31 ޖުލައި

July 31, 2017 3
ކޭކުގެ އުށްބައްތިއަށް ފުމެފައި ކޭކު ކާންވާނެތަ؟

އުފަން ދުވަސް ފާހަގަ ކުރާ މީހުން ކޭކުގައި އުށްބައްތި ޖަހައި އެ ދިއްލުމަށް ފަހު ނިއްވާލަން ފުމެނީ އަނގައިންނެވެ. މިއީ ސިއްހީ ގޮތުން ކޮން ކަހަލަ ކަމެއް ހެއްޔެވެ؟

28 ޖުލައި

July 28, 2017 1
އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭ ގޮތާ މެދު ބޮޑު ބަހުސެއް

އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ޑޮކްޓަރު ދޭ ޑޯޒް އެއްކޮށް ފުރިހަމަކުރަން ޖެހޭނެ ކަމަށް ބުނަމުން އަޔަސް އެއީ މުހިންމު ކަމަކަށް ނުވެދާނެ ކަމަށް ބްރިޓިޝް މެޑިކަލް ޖާނަލް (ބީއެމްޖޭ)ގެ ތަޖުރިބާކާރުން ބުނުމާ އެކު ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

04 ޖުލައި

July 04, 2017 3
ފޮތުގައި މާގިނަ ފޮޓޯ ހުރުމުން ކުދިންނަށް ގެއްލުން

ކުޑަކުދިންގެ ވާހަކަ ފޮތްތަކުގައި ހުންނަ ފޮޓޯ ބަލަން އެ ކުދިން ވަރަށް ޝައުގުވެރިވެ އެވެ. ނަމަވެސް ޕްރީ ސްކޫލަށް ދާ އުމުރުގެ ކުދިންނަށް ކިޔައިދޭ ވާހަކަ ފޮތްތަކުގައި ކޮންމެ ސަފުހާއެއްގައި އެއް ތަސްވީރަށް ވުރެ ގިނައިން ހުރުމުން ކުޑަކުދިންނަށް ބަސްތައް ދަސްކުރަން އުނދަގޫވާނެ ކަމަށް ފަހުގެ ދިރާސާއަކަށް ފަހު ރިސާޗަރުން ވަނީ ބުނެފަ...

13 ޖޫން

June 13, 2017 4
ބުޅާ ގެންގުޅުމުގެ ފައިދާ އާއި ގެއްލުން

ބުޅަލާ އިންސާނުންގެ ރަހްމަތްތެރިކަމަށް އެތައް ގަރުނެއްވެއްޖެ އެވެ. އިހު ޒަމާނުގައި މީދަލާއި އެކި ސޫފިތައް ގޭބިސީން މަދުކޮށްދޭތީ ބުޅަލަކީ ގޭގައި ގެންގުޅެން ވަރަށް މުހިންމު އެއްޗަކަށް އޮތީ ވެފަ އެވެ. އެކަމަކު މިހާރު ބުޅަލުގެ އެ ހިދުމަތް އެހާ މުހިންމެއް ނޫނެވެ. ބުޅާ ވަނީ މުޅި ދުނިޔޭގެ ވެސް އެންމެ މަގުބޫލު އެއް ޕެޓްގެ މަގާމު ހޯދައިފަ...

09 ޖޫން

June 09, 2017 1
ކެންސަރު ޖެހުމުގެ މާކުރިން އެކަން އެނގޭނެ ޓެސްޓެއް

ކެންސަރު ޖެހުމުގެ މާކުރިން އެކަން ދެނެގަނެވޭނެ ޓެސްޓެއް އީޖާދުކުރެވިދާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

07 ޖޫން

June 07, 2017 1
ކަދުރު: ގުދުރަތީ ބޭސް ގުޅައެއް

ދުނިޔޭގެ އެކި ހިސާބުތަކުގައި 3،000 ބާވަތުގެ ކަދުރު ހެދޭ އިރު، ކަދުރުގެ ދަނޑުވެރިކަމުން ބާޒާރަށް ނެރެވެނީ އޭގެ ތެރެއިން މަދު ވައްތަރެކެވެ. ކޮންމެ ވައްތަރެއްގެ ކަދުރަކުން ވެސް ހަށިގަނޑަށް ގިނަ ފައިދާތައް ލިއްބައިދެ އެވެ. އެއީ ކާލަން ފަސޭހަ ގުދުރަތީ ބޭސްގުޅައެކެވެ. ފަސޭހައިން ހަޖަމްވާ މި މޭވާގެ ފައިދާހުރި މާއްދާތައް ވަގުތުން...

