26 މެއި

May 26, 2020
ޝާހިދަކާ ރައްޓެއްސެއް ނުވަން: ސޮނާކްޝީ

ޝާހިދު ކަޕޫރާ އެއްވެސް އިރެއްގައި ލޯބީގެ ގޮތުން ނުގުޅޭ ކަމަށާއި އެކަމަކު މިހާރު ވެސް އޭނާ އަކީ ވަރަށް ގާތް ރައްޓެއްސެއް ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.

11 މެއި

May 11, 2020 1
ނަވާޒުއްދީންގެ "ގޫމްކެޓޫ" މި މަހު ޒީ5 އަށް

މީގެ ދެ އަހަރު ކުރިން ރިލީޒްކުރަން ނިންމި ނަވާޒުއްދީން ސިއްދީގީގެ ފިލްމު "ގޫމްކެޓޫ" އެންމެ ފަހުން ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމައިފި އެވެ.

20 އެޕްރީލް

April 20, 2020 1
އަކްޝޭ އަކީ ދެއްކުންތެރިއެކޭ ނުބުނަން

ބައެއް މީހުން ހައިރާތަށް ފައިސާ ހޭދަކުރަނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށް ބުނެ ދިން އިންޓަވިއުގައި 25 ކްރޯޑް ރުޕީސް ހަދިޔާކުރި މީހެއްގެ ވާހަކަ ދެއްކީ އަކްޝޭ ކުމާރަށް ނިސްބަތްކޮށް ނޫން ކަމަށް ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) ބުނެފި އެވެ.

16 އެޕްރީލް

April 16, 2020 5
ބައެއް މީހުން މާލީ އެހީ ދެނީ ދެއްކުންތެރިކަމަށް: ސަތަރޭ

ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް ވަރަށް ގިނަ ބަޔަކު އެކި ފަންޑްތަކަށް މާލީ ގޮތުން އެހީ ދެމުން އަންނަ އިރު، ބައެއް މީހުން އެކަން ކުރަނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށާއި އެފަދަ މީހުން މިކަން ނަގަނީ ވާދަވެރިކަމެއްގެ ގޮތުގައި ކަމަށް ބުނެ، ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ) ފާޑުކިޔައިފި އެވެ.

02 ފެބުރުއަރީ

February 02, 2020 2
ސޮނާކްޝީ އަށް "ފޯލެން" ކިޔާ ވެބް ސީރީޒެއް

ބޮޑު ސްކްރީނުން ބޭރަށް ޖެހިލައިފައި އެކްޓިން ޕްރޮޖެކްޓްތައް ނެގުމަކީ މިހާރު ބޮލީވުޑްގެ އޭ-ލިސްޓް ތަރިން ފަސްޖެހޭ ކަމެއް ނޫނެވެ. އެގޮތުން މަޝްހޫރު އެކި ސްޓްރީމިން ޕްލެޓްފޯމްތަކަށް ތައާރަފުވާ މަޝްހޫރު ތަރިން އަންނަނީ އިތުރުވަމުންނެވެ.

27 ޖެނުއަރީ

January 27, 2020
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ އެޕްރީލް މަހުގެ 10 ގައި ރިލީޒްކުރާ، ކަބީރު ޚާންގެ ކްރިކެޓް ފިލްމު "83" ގެ މައިގަނޑު ކާސްޓުންގެ ވަކިވަކި ސްޓިލް ޕޯސްޓަރުތަކެއް ދައްކައިލުމަށް ފަހު، މޯޝަން ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

16 ޖެނުއަރީ

January 16, 2020
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މި އަހަރުގެ ސެޕްޓެމްބަރު މަހު ގެނެސްދޭން ނިންމާފައިވާ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

08 ޖެނުއަރީ

January 08, 2020 4
ހުނަރު ވަޒަންކުރާނީ މީހާގެ ބަރުދަނަކުން ނޫޏް: ސޮނާކްޝީ

މީހަކު ފަލަކޮށް ހުރުމަކީ އެ މީހެއްގެ ހުނަރާ ދޭތެރޭ ސުވާލު އުފައްދަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ސިފަ އަށް ފާޑުކިޔުމުން ބަލައިގަންނަން ވަރަށް އުނދަގޫ ކަމަށް ބަތަލާ ސޮނާކްސީ ސިންހާ ބުނެފި އެވެ.

05 ޖެނުއަރީ

January 05, 2020
އަޖޭގެ "ބޫޖް" ގެ ރޯލަކަށް ނޯރާ

އަޖޭ ދޭވްގަންގެ ތާރީޚީ ހަނގުރާމަ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ރޯލަކަށް ނޯރާ ފަތެހީ ސޮއިކޮށްފި އެވެ.

