09 އޮކްޓޯބަރ

October 09, 2018
ވަންޕްލަސް 6ޓީ އޮކްޓޯބަރު 30 ގައި

ވަންޕްލަސް 6ޓީ އާ ބެހޭ ގޮތުން އަދިވެސް އެނގެނީ ދެތިން ކަމެކެވެ. ޑިސްޕްލޭ ދަށުގައި ފިންގާޕްރިންޓް ސްކޭނާ އިންނާނެ ކަމާއި 3.5 އެމްއެމް އޯޑިއޯ ޖެކް ނުއިންނާނެ ކަމެވެ. އަދި ވަންޕްލަސް 6 އަށް ވުރެ ބެޓެރީ ބޮޑުވާނެ ކަމެވެ.

05 އޮކްޓޯބަރ

October 05, 2018
ސެމްސަންގް މެދުފަންތީގެ ފޯނުތަކަށް ވަޔަލެސް ޗާޖިން

ވާދަވެރި މާކެޓްގައި ގަދަބާރަކަށް ވުމަށް، ސެމްސަންގް ބޮލުން ކުޅެން ފަށައިފި އެވެ. ގެލަކްސީގެ އަގު ބޮޑު ފޯނުތަކުގައި ހުރި ފީޗާތައް، މެދުފަންތީގެ ފޯނުތަކަށް ގެނެސް ކުލަވަރު...

October 05, 2018 2
އައިފޯނު ޗާޖުނުވާ މައްސަލައަށް ޖަވާބު ދިނީ އަޕްޑޭޓަކުން

އެޕަލް އިން އެންމެ ފަހުން ނެރުނު ބައެއް ފޯނުތަކަށް ދިމާވާ ޗާޖު ނުވުމުގެ މައްސަލާގައި އެ ކުންފުނިން ވާހަކަ ނުދައްކާ ތިބުމަށް ފަހު، މައްސަލަ ހައްލުވެދާނެ އައިއޯއެސް އަށް އަޕްޑޭޓެއް...

04 އޮކްޓޯބަރ

October 04, 2018
ވަންޕްލަސް 6ޓީ: ފިންގާޕްރިންޓް ސްކޭނާ ޑިސްޕްލޭ ދަށަށް

ވަންޕްލަސް 6ޓީ ގައި ހެޑްފޯން ޖެކެއް ނުއިނދެ އެވެ. ވަޔަލެސް ޗާޖިން ސަޕޯޓެއް ނުކުރެ އެވެ. ފެން ނުވަންނަކަން ކަށަވަރުކޮށްދޭ ރަސްމީ މިންގަނޑެއް ނެތެވެ. އެކަމަކު ވެސް މި ފޯނެއް އަތުނެޖެހިގެން ހީވަނީ އެހެން ފަދަ ކަމެއްހެންނެވެ.

03 އޮކްޓޯބަރ

October 03, 2018
ފަހުގެ އައިފޯނުތައް ޗާޖު ނުވާ މައްސަލާގައި ޝަކުވާކުރަނީ

އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން އެކްސްއެސް އާއި އެކްސްއެސް މެކްސް ޗާޖުކުރުމުގައި އެކި މައްސަލަތައް ދިމާވާ ކަމަށް ބުނެ ކަސްޓަމަރުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

October 03, 2018 2
އައިއޯއެސް 12 ގައި މައްސަލަތަކެއް

"އައިއޯއެސް 12 މޮބައިލް އޮޕަރޭޓިން ސިސްޓަމް" އައިފޯނަށް އަޅައި ބޭނުންކުރަން ފެށުމުން ވަނީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި އައިމެސެޖްގައި ވެސް މައްސަލަ...

28 ސެޕްޓެމްބަރ

September 28, 2018
އަޑުނުއިއްވައި ރިންގް ޓޯން ވޮލިއުމް މައްޗަށް

މިއީ އެންޑްރޮއިޑް ފޯނުތަކުގެ ތަބީއަތުގައި ހުންނަ ކަމެކެވެ. ރިންގްޓޯން، ނޮޓިފިކޭޝަން، އެލާމް އަދި މީޑީއާ މޮލިއުމް ހެޔޮވަރުކޮށްލަން ހެންޑެލީގައި އިނގިލި ހަމަ ޖައްސާލާއިރަށް، އެއިރަކު ވޮލިއުމް ހެޔޮވަރުކޮށްފައި ހުންނަ މިންވަރުގައި، އަޑު ފެތުރިގަނެ އެވެ. މިއީ ބައެއް ފަހަރު ލަދުގަންނަން ޖެހޭ ކަމެކެވެ.

