25 ޖޫން

June 25, 2018 9
މޭގަން މާކްލްގެ ފައިވާންތައް ހެޔޮވަރެއް ނޫން؛ ކީއްވެ؟

އެމެރިކާގެ ބަތަލާ މޭގަން މާކްލް އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީއާ ކައިވެނިބައްލަވައިގެން ފަހުން އޭނާއަށް މީޑިއާގެ ސަމާލުކަން ވަނީ އެތައް ގުނައެއް ބޮޑުވެފަ އެވެ. ރަސްމިއްޔާތުތަކަށް ވަޑައިގަންނަވާއިރު މޭގަން އޭނާގެ ފައިތިލައިގެ ސައިޒަށް ވުރެ ބޮޑެތި ފައިވާނަށް އަރުއްވާކަން ފޮޓޯތަކުން ފާހަގަވެ އެކަމާ ވެސް މީޑިއާގައި ވަނީ...

24 ފެބުރުއަރީ

February 24, 2017
ފުންނާބު އުސް އެންމެ ރަނގަޅު ބޫޓަކީ ކޮބާ؟

އަންހެނުން އެންމެ ގަޔާވާ އެއް އެކްސެސަރީ އަކީ ބޫޓެވެ. އަދި އުސް ކަށި ހުންނަ ހީލް އަކީ އެންމެ މަގުބޫލު ސްޓައިލެވެ. އެކަމަކު ބަލައިލަން ހިތްގައިމު ނަމަވެސް މިއީ އަރައިގެން އުޅެން އުނދަގޫ އަދި ފަޔަށް ތަދުވާ ބޫޓެކެވެ.

05 ނޮވެމްބަރ

November 05, 2016 2
ހީލް ބަދަލުކޮށްލެވޭ ބޫޓެއް

ޖަރުމަނު ކުންފުންޏަކުން ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ބޫޓެއް މަގުބޫލުކަން ހޯދައިފި އެވެ. "މިމް އެ މޮއި" ކިޔާ ކުންފުންޏަކުން އުފެއްދި ބޫޓުގެ ހީލްސް ބަދަލުކޮށްލެވެ އެވެ. އެގޮތުން ފަސް ވައްތަރެއްގެ ހީލްސް އަށް ބަދަލު ކޮށްލެވޭނެ އެވެ.ފަތާ އަދި އުސް ސްޓައިލެއްގެ ހީލްސް ހިމެނޭ މި ކަލެކްޝަން މިހާރު އޮންލައިންކޮށް ލިބެން އެބަ ހުއްޓެވެ.

03 ނޮވެމްބަރ

November 03, 2016
ފެޝަން ބްލޮގާ ލިއެންޑްރާގެ ބޫޓު ކަލެކްޝަނެއް

ފެޝަން ދާއިރާގެ ފުންނާބުއުސް ބްރޭންޑުތަކުގެ ތެރޭގައި ފެޝަން ބްލޮގަރުންގެ ނަން ވެސް ފަހަކަށް އައިސް ހިމެނެ އެވެ. ފެޝަން ބްލޮގަރުން ފޮލޯކުރާ މީހުންނަށް ލިއެންޑްރާ މެޑީން އަކީ އާ ނަމެއް ނޫނެވެ. އޭނާގެ ބްލޮގް މޭން ރިޕެލާ އަކީ އެހެން ފެޝަން ބްލޮގްތަކަށްވުރެ ތަފާތު އަދި މަޖާ ބްލޮގެކެވެ. އޭގައި އެކި ވައްތަރުގެ ފެޝަން ޓްރެންޑްތަކާއި...

10 އޮކްޓޯބަރ

October 10, 2016
ފަޔަށް ފަސޭހަ ހައި ހީލް އެއް ދެނެގަންނާނެ ގޮތް

ހައި ހީލް އަކަށް އަރައިގެން ހިނގާލަން ބޭނުން ބައެއް މީހުންނަށް އެކަން ނުވާ އެއް ސަބަބަކީ ފަޔަށް ލިބޭ އަނިޔާ ކަމަށް ވެދާނެ އެވެ. ހަން މަށައިގެން ދިއުމާއި ފޮޅުލުން އަދި ތަދުވުން ފަދަ އެތައް ކަމަކާ ހުރެ ހައި ހީލް އަކީ ބައެއް މީހުންނަށް ވޭނަކަށް ނޫނީ ނުވެ އެވެ.

