12 މެއި

May 12, 2019 2
ބޭނުންނުކުރާ އެޕްލިކޭޝަނެއް ފޯނުގައި އެބަ އިންތަ؟

އަޖުމަބަލަން ފޯނަށް އަޅާ ކިތަންމެ އެޕްލިކޭޝަނެއް، ހަނދާންނެތި އެ ގޮތުގައި ދޫކޮށްލެވިފައި ހުރެ އެވެ. ފޯނުން ޖާގަ ހުސްވެދާނެ ކަމަށް ބިރުން، އެއިން އެޕްލިކޭޝަނެއް ފޮހެލާ ހިސާބަށް ނުދާތީ އެވެ. ފޯނުގައި ޖާގަ ނެތް ކަމަށް ބުނެ އިންޒާރީ މެސެޖެއް ނުލިބުމަކީ ވެސް އެ ގޮތުގައި ދެމިތިބެވޭ ސަބަބެކެވެ.

10 މެއި

May 10, 2019
އެންޑްރޮއިޑް ބީމް: ބޭނުމެއް ނެތް ފީޗާއެއް

"އެންޑްރޮއިޑް ބީމް" އަކީ ކޮން އެއްޗެއްކަން، އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް އެނގިދާނެ އެވެ. އެއީ ފޮޓޯ އަދި ވީޑިއޯ ފަދަ ފައިލްތައް، "ނިއާ ފީލްޑް ކޮމިއުނިކޭޝަން" (އެންއެފްސީ) މެދުވެރިކޮށް، އެހެން ފޯނަކަށް/ ޑިވައިސްއަކަށް ފޮނުވަން ބޭނުންކުރެވޭ ފީިޗާއެކެވެ.

09 މެއި

May 09, 2019
ފަތްޖެހި ފޯނުގެ އޯޑަރު ވެސް ކެންސަލް

މިދިޔަ މަހުގެ ތެރޭގައި ރަސްމީކޮށް ބާޒާރަށް ނެރެން އުޅުނު ސެމްސަންގުގެ ފަތްޖެހި ފޯނު "ގެލެކްސީ ފޯލްޑް" ގެ ފީކަޅާކަމުގެ ވާހަކަތައް ތިލަވުމާ އެކު ފޯނު ނެރުން ފަސްކޮށް، އެންމެ ފަހުން ޕްރި-އޯޑަ ވެސް ކެންސަލްކޮށްފި އެވެ.

29 އެޕްރީލް

April 29, 2019
ގެލަކްސީ ފޯލްޑް "އައިފިކްސްއިޓް" ވެބްސައިޓުން ނަގައިފި

ފަތްޖެހިފޯނެއް އެންމެ ފުރަތަމަ މާކެޓަށް ނެރުނީ ސެމްސަންގުންނެވެ. އެއީ "ގެލަކްސީ ފޯލްޑް" އެވެ. ފާއިތުފި ހަފުތާގައި، ސްމާޓްފޯން ސިނާއަތުގައި އެންމެ ބޮޑަށް ބަހުސްކުރެވުނީ "ގެލަކްސީ ފޯލްޑް"އާ ބެހޭ ގޮތުންނެވެ.

27 އެޕްރީލް

April 27, 2019
ޗިމްޕެންޒީ ވެސް ފޯނަށް ފަރިތަ

އިންސާނުން ކުރާ ކަންކަން ކޮޕީކުރުމަކީ ބައެއް ޖަނަވާރުން ވަރަށް ފަސޭހަ ކަމެކެވެ. ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވެފައިވާ އިންސްޓަގްރާމް ވީޑިއޯއަކުން ވެސް ފެންނަނީ މިކަހަލަ ވަރަށް އާދަޔާހިލާފު އަދި ޝައުގުވެރި މަންޒަރެކެވެ.

23 އެޕްރީލް

April 23, 2019 3
ސެމްސަންގުގެ ފަތްޖެހި ފޯނު ނެރުން ފަސްކޮށްފި

ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނީގެ ގެލެކްސީ ފޯލްޑް (އެފް) ނުވަތަ ފަތްޖެހި ފޯނު މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ބާޒާރަށް ނެރެން ނިންމާފައި ވަނިކޮށް އެ މޮޑެލްގެ ފޯނުތައް ހަލާކުވާ މައްސަލަތައް ފެންމަތިވުމުން، އެ ފޯނު ނެރުން ފަސްކޮށްފި އެވެ.