26 ސެޕްޓެމްބަރ

September 26, 2018
އައިފޯން "އެކްސް އެސް" އަށް ސިގްނަލް ކެނޑެނީ

އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯންގެ ތިން މޮޑެލްގެ ތެރެއިން އެކްސްއެސް އާއި އެކްސްއެސް މެކްސްގައި އެލްޓީއީ އަދި ވައިފައި ސިގްނަލް ލިބުމުގައި މައްސަލަތަކެއް އެބަހުރި ކަމަށް ބުނެ މިހާރު ވަނީ ޝަކުވާ ބޮޑުވެފަ އެވެ. މީގެ ކުރިން ހަމަ މި މައްސަލަ އައިފޯން 4 ގައި ވެސް ދިމާވި އެވެ.

25 ސެޕްޓެމްބަރ

September 25, 2018 1
"ޑޭޝް ޗާޖް" މައްސަލާގައި ވަންޕްލަސް ކޯޓަށް

ވަންޕްލަސް ފޯނުތަކުގެ ބެޓެރީ އަވަހަށް ޗާޖްކުރަން ބޭނުންކުރާ ޓެކްނޮލޮޖީ އަށް އެ ކުންފުނިން ދީފައިވާ ނަމަކީ "ޑޭޝް ޗާޖް" އެވެ. އެކަމަކު މިއީ އެ ކުންފުންޏަށް ބޭނުންކުރުމުގެ ހުއްދަ އޮންނަ "ޓްރޭޑް މާކް" އެއް ނޫނެވެ.

23 ސެޕްޓެމްބަރ

September 23, 2018
ގެލެކްސީ އޭ7 އަށް ވަރުގަދަ ކެމެރާތަކެއް

ސެމްސަންގުން މި މަހު އާ ފޯނެއް ނެރެން އުޅޭކަން ކުއްލި ގޮތަކަށް އިއުލާންކޮށްފި އެވެ. އެކަމަކު މިއީ ސެމްސަންގުން ކުރިން ވެސް ރާވާފައިވާ ގޮތް ކަމަށްވެ އެވެ. މި ނެރޭ ފޯނަކީ ފޮޓޯ ނަގާ މީހުންނަށް ރަނެކެވެ.

16 ސެޕްޓެމްބަރ

September 16, 2018
ވަންޕްލަސް 6ޓީ ގައި ހެޑްފޯން ޖެކެއް ނުއިންނާނެ

ބާރުގަދަ ފޯނެއް ފުރިހަމަ ގޮތުގައި ތަޖުރިބާކުރުމަށް ހެޑްފޯން ޖެކަކީ މުހިންމު ބައިވެރިއެއް ކަމަށް، ވަންޕްލަސްގެ ސީއީއޯ، ޕީޓެ ލޯ ވިދާޅުވި ފަހުން އަދި އަހަރު ދުވަސް ނުވެ އެވެ. އޭނާ މިހާރު ވިދާޅުވަނީ ސްމާޓްފޯނެއްގެ ހައިބަތު ދައްކާލަން، އަތުޖެހުނުހައި އެއްޗެއް ފޯނުގައި ހިމަނަން ނުޖެހޭ ކަމަށެވެ.

13 ސެޕްޓެމްބަރ

September 13, 2018 1
އާ ފޯނުތަކެއް ދައްކާލައި، އައިފޯން އެކްސް ހުއްޓާލަނީ

އެޕަލް އިން އަލަށް ބާޒާރަށް ނެރޭ ތިން ފޯނު އިއްޔެ ވަނީ ދައްކާލައިފަ އެވެ. އެކަމަކު މި އާ އުފެއްދުންތައް އަންނަނަނީ އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން އެކްސްގެ އިތުރުން އައިފޯން 6 އެސް އާއި އެސްއީ އުފެއްދުން ހުއްޓާލުމަށް ފަހުގަ އެވެ.

