17 ޖޫން

June 17, 2020 3
ފޯނުގެ ވިޔަފާރީގައި ވާވޭ އިން ސެމްސަންގް ވައްޓާލައިފި

ސްމާޓް ފޯނުގެ ވިޔަފާރީގެ ރޭހުގައި ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގެ ސެމްސަންގް ފަހަތަށް ޖައްސާލައި، ޗައިނާގެ ވާވޭ ކުރި ހޯދައިފި އެވެ.

30 މެއި

May 30, 2020 4
ކޭސްތައް އިތުރުވެ ސައުތު ކޮރެއާގެ ސްކޫލްތައް ބަންދު

ސޯލް (މެއި 30) - ކޮރޯނާވައިރަސް ކޮންޓްރޯލް ވެއްޖެ ކަމަށް ބަލައި ސައުތު ކޮރެއާގެ ސްކޫލްތައް ހުޅުވިތާ މާގިނަ ދުވަހެއް ނުވަނީސް، އާ ކޭސްތައް ފެންނަން ފެށުމުން 200 އަށް ވުރެ ގިނަ ސްކޫލް ބަންދުކޮށްފި އެވެ.

28 މެއި

May 28, 2020 2
ދެ މަސްތެރޭ ނުދާވަރަށް ސައުތު ކޮރެއާގައި މައްޗަށް

ސޯލް (މެއި 28) - ވޭތުވެދިޔަ ދެމަސް ދުވަސްތެރޭ ނުދާ ވަރަށް ސައުތު ކޮރެއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ކޭސްތައް މިއަދު އިތުރުވެއްޖެ އެވެ.

26 މެއި

May 26, 2020 4
ދެކުނު ކޮރެއާގެ އިމާރާތެއްގެ މަަތިން "ރާޅު ޖަހަނީ"

ޓެކްނޮލޮޖީގެ ދާއިރާއިން އޭޝިއާގައި އެންމެ އަރާހުރި އެއް ގައުމުކަމަށްވާ ދެކުނު ކޮރެއާގެ ސޯލްގެ ގަންގްނަމް ޑިސްޓްރިކްޓް އިމާރާތެއްގެ މަތިން ރާޅު ޖަހަނީ އެވެ. މިއީ ތްރީޑީގެ ޖާދޫއެކެވެ. ބަލާބެލުމަށް ހީވަނީ ހަމަ އަސްލު ރާލުތަކެއް ބިއްލޫރި ކިއުބެއްގެ ތެރެއަށް ބިންދައިލާހެންނެވެ.

11 މެއި

May 11, 2020 2
ސައުތު ކޮރެއާގައި ދެ ވަނަ ރާޅެއްގެ ބިރު ބޮޑުވެއްޖެ

ސޯލް (މެއި 11) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ސައުތު ކޮރެއާ އިން ހޯދާފައިވާ ކާމިޔާބަށް އެތައް ބަޔަކު ތައުރީފް ކުރަނިކޮށް އެ ގައުމުގައި ދެ ވަނަ ރާޅެެއްގެ ބިރު ބޮޑުވެދާނެކަމުގެ...

May 11, 2020 1
ފިރިމީހާގެ މަރާއެކު ކޮކަ ކޯލާ އަށް ދެވިހިފި މީހެއް

މީހާގެ ހަޔާތުގައި ކުރިމަތިވާ އެކި ކަންކަމާ ހެދި އެކި ކަހަލަ އާދަތަކުގެ ތެރެއަށް މީހާ ވައްޓާލަ އެވެ. އޭގެ ތެރޭގައި ރަނގަޅު އަދި ނުރަނގަޅު ކަންކަން ވެސް ހުރެދާނެ އެވެ.

09 މެއި

May 09, 2020
ސެމްސަންގުން ޑެބިޓް ކާޑެއް ތައާރަފުކުރަނީ

ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރުމަށް ޑެބިޓް ޕޭ ކާޑެއް ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ސެމްސަންގުން ބުނެފި އެވެ.

08 މެއި

May 08, 2020 5
ކޮރެއާގެ ފޯވާޑް ސޮން އަސްކަރީ ތަމްރީން ފުރިހަމަކޮށްފި

ސޯލް، ދެކުނު ކޮރެއާ (މޭ 8) - ޔުނިޓުގެ އެންމެ ރަނގަޅު ފަސް ރެކްރޫޓުންގެ ތެރޭ ހިމެނި، ދެކުނު ކޮރެއާގެ މަޝްހޫރު ފޯވާޑް ސޮން މިން ހެއުން، ތިން ހަފުތާގެ މަޖުބޫރު އަސްކަރީ ތަމްރީންތައް ފުރިހަމަކޮށްފި އެވެ.

