08 މެއި

May 08, 2020
އެޕަލް ވޮޗް: އެންމެ ގިނައިން ވިކޭ ސްމާޓް ގަޑި

ސްމާޓްވޮޗް މާކެޓްގައި އެޕަލްއާ ބައްދަލު އެހެން ބަޔަކު ނެތެވެ. ދުނިޔޭގައި ވިކޭ ކޮންމެ ސްމާޓް ދެ ގަޑިއަކުން، އެއް ގަޑި އަކީ އެޕަލް ސްމާޓް ގަޑިއެކެވެ. މިއީ މާކެޓްގައި އެޕަލް ގަޑިތައް ހޯދާފައި ވާ ކާމިޔާބެވެ.

03 މެއި

May 03, 2020
ވާވޭގެ ހައިސިލިކަން ކުއަލްކޮމް އަށް ވުރެ ކުރި އަށް

މޮބައިލް ޑިވައިސްތައް އުފައްދަން ބޭނުންވާ ޗިޕްތައް ކިތަންމެ ކުންފުންޏަކުން އުފައްދަ އެވެ. ނަމަވެސް، ލިސްޓް ތަރުތީބުކޮށްލާއިރު ކުރީގައި އުޅެނީ ކުއަލްކޮމް، ސެމްސަންގް އަދި ހައިސިލިކަން އެވެ. ކުއަލްކޮމް އަކީ އެމެރިކާ ކުންފުންޏެކެވެ. ސެމްސަންގް ނިސްބަތް ވަނީ ސައުތު ކޮރެއާ އަށެވެ. ހައިސިލިކަން ހުންނަނީ ޗައިނާގަ އެވެ. އެއީ ވާވޭގެ...

29 އެޕްރީލް

April 29, 2020 1
ޝޯމީން ފޯނެއް ފަތްޖެހޭތޯ މަސައްކަތްކުރަނީ

ސެމްސަންގް ގެލަކްސީ ޒީ ފްލިޕް ކަހަލަ، ފަތްޖެހި ފޯނެއް އުފައްދަން ޝޯމީން ޝައުގުވެރިވެ އެވެ. މި މަސައްކަތުގައި ޝޯމީ އަށް ފަސޭހަކޮށްދޭން ސެމްސަންގް ތައްޔާރު ކަމަށް ވެ އެވެ. އިންޓަނެޓް ޚަބަރުތައް ބުނާ ގޮތުގައި، ގެލަކްސީ ޒީ ފްލިޕްގައި ބޭނުންކުރާ އޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ، ޝޯމީ އަށް ސެމްސަންގުން ފޯރުކޮށްދޭނެ އެވެ.

26 އެޕްރީލް

April 26, 2020
ސެމްސަންގުން ސިއްހީ އެހީތެރިންގެ ފޯނު ހިލޭ ހަދައިދެނީ

ކޮރޯނާވައިރަހާ ހެދި އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި މި ވަގުތު އެންމެ މުހިއްމު ދައުރެއް އަދާކުރުުގައި ގައުމުތަކުގައި ގުރުބާންވަމުން އަންނަނީ ސިއްހީ އެހީތެރިންނެވެ. ހާއްސަކޮށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންގެ ހިދުމަތަކީ އަގުވަޒަން ނުކުރެވޭ ވަރުގެ ހިދުމަތްތަކަތެކެވެ.

25 އެޕްރީލް

April 25, 2020 2
ސެމްސަންގަށް ދައުވާކުރަނީ

އެމެރިކާގެ "ފެޓް ސްޓަޓްޒް" އިން ސެމްސަންގަށް ދައުވާކުރަން ނިންމައިފި އެވެ.

23 އެޕްރީލް

April 23, 2020 1
600 މެގަޕިކްސެލް ކެމެރާ ސެންސަރެއް އުފައްދަނީ

މަންޒަރުތައް ތަފުސީލްކުރުމުގައި އިންސާނުންގެ ލޮލަށް ވުރެ ގާބިލު ކެމެރާ ސެންސަރެއް އުފައްދަން މަސައްކަތްކުރާ ކަމަށް ސެމްސަންގުން ބުނެފި އެވެ. މިއީ ކުރެވިދާނެ ކަމެއް ނަމަވެސް، ސްމާޓްފޯނެއްގައި ހަރުކުރަން ފުރިހަމަކުރަންޖެހޭ މަސައްކަތް ވަކިން ބޮޑު ކަމަށް ސެމްސަންގުން ބުނެ އެވެ.

