15 މެއި

May 15, 2020
ގޫގުލް ޕިކްސެލް ފޯނުތަކުގެ ޒަމާންދަނީތަ؟

ގޫގުލުން ޕިކްސެލް ފޯނުތަކަށް ނަންބަރު ދެމުން އައިސް މިހާރު އުޅެނީ ހަތަރަކާ ހަމައިގަ އެވެ. އެކަމަކު ޕިކްސެލް 4 އެހާ ރަނގަޅަށް ނުވިކޭ ކަމަށް އެބަ ބުނެ އެވެ.

29 އެޕްރީލް

April 29, 2020 1
ޝޯމީން ފޯނެއް ފަތްޖެހޭތޯ މަސައްކަތްކުރަނީ

ސެމްސަންގް ގެލަކްސީ ޒީ ފްލިޕް ކަހަލަ، ފަތްޖެހި ފޯނެއް އުފައްދަން ޝޯމީން ޝައުގުވެރިވެ އެވެ. މި މަސައްކަތުގައި ޝޯމީ އަށް ފަސޭހަކޮށްދޭން ސެމްސަންގް ތައްޔާރު ކަމަށް ވެ އެވެ. އިންޓަނެޓް ޚަބަރުތައް ބުނާ ގޮތުގައި، ގެލަކްސީ ޒީ ފްލިޕްގައި ބޭނުންކުރާ އޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ، ޝޯމީ އަށް ސެމްސަންގުން ފޯރުކޮށްދޭނެ އެވެ.

28 އެޕްރީލް

April 28, 2020
އެޗްޓީސީ އަދި މަރެއް ނުވޭ، އާ ފޯނެއް އުފައްދަނީ

އެޗްޓީސީ އަކީ އެއްއިރެއްގައި ސްމާޓްފޯން މާކެޓްގައި ރަސްކަންކުރި ކުންފުޏްނެކެވެ. ވަރަށް މަޝްހޫރު ފޯނުތަކެއް އެޗްޓީސީން އުފެއްދި އެވެ. އެޗްޓީސީ ފޯނެއް އަތުގައި އޮތުން ޝަރަފަކަށް ވި ޒަމާނެއް ވެސް ހިނގައްޖެ އެވެ.

26 އެޕްރީލް

April 26, 2020
ސެމްސަންގުން ސިއްހީ އެހީތެރިންގެ ފޯނު ހިލޭ ހަދައިދެނީ

ކޮރޯނާވައިރަހާ ހެދި އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި މި ވަގުތު އެންމެ މުހިއްމު ދައުރެއް އަދާކުރުުގައި ގައުމުތަކުގައި ގުރުބާންވަމުން އަންނަނީ ސިއްހީ އެހީތެރިންނެވެ. ހާއްސަކޮށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންގެ ހިދުމަތަކީ އަގުވަޒަން ނުކުރެވޭ ވަރުގެ ހިދުމަތްތަކަތެކެވެ.

22 އެޕްރީލް

April 22, 2020
ފޭސްބުކުން މޮބައިލް ގޭމިން އެޕެއް

ކޮރޯނާވައިރަހާ ހެދި ކަރަންޓީނުގައި ގިނަ ބަޔަކު ތިބެން ޖެހިފައިވާތީ މި ފޫހި ދަނޑިވަޅުގެ ތެރޭގައި ފޫހިފިލުވައިދޭން ހާއްސަ ގޭމިން މޮބައިލް އެޕެއް ފޭސްބުކުން ލޯންޗްކޮށްފި އެވެ.

13 އެޕްރީލް

April 13, 2020
އެޕަލް އާއި ގޫގުލް ކޮންޓެކްޓް-ޓްރޭސިން ފަސޭހަކޮށްދެނީ

މުޅި ދުނިޔެ ކޮވިޑް-19 އާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އިރު މިކަމުގައި އެހީވުމަށް އެޕަލް އާއި ގޫގުލް ކުންފުނި ގުޅިގެން ކޮންޓެކްޓް ޓްރޭސިން އެޕެއް އުފެއްދުގެ މަސައްކަތް ފަށައިފި އެވެ.

11 މާޗް

March 11, 2020
ވަންޕްލަސް 8 މަރުކާގެ ހުރިހާ ފޯނެއް 5ޖީ

ވަންޕްލަސް މަރުކާގެ ދެން ނެރެން ހުރި، ވަންޕްލަސް 8ގެ ހުރިހާ ފޯނެއް، 5ޖީ ސަޕޯޓްކުރާނެ ކަމަށް ވަންޕްލަސް އިން ބުނެފި އެވެ. އުފާވެރި ޚަބަރެކެވެ. ހިތާމަވެރި ޚަބަރަކަށް ވެސް ވެދާނެ އެވެ. ސްމާޓްފޯނެއް 5ޖީ ފެންވަރަށް އުފައްދައި، ލާހިކު އަގެއްގައި ވިއްކުމަކީ އަދި ކުރެވެން އޮތް ކަމެއް ނޫނެވެ.