26 އެޕްރީލް

April 26, 2020
ސެމްސަންގުން ސިއްހީ އެހީތެރިންގެ ފޯނު ހިލޭ ހަދައިދެނީ

ކޮރޯނާވައިރަހާ ހެދި އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި މި ވަގުތު އެންމެ މުހިއްމު ދައުރެއް އަދާކުރުުގައި ގައުމުތަކުގައި ގުރުބާންވަމުން އަންނަނީ ސިއްހީ އެހީތެރިންނެވެ. ހާއްސަކޮށް...

April 26, 2020 2
ކޮރޯނާވައިރަހާ ހެދި ވައި ސާފުވަނީ؛ އެއްވަނަ ދިއްލީއަށް

ވައި ސާފުވުމަކީ ކޮރޯނާވައިރަހުން ކުރާ ކަމެއް ނޫނެވެ. ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ބައްޔާ ހެދި ދުނިޔެ ބަންދުވެފައި އޮންނާތީ ގައުމުތަކުގައި ވައި ސާފުވަނީ އެވެ. ސަބަބަކީ،...

25 އެޕްރީލް

April 25, 2020
"ޕެރަސައިޓް" ފޫއްސޭ ބުނުމުން ރާޖަމޯލީ އަށް ފާޑުކިޔަނީ

މި އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ހޯދި ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" އަކީ ވަރަށް ފޫހި އަދި އެއްގޮތަކަށް ވެސް ކަމުނުދާ ފިލްމެއް ކަމަށް އިންޑިއާގެ އެންމެ ވަރުގަދަ އެއް ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުނުމުން ޓްވިޓާގައި އޭނާ އަށް ފާޑުކިޔައިފި އެވެ.

23 އެޕްރީލް

April 23, 2020 25
ދެކުނު ކޮރެއާގެ އެހީއަށް ރާއްޖެ އިން އެދިއްޖެ

ކޮވިޑް-19 އިން ރައްކާތެރިވެ، އެ ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމަށް ރާއްޖެ އިން ދެކުނު ކޮރެއާގެ ކިބައިން އެެދިއްޖެ އެވެ.

16 އެޕްރީލް

April 16, 2020 1
ނޯތު ކޮރެއާއިން ފިލި މީހަކު ސައުތު ކޮރެއާ ޕާލަމެންޓަށް

ސޯލް (އެޕްރީލް 16) - ނޯތު ކޮރެއާ އިން ފިއްލެވި މީހެއް ކަމަށްވާ ތައެ ޔޮންގް-ހޯ ސައުތު ކޮރެއާގެ ޕާލަމެންޓް އިންތިޚާބުގައި ވާދަކޮށް ގޮނޑި ކާމިޔާބުކުރައްވައިފި އެވެ.

14 އެޕްރީލް

April 14, 2020
ގެލެކްސީ އޭ ސީރީޒްގެ ހަ ފޯނެއް ނެރެފި

ސްމާޓްފޯނު ނެރޭ ބޮޑެތި ކުންފުނިތަކުން ތަންކޮޅެއް އަގުހެޔޮ ފޯނުތައް މާކެޓަށް ނެރުމަކީ މިހާރު ކުރަމުން އަންނަ ކަމެކެވެ. އެމެރިކާގެ އެޕަލް ކުންފުނިން ވެސް މިކަމަށް ތައްޔާރުވެފައި ވަނިކޮށް ދެކުނު ކޮރެއާގެ ސެމްސަންގުން މިހާރު މި ވަނީ ސެމްސަންގް ގެލެކްސީ އޭ ސީރީޒްގެ ކަލެކްޝަނެއް ނެރެފަ އެވެ. މީގައި ހަ ފޯނެއް ހިމެނެ އެވެ.

13 އެޕްރީލް

April 13, 2020 1
ޑަލްގޯނާ ކޮފީ ހަދައިފިން؟

ކޮފީ އަކީ އެންމެން ވެސް ވަރަށް ގަޔާވާ އެއްޗެކެވެ. ބައެއް މީހުންނަކީ ކޮންމެ ދުވަހަކު ދެތިން ހަތަރު ކޮފީ ބޯލާ މީހުންނެވެ. ނަމަވެސް މި ދުވަސްކޮޅަކީ ކޮރޯނާވައިރަހާ ހެދި އެންމެންނަށް ވެސް ގޭގައި ތިބެން ޖެހިފައިވާ ވަގުތެކެވެ. ކެފޭ/ރެސްޓޯރަންޓްތަކަށް ގޮސްގެން ކޮފީއެއް ބޯލުމަކީ މިހާރު އެހާ ފަސޭހަ ކަމެއް ނޫނެވެ.

