28 މާޗް

March 28, 2018 36
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމަށްޓަކައި އިދިކޮޅު ޕާޓީތަކުން އަނެއްކާ ވެސް ކޯލިޝަން ކެންޑިޑޭޓެއް ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާތައް ފަށަން ތައްޔާރުވެއްޖެ އެވެ.

03 މާޗް

March 03, 2018 8
ސިޔާސީ ގައިދީންގެ އަނބިއަނބިކަނބަލުން ދެއްވި މެސެޖް

އެ ބޭފުޅުންގެ ދުލުން އިވުނު އެންމެ ޝައުގުވެރިކުރުވަނިވި ވާހަކައަކީ މިއީ އެވެ: މި ތިބީ "އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަނެ، އަތުގުޅާލައިގެން" ނެވެ. މިއީ އެކި ތުހުމަތުތަކުގައި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ ޝުއޫރެވެ. އެ ބޭފުޅުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ތިއްބެވީ ދޫދޭ ގޮތަކަށް ނޫނެވެ....

15 ފެބުރުއަރީ

February 15, 2018 1
"ޗަރުކޭހެއް" ކަން ސާފު، އިމްރާން ދޫކޮށްލާ: އަދާލަތު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވީ ޝަރީއަތުގެ ނަމުގައި ހިންގި "ސިޔާސީ ޗަރުކޭހަކުން" ކަން މުޅި ދުނިޔެ އަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ސާފުކޮށްދީފައިވާ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

16 ސެޕްޓެމްބަރ

September 16, 2017 10
"ވޯޓުގައި ބައިވެރިނުވީ ޚާރިޖީ ސިޔާސަތު ވިކިފައިވާތީ"

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ގަތުލު އާންމުތަކާ ދެކޮޅަށް އދ. ގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބޭރު ގައުމުތަކަށް ވިއްކާލެވިފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

27 އޯގަސްޓް

August 27, 2017 6
ހަތް މަސް ފަހުން ޝިދާތާގެ ޕާސްޕޯޓް ދޫކޮށްލައިފި

އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހަތް މަސް ދުވަސް ވަންދެން ހިފެހެއްޓުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.

06 ޖޫން

June 06, 2017 15
ޕާސްޕޯޓް ހިފެހެއްޓުން: ހައްގެއް ނިގުޅައިގަތުން

އަދާލަތު ޕާޓީގެ ޚާރިޖީ ކޮމެޓީގެ މެމްބަރު ޝިދާތާ ޝަރީފް، ސްރީ ލަންކާ އިން މިދިޔަ ޖެނުއަރީ މަހު މާލެ ވަޑައިގަތުމާ އެކު އިމިގްރޭޝަނުން ޕާސްޕޯޓް އަތުލީ އެވެ. އެތަނުން އޭނާ އަށް އެންގީ ޕާސްޕޯޓު އޮތީ ތަހުގީގަކަށް ހިފަހައްޓާފައި ކަމެވެ. ޝިދާތާ އަށް ލިބިވަޑައިގަތީ ކުއްލި ޝޮކެކެވެ؛ ޖިނާއީ އެއްވެސް ތުހުމަތެއްގައި އޭނާ ތަހުގީގުކުރާ ކަމެއް...

05 ޖޫން

June 05, 2017 2
ޝިދާތާގެ ޕާސްޕޯޓް އޮގަސްޓްގެ ނިޔަލަށް ހިފަހައްޓައިފި

އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ޖެނުއަރީ މަހު ހިފަހައްޓައި މުއްދަތު އިތުރުކުރަމުން ގޮސް، އަންނަ އޮގަސްޓް މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފި އެވެ.

