ސްމާޓްފޯން މާކެޓްގައި، އެޗްޓީސީ ވީ ތަނެއް ވެސް ނޭނގެ އެވެ. ސްމާޓްފޯން ޗާޓެއްގައި ފެންނަން ވެސް މިއަދަކު ނެތެވެ. އެހެން ނަމަވެސް، އެޗްޓީސީ އަކީ ބަޔަކު ޖެހިލުންވި ކުންފުންޏެއް...
ސްމާޓްފޯން މާކެޓްގައި، އެޗްޓީސީ ވީ ތަނެއް ވެސް ނޭނގެ އެވެ. ސްމާޓްފޯން ޗާޓެއްގައި ފެންނަން ވެސް މިއަދަކު ނެތެވެ. އެހެން ނަމަވެސް، އެޗްޓީސީ އަކީ ބަޔަކު ޖެހިލުންވި ކުންފުންޏެއް...
ސްމާޓްފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތައް ބޭނުންކުރާ މީހުންގެ ޓައިޕިން ސްޕީޑް ވަރަށް ބޮޑަށް ހަލުވިވެފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އަތުގައި އޮންނަ ސްމާޓްފޯނާ ހެދި މިހާރު ގިނަ ބަޔަކަށް އަމިއްލަ ނަފުސަށް ހިތްހަމަޖެހޭ އަރާމު ވަގުތުކޮޅެއް ހޭދަކޮށްލާނެ ވަގުތެއް ލިބެނީ ވަރަށް މަދުން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ވާވޭ މޭޓް30 ސިރީޒް އާންމުކޮށް ދައްކާލައިފި އެވެ. މި މަރުކާގައި ހިމެނެނީ ވާވޭ މޭޓް30 އަދި ވާވޭ މޭޓް30 ޕްރޮ އެވެ. މި ދެ ފޯނުން ކުރެ ކޮންމެ ފޯނެއްގެ ދެ މޮޑެލް ހިމެނެ އެވެ. މޭޓް 30، 4ޖީ އަދި އަދި 5ޖީ އެވެ. މޭޓް 30 ޕްރޮ، 4ޖީ އަދި 5ޖީ އެވެ.
ވަންޕްލަސް 7ޓީ އަދި ވަންޕްލަސް 7ޓީ ޕްރޮ ރަސްމީކޮށް ދައްކާލާނެ ދުވަހެއް އަދި ނޭނގެ އެވެ. މިހެން މި ބުނީ، މިއީ ވަންޕްލަސް އިން ހަފުލާތައް ބާއްވަމުން އަންނަ އާދަކާދަ އަށް ބަދަލުތަކެއް އަންނާނެ އަހަރެއްކަން ކަށަވަރުވެފައި ވާތީ އެވެ.
މިއީ އިރުއިރުކޮޅާ ފެންމައްޗަށް އަރާ ވާހަކައެކެވެ. ގެލަކްސީ އެސް އަދި ގެލަކްސީ ނޯޓްގެ ވަކި އަދަދެއް، ސެމްސަންގުން ދެން ނުނެރޭނެ ވާހަކަ އެވެ. މިދިޔަ އަހަރު ވެސް މި ވާހަކަތައް ފެތުރުނެވެ. ޓްވީޓާގައި އަދި ޓެކް ބްލޮގްތަކުގަ އެވެ. އަނެއްކާ ވެސް ހަމަ އެ ވާހަކަ އެވެ.
އެޕަލްގެ އާ އައިފޯން މޮޑެލްތަކާއި ސީރީޒް 5 ގެ ގަޑި އާއި އެޕަލް ޓީވީ ޕްލަސް ރޭ ތައާރަފްކޮށްފި އެވެ.
އެޕަލްގެ އާ އުފެއްދުންތައް ދައްކާލާ ހަފުލާ، ސްޓީވް ޖޮބްސް ތިއޭޓަރުގައި ފަށައިފި. ދައުވަތު ދީގެން ގޮސް ތިބި އެތައް ހާސް ބަޔަކާ އެކު ކުރިއަށްދާ މި ހަފުލާފައި އެޕަލްގެ އާ އައިފޯނާއި...