14 އެޕްރީލް

April 14, 2020
ގެލެކްސީ އޭ ސީރީޒްގެ ހަ ފޯނެއް ނެރެފި

ސްމާޓްފޯނު ނެރޭ ބޮޑެތި ކުންފުނިތަކުން ތަންކޮޅެއް އަގުހެޔޮ ފޯނުތައް މާކެޓަށް ނެރުމަކީ މިހާރު ކުރަމުން އަންނަ ކަމެކެވެ. އެމެރިކާގެ އެޕަލް ކުންފުނިން ވެސް މިކަމަށް ތައްޔާރުވެފައި ވަނިކޮށް ދެކުނު ކޮރެއާގެ ސެމްސަންގުން މިހާރު މި ވަނީ ސެމްސަންގް ގެލެކްސީ އޭ ސީރީޒްގެ ކަލެކްޝަނެއް ނެރެފަ އެވެ. މީގައި ހަ ފޯނެއް ހިމެނެ އެވެ.

08 އެޕްރީލް

April 08, 2020
ސެމްސަންގަށް ކޮރޯނާވައިރަހުން އަސަރެއްނުކުރި

ސެމްސަންގުން ބުނީ ގޭގައި ތިބެގެން މަސައްކަތްކުރުން މާ ރަނގަލު ކަމަށެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ވިޔަފާރިން ކުންންފުންޏަށް ފައިދާވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

22 މާޗް

March 22, 2020 2
ސްމާޓްފޯނުގެ ވިޔަފާރި އަށް ބޮޑު ވެއްޓުމެއް

ސްމާޓްފޯނުތަކުގެ ވިޔަފާރި ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް، ކޮރޯނާވައިރަހާ ހެދި ދަށަށް ހިނގައްޖެ އެވެ.

01 މާޗް

March 01, 2020
ފަސޭހައިން ބެޓެރި ބަދަލުކުރެވޭގޮތަށް ފޯނު ހެދޭތޯ ބަލަނީ

ސްމާޓްފޯނުތައް ބޭނުންކުރާ މީހުންނަށް، ފޯނުގެ ބެޓެރީ ބަދަލުކުރެވުނު ޒަމާނެއް ވެސް މާޒީވެ ހިނގައްޖެ އެވެ. ސްމާޓްފޯނުތަކުގައި ޒަމާނީ ސިފަ ޖައްސަން ޖެހިގެން، މިހާރު ފޯނުތައް އުފައްދަނީ، ޚާއްސަ އިލްމެއް ލިބިފައި ހުރި މީހަކަށް ނޫނީ ބެޓެރީ ބަދަލުނުކުރެވޭ ގޮތަށެވެ. ނަމަވެސް، މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ފޯނުގެ ބެޓެރީ...

28 ފެބުރުއަރީ

February 28, 2020
ވައިރަހާ ހެދި ސެމްސަންގް ފަތްޖެހި ފޯނު ފެކްޓަރީ ބަންދު

ސެމްސަންގުން ސައުތު ކޮރެއާގައި ހިންގާ ބައެއް ފެކްޓަރީތައް ބަންދުކުރަން ޖެހިއްޖެ އެވެ. މިއީ އެ ގައުމުގައި ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

25 ފެބުރުއަރީ

February 25, 2020 1
ސެމްސަންގް ގެލަކްސީ ޒީ ފްލިޕް އިންޑިއާ އިން ހުސްވެއްޖެ

ސެމްސަންގުން ފޯނެއް ފަތްޖަހަން ކުރި މަސައްކަތްތަކުން މި ހިސާބަށް އާދެވިފައި ވާއިރު، ތާއީދުކުރާ މީހުންނަށް ފެންނަން އޮތް ފޯނަކީ "ގެލަކްސީ ޒީ ފްލިޕް" އެވެ. މިއީ ސްކްރީނުގެ މެދުން ދެ ފަތްޖަހާލައި، ލައްޕާލުމަށް ފަހު ޖީބަށް ލެވޭ ވަރަށް ކުޑަކޮށްލެވޭ ފޯނެކެވެ.

15 ފެބުރުއަރީ

February 15, 2020
ސެމްސަންގުގެ ފަތްޖެހޭ އާ ފޯނު ބާޒާރަށް

ދެކުނު ކޮރެއާގެ ސެމްސަންގުން މިދިޔަ އަހަރު ނެރުނު ފަތްޖެހި ފޯން "ގެލެކްސީ ފޯލްޑް" އަށް ފަހު، އެ ކުންފުނިން ތައްޔާރުކުރި ފަތްޖެހޭ އާ ފޯނު "ގެލެކްސީ ޒީ ފްލިޕް" ހުކުރު ދުވަހު ބައެއް ތަންތަނުން ވިއްކަން ފަށައިފި އެވެ.

09 ފެބުރުއަރީ

February 09, 2020 3
ކުރީގެ އައިފޯނުތައް ލަސްކުރާތީ އެޕަލް ޖޫރިމަނާކޮށްފި

އަލަށް އައިފޯނެއް ބާޒާރަށް ނެރުމަށް ފަހު ކުރީގެ މޮޑެލްތަކުގެ ސްޕީޑް ލަސްކުރުވާތީ ފްރާންސްގެ ކަމާބެހޭ އިދާރާ އިން 25 މިލިއަން ޔޫރޯ (27 މިލިއަން ޑޮލަރު) އިން އެޕަލް ޖޫރިމަނާކޮށްފި އެވެ.

