު ދިރާސާކުރުމުގެ ތެރޭގައި އެތައް ބާވަތެއްގެ އައު ދިރޭ އެއްޗެހި ސައެންސްވެރިންނަށް ދާދި ފަހުން ވަނީ ފެނިފަ. އޭގެ ތެރޭގައި 11 އެމްފިބިއަންސް (ފެނާއި އެއްގަމުގައި ދިރިއުޅޭ) އާއި 2 ބާވަތެއްގެ މަހާއި 11 ރެޕްޓައިލްސްގެ އިތުރުން 88 ބާވަތެއްގެ ގަސްގަހާގެހި ހިމެނޭ.

12 ޑިސެމްބަރ

December 12, 2017 5
އަލަށް އުފެދުނު ރަށެއް ގުދުރަތީ ލެބަކަށް

ޕެސިފިކް ކަނޑުގައި އޮންނަ އަލިފާން ފަރުބަދައެއް ގޮވައިގެން އުފެނު ރަށެއްގެ އާދަޔާ ޚިލާފް ސިފަތަކާ އެކު ސައިންސްވެރިންގެ ދިރާސާތަކުގެ އަމާޒަކަށް އެތަން ވެއްޖެ އެވެ.

08 ޑިސެމްބަރ

December 08, 2017 2
ހަކުރުބަލީގެ އާ ބޭހުން ޕްރެޝަރު ދަށްވެ ބަރުދަން ލުއިވޭ

ހަކުރުބައްޔަށް ބޭނުންކުރަން އަލަށް އުފެއްދި ބޭހަކަށް މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުއްދަ ދީފަ އެވެ. މި ބޭހުން ހަކުރު ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކޮށްދީ ބަރުދަން ވެސް ފުދޭ ވަރަކަށް ލުއިކޮށްދޭ ކަމަށްވެ އެވެ.

01 ޑިސެމްބަރ

December 01, 2017 1
އެޗްއައިވީގެ 99 ޕަސެންޓް ނެތިކޮށްލާ އާ އެންޓިބޮޑީއެއް

އެޗްއައިވީ ސްޓްރެއިންގެ 99 ޕަސެންޓް މަރާލާ އެންޓިބޮޑީޒްއެއް ސައިންސްވެރިން ފުރަތަމަ ފަހަރަށް އުފައްދައިފި އެވެ. މިއީ އެޗްއައިވީ ވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އެރުން ހުއްޓުވޭނެކަމުގެ އުންމީދު އިތުރުވެގެން ދިޔަ ހޯދުމަކަށް ވަނީ ވެފަ އެވެ. އިންސާނުން ބޭނުންކޮށްގެން މި އެންޓިބޮޑީޒް ޓެސްޓްކުރަން ފަށަން ހަމަޖެހިފައިވަނީ...

30 ނޮވެމްބަރ

November 30, 2017
ކެންސަރު ގިނަވަނީ ފަލަބައްޔާއި ހަކުރުބަލި އިތުރުވާތީ

ކެންސަރަކީ ދިރިއުޅުމުގެ ވައްޓާފާޅިއާ ވަރަށް ބޮޑަށް ގުޅިފައިވާ ބައްޔެއް ކަމަށް ކުރީގެ ބައެއް ހޯދުންތަކުން ވެސް ވަނީ ހާމަވެފަ އެވެ. އަދި ފަހުގެ ހޯދުންތަކުން ދައްކާ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި 2012 ގައި އަލަށް ކެންސަރު ޖެހުނު މީހުންގެ ގާތްގަނޑަކަށް ހަ ޕަސެންޓު ނުވަތަ 80،000 މީހުންނަކީ ހަކުރުބައްޔާއި ފަލަބަލީގެ ސަބަބުން...

28 ނޮވެމްބަރ

November 28, 2017 5
ހީކުރާ ވަރަށް ވުރެ މެހީގެ ނުރައްކާ ބޮޑު

ކުރިން ލަފާކުރެވިފައިވާ ވަރަށް ވުރެ މާ ގިނައިން ބަލިތަކުގެ ޖަރާސީމު މެހީގެ ފައިތަކުގައި ހުންނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ. އާދައިގެ މެއްސާއި ފެހިކުލައިގައި ތިބޭ ބޮޑު މެހީގެ ފައިގައި 600 އަށް ވުރެ ގިނަ، އެކި ވައްތަރުގެ ޖަރާސީމު ހުންނަ ކަމަށް ޑީއެންއޭ އެނަލިސިސް އަކުން ހާމަވެފައިވާ ކަމަށް ބީބީސީގައި ވަނީ ބުނެފަ އެވެ.

