04 ފެބުރުއަރީ

February 04, 2017
ގިނައިން ފެންވަރައިގެން ގެއްލުން ވާނެތަ؟

ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަންވާނެ ކަމަށް އަހަރެމެން ގަބޫލުކުރަމެވެ. ސާފުތާހިރުކަމުގައި ވެސް ވާނީ މިހެންނެވެ. ޔުނިވަސިޓީ އޮފް ޔޫޓާގެ ޖެނެޓިކް ސައިންސް ސެންޓަރުގެ ދިރާސާއަކުން ވަނީ މިކަން ކަށަވަރު ވެފަ އެވެ.

23 ޖެނުއަރީ

January 23, 2017
ތަފާތު ކުލައެއްގެ ހެދުމެއް ލުމުގެ މާނައަކީ ކޮބާ؟

އަނދިރި، މާބޮޑަށް ފާޅުނުވާ ކުލަތަކުގެ ހެދުން އާންމުކޮށް ލައި އުޅޭ މީހަކު "ދިއްލިފައި" ހުންނަ ކުލައެއްގެ ހެދުމެއް ލައިގެން އުޅޭތަން ފެނިއްޖެ ނަމަ އޭނާ އެ އުޅެނީ ދެއްކުންތެރިކަމެއްގެ ތެރޭގައި ކަމަށް ވުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭނާ އުޅެނީ ކޮންމެވެސް މީހަކާ ހަސަދަވެރިވެގެން ކަމަށް ވެދާނެ ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.

19 ޖެނުއަރީ

January 19, 2017 3
"ވެމްޕަޔާ ބެޓް" އިންސާނުންގެ ލޭ ވެސް ބޮނީ

ވެމްޕެއާ ބެޓް ނުވަތަ ލޭ ބޯ ވައު އިންސާނުންގެ ލޭ ބޮއެ އުޅޭކަން ޔަގީންކުރެވިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ. މިއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި ސަބަބަކީ...

January 19, 2017
ފުޓުނި ނޭޅިޔަސް ދަތް އަމިއްލައަށް މަރާމާތުވާނެ ގޮތެއް

ފަނި ކައިފައި ހުންނަ ދަތުގައި ފުޓުނި ނޭޅިޔަސް ދަތުގެ ސްޓެމް ސެލްތަކުން އަމިއްލަ ޒާތުގައި ދަތް މަރާމާތުވާނެ ގޮތެއް ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފި...

17 ޖެނުއަރީ

January 17, 2017 6
މަދިރިއަށް ޑެންގީ ނުޖެހޭނެ ގޮތެއް ހޯދައިފި

މަދިިރިއަށް ޑެންގީ ނުޖެހޭނެ ގޮތަކަށް ޖެނެޓިކް ބަދަލުތަކެއް ގެނެވޭނެ ގޮތެއް ހޯދިއްޖެ ކަމަށާއި މިއީ ޑެންގީ ކޮންޓްރޯލްކުރުމުގައި ކޮންމެވެސް ދުވަހަކުން ކާމިޔާބުކަމާ ހޯދޭނެ ކަމުގެ އުންމީދެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.

05 ޖެނުއަރީ

January 05, 2017 5
އިންސާނާގެ އެތެރެހަށިން އާ ގުނަވަނެއް ފެނިއްޖެ

އަޔަލެންޑްގެ ސައިންސްވެރިން އިންސާނާގެ އެތެރެހަށިން އާ ގުނަވަނެއް ހޯދައިފި އެވެ. މި ގުނަވަން އިންނަނީ ހަޖަމުކުރުމުގެ ނިޒާމު ނުވަތަ ޑައިޖެސްޓިވް ސިސްޓަމްގެ އަޑީގައި ފޮރުވިފަ އެވެ. އެތައް ސަތޭކަ އަހަރެއް ކުރިންސުރެ އިންސާނާގެ އެނަޓަމީ ސިފަކޮށްފައިވަނީ ގޯސްކޮށްކަން މި ހޯދުމުގެ ސަބަބުން ވަނީ ސާބިތުވެފަ އެވެ.

