15 އޮކްޓޯބަރ

October 15, 2019
ޑިމާންޑް ބޮޑުވުމުން އައިފޯން 11 އިތުރަށް އުފައްދަނީ

އެޕަލް އިން އަންދާޒާކުރި ވަރަށް ވުރެ އައިފޯން 11ގެ ޑިމާންޑް އިތުރުވުމުން، މި މަރުކާގެ ފޯނުތަކުގެ ސަޕްލައި 10 ޕަސެންޓް އިތުރުކުރަން ސަޕްލަޔަރުންނަށް އަންގައިފި އެވެ.

13 އޮކްޓޯބަރ

October 13, 2019 27
ދިރާގާއި އުރީދޫގެ އައިފޯން ސްޓޮކް ހުސްވެއްޖެ

މިދިޔަ ހުރުކު ވިލޭރޭ އުރީދޫ އާއި ދިރާގުން އައިޕޯނު 11 ގެ ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ފޯނުގެ ސްޓޮކް ހުސްވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2019 5
އައިފޯނުތަކާއި ގަޑި އަދި އެޕަލްޓީވީ ޕްލަސް ދައްކާލައިފި

އެޕަލްގެ އާ އައިފޯން މޮޑެލްތަކާއި ސީރީޒް 5 ގެ ގަޑި އާއި އެޕަލް ޓީވީ ޕްލަސް ރޭ ތައާރަފްކޮށްފި އެވެ.

10 ސެޕްޓެމްބަރ

September 10, 2019 3
ބާރުގަދަ ކެމެރާތަކާ އެކު ތިން ފޯނެއް އެޕަލް އިން ތައާރަފްކޮށްފި

އެޕަލްގެ އާ އުފެއްދުންތައް ދައްކާލާ ހަފުލާ، ސްޓީވް ޖޮބްސް ތިއޭޓަރުގައި ފަށައިފި. ދައުވަތު ދީގެން ގޮސް ތިބި އެތައް ހާސް ބަޔަކާ އެކު ކުރިއަށްދާ މި ހަފުލާފައި އެޕަލްގެ އާ އައިފޯނާއި...

September 10, 2019 1
އެޕަލްގެ އާ އުފެއްދުންތައް ދައްކާލުން މިރޭ

އެޕަލްގެ އާ އައިފޯނާއި އެހެން ބައެއް އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފްކުރާ ހާއްސަ އިވެންޓް މިރޭ އޮންނާނެ އެވެ.

01 ސެޕްޓެމްބަރ

September 01, 2019 4
އައިފޯނުތަކަށް އޮތް ބިރެއް ގޫގުލް އިން ހާމަކޮށްފި

އެޕަލްގެ އައިއޯއެސް އިން ހިންގާ ޑިވައިސްތައްތައް ހެކް ކުރެވޭ ބާގަނޑެއް ފާހަގަކުރެވިފައިވާ ކަމަށް ގޫގުލްގެ "ޕްރޮޖެކްޓް ޒީރޯ" ގައި ބުނެފި އެވެ.

31 އޯގަސްޓް

August 31, 2019
އައިފޯން 11 ނެރުން އަންނަ މަހުގެ 10 ގައި

އެޕަލް އިން މި އަހަރު ނެރޭ އާ އުފެއްދުންތައް ދައްކާލާ އިވެންޓް، އަންނަ މަހުގެ 10 ގައި ބާއްވަން ނިންމައި ދައުވަތު ފޮނުވަން ފަށައިފި އެވެ. ކެލިފޯނިއާގެ ސްޓީވް ޖޮބްސް ތިއޭޓަރުގައި ބާއްވާ އިވެންޓުގެ ދައުވަތުގައި ލިޔެފައި ވަނީ "ބައި އިނޮވޭޝަން އޮންލީ" އެވެ.

04 އޯގަސްޓް

August 04, 2019
އައިފޯން 11 އަށް ސަޕްލައިކޮށްދޭ މީހުން މާޔޫސްވެފައި

އެޕަލް އަށް، އައިފޯން ވިޔަފާރިން، މިހާރު ރަނގަޅު ނަފާއެއް ނުލިބެ އެވެ. އެޕަލް އަށް ލިބޭ ފައިދާ ރަނގަޅު ނޫން ކަމަށް މި ބުނަނީ، އަންދާޒާކުރާ އަދަދަށް، އައިފޯނުތައް ނުވިކޭތީ އެެެވެ. މިއީ އެޕަލް އަށް ހައްލުކުރަން ދަތި ކަމަކަށް ވެސް ވަނީ ވެފަ އެވެ.