11 އެޕްރީލް

April 11, 2020 3
ބަލިން ރަނގަޅުވާ މީހުން ސައުތު ކޮރެއާގައި ޕޮޒިޓިވްވަނީ

ސޯލް (އެޕްރީލް 11) - ކޮރޯނާވައިރަހުން ރަނގަޅުވެގެން ދޫކޮށްލި މީހުންގެ ތެރޭން 91 މީހަކު އަލުން ޕޮޒިޓިވްވެފައިވާ ކަމަށް ސައުތު ކޮރެއާ އިން ބުނެފި އެވެ.

01 އެޕްރީލް

April 01, 2020
ސައުތު ކޮރެއާގައި ވެސް 10 މިނިޓުން ޓެސްޓްކުރެވޭ

ސޯލް (އެޕްރީލް 1) - ކޮރޯނާވއިރަހަށް 10 މިނިޓުން ޓެސްޓް ކުރެވޭ ކިޓެއް ސައުތު ކޮރެއާގެ ކުންފުންޏަކުން އުފައްދައިފި އެވެ.

21 މާޗް

March 21, 2020
"ޕެރަސައިޓް" ގެ ޑައިރެކްޓަރު މިއުޒިކަލްއަކަށް

މިދިޔަ އަހަރު ގެނެސްދިން ފިލްމު "ޕެރައިސައިޓް" އާ އެކު އޮސްކާ އެވޯޑްސްގެ ތާރީހު ބަދަލުކޮށްލި ދެކުނު ކޮރެއާގެ ޑައިރެކްޓަރު ބޮންގް ޖޫން-ހޯ އާ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

13 މާޗް

March 13, 2020 29
ކޮވިޑް-19: ބިރަކީ ކުއްލިއަކަށް ބަލިމީހުން ގިނަވުން

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އިޓަލީން ރާއްޖެ އައި 12 މީހުންގެ ގްރޫޕެއްގައި ހިމެނޭ އެކަކު، ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ހުއްޓާ ހުން އައިސް ބަލިވި އެވެ. އޭނާ އަށް އެ ރަށުގެ ޑޮކްޓަރު ފަރުވާދިނެވެ. އޭނާ ކޮޓަރިން ނުނިކުމެ އުޅުނެވެ. އެނބުރި އިޓަލީ އަށް ދާން މާޗު 1 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ އެވެ. އެކަމަކު، ހުން...

04 މާޗް

March 04, 2020
"ޕެރަސައިޓް" ސީރީޒް ކުޅޭކަން ރަފަލޯ ކަށަވަރުކޮށް ދީފި

މި އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ ވަރުގަދަ ކެޓަގަރީތަކުން އެވޯޑްތައް ގެންދިޔަ ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" ގެ މިނީ ސީރީޒްގެ ރޯލެއް ކުޅޭކަން ހޮލީވުޑްގެ އެކްޓަރު މާކް ރަފަލޯ ކަށަވަރުކޮށް ދީފި އެވެ.

02 މާޗް

March 02, 2020 4
ވައިރަސް ފެތުރުނު މައްސަލާގައި ފައްޅީގެ ލީޑަރުގެ މައާފް

ސޯލް (މާޗް 2) - ސައުތު ކޮރެއާގައި ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރިގެން ދިޔަ މައްސަލައިގައި އެ ގައުމުގެ ދެކުނުގެ ޝިންޗެއޮންޖީ ފައްޅީގެ ލީޑަރު ލީ މޭން-ހީ މައާފަށް އެދިއްޖެ އެވެ.

01 މާޗް

March 01, 2020 1
"ޕެރަސައިޓް" އަންނަ މަހު ހުލޫ އަށް

މި އަހަރުގެ އޮސްކާ އެވޯޑްސްގެ މޮޅު ފިލްމުގެ މަގާމު ހޯދައިގެން އޮސްކާގެ ތާރީހުން ޖާގަ ހޯދި ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" އަންނަ އެޕްރިލް މަހު ހުލޫ އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެެ.