17 ޖޫން

June 17, 2018
ވޯލްޑް ކަޕް: ޖޯޒީތަކުން ސިއްރު މެސެޖްތަކެއް

މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމުން އެކި ޑިޒައިންތަކުގެ ތަފާތު ބްރޭންޑްތަކުގެ ޖާޒީ ބޭނުންކުރާނެ އެވެ. އެ ޖޯޒީތައް ފަރުމާ ކުރުމުގައި ވެސް ވަރަށް ތަފާތު ހިޔާލުތައް ހިމެނެ އެވެ. ބައެއް ޓީމުތަކުން ޖާޒީ ފަރުމާކުރީ ގައުމީ އެކި ކަންކަމާ ގުޅުވައިގެންނެވެ. އަނެއް ބައި ޓީމުތަކުގެ ވިސްނުން ހުރީ އެ ގައުމެއްގެ ކުޅިވަރުގައި އެންމެ...

15 ޖޫން

June 15, 2018 2
މިއީ ރޮނާލްޑޯ އާއި މެސީގެ ފަހު ފުރުސަތު: މޮރީނިއޯ

މޮސްކޯ، ރަޝިއާ (ޖޫން 15) - މި ފަހަރުގެ ވޯލްޑް ކަަޕަކީ މި މުބާރާތުގެ ތަށި އުފުލާލަން ދުނިޔޭގައި މި ވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި...

June 15, 2018 2
ސްޕެއިން މާޔޫސްކަމެއްގެ ތެރެއިން ފުރަތަމަ މެޗަށް

ސޯޗީ، ރަޝިއާ (ޖޫން 15) - ވޯލްޑް ކަޕްގައި ސްޕެއިން ކުޅޭ މެޗު ފެށެން 48 ގަޑިއިރަށް ވެފައި ވަނިކޮށް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ކުއްލި ގޮތަކަށް ކޯޗުކަމުން ޖޫލެން ލޮޕެޓީގު...

14 ޖޫން

June 14, 2018
ބައެއް ޓީމުގެ ތައްޔާރީތައް ވަރަށް ތަފާތު!

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެން ނުވަތަ ކާމިޔާބީ ހޯދަން ހުރިހާ ޓީމަކުން ވެސް އެކި ގޮތްގޮތުން މަސައްކަތްކުރެ އެވެ. ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރުމުގެ އިތުރުން އެއްބާރުލުން ލިބޭ ހުރިހާ ބައެއްގެ އެހީ ވެސް ހޯދަ އެވެ. އެއީ ހަތަރު އަހަރުން އެއް ފަހަރު ބާއްވާ މި މުބާރާތުން ފުރުސަތު ލިބެނީ މަދު...

13 ޖޫން

June 13, 2018
ސްޕެއިނުގެ އާ ކޯޗަކަށް ހިއޭރޯ ހަމަޖައްސައިފި

ކުއްލި ގޮތަކަށް ކޯޗު ޖޫލެން ލޮޕެޓީގު ވަކިކުރުމަށް ފަހު ވޯލްޑް ކަޕުގައި ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކޮށްދިނުން ކުރީގެ ކެޕްޓަން ފެނާންޑޯ ހިއޭރޯއާ ހަވާލުކޮށްފި އެވެ.

June 13, 2018 2
ސްޕެއިން ކޯޗުކަމުން ލޮޕެޓީގު ވަކިކޮށްފި

ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑުގެ ކޯޗުކަމާ ހަވާލުވާން ސްޕެއިން ގައުމީ ޓީމުގެ ކޯޗު ޖޫލެން ލޮޕެޓީގު އިއްޔެ ނިންމުމާ ގުޅިގެން، އެކަމާ ހިތްހަމަނުޖެހިގެން ސްޕެއިން ފެޑެރޭޝަނުން އޭނާ...

June 13, 2018 4
ސްޕެނިޝް ފެޑެރޭޝަނުން ރެއާލަށް ފާޑުކިޔައިފި

މެޑްރިޑް (ޖޫން 13) - ރެއާލް މެޑްރިޑުން އެ ޓީމުގެ ކޯޗަކަށް ސްޕެއިން ގައުމީ ޓީމުގެ ކޯޗު ޖޫލިއަން ލޮޕެޓީގު ހަމަޖެއްސިކަން އިއުލާންކުރި ވަގުތު އެންމެ ރަނގަޅު ނޫން ކަމަށް ބުނެ ސްޕެއިން...