03 މާޗް

March 03, 2020 1
ގޫގުލް އަށް ވާވޭ މުހިންމުވެއްޖެ

ވާވޭއާ އެކު ވިޔަފާރިކުރުމަށް ހުއްދަ އަށް އެދި އެމެރިކާ ސަރުކާރަށް ގޫގުލް އިން ހުށަހަޅައިފި އެވެ. ގޫގުލުން މިކަން ކުރަންޖެހުނީ، ވާވޭއާ އެކު ވިޔަފާރިކުރުން އެމެރިކާގެ ކުންފުނިތަކަށް މަނާކޮށްފައި އޮތުމުންނެވެ.

28 ފެބުރުއަރީ

February 28, 2020
ވައިރަހާ ހެދި ސެމްސަންގް ފަތްޖެހި ފޯނު ފެކްޓަރީ ބަންދު

ސެމްސަންގުން ސައުތު ކޮރެއާގައި ހިންގާ ބައެއް ފެކްޓަރީތައް ބަންދުކުރަން ޖެހިއްޖެ އެވެ. މިއީ އެ ގައުމުގައި ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

22 ފެބުރުއަރީ

February 22, 2020 1
އެންޑްރޮއިޑް 11: ފޯނުގެ ފަހަތުގައި ދެ ޓަކި ޖަހާލާ

އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ ގިނަ ބަޔަކު އަދި ވެސް އެންޑްރޮއިޑް 10 އަށް ބަދަލެއް ނުވެ އެވެ. މިއީ މުޅިން ވާނެ ކަމެއް ވެސް ނޫނެވެ. އެއީ އެންޑްރޮއިޑް 10 ހިންގޭހާ ފެންވަރު، ހުރިހާ ފޯނެއްގައި ނެތުމެމެވެ. ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑް އާއިލާގައި ކުރަ އަށް ދެން އޮތީ އެންޑްރޮއިޑް 11 އެވެ.

19 ފެބުރުއަރީ

February 19, 2020
ވޯޑް، އެކްސެލް އަދި ޕަވަޕޮއިންޓް އެއް އެޕްލިކޭޝަނަކަށް

އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި ބޭނުންކުރެވޭ ގޮތަށް، މައިކްރޮސޮފްޓް އޮފީސް ޕެކޭޖްގައި ހިމެނޭ އެންމެ ބާރުގަދަ ތިން އެޕްލިކޭޝަން، ވޯޑް، އެކްސެލް އަދި ޕަވާޕޮއިންޓް އެއްކޮށްލައި އަދި އެއް އެޕްލިކޭޝަނަކަށް ހަދައި އާންމުކޮށްފި އެވެ.

09 ފެބުރުއަރީ

February 09, 2020 1
މައިކްރޮސޮފްޓް ސާފަސް ޑުއޯ: ދެން ލަހެއް ނުވާނެ

މައިކްރޮސޮފްޓުން "ސާފަސް ޑުއޯ"ގެ ނަމުގައި ޑިވައިސްއެއް ނެރެން އުޅޭ ކަމަށް ބުނެ ވާހަކަދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ބުނުން މިހާރު ހަގީގަތަކާ ހަމަ އަށް ފޯރައިފި ކަމަށް އެބަ ބެލެވެ އެވެ. ސާފަސް ޑުއޯ ސިފައިގެ ޑިވައިސްއެއް ބަޔަކު ގެންގުޅޭތީ ވަނީ ފެނިފަ އެވެ.

02 ފެބުރުއަރީ

February 02, 2020
ވަންޕްލަސް ފޯނުތަކަށް ވަޔަލެސް ޗާޖިން

ވަންޕްލަސް ފޯނުތަކުގައި ވަޔަލެސް ޗާޖިން ނުހިމަނާނެ ކަމަށް އެ ކުންފުންޏަކުން ނުބުނެ އެވެ. ނަމަވެސް، އެކަން ކުރެވެން އޮތީ ތަންކޮޅެއް ފަހުގެ މަރުހަލާއެއްގައި ކަމަށް ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

28 ޑިސެމްބަރ

December 28, 2019 3
ގެލަކްސީ އެސް11އެއް ނޫން، ގެލަކްސީ އެސް20

މިހެން ދައްކާހާ ވާހަކައެއް ހަގީގަތަކަށް ނުވެ އެވެ. އެކަމަކު ވެސް ދެއްކެވެނީ އެވެ. ސްމާޓްފޯން ޑިޒައިންތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ފޯނަށް ކޮންމެ ނަމެއް ކިޔަސް، ބޭނުންކޮށްލާ ހިއްވާތީ އެވެ.

26 ޑިސެމްބަރ

December 26, 2019
"ކޮންސެޕްޓް ވަން" އަކީ ވަންޕްލަސްގެ ފަތްޖެހި ފޯނު؟

ސްމާޓްފޯން ކުންފުންޏެއް ނަމަ، ފަތްޖެހި ފޯނެއް އުފައްދަން ޖެހެ އެވެ. ވަންޕްލަސް ވެސް މި ލިސްޓަށް އަރަނީ އެވެ. ވަންޕްލަސްގެ ފަތްޖެހި ފޯނަށް ކިޔާ ނަމަކީ "ކޮންސެޕްޓް ވަން" އަށް ވެދާނެ ކަމަށް އެބަ ބުނެވެ އެވެ.