26 ނޮވެމްބަރ

November 26, 2017 5
ހަކުރުން ލިބޭ ގެއްލުމުގެ ސައިންޓިފިކް ހެކި ފޮރުވާފައި

ހަކުރުން ހަށިގަނޑަށް ލިބޭ ބޮޑެތި ގެއްލުންތައް ހާމަވެގެން ދިޔަ، މީގެ ފަންސާހަކަށް އަހަރު ކުރީގެ ސައިންޓިފިކް ރިސާޗެއް ހަކުރު އިންޑަސްޓްރީން ސިއްރުކޮށްފައިވާކަން ހާމަވެއްޖެ އެވެ. އެ އިންޑަސްޓްރީން ޚަރަދުކޮށްގެން ހެދި ދިރާސާއިން ހަކުރުން ލިބޭ ގެއްލުންތައް ހާމަވާން ފެށުމާ އެކު ދިރާސާ ހުއްޓާލައި، އެ ހިސާބުން ލިބިފައި ހުރި ނަތީޖާ...

15 ނޮވެމްބަރ

November 15, 2017
ގިނައިރު ޓީވީ ބަލަން އިނުމުން ލޭ ގަނޑުވުމުގެ ބިރު

ޓީވީ ބަލަން މާގިނައިރު އެއް ތަނެއްގައި އިނުމުން. ގަނޑު ލޭކޮޅެއް އުފެދުމުގެ ފުރުސަތު ދެ ގުނަ އިތުރުވާ ކަމަށް ސައިންސްވެރިިން އިންޒާރު ދީފި އެވެ.

14 ނޮވެމްބަރ

November 14, 2017
ރޭގަނޑު ލިބޭ އަނިޔާ ފަސޭހަވުން ލަސް

ދުވާލު ވަގުތު ފިހިގެން ނުވަތަ ކަނޑައިގެން ދިއުން ފަދަ ކަމަކުން ހަށިގަނޑަށް ލިބޭ އަނިޔާތައް، ރޭގަނޑު ލިބޭ އެފަދަ އަނިޔާތަކަށް ވުރެ އަވަހަށް ފަސޭހަވެ އެވެ. މިކަން މިގޮތަށް ދިމާވަނީ ބޮޑީ ކްލޮކްގެ ސަބަބުންނެވެ. ދުވާލު ލިބޭ އަނިޔާތައް ފަސޭހަވާލެއް، ރޭގަނޑު ލިބޭ އަނިޔާތަކަށް ވުރެ 60 ޕަސެންޓް އަވަސް ކަމަށް ސައިންސްވެރިން ބުންޏެވެ.

23 އޮކްޓޯބަރ

October 23, 2017
ހަރަކާތެއް ނެތި 15 އަހަރުއޮތް މީހަކު ހަރަކާތް ކުރަނީ

އެއްވެސް ހަރަކާތެއް ނެތް ހާލުގައި 15 އަހަރު އޮތް މީހަކު ހޭ އަރައި ރަނގަޅުވާ ކަމުގެ ނިޝާންތައް ފެންނަން ފަށައިފި އެވެ. އޭނާއަށް އަލުން ހޭވެރިކަން ލިބޭގޮތް މިވީ ނާވް ސްޓިމިއުލޭޝަންގެ އާ ފަރުވާއަކުންނެވެ.

17 އޮކްޓޯބަރ

October 17, 2017 12
130 މިލިޔަން އަހަރުވީ ގްރެވިޓޭޝަނަލް ވޭވެއް ހޯދައިފި

"ގްރެވިޓޭޝަނަލް ވޭވްސް"ގެ ވާހަކަ ދައްކަން ފަށާއިރު، މިއީ ކޯއްޗެއްކަން އެނގުން މުހިންމު ވާނެ ކަމަށް ދެކެމެވެ. އެންމެ ކުރުކޮށް ބުނާ ނަމަ، މިއީ ތަރިތައް އެކަތި އަނެކެއްޗާ ޖެހި، ގޮވާއިރު ނުވަތަ ދެ ބްލެކް ހޯލް އެއްވާއިރު (މާޖް ވާއިރު) ޖައްވުގައި އުފެދޭ "ރާޅުބާނި" ތަކެއް ފަދަ އެއްޗެކެވެ.

16 އޮކްޓޯބަރ

October 16, 2017
ހަކުރުބަލީގެ ނުރައްކާ ކުޑަކުރަން ސޯޔާބީން އޮއިލް އާއި ނަޓްސް

ހަކުރުބަލި ޖެހޭ މީހުންގެ އަދަދު އާދަޔާޚިލާފަށް ގިނަވުން މިހާރު ވަނީ ދުނިޔެއަށް ވަރަށް ބޮޑު ބިރަކަށް ވެފަ އެވެ. މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ފަހުގެ ދިރާސާއެއް ބުނަނީ އޮމެގާ-6 ޕޮލިއަންސެޗުރޭޓެޑް ފެޓްސް ހުންނަ ކާއެއްޗެހި ކެއުމުން ބޮޑެތި މީހުންނަށް އާއްމުގޮތެއްގައި ޖެހޭ ޓައިޕް-2 ޑައިބެޓީސް ޖެހުމުގެ ނުރައްކާ ކުޑަވާކަން ހޯދިފައިވާ...