02 ޖެނުއަރީ

January 02, 2017
ބަލިއެނދުގައި އޮންނަ މީހުންނަށް ހާއްސަ ކަސްރަތެއް

ހާލުބޮޑުވެގެން އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އަށް ލާފައި ތިބޭ ބައެއް މީހުން ލައްވާ ބައިސްކަލް ދުއްވުމުގެ ހަރަކާތް ލިބޭ ކަސްރަތު ކުރުވުމުން އެމީހުންގެ ބަލި އަވަހަށް ރަނގަޅުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

29 ޑިސެމްބަރ

December 29, 2016 1
ޒީނަތްތެރިވާ ބައެއް ސާމާނުން މައިންގެ މިޒާޖަށް ބަދަލު!

ޒީނަތްތެރިވާން ބޭނުންކުރާ ބައެއް ކަހަލަ ސާމާނާ ދުރުވާން މާބަނޑު މީހުންގެ ކިބައިން ސައިންސްވެރިން އެދެފި އެވެ. އޭގެ ސަބަބަކީ އެފަދަ އެއްޗެހީގައި ހުންނަ ކެމިކަލަކުން، މައިންގެ މިޒާޖަށް ފަހުން ބޮޑެތި ބަދަލުތަކެއް އަންނާތީ އެވެ.

23 ޑިސެމްބަރ

December 23, 2016 4
އަބަދު ބަލިވަނީތަ؟ ހެނދުނު ފިނި ފެނުން ފެންވަރާލާ!

އަބަދުވެސް ކޮންމެވެސް ކަހަލަ ބައްޔެއްގެ އުނދަގުލެއް ހުރޭ ހެއްޔެވެ؟ މާ ސީރިއަސް ބައްޔެއް ނޫނެވެ. ބައެއް ފަހަރު ކަރުތެރެ ސަކަރާތް ވެގެންނެވެ. އަނެއް ބައި ފަހަރު ނޭފަތަށް އުނދަގޫވާތީ އެވެ. ނުވަތަ ކިބިނހި އެޅޭތީ އެވެ. ނޫން ނަމަ ގައިގައި ވެސް ރިއްސަފާނެ އެވެ.

20 ޑިސެމްބަރ

December 20, 2016
ތަދު ކަނޑުވާ ބައެއް ބޭހުން އިވުމަށް އަސަރުކުރޭ

ޕެރެސިޓަމޯލް ނުވަތަ އައިބިއުޕްރޮފެން ކަހަލަ ތަދު ކަނޑުވާ ބޭސް އާންމުކޮށް ގިނަ ދުވަހު ބޭނުންކުރުމުން އިވުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް، އާ ދިރާސާއަކުން ދައްކައިފި އެވެ.

13 ޑިސެމްބަރ

December 13, 2016 3
ދުވާލަކު އެންމެ ސިނގިރޭޓެއް ބުޔަސް އުމުރު ކުރުވޭ

ސިނގިރޭޓް ބޯ މީހުންނަށް ސައިންސްވެރިން އަނެއްކާވެސް ވަރުގަދަ އިންޒާރެއް ދީފި އެވެ. ވަރަށް ފަހުން ކުރި ދިރާސާއަކަށް ފަހު ސައިންސްވެރިން ތައްޔާރުކުރި ރިޕޯޓެއްގައި ބުނަނީ ދުވާލަކު އެންމެ ސިނގިރޭޓެއް ބުޔަސް އެމީހެއްގެ އުމުރު ކުރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

26 ނޮވެމްބަރ

November 26, 2016 1
އަދިވެސް އަވަހަށް މަރުވަނީ ފިރިހެނުން

މުޅި ދުނިޔެއަށް ބަލާއިރު އިންސާނުންގެ އުމުރު ކުރިއަށް ވުރެ ދިގު ކަމަށާއި އެކަމަކު އަދިވެސް ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ދިގުވުމުގެ ތަފާތަށް ބަދަލެއް ނާންނަ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

24 ނޮވެމްބަރ

November 24, 2016 1
އެޗްއައިވީ އަށް ވެކްސިނެއް އުފެއްދޭނެ ކަމުގެ އުންމީދެއް

އެޗްއައިވީ އިންފެކްޝަނަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތްކުރަމުންދާ ސައިންސްވެރިން ބުނާ ގޮތުގައި މިފަދަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރިއަށެވެ. އެޗްއައިވީ ވައިރަސްއާ އެމީހެއްގެ ދިފާއީ ނިޒާމުން ހަނގުރާމަ ކުރެވޭނެ، މުޅިން އާ ގޮތެއް އީޖާދުކުރެވިފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.