20 ސެޕްޓެމްބަރ

September 20, 2016
ކޭޓީ ޕެރީގެ ފުރަތަމަ ބޫޓު ކަލެކްޝަން ނެރެނީ

ކޭޓީ ޕެރީ އަކީ މޮޅު ލަވަކިޔުންތެރިއެއްގެ އިތުރުން ހެދުން އެޅުމުގެ ސްޓައިލުން ވެސް ފާހަގަވާ ކުޅަދާނަ ފަންނާނެކެވެ. ކޭޓީގެ މިޔުޒިކް ޝޯއެއް ފެޝަން ޝޯއެއް ފަދަ އެވެ. ކޮންމެ ލަވައަކަށް އެކި ވައްތަރުގެ ހެދުންތައް ލައި ނަލަ ބޫޓުތަކަށް އަރަ އެވެ.

02 ސެޕްޓެމްބަރ

September 02, 2016
އެންމެ ފަހުގެ ބޫޓު ޓްރެންޑް: ނަތިން ޝޫ

ފެޝަނަށް ލޯބި ކުރާ ސެލެބްރިޓީން މިހާރު އެންމެ ގިނައިން އަރާ ބޫޓު ސްޓައިލަކީ "ނަތިން ޝޫ" އެވެ. އޭގެ ނަމުން ވެސް ދޭހަވާ ގޮތަށް؛ މި ބޫޓަށް އަރާފައި ހުންނަ އިރު އެއްޗަކަށް އަރައިގެން ހުންނަހެން ވެސް ހިއެއް ނުވާނެ އެވެ.

20 އޯގަސްޓް

August 20, 2016 1
ޑިޖާވޫން ސްކެޗާސްގެ އުފެއްދުން ތައާރަފްކޮށްފި

ގިފްޓް ސާމާނު ވިއްކުމުގައި މަޝްހޫރު ޑިޖާވޫ އިން ދުނިޔޭގެ ނަން ހިނގާ ބްރޭންޑެއް ކަމަށްވާ ސްކެޗާސްގެ ބޫޓާއި ފައިވާން ރާއްޖެއަށް މިއަދު ތައާރަފްކޮށްފި އެވެ.

03 އޯގަސްޓް

August 03, 2016 21
ރާއްޖޭން ހޮވި ކުނިން ހެދި ބޫޓެއް ރައީސަށް ހަދިޔާކޮށްފި

ކުނީގެ ގޮތުގައި ރާއްޖޭގެ މޫދާއި ފަރުތަކަށް އުކާލާފައި ވަނިކޮށް ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް ކުންފުނިން ހެދި ބޫޓެއް ރައީސް އަބްދުﷲ ޔާމީނަށް މިއަދު އެ ކުންފުނިން ހަދިޔާކޮށްފި އެވެ.

10 ޖޫން

June 10, 2016 4
ކްރޮކްސް ފައިވާނުން ސިއްހަތަށް ނުރައްކާވޭ

ކްރޮކްސް އަކީ ބަލާލަން ހުތުރު ސިފައަކަށް ހުންނަ ރަބަރު ފައިވާނެކެވެ. ބައެއް މީހުން ފަޔަށް ފަސޭހަކަމުން މިފަދަ ފައިވާނަށް އަރާ އުޅެ އެވެ. އަދި ކުޑަކުދިން ވެސް މިފަދަ ފައިވާނަށް އަރުވާފައި ހުއްޓާ ފެނެ އެވެ. ނަމަވެސް ޑޮކްޓަރުން ވިދާޅުވަނީ މި ވައްތަރުގެ ފައިވާނަށް އެރުމުން ސިއްހީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.