އެޕަލްގެ އާ އައިފޯނާއި އެހެން ބައެއް އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފްކުރާ ހާއްސަ އިވެންޓް މިރޭ އޮންނާނެ އެވެ.
ވާވޭ މޭޓް30 ލޯންޗްކުރާ ރަސްމީ ހަފުލާ މި މަހު 19 ގައި އޮންނާނެ އެވެ. ހަފުލާ ބާއްވަން ހަމަޖައްސާފައި ވަނީ ޖަރުމަންގެ މިއުނިކްގަ އެވެ. މި ހަފުލާގައި ބައިވެރިވުމަށް ވާވޭ އެދޭ ފަރާތްތަކަށް މިހާރު ވަނީ ދައުވަތު ފޮނުވައިފަ އެވެ.
ސެމްސަންގުގެ ފަތްޖެހި ފޯނު މި މަހުގެ 6 ވަނަ ދުވަހު ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެޕަލްގެ އައިއޯއެސް އިން ހިންގާ ޑިވައިސްތައްތައް ހެކް ކުރެވޭ ބާގަނޑެއް ފާހަގަކުރެވިފައިވާ ކަމަށް ގޫގުލްގެ "ޕްރޮޖެކްޓް ޒީރޯ" ގައި ބުނެފި އެވެ.
އެޕަލް އިން މި އަހަރު ނެރޭ އާ އުފެއްދުންތައް ދައްކާލާ އިވެންޓް، އަންނަ މަހުގެ 10 ގައި ބާއްވަން ނިންމައި ދައުވަތު ފޮނުވަން ފަށައިފި އެވެ. ކެލިފޯނިއާގެ ސްޓީވް ޖޮބްސް ތިއޭޓަރުގައި ބާއްވާ އިވެންޓުގެ ދައުވަތުގައި ލިޔެފައި ވަނީ "ބައި އިނޮވޭޝަން އޮންލީ" އެވެ.
ގޫގުލް އިން ސްމާޓްފޯނު އުފައްދަނީ މާ ބޮޑު ފައިދާއެއް ވާތީ ނޫން ކަމަށްވެ އެވެ. ނަމަވެސް، ދެމެހެއްޓެނި މަސައްކަތަކަށް ވެއްޖެ ނަމަ، ފައިދާ ވާނެ ކަމަށް ކުރެވޭ އުންމީދުގައި ފޯނުތައް އުފައްދަނީ އެވެ. ތަޖުރިބާކާރުން ގޫގުލް އަށް ލަފާދެނީ ބާރުގަދަ ފޯނުތައް ގިނަނުކުރުމަށެވެ. މެދު ފަންތީގެ ފޯނުތައް ގިނަކުރުމަށެވެ. ގޫގުލް އަށް ފައިދާ ވަނީ...
ސްމާޓްފޯނާއި ޓެބްލެޓާއި ލެޕްޓޮފް ފަދަ ޑިވައިސްތައް ބޭނުން ކުރާ އިރު، އޭގައި ޓައިޕްކުރާ އަޑުން ވެސް ހެކަރުން ޕާސްވޯޑް ދެނެގެންފާނެ ކަމަށް އެމެރިކާގެ ޓެކްސަސްގެ ސަދަން މެތަޑިސްޓް ޔުނިވަސިޓީ (އެސްއެމްޔޫ) އިން ހަދާފައިވާ ދިރާސާއެއްގައި ބުނެފި އެވެ.
