28 ޖޫން

June 28, 2019
އޮޕޯ ފޯނެއްގެ ސެލްފީ ކެމެރާ ސްކްރީން ދަށަށް

ސްކްރީން ދަށުގައި ކެމެރާ ހަރުކުރުމަކީ ސްމާޓްފޯން މާކެޓަށް އަދި އާ ޓެކްނޮލޮޖީއެކެވެ. ނަމަވެސް، ޗައިނާގެ އޮޕޯ ކުންފުނިން އެ ހިސާބަށް ގޮސްފި އެވެ. އޮޕޯއިން ބުނި ގޮތުގައި، ކެމެރާ އަށް ޖާގަ ދިނުމަށްޓަކައި ސްކްރީނުން ތަންގަޑެއް ދެން ހުސްކުރާކަށް ނުޖެހޭނެ އެވެ.

25 ޖޫން

June 25, 2019
އެޕަލް އަތުން ސެމްސްސަންގް ބަދަލު އަތުލަނީ

އެޕަލް އައިފޯނުތަކަށް ވުރެ ސެމްސަންގް ގެލަކްސީ ފޯނުތައް މޮޅެވެ. މިއީ ސެމްސަންގެ ބުނުމެކެވެ. ގެލަކްސީ މަރުކާގައި ހިމެނޭ ބާރުގަދަ ފޯނުތައް އިޝްތިހާރުކުރުމަށް، އެޕަލް އަށް ޖޯކުޖަހައި ޑްރާމާކުޅުމަކީ ސެމްސަންގް ވަރަށް ކުރާހިތްވާ ކަމެކެވެ.

24 ޖޫން

June 24, 2019
ވާވޭގެ ފަތްޖެހި ފޯނު ސެޕްޓެމްބަރުގައި

ދެކުނު ކޮރެއާގެ ސެމްސަންގުގެ ފަތްޖެހި ފޯނު ނެރޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. އަޑުތައް ހުރި ގޮތުން ބެލެވެނީ ދެން މާ ލަހެއް ނުވާނެ ކަމަށެވެ.

23 ޖޫން

June 23, 2019 2
ސެމްސަންގުގެ ފަތްޖެހި ފޯނުގެ އާ ވާހަކަތަކެއް

ސެމްސަންގުގެ ފަތްޖެހޭ ފޯނުގެ އިންތިޒާރުގައި ތިބި މީހުންގެ އިންތިޒާރަށް ނިމުމެއް އަންނާނެ އިރެއް އަދިވެސް ނޭނގެ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ދައްކާލައި، އެޕްރީލް މަހުގެ 26 ގައި އާންމުކޮށް ނެރެން އޮތް ފޯނު ނެރުން ކުއްލި ގޮތަކަށް ފަސްކުރަން ޖެހުނީ އެ ފޯނާ އެ ވާޝަނާ ބެހޭ ގޮތުން އާންމުވި ރިވިއުތަކުގައި ފޯނުގެ ޑިސްޕްލޭގައި...

20 ޖޫން

June 20, 2019 1
ސެމްސަންގް ގެލަކްސީ ނޯޓް 10، އޮގަސްޓް 7 ގައި

ސެމްސަންގް ގެލަކްސީ ނޯޓް 10އާ ގުޅިގެން ދައްކަން ހުރި ވާހަކަތައް ފުނިޖެހެނީ އެވެ. އެންޑްރޮއިޑް މާކެޓްގައި ހިމެނޭ އެންމެ ބާރުގަދަ ފޯނު، ސްމާޓްފޯން މާކެޓަށް ދޫކޮށްލާއިރު، މި ފޯނާ ބެހޭ ގޮތުން ކަށަވަރުކަމާ އެކު އެއްޗެއް ބުނެވޭވަރު އަދި ވެސް ނުވެ އެވެ. އެކަމަކު ވެސް، އޮގަސްޓް 7 ގައި ގެލަކްސީ ނޯޓް 10 އާންމުކުރާނެ ކަމަށް "ސީނެޓުން" އެބަ...

19 ޖޫން

June 19, 2019 1
ހެކް ނުކުރެވޭ މޮޅު ފޯނެއް ދައްކަބަލަ!

ސްމާޓްފޯންތަކުގެ ބާރުގަދަކަން ބަލާ އެހެން މިންގަޑެއް ވެސް އޮވެ އެވެ. މައިގަނޑު ގޮތެއްގައި، ރޭމް، ކެމެރާ، ބެޓެރީ އަދި ސްޓޯރޭޖްގެ އިތުރުން އޮޕަރޭޓިން ސިސްޓަމުން ވެސް ފޯނަށް ގަދަފަދަކަން ލިއްބައިދޭން ޖެހެ އެވެ. އެއީ ފޯނު ހެކްކުރުމުން ރައްކާތެރިކުރުމަށެވެ.

