16 މާޗް

March 16, 2020 13
ޓާމިނަލް މައްސަލާގައި އާދިލް ހުރިހާ ކަމެއް ދިފާއުކޮށްފި

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އޭރު ކުރި މަޝްވަރާތައް ދިފާއުކުރައްވާ، ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ފުރަތަމަ ފަހަރަށް މިއަދު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވައިފި އެވެ.

18 ފެބުރުއަރީ

February 18, 2020 54
ސީޕްލޭން ޓާމިނަލް މައްސަލަ: ސައީދަށް ބޮޑު ތުުހުމަތެއް!

އާ ސީޕްލޭން ޓާމިނަލްގެ ޑީލް، ޓީއެމްއާ އެކު ނިންމައި އެއްބަސްވުމުގައި އަވަސް އަރުވާލައިގެން ސޮއިކުރަން އުޅުނީ ކުރީގެ ސަރުކާރުގައި ކަމަށް ވިދާޅުވެ އެ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ތުހުމަތުތަކެއް...

17 ފެބުރުއަރީ

February 17, 2020 21
އެމްޔޫ މަނިކު މަންޓާއަށް ފޭވާކުރައްވާފައެއް ނެތް

އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކަކީ މަންޓާ އެއާގެ ހިއްސާދާރެއްގެ ބައްޕަ ކަމަށް ވިޔަސް މަންޓާއަށް ވަކި މޮޅު ގޮތްތަކެއް ހޯއްދަވާދެއްވާފައި ނުވާ ކަމަށާއި އެހެން ނޫން ނަމަ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން އިންނަވަން ނުޖެހުނީސް ކަމަށް، އެ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2020 17
ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ގޮތް ރަނގަޅު: ހަސަން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ރަނގަޅު ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2020 2
ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ޓީއެމްއޭ ކޮމިޓީ އަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްމެނީ (އެމްއޭސީއެލް) އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލައިގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އާ މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން...

06 ފެބުރުއަރީ

February 06, 2020 30
އާ ޓާމިނަލާ ގުޅޭ ކަންކަން މާލިއްޔަތު ކޮމިޓީން ބަލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލުން ހެދި އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ބޮޑު ޖާގައެއް ދޭން ސަރުކާރުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

11 ޑިސެމްބަރ

December 11, 2019 26
ފައިދާ ބޮޑީ ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލުން ހިންގުން

އާ ސީ ޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ހެދި ޚާއްސަ އޮޑިޓުގައި، ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެ ތަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގުން ކަމަށް ލަފާ ދީފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

19 އޯގަސްޓް

August 19, 2019 15
އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ބެހޭ އޮޑިޓެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް، ދައުލަތަށް ގެއްލުންވާ ގޮތަށް ކުއްޔަށް ދޫކުރަން އުޅޭ ކަމުގެ ތުހުމަތަކާ ގުޅިގެން އޮޑިޓެއް ހަދަން ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.