12 ނޮވެމްބަރ

November 12, 2016 1
ސްމާޓްފޯނުގެ ސަބަބުން ނިދި ހަލާކުވަނީ ވަރަށް ބޮޑަށް

ސްމާޓްފޯންގެ ސަބަބުން ފުރިހަމަ ނިންޖަކަށް ހުރަސް އަޅާ ކަމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އާ ދިރާސާއަކުން މިކަން އިތުރަށް ކަށަވަރުވި އިރު، ހީކުރެވިފައިވާ ވަރަށް ވުރެ ވެސް ބޮޑަށް ސްމާޓްފޯނުން ނިދި ހަލާކުކޮށްލަ އެވެ.

02 ނޮވެމްބަރ

November 02, 2016 1
މީހެއްގެ ނަން "އައިފޯން 7" އަށް ބަދަލުކޮށްފި

އައިފޯނެއް ކިތަންމެ ބޭނުންވިޔަސް އޭގެ އަގު ބޮޑުކަމުން ނުލިބިފައި ތިބި އެތައް ބަޔަކު އުޅެ އެވެ. އައިފޯނު ގަންނަން ކިޑްނީ ވިއްކި މީހުން ވެސް އުޅެ އެވެ. ޔުކްރެއިން ޒުވާނަކު އޭނާގެ ނަން "އައިފޯން 7" އަށް ބަދަލުކޮށްގެން އޭގެ ފޯނެއް ހޯދައިފި އެވެ.

30 އޮކްޓޯބަރ

October 30, 2016 2
މީ މިކްސް: މުޅި ފޯނުގައި ސްކްރީން؟

މިއީ ޝޯމީ "މީ މިކްސް" އެވެ. ބަލާބެލުމަށް ހީވަނީ އެއްގޮތަކަށް ވެސް ސްކްރީންގައި ދާރަ ނެތް ފޯނެއްހެންނެވެ. ޝޯމީން "މީ މިކްސް" އިސްތިހާރުކުރަނީ ވެސް ސްކްރީންގައި ކައިރިފަށް ނެތް ފޯނެއްހެން ހީވާ ގޮތަށެވެ. އެކަމަކު އެއީ ދޮގެކެވެ.

27 އޮކްޓޯބަރ

October 27, 2016 1
މަގުބޫލް މިއުޒިކް އެޕް ހަންގާމާ އުރީދޫން ރާއްޖެ އަށް

އިންޑިއާގެ އެންމެ ބޮޑު ޑިޖިޓަލް އެންޓަޓެއިންމެންޓް ކުންފުނި ކަމަށްވާ ހަންގާމާއާ ގުޅިގެން، އެ ކުންފުނީގެ މަގުބޫލް މިއުޒިކް އެޕް، ހަންގާމާ މިއުޒިކް ޕްރޯ މިއަދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

26 އޮކްޓޯބަރ

October 26, 2016 1
ނޯޓް7 ގެ ފީޗާތައް އެސް7 އަށް ދެނީ

ގެލަކްސީ ނޯޓް7 އަށް ވުރެ އުމުރު ކުރު ފޯނެއް ސެމްސަންގްގެ ހަޔާތުގައި ވެސް ނުއުފައްދަ އެވެ. ގެލަކްސީ ނޯޓް7 އުފެއްދުން ވެސް ވަނީ ހުއްޓާލާފަ އެވެ. ބެޓެރީ ގޮވައި ހުޅުހިފަން ފެށުމުންނެވެ.

25 އޮކްޓޯބަރ

October 25, 2016 3
ގޫގުލް ޕިކްސެލް ފެނުއަޑީގައި، އެއްގަޑިއިރު

ގޫގުލް ޕިކްސެލް ފޯނަކީ ފެން ނުވަންނަ ފޯނެއް ނޫނެވެ. މި ބުނީ އެއީ ފެން ނުވަންނަ ފޯނެއް ގޮތުގައި ގޫގުލުން ނުބުނާ ވާހަކަ އެވެ. ޕިކްސެލް ފޯނުތައް މާކެޓްކުރުމުގައި ވެސް ގޫގުލުން އެ...