20 އެޕްރީލް

April 20, 2019 2
ފަތްޖެހި ފޯނުގެ ތަފާތު ވައްތަރެއް

ދެކުނު ކޮރެއާގެ ސެމްސަންގާއި ޗައިނާގެ ވާވޭގެ ފަތްޖެހޭ ފޯނަކީ މިހާރު މާޒީގެ ތެރެއަށް ގޮސްފައިވާ ވާހަކައެކޭ ބުނެވިދާނެ އެވެ. އެ ދެ ކުންފުނިން އެ މީހުންގެ އުފެއްދުންތައް އާންމުންނާ ހަމައަށް ގެނެސްދީ، އޭގެ ތަޖުރިބާތައް ވެސް އެތައް ބަޔަކުކޮށްފި އެވެ. ދެ ޑިސްޕްލޭ އެކުލެވޭ އެ ފޯނުތަކަކީ އެކީއަކަށް ހުޅުވައިލުމުން ހެޔޮވަރުގެ...

19 އެޕްރީލް

April 19, 2019 3
ސެމްސަންގުގެ ފަތްޖެހި ފޯނާ މެދު ކަންބޮޑުވުންތަކެއް

ދެކުނު ކޮރެއާގެ މަޝްހޫރު ސެމްސަންގުން މިދިޔަ ފެބްރުއަރީ މަހު ނެރުނު ފަތްޖެހި ފޯނު ވަރަށް ބަލިކަށި ކަމަށާއި އެ ފޯނުތައް ބޭނުންކުރަން ފަށާތާ މާ ގިނަ ދުވަހެއް ނުވެ ހަލާކުވާ މައްސަލަ ބޮޑުވެ، ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފި އެވެ.

16 އެޕްރީލް

April 16, 2019 3
"ފޯލްޑަބްލް ފޯން" އަކީ ފަތްޖެހިފޯނު

އަަހަރެމެންގެ ތެރެ އަށް މުޅިން އަލަށް ތައާރުފުވާ، ބޭނުންކުރަންޖެހޭ ބައެއް ތަންތަނާއި ތަކެއްޗަށް ކިޔަން ދިވެހި ނަންތަކެއް ނުހުރެ އެވެ. މި ފަދަ ހާޖަތެއް ޖެހުމުން، އޮތީ އެކަށޭނަ ނަމެއް މުޅިން އަލަށް އުފައްދާށެވެ. މި ގޮތަށް ނަމެއް ހެދުމުން ބައެއް ފަހަރު ބަލައިގަންނަން އުނދަގޫ ނަންތައް ހެދިފައި އެބަހުއްޓެވެ. ނަމަވެސް، (complex) "އެކުވެނި"...

14 އެޕްރީލް

April 14, 2019 2
ބަލިނުވެ 10 އަހަރު ރަސްކަން ކުރާނަން: ސެމްސަންގް

ސްމާޓްފޯން މާކެޓްގައި ވާދަވެރިން ކިތަންމެ ހިތްވަރެއް ކުރިޔަސް، ސެމްސަންގް ބަލިކުނުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

11 އެޕްރީލް

April 11, 2019
ވަންޕްލަސް 7: ތަފާތު ތިން މޮޑެލްއެއް

ވަންޕްލަސް އަކީ ބާރުގަދަ ފޯނުތަކެއް ހެޔޮ އަގުގައި ވިއްކާ ކުންފުންޏެކެވެ. ވަންޕްލަސްއާ ބެހޭ ގޮތުން ދެން އޮތް ވާހަކަ އަކީ، އާދަކާދަ އަށް ބަދަލު ގެންނަން އުޅޭ ވާހަކަ އެވެ.

10 އެޕްރީލް

April 10, 2019 3
ފޭކް އައިފޯނުން ދެ މީހަކު 1 މިލިއަން ޑޮލަރު ހޯދައިފި

ހަލާކުވެފައި ހުންނަ "ފޭކް އައިފޯން" އެޕަލްގެ ސާވިސް ސެންޓަރުތަކަށް ގެންގޮސް އޭގެ ބަދަލުގައި މިލިއަނެއްހާ ޑޮލަރުގެ އާ އައިފޯނު ހޯދި ކަމުގެ ތުހުމަތު، އެމެރިކާގައި އުޅޭ ޗައިނާގެ ދެ ދަރިވަރަކަށް ކޮށްފި އެވެ.

08 އެޕްރީލް

April 08, 2019
ކުއަލްކޮމް އިން އެޕަލް އަށް މަލާމާތުގެ ހަމަލާއެއް

އެޕަލް އަށް 5ޖީ އައިފޯނެއް ނެރެވޭނެ ތާރީޚެއް ބުނަން ނޭނގި، ހަދާނެ ގޮތެއް ނޭނގިގެން އުޅޭތީ ކުއަލްކޮމް އިން މަލާމާތުގެ ރާގުގައި ބަހުގެ ހަމަލާއެއް ދީފި އެވެ.