18 ޖޫން

June 18, 2019
ވާވޭ އަށް ލުޔެއް ލިބޭތޯ ޗިޕް ކުންފުނިތަކުން ބަލަނީ

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ ވާވޭއާ އެކު މުއާމަލާތްކުރުން، އެމެރިކާ ސަރުކާރުން މަނާކުރުމުން، ޚަބަރު ސުރުޚީތަކުގައި އެކަން ފާހަގަކުރަމުން ދިޔައީ އެއީ ހަމައެކަނި ވާވޭ އަށް ލިބުނު ގެއްލުމެއް ކަމަށެވެ.

17 ޖޫން

June 17, 2019 4
އައިފޯނުގެ އާ ޑިޒައިން މާ ހުތުރު ވެދާނެ

ސްމާޓްފޯނުތަކުގެ ޑިސްޕްލޭ ބޮޑުކުރަން ކުންފުނިތަކުން ކުރި މަސައްކަތްތަކުގައި، އެންމެ ކަމުނުދާ ޑިޒައިނެއް ކުރެވުނީ އެޕަލް އަށެވެ. އައިފޯން އެކްސްގެ ސްކްރީނުން އެ ފެންނަނީ މި ބުނި ޑިޒައިނެވެ. ޑިސްޕްލޭ މަތީ ކޮޅުން ތަންގަނޑެއް، ކެމެރާ އަދި ސެންސަރުތަކަށް ހުސްކޮށް، އެއީ "ނޮޗް ޑިސްޕްލޭ" ކަމަށް ބުންޏެވެ. އެހާ ހުތުރު ޑިޒައިނެއް...

16 ޖޫން

June 16, 2019
5ޖީ ނެޓްވޯކެއް މުހިންމުތަ؟

ސްމާޓް ޑިވައިސްތައް ބޭނުންކުރާ ގިނަ މީހުންނަށް މުހިންމުވެގެން އުޅެނީ 5ޖީ ނެޓްވޯކެއް ނޫނެވެ. 5ޖީ ނެޓްވޯކެއް، ހަމަ ނަމެއްގައި، އެކަކު ވެސް ބޭނުމެއް ނުވާނެ އެވެ. އިންޓަނެޓް ބޭނުންކުރާ މީހުންނަށް ހުރިހާ ވެސް އެއްޗަކީ ސްޕީޑެވެ.

12 ޖޫން

June 12, 2019 1
އަސުސް އަށް "ޒެންފޮން" މަރުކާ ބޭނުންކުރުން މަނާ

"ޒެންފޯން" މަރުކާގެ ފޯނުތައް އިންޑިއާގައި ދެން އަސުސް އަށް ނުވިއްކޭނެ ކަމަށް، ދިއްލީ ހައިކޯޓުން ކަނޑައަޅައިފި އެވެ. ހައިކޯޓުން ކުރި އަމުރުގައި ވަނީ، "ޒެން" އަދި "ޒެންފޯން" މަރުކާގައި، ފޯނެއް، ފޯނާ ގުޅުން ބައިތަކެއް އަދި މިއިން އެއްޗަކާ ގުޅުމެއް ހުރި އެއްޗެއް ވެސް ނުވިއްކޭނެ ކަމަށެވެ.

07 ޖޫން

June 07, 2019
ފޯނުގެ ޑިސްޕްލޭ ދަށަށް ކެމެރާ ލެވޭކަށް އަދި ނެތް

ސްމާޓްފޯން އުފައްދާ ކުންފުނިތަކަށް މިހާރު އޮތް އެންމެ ބުރަ ބޮޑު މަސައްކަތަކީ، ފަތްޖެހިފޯނެއް އުފެއްދުމުގެ އިތުރުން، ފޯނުގެ ޑިސްޕްލޭ ދަށަށް "ސެލްފީ" ކެމެރާ ލާނެ ގޮތެއް އުނގެނި، އަމަލީ ސިފަ ޖެއްސުމެވެ.

06 ޖޫން

June 06, 2019
ޓެސްލާގެ ވަޔަލެސް ފޯނު ޗާޖަރެއް

ކާރު ދަތުރެއްގައި ވެސް ފޯނު ޗާޖް ކުރަން ޖެހިދާނެ އެވެ. އެހެންވެ ޓެސްލާ އިން މިހާރު ވަނީ އެ ކުންފުނީގެ މޮޑެލް 3 ގެ ކާރަށް ހާއްސަ ވަޔަލެސް ފޯނު ޗާޖަރެއް ނެރެފަ އެވެ.

31 މެއި

May 31, 2019 5
އިނގިރޭސިވިލާތުގައި އަލަށް 5ޖީ ލޯންޗްކޮށްފި

ދުނިޔޭގެ އެކި ގައުމުތަކުން 5ޖީ ނެޓްވޯކަށް ހިޖުރަކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް 5ޖީ ނެޓްވޯކް ތައާރަފުކޮށްފި އެވެ.