15 މެއި

May 15, 2017 12
ޝިދާތާގެ ޕާސްޕޯޓު އަދިވެސް ހިފަހައްޓާފައި

އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައިވާ ކަމަށާއި އެކަމަކު ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނެތް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

23 އެޕްރީލް

April 23, 2017 11
އަނިޔާވެރިކަން މުލުން ލުހެލަން އަޑުގަދަ ކުރަންވެއްޖެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކޮށް، އަނިޔާވެރިކަން މުލުން ލުހެލަން އަޑުގަދަ ކުރަން ވެއްޖެ ކަމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

22 ފެބުރުއަރީ

February 22, 2017 14
ޝިދާތާގެ ޕާސްޕޯޓު ހިފެހެއްޓި ސަބަބެއް ނުބުނެދިން

އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފެހެއްޓިތާ މަސް ދުވަސް ވާން ގާތްވެފައިވާ އިރު ވެސް، ޕާސްޕޯޓު ހިފެހެއްޓި ސަބަބު ކަމާ ބެހޭ އެއްވެސް އިދާރާއަކުން ނުބުނެދޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

28 ޖެނުއަރީ

January 28, 2017 30
ޕާސްޕޯޓް ހިފެހެއްޓީ ލީޑަރުން އުފައްދަން ކުރާ މަސައްކަތް ފަނޑުކޮށްލަން: އަދާލަތު

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ސަރުކާރުން ހިފެހެއްޓީ، ގާބިލް ސިޔާސީ ލީޑަރުން އުފައްދަން އެ ޕާޓީން ކުރާ މަސައްކަތްތައް ފަނޑުކޮށްލުމަށް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2017 6
ސަރުކާރުން އުޅެނީ ޝިދާތާ ފްރޭމް ކުރަން: އިއްތިހާދު

އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕާޓޯ ހިފެހެއްޓީ އޭނާ ފްރޭމް ކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު އިއްތިހާދުން މިރޭ ބުނެފި އެވެ.

January 26, 2017 25
ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް މިއަދު ހިފަހައްޓައި އެއާޕޯޓުން އޭނާ އަށް ހުރަސް އަޅައިފި އެވެ.

11 ޖެނުއަރީ

January 11, 2017 10
އީސީ މިނިވަން ނަމަ އިންތިހާބުން ބަލިކުރާނަން: އެމްޔޫއޯ

އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ މިނިވަން ތަނެއް ނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

03 އޯގަސްޓް

August 03, 2016
ތަސްމީނާއި، ހަސަން އަދި ޝިދާތާގެ ފޯނު ދީފި

އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގައި ހިމެނިވަޑައިގަންނަވާ އަހްމަދު ތަސްމީން އަލީ އާއި ހަސަން ލަތީފް އަދި ޝިދާތާ ޝަރީގެ ފޯނު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، އެ ފޯނުތައް އަނބުރާ ރައްދު ކޮށްފި އެވެ.

30 ޖުލައި

July 30, 2016 40
އިއްތިހާދުގެ ބޭފުޅުން ހާޒިރުކުރީ ފަންޑުގެ މައްސަލާގައި

އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ހިޔަނި ކެބިނެޓުގެ ތިން ވަޒީރުން މިއަދު ފުލުހަށް ހާޒިރުކުރުވީ އެ އިއްތިހާދުން އުފައްދާފައިވާ ހައްޔަރީންގެ ހައިރާތު ފަންޑާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކަމަށް އެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.

29 ޖުލައި

July 29, 2016 7
ޕޮލިހަށް ގެންދިޔައަސް ފަހަތަކަށް ނުޖެހޭނަން: އިއްތިހާދު

އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރިޔަސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރަން ކުރަމުން އަންނަ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް އެ އިއްތިހާދުން އިއްޔެ ބުނެފި އެވެ.

27 ޖުލައި

July 27, 2016 21
ތަސްމީން، ހަސަން، ޝިދާތާ ވެސް ޕޮލިހަށް ހާޒިރުކުރަނީ

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގައި ހިމެނޭ ބޭފުޅުން ކަމަށްވާ އަހުމަދު ތަސްމީން އަލީ އާއި ހަސަން ލަތީފް އަދި ޝިދާތާ ޝަރީފް ވެސް މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.