25 ޖޫން

June 25, 2019
އެޕަލް އަތުން ސެމްސްސަންގް ބަދަލު އަތުލަނީ

އެޕަލް އައިފޯނުތަކަށް ވުރެ ސެމްސަންގް ގެލަކްސީ ފޯނުތައް މޮޅެވެ. މިއީ ސެމްސަންގެ ބުނުމެކެވެ. ގެލަކްސީ މަރުކާގައި ހިމެނޭ ބާރުގަދަ ފޯނުތައް އިޝްތިހާރުކުރުމަށް، އެޕަލް އަށް ޖޯކުޖަހައި ޑްރާމާކުޅުމަކީ ސެމްސަންގް ވަރަށް ކުރާހިތްވާ ކަމެކެވެ.

17 ޖޫން

June 17, 2019 4
އައިފޯނުގެ އާ ޑިޒައިން މާ ހުތުރު ވެދާނެ

ސްމާޓްފޯނުތަކުގެ ޑިސްޕްލޭ ބޮޑުކުރަން ކުންފުނިތަކުން ކުރި މަސައްކަތްތަކުގައި، އެންމެ ކަމުނުދާ ޑިޒައިނެއް ކުރެވުނީ އެޕަލް އަށެވެ. އައިފޯން އެކްސްގެ ސްކްރީނުން އެ ފެންނަނީ މި ބުނި ޑިޒައިނެވެ. ޑިސްޕްލޭ މަތީ ކޮޅުން ތަންގަނޑެއް، ކެމެރާ އަދި ސެންސަރުތަކަށް ހުސްކޮށް، އެއީ "ނޮޗް ޑިސްޕްލޭ" ކަމަށް ބުންޏެވެ. އެހާ ހުތުރު ޑިޒައިނެއް...

25 މެއި

May 25, 2019
ވާވޭގެ ވެރިޔާ އަށް ވެސް ރަނގަޅީ އައިފޯން

ޗައިނާގެ ވާވޭ ކުންފުންޏަށް އެމެރިކާ އިން ކުރިމަތިކުރާ ފިއްތުންތައް ވަރަށް ބޮޑެވެ. އެކަމަކު އެ ކުންފުންޏާ އެންމެ ވާދަވެރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެޕަލްގެ އައިފޯނަށް ވާވޭގެ ބާނީ އަދި ސީއީއޯ ރެން ޒެންގްފީގެ ހިތުގައި ހާއްސަ ލޯތްބެއް އެބަ އޮތެވެވެ. އޭނާ ވިދާޅުވާ ގޮތުން ސްމާޓްފޯނުތަކުގެ ތެރެއިން އަދިވެސް އެންމެ...

10 އެޕްރީލް

April 10, 2019 3
ފޭކް އައިފޯނުން ދެ މީހަކު 1 މިލިއަން ޑޮލަރު ހޯދައިފި

ހަލާކުވެފައި ހުންނަ "ފޭކް އައިފޯން" އެޕަލްގެ ސާވިސް ސެންޓަރުތަކަށް ގެންގޮސް އޭގެ ބަދަލުގައި މިލިއަނެއްހާ ޑޮލަރުގެ އާ އައިފޯނު ހޯދި ކަމުގެ ތުހުމަތު، އެމެރިކާގައި އުޅޭ ޗައިނާގެ ދެ ދަރިވަރަކަށް ކޮށްފި އެވެ.

08 އެޕްރީލް

April 08, 2019
ކުއަލްކޮމް އިން އެޕަލް އަށް މަލާމާތުގެ ހަމަލާއެއް

އެޕަލް އަށް 5ޖީ އައިފޯނެއް ނެރެވޭނެ ތާރީޚެއް ބުނަން ނޭނގި، ހަދާނެ ގޮތެއް ނޭނގިގެން އުޅޭތީ ކުއަލްކޮމް އިން މަލާމާތުގެ ރާގުގައި ބަހުގެ ހަމަލާއެއް ދީފި އެވެ.

27 މާޗް

March 27, 2019
ގެލަކްސީ އެސް10: "ޕަންޗް ހޯލް" ބޮޑު މަޖާގަނޑަކަށް

އެޕަލް އައިފޯނުގައި ރީތި ސިފައެއް ނުޖެއްސިގެން އުޅެނިކޮށް، މޫނުމަތިން ބާގަނޑެއް ކަނޑަން ހަދައިގެން، އައިފޯނަށް ލިބުނީ ނިކަމެތިކަމެކެވެ. އައިފޯނުގެ ސްކްރީން މަތީ ކޮޅުން ބޮޑު ތަންގަނޑެއް، ސެންސަރުތައް ވަޅުލަން ޚާއްސަކުރުމުން، އެކަން ވީ ބޮޑު އައިބަކަށެވެ. އެކަހަލަ ބާގަނޑުތަކަށް އެ މީހުން ކިޔަނީ، "ނޮޗް" އެވެ. އަހަރެމެން "ފެންލައިޓް"...