30 މެއި

May 30, 2017
ހަ މަހުގެ ކުދިންނަށް ވެސް ފޮތްކިޔައިދިނުމުން ފައިދާކުރޭ

އުމުރުން އެންމެ ހަ މަހުގެ ކުދިންނަށް ފޮތް ކިޔައިދެނީ ކީއްކުރަންތޯ ބައެއް މީހުން ސުވާލު ކުރެ އެވެ. އެހާ ކުޑައިރު ފޮތް ކިޔައިދިނަސް އެކުދިންނަށް އެއްވެސް އެއްޗެއް ނޭނގޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ.

23 މެއި

May 23, 2017 3
ކަސްރަތުކުރުން ހުއްޓާލުމުން މަސްތައް ބަލިކަށިވޭ

ޔުނިވަސިޓީ އޮފް ލިވަޕޫލްގެ ސައިންސްވެރިން ވަރަށް ފަހުން ހަދާފައިވާ ދިރާސާއެއް ބުނާ ގޮތުން، ގަވައިދުން ކަސްރަތު ކުރަމުން ގޮސް ހުއްޓާލާތާ ދެ ހަފުތާއެއްހާ ދުވަސް ވުމުން، ގައިގައި ހުންނަ މަސްތަކުގެ ބާރު ކޮށްމެވެސް ވަރަކަށް ދަށްވެ އެވެ.

21 މެއި

May 21, 2017 4
ބައްޕަގެ ކާނާއާ ދަރިފުޅުގެ އިސްކޮޅާ ގުޅުން އެބަހުރި

ދަރިއަކު ހޯދުމަށް މަސައްކަތްކުރާ ފިރިހެނުން ވެސް ކެއުމުގައި ފަރުވާތެރިވާން ޖެހެ އެވެ. ކިރުގެ ބާވަތްތަކާއި އޮރެންޖް ޖޫހާއި ސޯޔާ މިލްކް އަދި ސީރިއަލްސް ހިމެނޭ ކެއުން ކާން އާދަކުރަން ޖެހެ އެވެ. ސަބަބަކީ ލިބޭ ދަރިފުޅުގެ ހެދިބޮޑުވުމާއި ސިއްހަތަށް އެ ކާނާތަކުން އަސަރުކުރާތީ އެވެ.

20 މެއި

May 20, 2017 2
ސިފަ އެކަންޏެއް ނޫން، އަޑާއި ވަހުން ވެސް ހިތްކިޔާ

މީހަކު އެހެން މީހަކަށް ހިތްކިޔައި ޝައުގުވެރިކަން އުފެދެނީ އެ މީހެއްގެ ބުރުސޫރައިގެ ސަބަބުން ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެކަމަކު ފަހުގެ ދިރާސާއެއްގައި ބުނަނީ ސިފައިގެ...

May 20, 2017
ނިދި މަދުވުމުން ސިފަ ހުތުރުވޭ

ނިދުމުން ޒުވާންކަން ދަމަހައްޓައިދޭ ކަމަށް ގަބޫލުކުރެވިފައި އޮންނަތާ ކިތަންމެ ޒަމާނެކެވެ. މިކަމަށް ނިސްބަތް "ބިއުޓީ ސްލީޕް" އޮންނަނީ މަޝްހޫރުވެފަ އެވެ. އެންމެފަހުން ސައިންސުން...

19 މެއި

May 19, 2017 1
އިންޑިއާ ކުއްޖަކު އެންމެ ލުއި ސެޓެލައިޓް އުފައްދައިފި

އުމުރުން 18 އަހަރުގެ އިންޑިއާ ކުއްޖަކު ދުނިޔޭގެ އެންމެ ލުއި ސެޓެލައިޓް އުފައްދައިފި އެވެ.

May 19, 2017 1
ލޭ އުފެއްދޭ ގޮތް ހެދިދާނެ ކަމުގެ އުންމީދު އާވެއްޖެ

ސްޓެމް ސެލް ބޭނުންކޮށްގެން ބޭނުންވަރަކަށް ލޭ އުފެއްދިދާނެ ކަމަށް ސައިންސްވެރިން މިހާރު ގަބޫލުކުރެ އެވެ. އެހެންވެ، ލޭ ބޭނުންވާ ހާލަތްތަކުގައި އެހެން މީހެއްގެ ލޭ ހޯދަން ނުޖެހޭ ގޮތެއް...