October 25, 2016 6
ކުޑަކުދިން ރުއްސަން ސްމާޓް ފޯނު ކުޅެން ނުދީ

ކުޑަކުދިން ރޯލާއިރަށް ނުވަތަ ބޮޑާ ހާކާލާއިރަށް އެކުދިން އަތަށް ސްމާޓް ފޯނު ދިނުމަކީ ވަރަށް ގިނަ މައިންބަފައިންގެ ކުރާ ކަމެކެވެ. ނަމަވެސް އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް...

18 އޮކްޓޯބަރ

October 18, 2016 9
ކަސްޓަމައިޒް ކުރެވޭ ގޮތަށް "މިހާރު" އެންޑްރޮއިޑަށް

އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް "މިހާރު"ން ބޮޑު ހަދިޔާއެއް ދީފި އެވެ؛ އެ މީހަކު ކިޔާ ހިތްވާ އެއްޗެހި އަމިއްލަ އަށް އިޚްތިޔާރު ކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ...

October 18, 2016
އިސްކަން ދެނީ ދަރިފުޅުގެ އަޑަށް ވުރެ ފޯނުގެ ރިންގަށް؟

ދަރިފުޅު ކޮންމެވެސް ކަމަކަށް އެދި ގޮވަނިކޮށް ނުވަތަ ރޮނިކޮށް ފޯނު ރިންގުވެއްޖެ ނަމަ އެންމެ ފުރަތަމަ އިޖާބަ ދޭނީ ކޮން ކަމަކަށް ހެއްޔެވެ؟ ދަރިފުޅަށް ކަމަށް ބުނުމަކީ އެންމެ ފަސޭހައިން...

17 އޮކްޓޯބަރ

October 17, 2016 1
ނޯޓް 7 ގަތް މީހުން ހިފަހައްޓަން 100 ޑޮލަރު ދެނީ

ސެމްސަންގް ގެލެކްސީ ނޯޓް 7ގެ ބެޓެރީ ހޫނުވެ ރޯވާ މައްސަލާގައި އޭގެ ފޯނުތައް ކަސްޓަމަރުން އަތުން ނަގައި، ބަދަލު ދެމުން އަންނައިރު އެ ފޯނުގެ ބަދަލުގައި ސެމްސަންގުގެ އެހެން ފޯނެއް ގެންގުޅެން އެއްބަސްވާ މީހުންނަށް 100 ޑޮލަރު ދޭން ނިންމައިފި އެވެ.

15 އޮކްޓޯބަރ

October 15, 2016
ސްމާޓްފޯނެއްގައި ނައިޓް ވިޝަން ކެމެރާއެއް

ގެލަކްސީ ނޯޓް 7 އާ ހެދި ސްމާޓްފޯން މާކެޓްގައި ހެދުނު ބާގަނޑު، މި ފޯނުގެ ސަބަބުން ފޫބެދިދާނެ ކަމަށް ބުނެވެ އެވެ. މިއީ "ލޫމީގޮން ޓީ3" އެވެ. ރޮބޮޓަކަށް ކިޔާ ނެމެއް ނޫނެވެ. އެކަމަކު ވެސް ކުޅެދުންތެރި، ބާރުގަދަ ފޯނެކެވެ.

11 އޮކްޓޯބަރ

October 11, 2016 5
ނޯޓް 7 އާ އެކު ސެމްސަންގް ވެސް އަޅިއަށް ވެދާނެ

ދެކުނު ކޮރެއާގެ ސެމްސަންގް އިލެކްޓްރޯނިކްސް އިން އެންމެ ފަހުން އުފެއްދި ފޯނު ކަމަށްވާ ނޯޓް 7 ބާޒާރަށް ނެރުނީ ފަޚުރުވެރިކަމާ އެކުގަ އެވެ. އެކަމަކު މަސް ދުވަސް ނުވަނީސް އޭގެ ވިޔަފާރި...