12 ޖޫން

June 12, 2018
ބޮޑު ވަޒީރު މާފަށް އެދެން ޑެހެއާ ޑިމާންޑްކޮށްފި

މެޑްރިޑް (ޖޫން 12) - އޭނާއާ ބެހޭގޮތުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ދެއްކެވި ވާހަކަތަކާ ގުޅިގެން އާންމުންގެ ކިބައިން ބޮޑުވަޒީރު މާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ސްޕެއިނަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބުނެފި އެވެ.

10 ޖޫން

June 10, 2018
ފްރާންސް އެއްވަރުވިއިރު ސްޕެއިނަށް މޮޅެއް

ލިޔޯން، ފްރާންސް (ޖޫން 10) - ވޯލްޑް ކަޕުގެ ކުރިން ފްރާންސް ކުޅުނު ފަހު މެޗުން އެމެރިކާއާ 1-1 އިން އެއްވަރުވިއިރު، ސްޕެއިން ކުޅުނު މެޗުން ޓިއުނީޝިއާ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

07 ޖޫން

June 07, 2018
ސްޕެއިން ސަރުކާރުގެ ޝަރަފްވެރި އެވޯޑް އިނިއެސްޓާ އަށް

ބާސެލޯނާ (ޖޫން 7) - ކުޅިވަރަށް ހިދުމަތްކޮށްދޭ ފަރާތްތަކަށް ސްޕެއިން ސަރުކާރުންދޭ އެންމެ ޝަރަފްވެރި އެވޯޑް ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އަށް ދީފި އެވެ.

04 ޖޫން

June 04, 2018 2
ނޭމާއާ އެކު ބްރެޒިލަށް މޮޅެއް، ސްޕެއިން އެއްވަރު

ލިވަޕޫލް (ޖޫން 4) - އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައި ބްރެޒިލްގެ ތަރި ނޭމާއާ އެކު އެ ޓީމު 2-0 އިން ކްރޮއޭޝިއާ އަތުން އެކުވެރިކަމުގެ މެޗެއްގައި މޮޅުވިއިރު، ސްޕެއިން ކުޅުނު މެޗުން 1-1 އިން ސްވިޒަލެންޑާ އެއްވަރުވެއްޖެ އެވެ.

01 ޖޫން

June 01, 2018
ޓީމް ޕްރޮފައިލް: ސްޕެއިން

ޒަމާނީ ފުޓްބޯޅަ އަށް ބޮޑު އިންގިލާބެއް ގެނައި ސްޕެއިން މި އަހަރުގެ ވޯލްޑް ކަޕަށް ނުކުންނަނީ، ބޮޑެތި ބަދަލުތަކާ އެކު އެވެ. އެ ގައުމަށް ބޮޑެތި ކާމިޔުބީތައް ހޯދައިދިން "ރަން ޖީލު"ގެ ގިނަ ކުޅުންތެރިން މިހާރު ވަނީ ގައުމީ ޓީމާ ދުރަށް ޖެހިފަ އެވެ. އެކަމަކު މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ސްޕެއިންގެ ޓީމު ވަރުގަދަވާނެ އެވެ.

30 މެއި

May 30, 2018 8
ސްޕެއިން ދެކެ ޖެހިލުންވާނެ ޓީމުތައް ގިނަވާނެ: ކޯޗު

މެޑްރިޑް (މެއި 30) - މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ގިނަ ޓީމުތަކެއް، ސްޕެއިނާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ ޖެހިލުންވާނެ ކަމަށް ސްޕެއިނުގެ ކޯޗު ޖޫލެން ލޮޕެޓީގު ބުނެފި އެވެ.

21 މެއި

May 21, 2018 5
ފަބްރެގަސް އާއި މޮރާޓާ އަށް ޖާގައެއް ނެތް

މެޑްރިޑް (މެއި 21) - އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ސްޕެއިނުން ނެގި 23 ކުޅުންތެރިންގެ ސްކޮޑުން ޗެލްސީގެ ދެ ކުޅުންތެރިން ކަމަށްވާ ސެސް ފަބްރެގާސް އާއި އަލްވާރޯ މޮރާޓާ ބާކީވެއްޖެ އެވެ.

28 މާޗް

March 28, 2018 6
ސްޕެއިނުން އާޖެންޓީނާ ކޮޅަށް ހަ ގޯލް ވައްދާލައިފި

މެޑްރިޑް (މާޗް 28) – ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ގައުމު ކަމަށްވާ އާޖެންޓީނާ ކޮޅަށް އެކުވެރިކަމުގެ މެޗެއްގައި ރޭ ސްޕެއިނުން ހަ ލަނޑު ވައްދާލައިފި އެވެ.