ސްމާޓްފޯން ގެންގުޅޭ މީހުންގެ ތެރެއިން ކޮންމެ 10 މީހަކު ހަތް މީހުންނަކީ އެންމެ ހިނދުކޮޅަކަށް ވެސް ފޯނާ ނުލައި ނޫޅެވޭ މީހެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ސެމްސަންގް ގެލަކްސީ ފޯނުތައް ނިއްވާލުމަކީ، ގެލަކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނެރުމާ ހަމަ އަށް، ސަހަލު ކަމެކެވެ. ވަރަށް އާދައިގެ ކަމެކެވެ. ފޯނުގެ ކަނާތް ފަރާތުގައި އިންނަ "ޕަވާ ބަޓަން" އަށް އޮބާލައި ހިފަހައްޓާލުމުން ހަމަޖެހުނީ އެވެ. ނަމަވެސް، ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނިއްވާލުން މި އޮތީ އުނގެނި ދަސްކުރަން ޖެހޭ ވަރުގެ ކަމަކަށް ވެފަ...
މިއީ ދޭތެރެ ދޭތެރެއިން ދެކެވޭ ވާހަކައެކެވެ. ސްމާޓްފޯނުތަކުގައި މިހާރު ބޭނުންކުރާ "ލިދިއަމް" ބެޓެރީތަކުގެ ބަދަލުގައި "ގްރެފީން" ބެޓެރީ ބޭނުންކުރަން އުޅޭ ވާހަކަ އެވެ. މި ވާހަކަތައް 2004 ގައި ދެކެވެން ފެށުމުން، މިއީ މޮޅު އުފެއްދުމަކަށް ވާނެ ކަމަށް ބުނެ ގްރެފީން ބެޓެރީ ޓެކްނޮލޮޖީ އަށް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
މިހާރު ޓެކްޓޮނޮލޮޖީއާ އެކު ބޮލު ރިހުމަކަށް ވަނީ އެޕްތަކާއި ޑިވައިސްތަކުގެ އެހީގައި މީސްމީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމެވެ. އަދި އެފަދަ މައުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ.
އެމެރިކާއިން ޗައިނާގެ ވާވޭ ކުންފުނި އިނދަޖައްސައިލަން އުޅުނަސް އެކަން ވާނެ ކަމަކަށް ނުބެލެވެ އެވެ. އަދި އެމެރިކާ އިން އެ ކުންފުނި ބްލެކްލިސްޓް ކުރިޔަސް ވާވޭ އަށް ދުނިޔޭގެ އިތުބާރެއް ވެސް ނުގެއްލެ އެވެ. އޭގެ އެއް ހެއްކަކީ ރަޝިއާ އަށް 5ޖީ ދޭން ވާވޭއާ އެކު ދާދި ފަހުން އެއްބަސްވުމެއް ވެސް ހެދުމެވެ.
އެޕަލް އިން އައިފޯނުން ހެޑްފޯން ޖެކް ނައްތާލުން ވީ ބޮޑު މަޖާގަނޑަކަށެވެ. ސްމާޓްފޯން ސިނާއަތުގައި ބާރުގަދަ ކުންފުނިތަކުން އެޕަލް އަށް ޖޯކުޖަހައި، މަލާމާތްކުރި އެވެ. މިކަމުގައި އެންމެ ކުރީގައި އުޅުނީ ސެމްސަންގެވެ. އައިފޯން 7 ގައި 3.5އެމްއެމް ހެޑްފޯން ޖެކް ނުހިމެނުމަކީ ޒަމާނާ ގުޅޭ ކަމެއް ނޫން ކަމަށް ބަޔަކު ބުންޏެވެ.
މިހާރު އެންމެން ކަހަލަ ގޮތަކަށް ބަރޯސާވާ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަކީ ގޫގުލްގެ އެންޑްރޮޑާއި އެޕަލްގެ އައިއޯއެސް އެވެ. އެކަމަކު މި ނޫން އިހްތިޔާރަކަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު މިއޮތީ ވާވޭ އިން ފަހިކޮށްދީފަ އެވެ.
ކުރިއަށް އޮތް ތަނުގައި، ވީޑިއޯ ސެލްފީން ވެސް މީހުންގެ ލޭގެ ޕްރެޝަރު ދެނެގަނެވިދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.