25 ޑިސެމްބަރ

December 25, 2019
ވާވޭ ޕީ40ގައި ގްރެފީން ބެޓެރީ

ސްމާޓްފޯނެއްގައި އެންމެ ފުރަތަމަ ގްރެފީން ބެޓެރީއެއް އަޅުވާނެ ކުންފުންޏަކަށް ސެމްސަންގް ވާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް، މަސްރަހުގައި ވާހަކަތައް ހުރި ގޮތުން، އެ ޝަރަފު އެންމެ ފުރަތަމަ ހޯދާނެ ކަމަށް މިހާރު ބުނެވެނީ ވާވޭ އެވެ. ވާވޭ ޕީ40 ގައި ގްރެފީން ބެޓެރީއެއް އަޅުވަފާނެ ކަމަށް އެބަ ބެލެވެ އެވެ.

07 ޑިސެމްބަރ

December 07, 2019
އެންޑްރޮއިޑް "ފޯކަސް މޯޑް" ބީޓާ މަރުހަލާއިން ބޭރަށް

އެންޑްރޮއިޑް "ފޯކަސް މޯޑް" އަކީ ސްމާޓްފޯން ފީޗާއެކެވެ. މަސައްކަތްކުރަނީ "ޑު ނޮޓް ޑިސްޓާބް"އާ ދާދި އެއް ގޮތަކަށެވެ. ބޭނުމަކީ އޮފީސް މަސައްކަތުގައި އުޅޭއިރު ނުވަތަ އެ ޒާތުގެ މުހިންމު ކަމެއްގައި ޝާމިލްވެވިފައި ވަނިކޮށް، ވައިބާ، ޓްވީޓާ، ޓެލެގްރާމް އަދި ފޭސްބުކް ފަދަ އެޕްލިކޭޝަންތަކުން އަންނަ ނޮޓިފިކޭޝަންތައް އަދި މެސެޖްތައް...

06 ޑިސެމްބަރ

December 06, 2019
އެންޑްރޮއިޑް 11: ބްލޫޓޫތު ކަނޑައިގެން ނުދާނެ

ސްމާޓްފޯނުތަކަށް އިތުބާރުކޮށް އޭގެ މައްޗަށް މުޅި ހަޔާތް ދޫކޮށްލެވޭ ހިސާބަށް ދުނިޔެ މި އޮތީ އައިސްފަ އެވެ. މި ފަދަ ފަސޭހަތައް އީޖާދުކުރެވޭތޯ ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ވެސް އަންނަނީ އަބަދުވެސް ވިސްނަމުންނެވެ. އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގައި ގޫގުލުން ހިމަނަން އުޅެނީ ވެސް މި ބުނި ކަހަލަ ފަސޭހައެކެވެ.

31 އޮކްޓޯބަރ

October 31, 2019 1
މޯޝަން ސެންސް: ޕިކްސެލް 4 ގައި ރާޑަރު ޓެކްނޮލޮޖީ

ގޫގުލް "ޕިކްސެލް 4" އަދި "ޕިކްސެލް 4 އެކްސްއެލް" ގައި ހިމެނޭ އެންމެ ބާރުގަދަ ފީޗާ އަކީ "މޯޝަން ސެންސް" އެވެ. މިއީ ފޯނުގެ ސްކްރީންގައި ނުޖެހޭ ފަށުގައި ކުރެވޭ ހަރަކާތްތައް، ފޯނަށް ބުނެދޭ ޓެކްނޮލޮޖީއެކެވެ. ޕިކްސެލް 4ގެ ފޯނުތަކުގައި މި ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންކޮށްފައި ވަނީ "ސޮލީ" ޗިޕް އެވެ. މި ޓެކްނޮލޮޮޖީ އަށް "ރޭޑާ ޓެކްނޮލޮޖީ"އޭ...

30 އޮކްޓޯބަރ

October 30, 2019
ފޯނު އެޑިކްޝަނަށް ގޫގުލް ދޭ ހައްލަކީ "ޕޭޕަ ފޯން"

ސްމާޓްފޯނަށް ދެވިހިފައި އެއާ ނުލައި މިހާރު ހިނދުކޮޅަކަށް ވެސް ނޫޅެވޭ މީހުން ބައިވަރެވެ. އެކަމަކު މި އާދައިގެ ސަބަބުން ވަރަށް ގިނަ ނޭދެވޭ ކަންކަން ދަނީ ކުރިމަތިވަމުންނެވެ. ފޯނު އެޑިކްޝަން ނުވަތަ ޑިޖިޓަލް އެޑިކްޝަނުން މީހުން ސަލާމަތްކުރެވޭތޯ ގޫގްލް އިން މިހާރު މި ވަނީ އާ ގޮތެއް ތައާރަފުކޮށްފަ އެވެ. އެއީ "ޕޭޕަ ފޯން" އެވެ. މިއީ...