25 މާޗް

March 25, 2018
ސްޕެއިން ސްކޮޑުން ސިލްވާ ވީއްލައިފި

މެޑްރިޑް (މާޗް 25) - އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ސްޕެއިން ޓީމުން ވީއްލައިފި އެވެ.

24 މާޗް

March 24, 2018 4
ޖަރުމަނާއި ސްޕެއިން އެއްވަރުވިއިރު ފްރާންސް ބަލިވެއްޖެ

ޕެރިސް (މާޗް 24) – އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނާއި ސްޕެއިން ރޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި 1-1 އިން އެއްވަރުވިއިރު، ވަރުގަދަ ސްކޮޑެއް އޮތް ފްރާންސްގެ މައްޗަށް ކޮލަމްބިއާ އިން 3-2 އިން ކުރި ހޯދައިފި އެވެ.

21 މާޗް

March 21, 2018
މޮރާޓާ އަށް ދޮރު ބަންދެއް ނުވޭ: ސްޕެއިން ކޯޗު

މެޑްރިޑް (މާޗް 21) - ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ އަށް ސްޕެއިން ގައުމީ ޓީމުގެ ދޮރު ބަންދު ނުވާ ކަމަށް އެ ޓީމުގެ ކޯޗު ޖޫލެން ލޮޕެޓެގީ ބުނެފި އެވެ.

17 މާޗް

March 17, 2018
މޮރާޓާ ބާކީކޮށް ކޮސްޓާ އަށް ޖާގަ ދީފި

މެޑްރިޑް (މާޗް 17) – ޖަރުމަނާއި އާޖެންޓީނާއާ ދެކޮޅަށް ކުޅެން ނެގި ސްޕެއިން ސްކޮޑުން އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް ޑިއެގޯ ކޮސްޓާ ޖާގަ ހޯދިއިރު ޗެލްސީގެ އަލްވާރޯ މޮރާޓާ އަށް ޖާގަ ގެއްލިއްޖެ އެވެ.

01 ޑިސެމްބަރ

December 01, 2017 7
ޔޫރަޕްގެ އެންމެ ފަހުގެ ދެ ޗެމްޕިއަން އެއް ގްރޫޕަކަށް

މޮސްކޯ، ރަޝިއާ (ޑިސެމްބަރު 1) - އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޔޫރަޕްގެ އެންމެ ފަހުގެ ދެ ޗެމްޕިއަން ކަމަށްވާ ޕޯޗުގަލް އާއި ސްޕެއިން އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

15 ނޮވެމްބަރ

November 15, 2017 1
ބޮޑެތި މެޗުތައް އެއްވަރުވިއިރު އާޖެންޓީނާ ބަލިވެއްޖެ

ލަންޑަން (ނޮވެމްބަރު 15) - އަންނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބޮޑެތި ޓީމުތަކުން ކުޅުނު އެކުވެރިކަމުގެ މެޗުތައް އެއްވަރުވިއިރު، ނައިޖީރިއާ އިން ފަހަތުން އަރައި 4-2 އިން އާޖެންޓީނާ ބަލިކޮށްފި އެވެ.

03 އޮކްޓޯބަރ

October 03, 2017
ސްޕެއިނަށް ކުޅުން ހުއްޓާލަން ތައްޔާރު: ޕީކޭ

ބާސެލޯނާ (އޮކްޓޯބަރު 3) – ސްޕެއިނުން ވަކިވާން ފެނޭތޯ ބެލުމަށް ކެޓަލޯނިއާ ސަރަހައްދުގައި އާދީއްތަ ދުވަހު ނެގި ވޯޓަށް ތާއީދުކުރުމަކީ މައްސަލައަކަށްވާ ނަމަ އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލަފާނެ ކަމަށް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.

06 ސެޕްޓެމްބަރ

September 06, 2017 5
ސްޕެއިނަށް ލަނޑުގެ އީދެއް، އިޓަލީ ޕްލޭއޮފާ ދިމާލަށް

ރެޖިއޯ އެމިލިއާ، އިޓަލީ (ސެޕްޓެމްބަރު 6) – ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ލީޗްޓެންސްޓެއިން އަތުން 8-0 އިން މޮޅުވެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ސްޕެއިން ޖެހިލިއިރު އިޒްރޭލް އަތުން ހަނި ގޮތަކަށް 1-0 އިން މޮޅުވެ އިޓަލީން ދަށްވެގެން ޕްލޭއޮފާ ހަމައަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.