October 11, 2016 1
ނޯޓް 7 ވިއްކުމާއި ބޭނުންކުރުން ވެސް ހުއްޓާލަން އެދެފި

ސެމްސަންގް ނޯޓް 7 ގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ ރޯވާ މައްސަލަ ހައްލުކުރެވިފައި ނުވާތީ އޭގެ ފޯނުތައް ބޭނުން ނުކުރުމަށް ސެމްސަންގް ކުންފުނިން އިލްތިމާސްކޮށްފި އެވެ.

10 އޮކްޓޯބަރ

October 10, 2016 3
ސެމްސަންގުން ނޯޓް 7 އުފެއްދުން ހުއްޓާލަނީ

ސެމްސަންގުން ނޯޓް 7 ބާޒާރަށް ނެރުމާ އެކު އޭގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ އަލިފާން ރޯވާ މައްސަލަ ޖެހުމުން ފޯނު ވިއްކުން މެދުކަނޑާލައި، މައްސަލަ ހައްލުކޮށްފައި ނެރުނު ކަމަށް ބުނި...

October 10, 2016 5
އައިފޯން 7 އަށް ހެޑްފޯން ޖެކް އަނބުރާ ގެންނަނީ

އެޕަލްގެ އެންމެ ފަހުގެ ފޯނު ކަމަށްވާ އައިފޯން 7 ގައި އެންމެ ތަފާތު އެއް ކަމަކީ ހެޑްފޯން ޖެކް ޖަހާނެ ތަނެއް ނެތުމެވެ. ވަޔަލެސް ހެޑްފޯނަށް ބަދަލުވުމެވެ. އެކަމަކު ކުރިން ވެސް ބޭނުންކުރި...

08 އޮކްޓޯބަރ

October 08, 2016 1
ކަންވެ ނަން ނުވިޔަސް އެޗްޓީސީ އުފަލުން

ޕިކްސެލް ފޯނު އުފެއްދުމަށް ގޫގުލުން އެޗްޓީސީ އިޚްތިޔާރުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ. ސިނާއަތުގައި ބާރުގަދަ ކުންފުންޏެއް ގޮތުގައި ދެމިއޮތުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރު ލިބިއްޖެ ކަމަށް ވެސް އެޗްޓީސީ ބުންޏެވެ.

05 އޮކްޓޯބަރ

October 05, 2016 6
ގޫގުލްގެ އަމިއްލަ ފޯނު ދައްކާލައިފި، ވަރަށް ފުރިހަމަ

މީގެ ކުރިން އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ފޯނު ޑިޒައިންކުރި ގޫގުލްގެ އަމިއްލަ ޑިޒައިނަށް ހެދި "ޕިކްސެލް" އިއްޔެ ދައްކާލައިފި އެވެ.

October 05, 2016 3
ނޯޓް 7 އަލުން ބާޒާރަށް، ހޫނު ތަރުހީބެއް

ސެމްސަންގް ގެލެކްސީ ނޯޓް 7 ބާޒާރަށް ނެރުނު ތަނާ އޭގެ ބައެއް ފޯނުތަކުގެ ބެޓެރީ ހޫނުގެ ގޮވުމުގެ މައްސަލަތަކާ ހެދި ވިއްކުން ހުއްޓާލުމަށް ފަހު މައްސަލަ ހައްލުކޮށް ދެކުނު ކޮރެއާގައި...

04 އޮކްޓޯބަރ

October 04, 2016 1
އައިފޯނަށް އޯލެޑް ޑިސްޕްލޭ

"ރެޓީނާ ޑިސްޕްލޭ" އަކީ "ހައި ރެޒޮލޫޝަން" އާލަތްތަކާއި ޑިސްޕްލޭ ސްކްރީންތައް މާކެޓްކުރަން އެޕަލް އިން ބޭނުންކުރާ ލަފުޒެކެވެ. އެ މީހުން ދެކޭ ގޮތުގައި، "ރެޓިނާ ޑިސްޕްލޭ"ތަކަށް، ވާދަވެރި މާކެޓްގައި ޖާގަ އެބަ އޮތެވެ.