03 އެޕްރީލް

April 03, 2019
ގޫގުލް އެސިސްޓެންޓް، އެންޑްރޮއިޑް ކްރޯމް އަށް

ކްރޯމް އިންޓަނެޓް ބްރައުޒާ ނެތް އެންޑްރޮއިޑް ފޯނެއް ނެތެވެ. އެންޑްރޮއިޑް ފޯނުތައް ފެކްޓަރީން ނެރޭއިރު، ކްރޯމް ބްރައުޒާ އިންސްޓޯލްކޮށްފައި އިންނަން ޖެހެ އެވެ. އެންޑްރޮއިޑް މޮބައިލް އޮަޕަރޭޓިން ސިސްޓަމް އަމިއްލަކުރުމަށް މި އަށް ވުރެ ވަކި ފަސޭހަ ގޮތެއް ގޫގުލް އަށް ކޮބައި ހެއްޔެވެ؟

02 އެޕްރީލް

April 02, 2019 2
ގެލަކްސީ ނޯޓް 10: ދެން އޮތް ބޮޑު ވާހަކަ

ސެމްސަންގް "ގެލަކްސީ އެސް10"އާ ގުޅިގެން ކުރެވެން ފެށި ބަހުސްތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެސް10ގެ ރީތިކަމާއި ފަރިކަން، ހީކުރި ވަރަށް ވުރެ ވެސް ފަރި އެވެ. ދެން އޮތީ ގެލަސްކީ ނޯޓް10ގެ ވާހަކަތަކެވެ.

30 މާޗް

March 30, 2019
ޒީޓީއީ އަށް 1 ބިލިއަން ޑޮލަރުގެ ގެއްލުމެއް

ޗައިނާގެ މުއާސަލާތީ ކުންފުނިތަކަށް މިއީ ބިރު ބޮޑު ދުވަސްވަރެކެވެ. މިކަން އެންމެ ބޮޑަށް ތަހަންމަލުކޮށްފައި ވަނީ ޒީޓީއީ އަދި ވާވޭ އެވެ. ޒީޓީއީ ބުނާ ގޮތުގައި، 2018 ގައި އެ ކުންފުންޏަށް އެއް ބިލިއަން ޑޮލަރު ގެއްލުން ވަނީ ވެފަ އެވެ.

27 މާޗް

March 27, 2019
ގެލަކްސީ އެސް10: "ޕަންޗް ހޯލް" ބޮޑު މަޖާގަނޑަކަށް

އެޕަލް އައިފޯނުގައި ރީތި ސިފައެއް ނުޖެއްސިގެން އުޅެނިކޮށް، މޫނުމަތިން ބާގަނޑެއް ކަނޑަން ހަދައިގެން، އައިފޯނަށް ލިބުނީ ނިކަމެތިކަމެކެވެ. އައިފޯނުގެ ސްކްރީން މަތީ ކޮޅުން ބޮޑު ތަންގަނޑެއް، ސެންސަރުތައް ވަޅުލަން ޚާއްސަކުރުމުން، އެކަން ވީ ބޮޑު އައިބަކަށެވެ. އެކަހަލަ ބާގަނޑުތަކަށް އެ މީހުން ކިޔަނީ، "ނޮޗް" އެވެ. އަހަރެމެން "ފެންލައިޓް"...

26 މާޗް

March 26, 2019
ވާވޭ ޕީ30 ޕްރޮ ދައްކާލައިފި، ވަރުގަދަ ކެމެރާއެއް

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި، ވާވޭ ޕީ30 ޕްރޮ މިއަދު ދައްކާލުމާ އެކު އޭގެ ކެމެރާގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ އެވެ.

25 މާޗް

March 25, 2019 2
ވާވޭ ޕީ30 ޕްރޮ: މުޅި ދުނިޔެ އިންތިޒާރުގައި

"ވާވޭ ޕީ30 ޕްރޮ" އަދި "ޕީ30" ލޯންޗްކުރާ ތާރީޚަކީ 26 މާޗް ކަމަށް، ވާވޭއިން ކުރި ރަސްމީ ޓްވީޓަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ހަފުލާ އޮންނާނެ ކަމަށް ބުނެފައި ވަނީ ޕެރިހުގަ އެވެ.

23 މާޗް

March 23, 2019
ސެމްސަންގުގެ 5ޖީ ފޯނު އަންނަ މަހު

ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ މޮޑެލް އެސް10 މި މަހު ރަސްމީކޮށް ނެރުމަށް ފަހު، އަނެއްކާ ވެސް އެ ކުންފުނިން އާ ކަމަކަށް ތައްޔާރުވެއްޖެ އެވެ.