16 މެއި

May 16, 2017 12
ގަޑިޖެހޭ މީހުން އެކަމާ އެހާ ކަންބޮޑެއް ނުވޭ

ގަޑިއަށް ފަރުވާ ބަހައްޓާ މީހުންނަށް ވުރެ ގަޑި ޖެހިގެން ތަންތަނަށް ދާ މީހުން ކާމިޔާބުވެފައި މަސައްކަތްތެރި ކަމަށް ސައިންސްވެރިން ބުނާ ވާހަކައަކީ ހަގީގަތެއް ހެއްޔެވެ؟

12 މެއި

May 12, 2017 5
ތަލަވުން ހުއްޓުވޭނެ ފަރުވާއެއްގެ އުންމީދު އާވެއްޖެ

ބޯ ތަލަވުން އަދި ނުރަވުން ހުއްޓުވަން ބޮލުގައި އުނގުޅާލާނެ ކްރީމެއް އުފެއްދިދާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިއްޖެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

11 މެއި

May 11, 2017 1
ސިއްހީ ދާއިރާގެ ވަރަށް ބޮޑު ހަތަރު ކަމެއް

ޓެކްނޮލޮޖީއާ އެކު ޖައްވު ފަހަތަކުރަނީ އެވެ. މާ ދުރުގައިވާ ޕްލެނެޓްތައް ހޯދައި، އަވަށްޓެރި ޕްލެނެޓްތަކުން ޝައުގުވެރި ފޮޓޯ އާއި މައުލޫމާތު ގެނެސްދެނީ އެވެ. އިންސާނުންގެ ހަށިގަނޑާ ގުޅޭ ގޮތުން ވެސް އާ ކަންތައްތައް އެބަ ހޯދަ އެވެ. އެކަމަކު އެހާ ބޮޑު ސަމާލުކަމެއް އެ ކަންކަމަށް މިހާރު ނުލިބެ އެވެ.

10 މެއި

May 10, 2017 2
ހިތްދަތިކަން ބޭހަކުން ލުއިކުރެވިދާނެތަ؟

ލޯބީގައި ހިތް ހަލާކުވުމަކީ ހަމަ ވެދާނެ ކަމެކެވެ. އެކަމަކު ނަސީބަކުން މިކަމަށް ވެސް ފަރުވާއެއް އެބަ އޮތް ކަމަށް ސައިންސްވެރިން ބުނެ އެވެ.

09 މެއި

May 09, 2017
އެންމެ މަޖަލީ އެންމެ ހަގު ދަރިފުޅުތަ؟

ކޮންމެ އާއިލާއެއްގައި ވެސް އެންމެ ހަގު މީހާ، އޭނާ އަކީ ދޮއްޓަށް ތިބި މީހުންނަށް ވުރެ މަޖާ މީހެއް ކަމަށް ގަބޫލުކުރާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

06 މެއި

May 06, 2017 2
ދިރާސާތަކުގައި މީދާ ގުރުބާންކުރަނީ ކީއްވެ؟

ސައިންސް ލެބޯޓަރީތަކުގައި މީދާ ބޭނުންކޮށްގެން ނުކުރާކަށް ދިރާސާއެއް ނެތެވެ. މިއީ އިންސާނުންނަށްޓަކައި މީދަލާއި ހިކަނދި ގުރުބާންކުރެވޭ ގޮތުގެ ވާހަކަ އެވެ.

03 މެއި

May 03, 2017
ހަކުރު ބައްޔަށް ފަރުވާކުރުމަށް ސްމާޓްފޯން

ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ދިރުން ހުރި ސެލްއެއް ސްމާޓްފޯން މެދުވެރިކޮށް ކޮންޓްރޯލްކުރެވޭނެ ގޮތެއް ސައިންސްވެރިން ހޯދައިފި އެވެ. މި ހޯދުމުގައި ސައިންސްވެރިން ވަނީ ހަކުރު ބަލި ހުރި މީދަލުގެ ހަށިގަނޑުގައި ހަކުރުގެ މިންވަރު ފޯނު މެދުވެރިކޮށް ކޮންޓްރޯލްކޮށްފަ އެވެ.

30 އެޕްރީލް

April 30, 2017
50 އިން މައްޗަށް ދިއުމުން ކަސްރަތު ވަރަށް މުހިންމު

އުމުރުން 50 އަހަރު ވުމަށް ފަހު ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުން ނަމަ ކޮންމެ ހަފުތާއަކު ވެސް އާދައިގެ ކަސްރަތު، ތަކުރާރުކުރުން ވަރަށް މުހިންމު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

29 އެޕްރީލް

April 29, 2017 4
ވީޑިއޯ ގޭމް ކުޅެގެން ގެއްލުން ވާނެތަ؟

ވީޑިއޯ ގޭމްތަކާ ދެކޮޅަަށް ދައްކާ ވާހަކަތައް ވަރަށް ގިނަ އެވެ. ވީޑިއޯ ގޭމް ކުޅުމަކީ ކުޑަކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ގޮތުގައި ވަރަށް ގިނަ ބެލެނިވެރިން ގަބޫލުކުރެ އެވެ. ނަމަވެސް ފަހުގެ އެކި ދިރާސާތަކުން ދައްކާ ގޮތުގައި ވީޑިއޯ ގޭމުން ސިކުނޑި އިތުރަށް ތަރައްގީވުން އެކަށީގެންވެ އެވެ.