03 އޮކްޓޯބަރ

October 03, 2016 2
ސްމާޓްފޯނުތަކަށް ސޯލާ ޕަވާ އަންނާނެތަ؟

ހިތުހުރިހާ މޮޅުކަމެއް ސްމާޓްފޯނުތަކަށް ދެވިއްޖެ އެވެ. އެ ހުރިހާ މޮޅު ކަމެއް ދެމެހެއްޓޭ ވަރު އެކަމަކު ބެޓެރީގައި އަދި ވެސް ނެތެވެ. ހެނދުނު ފުލް ޗާޖްކޮށްގެން އޮފީހަށް ގޮސް އަންނައިރު ބެޓެރީގައި ކަންފުޅެއް ހުންނަނީ މަދު ދުވަހަކު އެވެ.

30 ސެޕްޓެމްބަރ

September 30, 2016
ބްލެކްބެރީ ފޯނު އުފެއްދުން ހުއްޓާލަނީ

ސްމާޓްފޯން މާކެޓްގައި، އިރެއްގައި ގަދަ އަޑެއް ފަނޑުވަނީ އެވެ. ބްލެކްބެރީން ދެން ފޯނުު ނުއުފައްދާނެ ކަމަށް ބުނެފި އެވެ. އެ މަރުކާގެ ފޯނެއް ބޭނުންނުކުރި ނަމަވެސް، ބްލެކްބެރީ އަކީ ރީތި ނަމެކެވެ. ފޯނުތައް ވެސް އެހާ ރީއްޗެވެ.

28 ސެޕްޓެމްބަރ

September 28, 2016 4
އައިފޯން 7 ގައި ހެޑްފޯން ޖެކަށް ލޯވަޅެއް ނާޅާތި

އައިފޯން 7 ގެ އެންމެ ހާއްސަ ކަމަކީ އާދައިގެ ހެޑްފޯން ޖެކް ޖަހަން އިންނަ ޖާގަ ނެތުމެވެ. ވަޔަލެސް ހެޑްފޯނެއް އެޕަލް އިން ތައާރަފްކުރިޔަސް އެއްބަޔަކަށް މިކަން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. އާ އައިފޯނަށް ވާގަނޑުލީ ހެޑްފޯން ޖަހަން ބޭނުން ނަމަ އިތުރު އެކްސަސަރީއެއް ބޭނުންވެ އެވެ.

27 ސެޕްޓެމްބަރ

September 27, 2016 12
ފޯނެއް ހުޅުވުމަކީ މި މީހުންނަށް އެއްވެސް ކަމެއް ނޫން

މިދިޔަ އަހަރު އެމެރިކާގެ ސަން ބާނާޑިއޯގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލުމުގެ ޖަރީމާ ހިންގި މީހާގެ އައިފޯން ހުޅުވައިދޭން އެޕަލް އިން ދެކޮޅު ހަދަމުން ދަނިކޮށް އެފްބީއައި އަށް އެހީވީ އިޒްރޭލުގެ "ސެލެބްރައިޓް" އިން ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ. އެކަމާ ބެހޭ ގޮތުން އެ ކުންފުނިން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މިދިޔަ...

23 ސެޕްޓެމްބަރ

September 23, 2016 2
ފްލައިޓެއްގައި އޮތް ނޯޓް 2 ގެ ފޯނެއް ނުގޮވީ ކިރިޔާ

ޗެންނާއި (ސެޕްޓެމްބަރު 23) - ސިންގަޕޫރުން ފުރައިގެން އިންޑިއާގެ ޗެންނާއީ އަށް ދަތުރުކުރި އިންޑިގޯ އެއާލައިނުގެ މަތިންދާ ބޯޓެއްގައި އޮތް ނޯޓު 2 ގެ ފޯނެއް ނުގޮވީ ހަމަކިރިޔާ އެވެ.