12 ސެޕްޓެމްބަރ

September 12, 2018 15
އައިފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި

އެޕަލްގެ އުފެއްދުންތައް ދައްކާލަން ކޮންމެ އަހަރަކު ބާއްވާ ހާއްސަ އިވެންޓްގައި އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބެނީ އައިފޯނަށެވެ. އެހެންވެ، މި ހަފުލާ ފެށުމުގެ ކުރިން ވެސް...

September 12, 2018 5
ސެމްސަންގް ކޮޕީކޮށްފި

މިއީ ސެމްސަންގް ގެލަކްސީ އޭ9 ސްޓާ އެވެ. ހިތްހަމަޖެހޭ ވަރުގެ ބޮޑު ސުޕަ އެމޯލެޑް ސްކްރީނެކެވެ. ސައިޒަކީ 6.3 އިންޗި އެވެ. މެދު ފަންތި އަށް ނިސްބަތްކުރެވުނު ނަމަވެސް، 400 ޑޮލަރަށް ވުރެ އަގު...

06 ސެޕްޓެމްބަރ

September 06, 2018
ބްލެކްބެރީ ކީ2: ކިތައް މީހުން އަތުގައި؟

ސެމްސަންގް، ވާވޭ އަދި ވަންޕްލަސްއާ އަޅާކިޔާ ނަމަ، ބްލެކްބެރީ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންގެ އަދަދު ރާއްޖޭގައި މަދުވެދާނެ އެވެ. މިހެން މި ބުނީ ބްލެކްބެރީ އެންޑްރޮއިޑް ފޯނެއް ގެންގުޅެނިކޮށް ނުފެންނާތީ އެވެ.

03 ސެޕްޓެމްބަރ

September 03, 2018
އާ އައިފޯނު ނެރުން މި މަހު 12 ގައި

ސެޕްޓެމްބަރަކީ އައިފޯނު އުފަންވާ މަހެވެ. މި މަހުގެ 12 ވަނަ ދުވަހަށް އެޕަލް އިން ވަނީ އެ ހާއްސަ ހަފުލާއަށް ދައުވަތު ފޮނުވައިފަ އެވެ.

29 އޯގަސްޓް

August 29, 2018
އައިފޯނުން "ތްރީޑީ ޓަޗް" އުނިކޮށްފާނެ

އައިފޯނުގައި ތްރީޑީ ޓަޗް ހިމެނި ފަހުން އަދި އެހާ ގިނަ ދުވަހެއް ނުވެ އެވެ. އެއީ އެކަމަކު މިހާރު އައިފޯނަށް މުހިންމު ފީޗާއަކަށް ނުވާ ކަމަށް ބުނަން ފަށައިފި އެވެ. މަސްރަހު ލަފާކުރާ މީހުން ދެކޭ ގޮތުގައި މި އަހަރު އެޕަލް އިން ނެރޭ އައިފޯނުގައި، ތްރީޑީ ޓަޗް ނުހިމަނާނެ އެވެ.

28 އޯގަސްޓް

August 28, 2018
ވިންޑޯޒް 95: މިހާރު މޮބައިލް އެޕްލިކޭޝަނެއް

ވިންޑޯޒް 95 އަކީ މައިކްރޮސޮފްޓް ވިންޑޯޒް އާއިލާ ތަރައްގީއަށް ކުރި މަސައްކަތްތަކުގައި ބާރުގަދަ ހިއްސާދާރެކެވެ. ވިންޑޯޒް 98، ވިންޑޯޒް 2000، ވިންޑޯޒް މީ، ވިންޑޯޒް އެކްސްޕީ އަދި ވިންޑޯޒް ވިސްޓާ އަކީ ވެސް ގާތްތިމާގެ މެންބަރުންނެވެ. މިއީ ޑެސްކްޓޮޕް ކޮމްޕިއުޓަރުތައް ހިންގަން މައިކްރޮސޮފްޓުން އުފެއްދި އޮޕަރޭޓިން ސިސްޓަމް، ވިންޑޯޒްގެ...