02 ޖެނުއަރީ

January 02, 2020
ޕަރިނީތީގެ ބަދަލުގައި "ބޫޖް" އަށް އިހާނާ

ވަގުތު ދެވެން ނެތިގެން އަޖޭ ދޭވްގަންގެ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިން ބަތަލާ ޕަރިނީތީ ޗޯޕްޅާ ވަކިވެފައި ވާތީ އޭނާގެ ބަދަލުގައި އެ ފިލްމަށް އިހާނާ ދިލަން ހަމަޖައްސައިފި އެވެ.

25 ޑިސެމްބަރ

December 25, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ކަންގަނާ ރަނާވަތުގެ ފިލްމު "ޕަންގާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

21 ޑިސެމްބަރ

December 21, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ކަންގަނާ ރަނާވަތުގެ އާ ފިލްމު "ޕަންގާ" ގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ދައްކައިލާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.

14 ޑިސެމްބަރ

December 14, 2019
"ދަބަންގް 4" ގެ ސްކްރިޕްޓް ނިމިއްޖެ: ސަލްމާން

"ދަބަންގް 3" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، މި ސީރީޒްގެ ހަތަރު ވަނަ ބައިގެ ސްކްރިޕްޓް ވެސް މިހާރު ނިމިފައިވާ ކަމަށް އެކްޓަރު ސަލްމާން ޚާން ބުނެފި އެވެ.

11 ޑިސެމްބަރ

December 11, 2019 2
ރިލީޒް ނުވަނީސް "ދަބަންގް 3" އަށް 155 ކްރޯޑް

ސަލްމާން ޚާންގެ އާ ފިލްމު "ދަބަންގް 3" އަށް ރިލީޒްކުރުމުގެ ކުރިން 155 ކްރޯޑް ރުޕީސް (22 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިއްޖެ އެވެ.

09 ޑިސެމްބަރ

December 09, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރާޖްމުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ ލީޑް ރޯލް ކުޅެފައިވާ ފިލްމު "ތުއްރަމް ޚާން" ގެ ނަން "ޝަލާންގް" އަށް ބަދަލުކޮށްފި އެވެ.

08 ޑިސެމްބަރ

December 08, 2019 4
ސޮނާކްޝީ ބުނަނީ ބަތަލުން މުސްކުޅި ނުވާ ކަމަށް

ބޮލީވުޑްގެ ދުވަސްވީ ގިނަ އެކްޓަރުން އެ މީހުންގެ އުމުރަށް ވުރެ ދެ ގުނަ ހަގު ބަތަލާއިންނާ އެކު ފިލްމުތައް ކުޅުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު ބަތަލާއިން މިކަހަލަ ރޯލެއް ކުޅެފި ނަމަ އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ.

04 ޑިސެމްބަރ

December 04, 2019 1
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ބޫމީ ޕެޑްނޭކަރު އަނެއްކާ ވެސް ބިރުވެރި ފިލްމަކަށް ސޮއިކޮށްފި އެވެ.

30 ނޮވެމްބަރ

November 30, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ހަތަރު ޑައިރެކްޓަރަކު ނެޓްފްލިކްސް އިން ހަދައިދެމުން އަންނަ އެންތޮލޮޖީ ސީރީޒްގެ ދެވަނަ ފިލްމު "ގޯސްޓް ސްޓޯރީޒް" އަންނަ ޖެނުއަރީ މަހުގެ 1 ގައި ސްޓްރީމްކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕްރޮމޯޝަނަލް މެޓީރިއަލްތަކެއް ދައްކާލައިފި އެވެ.

28 ނޮވެމްބަރ

November 28, 2019
"ދަބަންގް 3" ގެ ލަވައަކާ ދެކޮޅަށް ހިންދޫ ޖަމާއަތެއް

އަންނަ މަހު ރިލީޒްކުރާ، ސަލްމާން ޚާންގެ ފިލްމު "ދަބަންގް 3" ގެ ޓައިޓްލް ލަވަ "ހުޅް ހުޅް ދަބަންގް" އަކީ ހިންދީ ދީނަށް ފުރައްސާރަކުރާ ލަވައެއް ކަމަށް ބުނެ އެ ފިލްމަށް ސެންސަރު ސެޓްފިކެޓް ނުދީ، ފިލްމު ރިލީޒްކުރުން ހުއްޓުވުމަށް އިންޑިއާގެ ހިންދޫ ޖަމާއަތަކުން ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ގޮވާލައިފި އެވެ.

23 ނޮވެމްބަރ

November 23, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 27 ގައި ރިލީޒްކުރާ، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ގުޑް ނިއުޒް" ގެ ޓްރެއިލާ ބަލާފައި ހީހީ ހަލާކުވެއްޖެ ކަމަށް އެކްޓަރު އާމިރު ޚާން ބުނެފި އެވެ.