28 ސެޕްޓެމްބަރ

September 28, 2017
އުފަލުން އިނދެ ވެކްސިން ޖެހުމުން ނަތީޖާ ރަނގަޅު

ފްލޫ ވެކްސިން ޖަހާއިރު އުފާވެ ހެވިފައި އިންނަ ނަމަ ވެކްސިންގެ އަސަރު މާ ރަނގަޅަށް ކުރާ ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ. އިނގިރޭސި ވިލާތުގައި އުމުރުން ދުވަސްވީ މީހުން ބޭނުންކޮށްގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި އެ މީހުންގެ ގަޔަށް ފްލޫ ވެކްސިން ޖަހާއިރު މޫޑު ރަނގަޅު ނަމަ ބަލިން ދިފާއުކުރުމަށް ހަށިގަނޑުން އެންޓިބޮޑީޒް...

18 ސެޕްޓެމްބަރ

September 18, 2017 7
މެއްސެއްގެ ގައިގައި ޖަހަން އެހާ އުނދަގުލީ ކީއްވެ؟

މޫނުމަތީގައި މެއްސެއް އެނބުރޭ ނަމަ އެއީ ނިކަން ބޮލަށް އުނދަގޫވާ ކަމެކެވެ. ފައްސާލިޔަސް އެނބުރި އަންނާނެ އެވެ. އުނދަގޫ ބޮޑުވެގެން އެ މަރާލަން އޭގެ ގައިގައި ޖަހަން އުޅެފި ނަމަ ސަލާމަތްވެގެން ދަނީ ވަރަށް ފަސޭހަކަމާ އެކުގަ އެވެ. މި ކުޑަކުޑަ ސޫފި އަހަރެމެންގެ ހަމަލާތަކުން އެހާ ފަސޭހައިން ސަލާމަތްވާ ގޮތެއް އޮންނާނެތާ އެވެ.

16 ސެޕްޓެމްބަރ

September 16, 2017 1
ތަލަ މީހުން ހަރުދަނާ ކަމަށް އަންހެނުން ދެކޭ

ބޮލުގެ އިސްތަށިގަނޑު ތުނިވެ ބޮލު މެދުން ދިއްލޭތީ އެކަމާ ފިކުރުކުރާ މީހުން މި ކިޔާލާފައި ހިތްހަމަޖައްސާލާށެވެ. ތަލަ ފިރިހެނުންނަކީ އަމިއްލަ ނަފްސަށް އިތުބާރު އޮންނަ، ބަސް ވިކޭ މީހުންގެ ގޮތުގައި އަންހެނުން ދެކޭ ކަމަށް ޔުނިވަސިޓީ އޮފް ޕެންސިލްވޭނިއާގެ ތަޖުރިބާކާރުންގެ ދިރާސާއަކުން ދައްކައިފި އެވެ.

27 އޯގަސްޓް

August 27, 2017 1
ދަރިމައިވާން ހުރަސްއަޅާ ކެމިކަލެއް ކާރު ސީޓާއި ސޯފާގައި

ކާރު ސީޓާއި ސޯފާ ސީޓުން އާއްމުކޮށް ފެންނަ ކެމިކަލްތަކެއްގެ ސަބަބުން، އަންހެނުން ބަލިވެ އިނުމަށް ހުރަސްތައް ކުރިމަތިވާ ކަމަށް ސައިންސްވެރިން ކޮށްފައިވާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

16 އޯގަސްޓް

August 16, 2017 5
ގުޅިފައިވާ މި ދެބެއިން ބޭނުންކުރީ ތަހުލީލުތައް ކުރަން

ރަޝިޔާގެ މޮސްކޯގައި 1950 ވަނަ އަހަރުގެ ޖެނުއަރީ މަހު، ގުޅިފައިވާ ދެ ކުއްޖަކު އުފަންވި އެވެ. ސިޒޭރިއަން ހަދައިގެން ނެގި މި ދެ ކުދިންނަށް ކިޔަނީ މާޝާ އާއި ދާޝާ ކްރިވޮޝްލިޔޮޕޯވާ އެވެ. އޮޕަރޭޝަނަށް ފަހު ހޭ އެރުމުން މި ދެބެއިންގެ މަންމަ ކައިރީގައި ހޮސްޕިޓަލުން ބުނެފައި ވަނީ ވިހޭ އިރު ވެސް ދެބެއިން އޮތީ މަރުވެފައި ކަމަށެވެ.