29 މެއި

May 29, 2019
ޓިކްޓޮކް ކުންފުނިން ސްމާޓްފޯން އުފައްދަނީ

އެތައް ބައެއްގެ ދިރިއުޅުމުގައި މިހާރު ވަކިހިއްޕާލާފައިވާ ޓިކްޓޮކްގެ ބެލެނިވެރި ކުންފުނިން ސްމާޓްފޯނުގެ ވިޔަފާރި އަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

28 މެއި

May 28, 2019
ވަންޕްލަސް 7 ޕްރޮ އަކީ ފެން ނުވަންނަ ފޯނެއްތަ؟

ވަންޕްލަސް 7 ޕްރޮ އަކީ "ވޯޓާޕްރޫފް" ނުވަތަ ފެން ނުވަނަ ފޯނެއް ކަމަށް ރަސްމީ ލިޔުންތަކުގައި ބުނެފައެއް ނުވެ އެވެ. މި ފޯނަށް "އައިޕީ ރޭޓިން" އެއް ވެސް ދީފައެއް ނުވެ އެވެ. ނަމަވެސް، ފޯނުތައް ރޫޅައި، ހާވައި ބަލާ މީހުން ބުނާ ގޮތުގައި، ވަންޕްލަސް އަކީ ފެންނަ ނުވަންނަ ފޯނެކެވެ. ޔޫޓިއުބްގައި މަޝްހޫރު "ޖެރީރިގްއެވްރީތިންގް" ވަނީ މިކަން...

27 މެއި

May 27, 2019 4
ފޯނެއް ގަނެ ނުދީގެން ލޯބިވެރިޔާ އަށް އަނިޔާކޮށްފި

ޗައިނާގެ ޒުވާން އަންހެނަކު އޭނާ އަށް ސްމާޓްފޯނެއް ގަނެނުދީގެން އެތައް ބައެއްގެ ކުރިމަތީގައި ލޯބިވެރިޔާގެ ކަންކަށިމަތީގައި 52 ފަހަރު ޖަހައި އަނިޔާކޮށްފި އެވެ.

25 މެއި

May 25, 2019
ވާވޭގެ ވެރިޔާ އަށް ވެސް ރަނގަޅީ އައިފޯން

ޗައިނާގެ ވާވޭ ކުންފުންޏަށް އެމެރިކާ އިން ކުރިމަތިކުރާ ފިއްތުންތައް ވަރަށް ބޮޑެވެ. އެކަމަކު އެ ކުންފުންޏާ އެންމެ ވާދަވެރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެޕަލްގެ އައިފޯނަށް ވާވޭގެ ބާނީ އަދި ސީއީއޯ ރެން ޒެންގްފީގެ ހިތުގައި ހާއްސަ ލޯތްބެއް އެބަ އޮތެވެވެ. އޭނާ ވިދާޅުވާ ގޮތުން ސްމާޓްފޯނުތަކުގެ ތެރެއިން އަދިވެސް އެންމެ...

22 މެއި

May 22, 2019 9
އެމެރިކާ އަށް އަހަރެމެންގެ ހުރި ވަރު ނޭނގެނީ: ވާވޭ

ވާވޭ ކުންފުނީގެ އަސްލު ބާރު އެމެރިކާ އަށް ނޭނގޭ ކަމަށް އެ ކުންފުނީގެ ފައުންޑާ ރެން ޒެންފީ ވިދާޅުވެއްޖެ އެވެ.

20 މެއި

May 20, 2019 9
ގޫގުލްގެ ހިދުމަތްތަކެއް ވާވޭ ފޯނުތަކަށް ހުއްޓާލަނީ

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން ސަރުކާރުން މަނާކުރުމާ އެކު، ވާވޭ ސްމާޓްފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ވިއްކުން ގޫގުލުން ހުއްޓާލައިފި އެވެ. މިއީ ވާވޭ އަށް ކަޑައްތުކުރަން އުނދަގޫ މަރުހަލާއަކަށް ވާނެ ކަމަށް ބެލެވެ އެވެ.

18 މެއި

May 18, 2019
ސެމްސަންގުގެ ފަތްޖެހި ފޯނު އަންނަ މަހު ނެރެފާނެ

ސެމްސަންގުގެ ފަތްޖެހި ފޯނު ޓެސްޓް ކުރި މީހުން، އޭގައި ބޮޑެތި މައްސަލަތެއް ހުރިކަން ފާހަގަކޮށް، އެ ކުންފުނި ލަދުގަންނުވާލި ރިވިއުތަކާ އެކު، ފޯނު ބާޒާރަށް ނެރުން ފަސްކޮށްފައި އޮތުމަށް ފަހު، އަންނަ މަހު ފޯނު ނެރޭނެ ކަމުގެ އިޝާރާތެއް ދީފި އެވެ.