06 ފެބުރުއަރީ

February 06, 2020
ގެލަކްސީ އެސް20، ހަމަ ކަށަވަރު

ސެމްސަންގުން އުފައްދާ ބާރުގަދަ ފޯނުތަކަކީ ކޮބައިތޯ އަހައިފި ނަމަ، ބުނެވުން ގާތީ ގެލަކްސީ ނޯޓް އަދި ގެލަކްސީ އެސް" މަކުރާގެ ކޮންމެވެސް ފޯނެއްގެ ނަމެވެ. މިސާލަކަށް ގެލަކްސީ ނޯޓް 10 އަދި ގެލަކްސީ އެސް11 އެވެ. އެކަމަކު ގެލަކްސީ އެސް11އެއް އަދި ނުއުފައްދަ އެވެ. ނުވެސް އުފައްދާނެ އެވެ.

02 ފެބުރުއަރީ

February 02, 2020
ސެމްސަންގް ފަތްޖެހި ފޯނުތަކަށް އާ ބިއްލޫރިއެއް

އިންސާނެއްގެ އިސްތައްޓެއްގެ ދެބައިކުޅަ އެއްބައި، ބޯމިނުގައި ހުންނަ ބިއްލޫރީގައި ހުންނާނީ ކޮން ވަރެއް ހެއްޔެވެ. އަހަރެމެން ގަބޫލުކުރަނީ ވެއްޓި ތަޅައިގެންދާން ލަސްވާނީ ވެއްޓުން ކަމުގަ މެވެ. މިއީ ޒަމާނީ ސްމާޓްފޯނުތަކުގައި ބޭނުންކުރަން އުފައްދާ ބިއްލޫގައި ހުންނަ ބޯމިން ކަމަށް އެބަ ބުނެވެ އެވެ.

13 ޖެނުއަރީ

January 13, 2020
ފަތްޖެހޭ އާ ފޯނަކީ "ގެލެކްސީ ބްލޫމް"

މިދިޔަ އަހަރު ސެމްސަންގުން ނެރުނު ފަތްޖެހި ފޯނަކީ މާ ކާމިޔާބު އަދި ކަސްޓަމަރުންގެ އިތުބާރު އެހާ ބޮޑަށް ލިބުނު އުފެއްދުމަކަށް ނުވިޔަސް، އެ ޒާތުގެ ފޯނު ފުރަތަމަ ނެރުނު ކުންފުނީގެ ޝަރަފު ސެމްސަންގުން ވަނީ ހޯދައިފަ އެވެ.

12 ޖެނުއަރީ

January 12, 2020
ސެމްސަންގުން ފޯނުތަކަށް ދޭނީ ލޮލަށް ނުފެންނަ ކީބޯޑެއް

ސްމާޓްފޯނުތައް ކިތަންމެ މޮޅުވިޔަސް ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕުން އަތް ދޫކޮށްލެވެން ނެތް އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ ފޯނުތަކުގެ ކީބޯޑް މާ ކުޑަވުމެވެ. އެހެންވެ މިކަން ހައްލުކުރަން، ލޮލަށް ނުފެންނަ ކީބޯޑެއް ސެމްސަންގުން އީޖާދުކޮށްފި އެވެ.

28 ޑިސެމްބަރ

December 28, 2019 3
ގެލަކްސީ އެސް11އެއް ނޫން، ގެލަކްސީ އެސް20

މިހެން ދައްކާހާ ވާހަކައެއް ހަގީގަތަކަށް ނުވެ އެވެ. އެކަމަކު ވެސް ދެއްކެވެނީ އެވެ. ސްމާޓްފޯން ޑިޒައިންތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ފޯނަށް ކޮންމެ ނަމެއް ކިޔަސް، ބޭނުންކޮށްލާ ހިއްވާތީ އެވެ.

17 ޑިސެމްބަރ

December 17, 2019 2
އެއްމިލިއަން ފޯނު ވިކުނުކަމަށް ބުނީ އޮޅުމަކުން

ސެމްސަންގް ގެލަކްސީ ފޯލްޑް މާކެޓަށް ނެރުނީ ފޯނާ މެދު މާ ބޮޑު އިތުބާރެއް އޮވެގެނެއް ނޫނެވެ. ފަތްޖެހި ފޯނެއް އުފެއްދުމަކީ ސަމްސަންގުން ކުރި ވައުދަކަށް ވާތީ، ފޯނެއް އުފެއްދީ އެވެ. ފަތްޖެހި ފޯނުގެ މާކެޓަށް ވާދަވެރިން ވެސް ދަހިވެތިވެ ތިބިތީ، އެންމެ ފުރަތަމަ ފަތްޖެހި ފޯނެއް އުފެއްދި ބަޔަކީ ތިމަންނަމެން ކަމަށް ބުނުމަށް ފޯނެއް ނެރުނީ...