22 ނޮވެމްބަރ

November 22, 2016 1
ޑްރޯން އުދުހެނިކޮށް ޗާޖުކުރެވޭނެ ގޮތެއް އީޖާދުކޮށްފި

ޑްރޯންއެއް އުދުހެނިކޮށް އޭގެ ބެޓެރީ ޗާޖުކުރެވޭނެ ގޮތެއް ސައިންސްވެރިން އީޖާދުކޮށްފި އެވެ.

19 ނޮވެމްބަރ

November 19, 2016 2
މޭ އަންދާތީ ދޭ ބޭހަކުން ސްޓްރޯކްގެ ނުރައްކާ

ގޭހުގެ މައްސަލަ ހުންނަ ވަރަށް ގިނަ ބަޔަކަށް ޑޮކްޓަރުން އާދަކޮށް ލިޔެދޭ މަޝްހޫރު ބޭހަކުން ސްޓްރޯކް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެފި އެވެ.

12 ނޮވެމްބަރ

November 12, 2016 1
ސްމާޓްފޯނުގެ ސަބަބުން ނިދި ހަލާކުވަނީ ވަރަށް ބޮޑަށް

ސްމާޓްފޯންގެ ސަބަބުން ފުރިހަމަ ނިންޖަކަށް ހުރަސް އަޅާ ކަމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އާ ދިރާސާއަކުން މިކަން އިތުރަށް ކަށަވަރުވި އިރު، ހީކުރެވިފައިވާ ވަރަށް ވުރެ ވެސް ބޮޑަށް ސްމާޓްފޯނުން ނިދި ހަލާކުކޮށްލަ އެވެ.

11 ނޮވެމްބަރ

November 11, 2016
ވިޓަމިން ޑީ މަދުވުމާ ބްލެޑާގެ ކެންސަރާ ގުޅުން އެބަހުރި

ވިޓަމިން ޑީ މަދުވުމުން ބްލެޑާގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާ ޓީމަކުން ބުނެފި އެވެ.

10 ނޮވެމްބަރ

November 10, 2016 7
އާންމު ދެ މާއްދާއަކުން ކެންސަރުގެ ބިރު

ޕްރޮސެސްކޮށްފައި ހުންނަ ކާނާގައި އާންމުކޮށް ބޭނުންކުރާ ދެ މާއްދާއެއްގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖެހިދާނެ ކަމަށް، މީދާ ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

09 ނޮވެމްބަރ

November 09, 2016
ދެ ބޯ ލީ މިޔަރު ގިނަވަނީ، ކީއްވެ ކަމެއް ނޭނގެ

ދެ ބޯ ހުންނަ މިޔަރު ދުނިޔޭގެ އެކި ހިސާބުތަކުން ފެނުން މިހާރު ވަނީ އިތުރުވެފަ އެވެ. އެކަމަކު މިއީ ކިހިނެއް ދިމާވާ ކަމެއްތޯ ދިރާސާކުރަމުން އަންނަ ސައިންސްވެރިންނަށް ވެސް ސަބަބަކާ މެދު އެއްބަހެއް ނުވެވެ އެވެ.

07 ނޮވެމްބަރ

November 07, 2016 4
ލަވަޔަކުން ތަންކޮޅެއް އަބަދު ކިޔެނީތަ؟

އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރު އިވުނު ލަވައެއްގެ ތަންކޮޅެއް އޮފީހަށް ގޮސް އިނދެގެން އިރުއިރުކޮޅާ ކިޔޭ ގޮތް ދިމާވޭ ހެއްޔެވެ؟ އެހެން ދިމާވުމަކީ ވަރަށް އާންމު ކަމަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިކަން ދިމާ ނުވާ މީހަކު ވަރަށް މަދު ވެސް ވާނެ އެވެ. އެއީ ކީއްވެހެއްޔެވެ؟

06 ނޮވެމްބަރ

November 06, 2016 13
ކަނޑުގެ އަޑީގައި އޮންނަ ކޯރެއް ފެނިއްޖެ

ގަލްފް އޮފް މެކްސިކޯ ސަރަހައްދުގެ ކަނޑު އަޑީގައި އޮންނަ ކޯރެއް ސައިންސްވެރިންނަށް ފެނިއްޖެ އެވެ.