15 އޯގަސްޓް

August 15, 2018
ޕިކްސެލް ފޯނުތަކުގައި ފާސްޓް ޗާޖިން މައްސަލަ އެބަ އުޅޭ

ގޫގުލް "ޕިކްސެލް އެކްސްއެލް" ފޯނުތައް ފާސްޓް ޗާޖްކުރުމުގައި ކޫސަނި މައްސަލަތައް، ދޭތެރެ ދޭތެރެއިން ދިމާވެ އެވެ. "ޕިކްސެލް/އެކްސްއެލް 2016" ބޭނުންކުރާ މީހުންނަށް މިހާރު ވެސް އުޅެނީ ކަންތައްގަނޑެއް ލައިގަނެގެންނެވެ. އެންޑްރޮއިޑް 9 ޕައި އަށް އަޕްޑޭޓްކުރުމުން ފާސްޓް ޗާޖްނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

14 އޯގަސްޓް

August 14, 2018
ފަތްޖެހޭ ފޯނު އުފެއްދުމުގެ ޝަރަފް ސެމްސަންގް ބޭނުން

ސްމާޓްފޯން މާކެޓަށް އާ ޓެކްނޮލޮޖީ ތައާރަފުކުރާ ބަޔަކަށް ސެމްސަންގް ވެ އެވެ. ފަތްޖެހޭ ސްމާޓްފޯނަކާ ދިމާއަށް ކުންފުނިތައް މިސްރާބުޖަހާފައި ވާއިރު، ފަށްޖެހޭ ސްމާޓްފޯނެއް އެންމެ ފުރަތަމަ އުފައްދާ ބަޔަކަށް ވާން ގިނަ ކުންފުނިތަކުން ޝައުގުވެރިވެ އެވެ.

13 އޯގަސްޓް

August 13, 2018 2
އައިފޯނު މޮޑެލްތަކަށް އޮންނަ ފޯރި މާ ގަދަ

ސާވޭކުރަނީ ހާލަތު ދެނެގަންނާށެވެ. ކަމެއް ހިނގާ ގޮތް ނުވަތަ މަސައްކަތްތަކެއް ކުރި އަށް ދާ ގޮތް ބަލާށެވެ. ސްމާޓްފޯން މާކެޓްގައި، އެއް ފަޅިން އެންޑްރޮއިޑް ފޯނުތައް ކުޅޭއިރު، އަނެއް ފަޅިން ކުޅެނީ އައިފޯނުތަކެވެ. މި ދެ ބައިން ކުރެ ފޯރިގަދައީ ކޮންބައެއްގެ މެދުގައިތޯ ބެލުމަށް ޕީސީ މެގުން ކުރި ސާވޭއެއްގައި، އައިފޯނު މޮޑެލްތަކަށް އޮންނަ...

12 އޯގަސްޓް

August 12, 2018
ސެމްސަންގް ގެލަކްސީ ނޯޓް 9: އެންމެ ތަފާތީ ކުލަތައް

ސެމްސަންގް ގެލަކްސީ ނޯޓް 9 ލޯންޗްކޮށްފި އެވެ. ދެން އޮތީ ނޯޓް 8 ގައި ނެތް ކަމެއް، ނޯޓް 9 ގައި ހުރިތޯ ބެލުމެވެ. ބަލާބެލުމަށް ދެ ފޯނުގައި ފަރަގެއް ނެތް ކަމަށް ހީވި ނަމަވެސް، ދެ ފޯނު ފަރަގުވާން ޖެހެ އެވެ.

08 އޯގަސްޓް

August 08, 2018 1
އެންޑްރޮއިޑް "ޕީ" އަށް ނަންކިޔައިފި

އެންޑްރޮއިޑް 9.0 ނެރެފި އެވެ. ކޯޑް ނަމަކަށް އެންޑްރޮއިޑް "ޕީ" ކިޔައިގެން އުޅެފައި، މިހާރު ވަނީ ނަން ބަދަލުކޮށްފަ އެވެ. އެއީ "އެންޑްރޮއިޑް ޕައި" އެވެ. ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑްގެ އެންމެ ފަހު އަދަދަށް ކިޔާ ނަމަކީ މި އެވެ.