29 ޖެނުއަރީ

January 29, 2019 1
ފޭސްޓައިމް އިން "ސިއްރުން އަޑުއެހޭ" ކަން ހާމަވެއްޖެ

އެޕަލްގެ ފޭސްޓައިމް ސޮފްޓްވެއާގައި ހުރި މައްސަލައެއްގެ ސަބަބުން، ފޯނަށް ޖަވާބު ނުދެނީސް މައިކް އޮންކުރެވި، ވީޑިއޯ ވެސް ފޮނުވޭ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ވަރަށް އަވަހަށް ހައްލުކޮށްދޭނެ ކަމަށް އެޕަލް އިން ބުނެފި އެވެ.

16 ޖެނުއަރީ

January 16, 2019
އެޕަލް ވަޔަލެސް ޗާޖަރުތައް ގަނޑުކޮށް އުފައްދަނީ

އައިފޯނުގެ އެކި މޮޑެލްތަކުގައި "ވަޔަލެސް ޗާޖިން" ގާއިމުކުރިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެޕަލް އިން އެކަމަކު ވަޔަލެސް ޗާޖަރެއް އަދިވެސް ނުއުފައްދަ އެވެ. ނަމަވެސް، ވަޔަލެސް ޗާޖަރުތައް އުފައްދަން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށް، މަސައްކަތްތައް ފަށައިގަންނަ ހިސާބަށް ދެވިއްޖެ ކަމަށް ބުނާތީ އިވެ އެވެ.

13 ޖެނުއަރީ

January 13, 2019
އެޕަލްއިން ޗައިނާ ދަތުރުތަކަށް ދުވާލަކު 50 ޓިކެޓް

ޗައިނާ އަކީ އެޕަލް އަށް ވަރަށް މުހިންމު މާކެޓެކެވެ. އެ ގައުމަށް ކުރަންޖެހޭ ދަތުރުތައް ގިނަވަނީ އެހެންވެ އެވެ. އެޕަލްގެ ޑިވައިސްތަކަށް ބޭނުންވާ ހާޑްވެއާ ބައިތައް އުފައްދައިދޭ ކުންފުނިތައް ޗައިނާގައި ވަރަށް ގިނަ އެވެ. އެއިން ކޮންމެ ކުންފުންޏަކާ އެކު ގުޅުން ބަދަހިކުރަން އެ ގައުމަށް ދަތުރުކުރާ ވެރިން، އެޕަލްގެ މަތިފަޑީގައި ވަރަށް...

10 ޖެނުއަރީ

January 10, 2019 1
އައިފޯނު އުފައްދާ އަދަދު މަދުކުރަނީ

އެޕަލް އުޅެނީ އައިފޯނު ވިއްކަން އުނދަގޫވެގެންނެވެ. ވަރަށް ގިނަ މައްސަލަތަކަކާ ހެދި އެވެ. އެވްރެޖް މީހުންނަށް ގަނެވޭ ވަރަށް ވުރެ އައިފޯނުތަކުގެ އަގު ބޮޑުވުން ވެސް އެއީ މައްސަލައެކެވެ. އައިފޯނުތަކަށް، މި ހައިޓެކް ޒަމާނުގައި، އަންނަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ފީޗާތައް ނައުން ވެސް ސަބަބެކަށް ވެ އެވެ. ދުނިޔޭގައި ވިޔަފާރި މަސްރަހު...

07 ޖެނުއަރީ

January 07, 2019 2
އައިފޯނުން ޓްވީޓްކޮށްގެން ވާވޭގެ ބަޔަކަށް އަދަބު ދީފި

އެޕަލްގެ އައިފޯނުން ވާވޭ ޓެކްކޮލޮޖީޒްގެ ނަމުގައި އާ އަހަރުގެ ތަހުނިޔާ ޓްވިޓްކޮށްގެން ވާވޭގެ ދެ މުވައްޒަފަކާ ދޭތެރޭ އެ ކުންފުނިން ފިޔަވަޅު އަޅައިފި އެވެ.

31 ޑިސެމްބަރ

December 31, 2018 2
އައިފޯން 4 އަށް ކިޑްނީ ވިއްކި މީހާ މަރު އެނދުގައި

އާ އައިފޯނެއް ބާޒާރަށް ނެރޭ ކޮންމެ ފަހަރަކު، އައިފޯނު ހުމުގައި އެތައް ޒުވާނުންނެއް ޖެހެ އެވެ. މިއީ ވެސް އެކަހަލަ މީހެއްގެ ވާހަކަ އެވެ.

29 ޑިސެމްބަރ

December 29, 2018 1
އައިފޯނުގެ އަގުބޮޑު މޮޑެލްތައް އިންޑިއާގައި އުފައްދަނީ

އިންޑިއާގައި އައިފޯނުގެ ވިޔަފާރި ހަރުދަނާކުރަން އެޕަލް އިން ކުރާ މަސައްކަތްތަކުގައި، އައިފޯނުގެ އަގު ބޮޑު މޮޑެލްތައް، އެ ގައުމުގައި އުފައްދަން އުޅޭ ކަމަށް ބުނެވެން ފަށައިފި އެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، އަމަލީ މަސައްކަތްތައް އަންނަ އަހަރު ފަށައިގަންނާނެ އެވެ.